01 Sep 2024
ރާއްޖެއަށް ޕޭޕަލް ތައާރަފްކުރުމަށް ޕްރޮޕޯސަލް ހުށަހަޅައިފި
ރާއްޖޭގައި އޮންލައިން ވިޔަފާރި ކުރުމަށް ހުރި ހުރަސްތައް ނައްތާލުމަށްޓަކައި، ދުނިޔޭގެ އެންމެ މަޝްހޫރު އޮންލައިން ޕޭމަންޓް ޕްލެޓްފޯމްތަކުގެ ތެރެއިން އެއް ޕްލެޓްފޯމް ކަމަށްވާ ޕޭޕަލްގެ ހިދުމަތް ރާއްޖެއަށް ގެނައުމަށްޓަކައި، ދިވެހި ސަރުކާރުގެ ޕްރޮޕޯޒަލް މިދިޔަ ހަފުތާގައި އެ ކުންފުންޏަށް ހުށަހަޅާފައިވާކަމަށް އިޤްތިޞާދީ ތަރައްޤީއާއި ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.