26 Oct 2024
ކުރީ ސަރުކާރުން ދީބަޖާއަށް ދިން ބަދަލު އެކަށީގެންވާ ވަރަށްވުރެ ބޮޑު: އޮޑިޓް
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އުތުރު ޕްރޮވިންސްގެ ދަތުރުފަތުރުގެ ހިދުމަތް ދިނުމަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަނުން ދީބާޖާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާއެކު ހެދި އެއްބަސްވުން އުވާލުމުން ކުންފުންޏަށް ލިބުނު ގެއްލުމުގެ ބަދަލެއްގެ ގޮތުގައި ދޭން ޖެހޭ ވަރަށް ވުރެ އިތުރަށް ނިމިދިޔަ ސަރުކާރުން ދީފައިވާކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފި އެވެ.