17 Aug 2024
ނިއުޒިލެންޑްގެ ފުޑް ބޭންކަކުން ބެހި މެޓާތަކެއްގައި ހުރީ މަސްތުވާތަކެތި!
ނިއުޒިލެންޑްގެ ސިޓީއެއްކަމަށްވާ އޯކްލޭންޑުގައި ގެދޮރުނެތް މީހުންނަށް އެހީތެރިވަމުންދާ ޗެރިޓީއަކުން، އާންމު ފަރުދެއްގެ ފަރާތުން ހަދިޔާކުރި ކެންޑީތަކެއް ހިމެނޭ ކާބޯތަކެތީގެ ޕާސަލްތަކެއް ބެހުމުގައި، އެނގުމަކާ ނުލައި މަސްތުވާތަކެތީގެ ނުރައްކާތެރި ބާވަތެއް ކަމަށްވާ މެތަމްފެޓަމިން އެކުލެވޭ މެޓާ ތަކެއް ބަހައިފިއެވެ.