ޚަދީޖާ އަރުފާ
އެސޯސިއޭޓް އެޑިޓަރ
ޚަދީޖާ އަރުފާ
24 May 2026
މުސާރަ އެންމެ ބޮޑުވާންޖެހޭނީ ޓީޗަރުންނާއި ނަރުހުންގެ: ރާޝިދާ
މި ގައުމުގައި އެންމެ ބުރަކޮށް މަސައްކަތްކޮށް، އެންމެ ބޮޑު ޒިންމާއެއް އުފުލާ ޓީޗަރުންނާއި ނަރުހުންގެ މުސާރަ، ދައުލަތުގެ ތިން ބާރުގެ އިސްވެރިން ފިޔަވައި އެހެން ހުރިހާ ދާއިރާއަކަށް ވުރެ ބޮޑުވާން ޖެހޭނެ ކަމަށް ކުރީގެ ވަޒީރު ރާޝިދާ ޔޫސުފް ވިދާޅުވެއްޖެއެވެ.
24 May 2026
މާލެ ސިޓީގައި ޢީދު ނަމާދު ކުރާނެ މައިދާންތަކާއި މިސްކިތްތައް އިޢުލާނުކޮށްފި
ކުރިއަށް އޮތް 1447 ވަނަ އަހަރުގެ އަޟްޙާ ޢީދު ނަމާދު މާލެ ސިޓީގައި ބޮޑު ޖަމާޢަތުގައާއި މިސްކިތްތަކުގައި ކުރުމަށް ހަމަޖެހިފައިވާ ތަންތަން އިސްލާމިކް މިނިސްޓްރީން މިއަދު އިޢުލާނުކޮށްފިއެވެ.
24 May 2026
ފަތުރުވެރިން މަރުވި ސަރަހައްދުގައި މީގެ 40 އަހަރު ކުރިން ހިނގި ހާދިސާއެއް
ވ. އަތޮޅު އަލިމަތާ ކައިރީ ކަނޑުގެ"ޝާކް ކޭވް" އަށް ޑައިވް ކުރަން އުޅުނު އިޓަލީގެ ފަސް ފަތުރުވެރިން މަރުވި ހާދިސާ ފެންމަތިވެފައިވަނިކޮށް، މީގެ 40 އަހަރު ކުރިން، އެތަނަށް ޑައިވް ކުރަން ގޮސް އުޅުމުގެ ތެރޭގައި މަރުވި އިޓަލީގެ އަންހެނެއްގެ ފިރިމީހާ، އަންހެނުން ނިޔާވި ހިތާމަވެރި ހާދިސާގެ ހަނދާންތައް އާކޮށްފިއެވެ.
24 May 2026
”މިއީ ނަޝީދުނޫން އެހެން ބޭފުޅަކަށް ފުރުސަތު ދޭންޖެހޭ ދަނޑިވަޅެއް ނޫން“
ކުރީގެ ރައީސް މުޙައްމަދު ނަޝީދު އެމް.ޑީ.ޕީގެ ޗެއަރޕާސަންގެ މަގާމުގައި ހިދުމަތް ކުރެއްވުމަށް ތައްޔާރަށް ހުންނެވި ދަނޑިވަޅެއްގައި، އެހެން ފަރާތަކަށް އެ ފުރުސަތު ދޭންޖެހޭ ސަބަބެއް އޮތް ކަމަށް ގަބޫލުނުކުރައްވާ ކަމަށް ކުޅުދުއްފުށި ސިޓީގެ ޑެޕިއުޓީ މޭޔަރު އަހުމަދު އަބްދުالله ވިދާޅުވެއްޖެއެވެ.
24 May 2026
އިންޑިއާ ސަރުކާރަށް ފާޑުކިޔާ 'ކޮކްރޯޗް ޖަންތާ ޕާޓީ'ގެ ވެބްސައިޓް ބަންދުކޮށްފި
އިންޑިއާގެ ވެރިކަންކުރާ ޕާޓީއަށް މަލާމާތްކުރުމުގެ ގޮތުން އުފައްދާފައިވާ ސިޔާސީ ހަރަކާތެއް ކަމަށްވާ "ކޮކްރޯޗް ޖަންތާ ޕާޓީ" (ސީޖޭޕީ) ގެ ރަސްމީ ވެބްސައިޓް އިންޑިއާ ސަރުކާރުން ބަންދުކޮށްފި ކަމަށް އެ ހަރަކާތް އުފެއްދި ފަރާތުން ތުހުމަތުކޮށްފިއެވެ.
24 May 2026
ވައިޓް ހައުސް ކައިރީގައި ބަޑީގެ ހަމަލާތަކެއް؛ ”ހަމަލާތައް ދިން މީހާ މަރާލައިފި“
އެމެރިކާގެ ރިޔާސީ ގަނޑުވަރު، ވައިޓް ހައުސް ކޮމްޕްލެކްސް ކައިރީގައި ހޮނިހިރު ދުވަހު ބަޑީގެ ހަމަލާތަކެއް ދިން މީހަކު، ސަލާމަތީ ބާރުތަކުން ދިން ރައްދު ހަމަލާތަކުގައި މަރުވެއްޖެ ކަމަށް ޔޫއެސް ސީކްރެޓް ސާވިސްއިން ހާމަކޮށްފިއެވެ.
24 May 2026
ދަނގެތި ޢީދުއުފާ: ކަނބަލުންގެ ’ރަނިރަހަ‘ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު
ކުރިއަށް އޮތް ބަރަކާތްތެރި އަޟުހާ ޢީދު ފާހަގަކުރުމަށް ދަނގެތީގައި ކުރިއަށް ގެންދާ މުބާރާތްތަކުގެ ތެރެއިން އަންހެން ކަނބަލުންނަށް ޚާއްސަކޮށް ބާއްވާ ކެއްކުމުގެ މުބާރާތް، ”ރަނިރަހަ“ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
22 May 2026
ޑަބްލިޔުޑީސީ މުސާރަ ބޮޑު ކުރީ އަންހެނުން ބާރުވެރިކުރުވުމަށް: ނިމާލް
ޑަބްލިޔުޑީސީ ރައީސާއިންގެ މުސާރަ ބޮަޑު ކުރުމާއި ގުޅިގެން އަމާޒުވަމުންދާ ފާޑުކިޔުންތަކަށް އެލްޖީއޭގެ ސީއީއޯ މުޙައްމަދު ނިމާލް ރައްދުދެއްވައިފިއެވެ.
22 May 2026
ޙައްޖަށްނުދެވުނު ނަމަވެސް، ފަރުވާތެރިވެ ހީވާގިކަމާއެކު އަޅުކަންކުރަންޖެހޭ: ޚުތުބާ
ޙައްޖުގެ މަތިވެރި އަޅުކަމަށް ދިއުމުގެ ނަޞީބު މިފަހަރު ނުލިބުނު ކަމުގައި ވީ ނަމަވެސް، ޙައްޖުވެރީން ފަދައިން އަޅުކަންކުރުމުގައި ފަރުވާތެރިވެ ހީވާގިވުމަށް މިއަދުގެ ހުކުރު ޚުތުބާގައި ގޮވާލައިފިއެވެ.
22 May 2026
ޖަލު ހުކުމް ތަންފީޒުކޮށް ނިމުމުން ލީވާން މިނިވަންވެއްޖެ
އަދަދުގެ ލީވާން އަލީ ނަސީރު ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމް ތަންފީޒުކޮށް ނިމުމުން އޭނާ މިނިވަންވެއްޖެއެވެ.
22 May 2026
ދަނގެތި ޢީދުއުފާ: އެންމެ ”ގަދަ ފަހުލަވާނު“ ހޮވުމަށް މުބާރާތެއް
ކުރިއަށް އޮތް ބަރަކާތްތެރި އަޟުހާ ޢީދު ފާހަގަކުރުމަށް ދަނގެތީގައި ކުރިއަށް ގެންދާ މުބާރާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
22 May 2026
ގެއްލިގެން ހޯދަމުންދިޔަ މީހާ ފެނިއްޖެ
ހުޅުލޭ ސީ ޕްލޭން ޓާމިނަލްގެ އުތުރުން އޮންނަ ފަޅުގައި އަޅާފައި އޮތް ތެޔޮ ބާޖަކުން މޫދަށް ފޭބިފަހުން ޚަބަރެއް ނުވެގެން ހޯދަމުންދިޔަ ފަޅުވެރިޔާ ފެނިއްޖެއެވެ.
21 May 2026
މުދަލު ޒަކާތުން ކުރި ހޭދަ 34.8 އިންސައްތަ އިތުރުވެއްޖެ
2026 ވަނަ އަހަރުގެ އެޕްރީލު މަހު މުދަލު ޒަކާތުން ކޮށްފައިވާ ހޭދަތައް އޭގެ ކުރީ އަހަރާ އަޅާބަލާއިރު ބޮޑުތަނުން އިތުރުވެއްޖެއެވެ.
21 May 2026
ރައްޔިތުންގެ ޝަކުވާ އަޑުއަހާ ބިޔުރޯ ހިންގުން ޑރ. މާހިދުއަށް
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ސިޓިޒަންސް ކޮމްޕްލެއިންޓްސްގެ މަޤާމަށް، މ. ވެލަގަލި، ޑޮކްޓަރ މުޙައްމަދު މާހިދު ޝަރީފު ޢައްޔަންކުރައްވައިފިއެވެ.
21 May 2026
ރާއްޖޭގެ ކުޅިތައް ހިމާޔަތްކުރުމަށް އީޔޫއިން 4 މިލިއަން ޔޫރޯގެ އެހީއެއް ދީފި
ދިވެހިރާއްޖޭގެ ކުޅިތަކާއި ކަނޑޫފާތައް ހިމާޔަތްކޮށް ބެލެހެއްޓުމަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ) އާއި ދިވެހި ސަރުކާރާ ދެމެދު މިއަދު މުހިންމު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
21 May 2026
ރީނދޫ ސަމާލުގެ ވަގުތު ދަންމާލައިފި
މެދުރާއްޖެތެރޭގެ ރަށްތަކަށް މޫސުން ވަރަށް ގޯސްވާނެ ކަމަށް ލަފާކޮށް ރީނދޫ ސަމާލުގެ ވަގުތު ދަންމާލައިފިއެވެ.
21 May 2026
މަނާ ބޭސް އެތެރެކުރާ މައްސަލާގައި އެމްއެފްޑީއޭގެ އިންޒާރެއް
ރާއްޖެއަށް ހުއްދަނެތި ބޭސް އެތެރެކޮށް، އޮންލައިން ޕްލެޓްފޯމްތަކާއި އާދައިގެ ފިހާރަތަކުގައި ވިއްކަމުންދާ މައްސަލާގައި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ކަންބޮޑުވުން ފާޅުކޮށް، އިންޒާރެއް ދީފިއެވެ.
21 May 2026
ޖޭއެސްސީގެ މެންބަރު ކަމަށް ޢަލީ ނަޞީރު އައްޔަނުކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށް، ދަފްތަރު ނަންބަރު ރސ 535، ޢަލީ ނަޞީރު ޤާސިމް މިއަދު ޢައްޔަން ކުރައްވައިފިއެވެ.
21 May 2026
ފިންލޭންޑްގެ ޓީމުން މިއަދުވެސް ހޮހަޅައަށް ފީނާނެ
ވ. އަލިމަތާ ކައިރީ ކަނޑުއަޑީގެ ހޮހޮޅައަކަށް ފީނަން ދިޔަ އިޓަލީ ޑައިވަރުންތަކުގެ ހަށިގަނޑުތައް ހޯދުމަށް ކުރިއަށްގެންދިޔަ އޮޕަރޭޝަންގައި އެންމެންގެ ހަށިގަނޑުތައް ނަގާފައިވީނަމަވެސް، އިތުރު ޑައިވްއެއް މިއަދު ކުރާނެ ކަމަށް ޑައިވާސް އެލާޓް ނެޓްވޯކް (ޑޭން) ޔޫރަޕުން ބުނެފިއެވެ.
21 May 2026
މޫސުން ވަރަށް ގޯސް؛ ނ އިން އދ އަށް ރީނދޫ ސަމާލު ނެރެފި
ވައިގަދަވެ، ކަނޑުތައްވެސް ގަދަވާނެ ކަމަށް ލަފާކޮށް ނ އިން އދ އަތޮޅަށް ރީނދޫ ސަމާލު ނެރެފިއެވެ.
20 May 2026
ރާއްޖެއިން އިނގިރޭސިވިލާތަށް އެކްސްޕޯޓްކުރާ މަހުން ނަގާ ޓެރިފް ކަނޑާލައިފި
އިނގިރޭސިވިލާތަށް ރާއްޖެއިން އެކްސްޕޯޓްކުރާ ކަނޑުމަހުގެ ބާވަތްތަކުން ނަގަމުންދާ ޓެރިފް (އިމްޕޯޓް ޑިއުޓީ) ކަނޑާލުމަށް އެ ގައުމުގެ ސަރުކާރުން ނިންމި ނިންމުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަރުހަބާ ވިދާޅުވެއްޖެއެވެ.
20 May 2026
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބެލެނިވެރިންނަށް ފްލެޓަށް ކުރިމަތިލުމުގެ ފުރުސަތު
ޚާއްޞަ އިސްކަންދެވޭ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކެޓަގަރީގެ ދަށުން، ނުކުޅެދުންތެރިކަން ހުންނަ ފަރާތުގެ ބަދަލުގައި އެ ފަރާތުގެ ބެލެނިވެރިޔާއަށް ފްލެޓަށް އެދި ހުށަހެޅުމުގެ ފުރުސަތު މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓުން މިއަދު ހުޅުވާލައިފިއެވެ.
20 May 2026
ދަމަނަވެށީގެ އިމާރާތް އަރބަން ޕްރައިމަރީ ހެލްތް ކެއަރ ސެންޓަރަކަށް ބަދަލުކުރަނީ
މާލޭ ސަރަހައްދުގައި ޖީ.ޕީ އަދި އާރބަން ޕްރައިމަރީ ހެލްތު ކެއަރ ސެންޓަރުތައް ޤާއިމުކުރުމަށްޓަކައި ދަމަނަވެށި ހިންގާ އިމާރާތް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފިއެވެ.
20 May 2026
ބާކީ ތިބި ދެ ޑައިވަރުންގެ ހަށިގަނޑުވެސް ނަގައިފި
ވ. އަތޮޅުގައި ޑައިވިނަށް ގޮސް އުޅެނިކޮށް ގެއްލުނު އިޓަލީގެ ހަތަރު ފަތުރުވެރިން ހޯދުމަށް ކުރިއަށްގެންދިޔަ ޚާއްޞަ އޮޕަރޭޝަނުގައި، ބާކީ ތިބި ދެ މީހުންގެ ހަށިގަނޑު މިއަދު ނަގައިފިއެވެ.
20 May 2026
މަރުވި އިޓަލީ ޑައިވަރުންގެ ބައެއް މީހުންގެ ނަން ދިރާސާ ކުރާ ލިސްޓުގައި ނެތް
ވ. އަތޮޅުގެ ފުން ކަނޑެއްގައި ހުންނަ ހޮހަޅައެއް ބަލަން އުޅުމުގެ ތެރޭގައި އިޓަލީގެ ފަސް ޑައިވަރުން މަރުވި ހާދިސާއާ ގުޅިގެން ދެ ތަހުގީގެއް ފަށާފައިވާ އިރު، އެ ދަތުރު އިންތިޒާމުކުރި ފަރާތުން ހުށަހެޅި ދިރާސާ ކުރާ މީހުންގެ ލިސްޓުގައި، މަރުވި މީހުންގެ ތެރެއިން ދެ މީހެއްގެ ނަން ނެތް ކަން ހާމަވެއްޖެ އެވެ.
20 May 2026
ލަންކާގައި ވަގަށް ޓީވީ ސްޓޭޝަނެއް ހިންގި ދިވެއްސަކު ހައްޔަރުކޮށްފި
ލަންކާގެ ރަތުމަލާނާ އިންޓަނޭޝަނަލް އެއާޕޯޓް ކައިރީގައި އޮންނަ ހައި-ސެކިއުރިޓީ ޒޯނެއްގައި ސިއްރުން ހިންގަމުންދިޔަ ޣައިރުޤާނޫނީ ޓީވީ އަދި ރޭޑިއޯ ޓްރާންސްމިޝަން ސެންޓަރެއް ފުލުހުން ރެއިޑްކޮށް ދިވެއްސަކު ހައްޔަރުކޮށްފިއެވެ.
20 May 2026
އީރާނާ ދެކޮޅު ހަނގުރާމައިގައި ޓްރަމްޕްގެ ބާރުތައް ހަނިކުރުމަށް ނިންމައިފި
ކޮންގްރެސްގެ ހުއްދައަކާ ނުލައި, އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ހުއްޓުވުމަށް ހުށަހެޅި ޤަރާރެއްގެ މައްސަލަ ކުރިއަށް ގެންދިޔުމަށް އެމެރިކާގެ ސެނެޓުން ފާސްކޮށްފިއެވެ.
20 May 2026
ޢީދަށް މިފަހަރު ދާންވީ ދަނގެއްޗަށް؛ ތަފާތު ވާނެ، އެހާމެ އުފާވެރި ވާނެ!
ބަރަކާތްތެރި އަޟުޙާ ޢީދު ބޯމަތިވެފައިވާއިރު، ގިނަ ބައެއްގެ ސަމާލުކަން މިހާރު ހުއްޓިފައިވަނީ ޢީދު ބަންދުގައި އާއިލާއާއެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލުމަށް ދާނެ ރަށަކާމެދުގައެވެ. ސަރުކާރު ބަންދާއެކު ލިބޭ މި ދިގު ޗުއްޓީއަކީ އާއިލާގެ ކުދިބޮޑު އެންމެން އެކުގައި ހިތްހަމަޖެހުމާއި އުފާވެރިކަން ހޯދުމަށް ލިބޭ ރަނގަޅު ފުރުސަތެކެވެ. މި ފުރުސަތުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފޭނީ، އެންމެން ބައިވެރިވާ ތަފާތު ގިނަ ހަރަކާތްތަކެއް ރޭވިފައިވާ ރަށަކަށް ގޮސްގެންނެވެ. އެފަދަ އެއް މަންޒިލަކީ ޔަގީނުންވެސް އދ. ދަނގެއްޗެވެ.
18 May 2026
ތިންވަނަ ބައްދަލުވުން ބާއްވައިފި؛ މަހިބަދޫ ކައުންސިލަށް ނާއިބެއް ނުހޮވުނު
އައު ކައުންސިލަރުން ހުވައިކޮށް، ތިން ބައްދަލުވުން ބާއްވައިގެންވެސް އދ. މަހިބަދޫ ކައުންސިލްގެ ނާއިބު ރައީސް ކަމަށް ބޭފުޅަކު ނުހޮވި ކައުންސިލް ހިންގުމަށް ބުރޫ އަރައިފިއެވެ.
18 May 2026
ޑައިވިނަށް ގޮސް އުޅެނިކޮށް ގެއްލުނު ފަތުރުވެރިންގެ ހަށިގަނޑުތައް ހޯދައިފި
ޑައިވިނަށް ގޮސް އުޅެނިކޮށް ގެއްލުނު 4 ފަތުރުވެރިންގެ ހަށިގަނޑުތައް އެމްްއެންޑީއެފުން ހޯދައިފިއެވެ.