08 Sep 2024
ގާޑިޔަލެއް ހިންގަމުންދިޔައީ ބަޔޯޓެކްނޮލޮޖީން ޕީއެޗްޑީ ހަދާ ދަރިވަރެއް!
ޗެންނައީގައި މަގުމަތީ ކާބޯތަކެތީގެ ގާޑިއެއް ހިންގާ ޕީއެޗްޑީ ދަރިވަރެއްގެ ވާހަކަ އެމެރިކާގެ ވްލޮގަރަކު އޮންލައިންކޮށް ހިއްސާކުރުމާ ގުޅިގެން، އޭނާގެ ދަތި ދުވަސްތަކާއި ކެތްތެރިކަމުގެ ވާހަކައިން އިންޓަރނެޓް ބޭނުންކުރާ މީހުންގެ ހިތްތައް ހޯދައިފިއެވެ. ކްރިސްޓޯފަރ ލުއިސް ތަމިލްނާޑޫ ބަލައި ހަދަމުން ދަނިކޮށް، ޗެންނައީގައި މަގުމަތީ ކާބޯތަކެތި ވިއްކާ ތާރުލް ރަޔާން އާ ބައްދަލުވިއެވެ.