12 Aug 2024
ގަނޑުވަރަށް ވަދެގަތް މީހުންވަނީ ހަސީނާގެ ބުޅާނަގައި ވިއްކާލާފައި
ބަންގްލަދޭޝްގައި ހިންގަމުން ދިޔަ ހަމަނުޖެހުން ތަކުގެ ސަބަބުން އޮގަސްޓް މަހުގެ ފަސް ވަނަ ދުވަހު ޝެއިޚް ހަސީނާ ބޮޑުވަޒީރުކަމުން އިސްތިއުފާ ދެއްވައި ގައުމުން ފިލަވައިގެން ދިޔަތާ މާގިނައިރެއްނުވަނިސް މުޒާހަރާގެ ބައިވެރިން އޭނާގެ ގަނޑުވަރުކޮޅު ގަނަބަބާން، އަށް ވަދެ ސޫޓްކޭސްތަކާއި، ހެދުންތަކާއި، ގޮނޑިތަކާއި، މަހާއި އެތައް ޖަނަވާރުތަކެއް ހިމެނޭ ގޮތަށް ފެނުނު އެއްޗެއް ފޭރިގަނެ ލޫޓުވާފައެވެ. އަދި އޭނާގެ ގޭގައި ގެންގުޅޭ ބުޅާވެސްވަނީ ވަގަށްނަގައި ބޮޑުއަގުގައި ވިއްކާލާފައެެވެ.