ޝަބާ މުހައްމަދު ސައީދު
ނޫސްވެރިކަމަށް އަލަށް ނިކުންނަ ނޫސްވެރިއެއް
ޝަބާ މުހައްމަދު ސައީދު
16 Oct 2024
ހުޅުމާލެ ކޯޓު އުވާލަން ގާނޫނަށް އިސްލާހު ހުށަހަޅަނީ
ހުޅުމާލެ މެޖިސްޓްރޭޓް ކޯޓު އުވާލަން ގާނޫނަށް އިސްލާހު ހުށަހަޅަން ސަރުކާރުން ނިންމައިފިއެވެ.
16 Oct 2024
ގްރީން ޓެކްސް އަދި އެއާޕޯޓު ފީ ބޮޑު ކުރާ ބިލް ކޮމިޓީއަށް
ގްރީން ޓެކުހާއި އެއާޕޯޓް ޓެކްސް ބޮޑުކުރަން ސަރުކާރުން ހުށައެޅި ބިލްތައް މަޖިލީހަށް ބަލައިގަނެ ދިރާސާކުރަން ކޮމެޓީއަށް ފޮނުވައިފިއެވެ.
16 Oct 2024
ވީއައިއޭގެ ޓެކްސީވޭ ޗާލީ އަލުން ބިނާކުރުމުގެ އަމަލީ މަސައްކަތް ފަށަައިފި
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީ.އައި.އޭ) އެކްސްޕޭންޝަން އެންޑް އިކޮނޮމިކް ޒޯން ޑިވެލޮޕްމެންޓް ޕްރޮޖެކްޓްގެ ދަށުން މިހާރު ބޭނުންކުރަމުންދާ ޓެކްސީވޭ ޗާލީ އަލުން ބިނާކުރުމުގެ އަމަލީ މަސައްކަތް ކުރުމަށް ބެއިޖިންގް އަރބަން ކޮންސްޓްރަކްޝަން ގުރޫޕް (ބީ.ޔޫ.ސީ.ޖީ) އާ ހަވާލުކޮށްފިއެވެ.
16 Oct 2024
ދެކުނުގެ އަތޮޅުތަކަށް ހުދު ސަމާލު ނެރެފި!
މޫސުން ގޯސްވެ، ދެކުނުގެ އަތޮޅުތަކަށް މޫސުމާއި ބެހޭ އިދާރާ (މެޓް އޮފީސް) އިން ނެރެފިއެވެ.
16 Oct 2024
"އޮޕަރޭޝަން ހިރާސް ފާސް" ނިންމާލައިފި
އެމްއެންޑީއެފުން ކުރިއަށް ގެންދިޔަ "އޮޕަރޭޝަން ހިރާސް ފާސް 2024" ނިންމާލައިފިއެވެ.
16 Oct 2024
ވޭޕް މަނާކުރުމަށް ނިންމެވި ނިންމެވުމަށް ޑަބްލިއުއެޗްއޯގެ ތައުރީފް!
ވޭޕްކުރުމަށް ބޭނުންކުރާ ތަކެއްޗާއި، އެ ތަކެތީގެ ވަކިވަކި ބައިތައް ރާއްޖެއަށް އެތެރެކުރުން މަނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ނިންމެވުމާއި ގުޅިގެން، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) ތައުރީފްކޮށްފިއެވެ.
16 Oct 2024
ދެކޮރެއާ ގުޅޭ ދެ މަގު، އުތުރު ކޮރެއާއިން ގޮއްވާލައިފި
ދެކޮރެއާ ގުޅުވައިދޭ ދެ މަގުގެ އުތުރުބައި، އުތުރު ކޮރެއާއިން ގޮއްވާލާފައިވާކަމަށް ދެކުނު ކޮރެއާ ގެ އަސްކަރިއްޔާއިން ހާމަކޮށްފިއެވެ.
15 Oct 2024
ޕޯލިއޯ ވެކްސިން ދިނުމުގެ ދެވަނަ ބުރު ޣައްޒާގައި ފަށައިފި
ފަލަސްތީނުގެ ޣައްޒާގައި ދިރިއުޅެމުންދާ ކުޑަކުދިންނަށް އަމާޒުކޮށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ފަށާފައިވާ ޕޯލިއޯ ވެކްސިން ކެމްޕޭންގެ ދެވަނަ ބުރު ފަށައިފިއެވެ.
15 Oct 2024
ސިޔާސީ މަގާމުތަކުގައި ތިބި 228 މުއައްޒަފުން ވަކިކުރަން ނިންމަވައިފި
ދައުލަތުގެ ޚަރަދު ކުޑަކުރުމަށް 228 ސިޔާސީ މުވައްޒަފުން ވަކިކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.
15 Oct 2024
ދިވެހި ބޭސްވެރިކަމުގެ ކޯސްތައް އަންނަ އަހަރު ފެށުމަށް ތައްޔާރުވަނީ
ދިވެހި ބޭސްވެރިކަމުގެ ކޯސްތައް އަންނަ އަހަރު ފެށުމަށް ތައްޔާރުވަމުން އަންނަކަމަށް މޮލްޑިވްސް ޕޮލިޓެކްނިކުގެ ސީއީއޯ ޛޫޝާން ކަމާލުއްދީނީން ވިދާޅުވެއްޖެއެވެ.
15 Oct 2024
ވޭޕް ރައްކާތެރިކަމަށް ދެކެވޭ ވާހަކަތަކަކީ ހަގީގަތެއް ނޫން: އެޗްޕީއޭ
ސިނގިރޭޓަށްވުރެ ވޭޕް ރައްކާތެރިކަމަށް ދެކެވޭ ވާހަކަތަކަކީ ހަގީގަތެއް ނޫންކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
15 Oct 2024
އުތުރު ކޮރެއާއިން ރަޝިއާއަށް ސިފައިން ފޮނުވި: ޒެލެންސްކީ
ރަޝިއާ އާއި ޔޫކްރެއިން އާއި ދެމެދު ހިނގަމުންދާ ހަނގުރާމާއިގައި، އުތުރު ކޮރެއާއިން ރަޝިއާއަށް އެހީވުމަށް ސިފައިން ފޮނުވިކަމަށް ޔޫކްރެއިންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ތުހުމަތު ކުރައްވައިފިއެވެ.
15 Oct 2024
ފްލެޓްތަކަށް ފޯމު ލާން ހުޅުވާލިކަމަށް ބުނެ ސްކޭމެއް، ސަމާލުވޭ!
ފްލެޓްތަކަށް ފޯމު ލުމުގެ ފުރުސަތު އެޗްޑީސީން ހުޅުވާލިކަމަށް ބުނެ ސްކޭމް ކުރަމުންދާތީ އެކަމަށް ސަމާލުވުމަށް ފުލުހުން އެދެފިއެވެ.
15 Oct 2024
މަސްތުވާތަކެތި ހިމެނޭ ޝިޕްމެންޓްތަކެއް ހުއްޓުވައިފި
ވޭޕް އޮއިލްގެ ނަމުގައި އެތެރެކުރަން އުޅުނު މަސްތުވާތަކެތި ހިމެނޭ ޝިޕްމެންޓްތަކެއް ކަސްޓަމްސް އިން ހުއްޓުވައިފިއެވެ.
15 Oct 2024
ވޭޕް މަނާކުރުމަކީ ވަރަށް ރަނގަޅު ނިންމެވުމެއް: ކުރީގެ ސިއްހީ ވަޒީރު
ރާއްޖޭގައި ވޭޕް މަނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ނިންމެވި ނިންމެވުމަކީ ވަރަށް ރަނގަޅު ނިންމެވުމެއްކަމަށް ކުރީގެ ސިއްހީ ވަޒީރު އަހްމަދު ނަސީމް ވިދާޅުވެއްޖެއެވެ.
14 Oct 2024
އައިއޭއީއޭގައި ބައިވެރިވުމުގެ މައްސަލަ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް
އިންޓަރނޭޝަނަލް އެޓޮމިކް އެނަރޖީ އޭޖެންސީ (އައިއޭއީއޭ) ގައި ރާއްޖެއިން ބައިވެރިވުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުވައިފިއެވެ.
14 Oct 2024
ސީ-ޓު-އެއަރ ކާގޯ ޚިދުމަތާއި 7 އެއާލައިނަކުން ގުޅިއްޖެ
ސީ-ޓު-އެއަރ ކާގޯ ޚިދުމަތާއި 7 އެއާލައިނަކުން ގުޅިއްޖެއެވެ.
14 Oct 2024
ނިކަރަގުއާއިން އިސްރާއީލާއި ގުޅުން ކަނޑާލަނީ
މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ހައްދުފަހަނައަޅާފައިވާ ޔަހޫދީން ފަލަސްތީނުގެ ޣައްޒާގައި ހިންގަމުންދާ އުދުވާންތަކާއި ގުޅިގެން، ނިކަރަގުއާއިން އިސްރާއީލާއިއެކު އޮތް ގުޅުން ކަނޑާލަން ނިންމައިފިއެވެ.
14 Oct 2024
ހިޒްބުﷲގެ ޑްރޯން ހަމަލާއެއްގައި އިސްރާއީލުގެ 4 ސިފައިން މަރާލައިފި
ލުބުނާނުގެ ހިޒްބުﷲ ޖަމާއަތުން އިސްރާއީލުގެ އުތުރުގައި ހުރި ޔަހޫދީ ފައުޖުގެ ބޭސް އަކަށް ދިން ޑްރޯން ހަމަލާއެއްގައި، 4 ސިފައިން މަރާލައި 58 ސިފައިން ޒަހަމްކޮށްލައިފިއެވެ.
14 Oct 2024
އީސީގެ މެންބަރު ކަމަށް ހަސީބް އައްޔަންކުރަން ފޮނުއްވައިފި
އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސް ފުއާދު ތައުފީގުގެ ދައުރު ހަމަވާތީ، އެ ކޮމިޝަނުގެ މެމްބަރުކަމަށް އަބްދުލް ހަސީބް އިސްމާއީލް އައްޔަން ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ.
14 Oct 2024
އިސްލާމީ މަރުކަޒުގެ މަސްފެންގަނޑު މަރާމާތު ކުރަން ފަށައިފި
އިސްލާމީ މަރުކަޒުގެ މުންނާރުގެ ތިރީގައި ހަދާފައިވާ މަސްފެންގަނޑު ހަލާކުވެ ގިނަ ދުވަސްތަކެއް ވެފައިވާތީ، މި މަސްފެންގަނޑު ސްޓެލްކޯގެ ސީއެސްއާރުގެ ދަށުން މަރާމާތުކުރަން ފަށައިފިއެވެ.
13 Oct 2024
ހުޅުމާލެ ދެވަނަ ފިޔަވަހިން ބީލަމުގެ އުސޫލުން 18 ބިމެއް ވިއްކަނީ
ހުޅުމާލެ ދެވަނަ ފިޔަވަހިން ބީލަމުގެ އުސޫލުން 18 ބިމެއް ވިއްކުމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުވާލައިފިއެވެ.
13 Oct 2024
ސްޓެލްކޯގެ ލީޑަރޝިޕް ޕްރޮގްރާމުން ހަރުދަނާ ލީޑަރޝިޕެއް އުފެދޭނެ: ފަހުމީ
ސްޓެލްކޯގެ ލީޑަރޝިޕް ޕްރޮގްރާމުން ފާގަތި މުސްތަޤުބަލަކަށް ހަރުދަނާ ލީޑަރޝިޕެއް އުފެދިގެންދާނެކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.
13 Oct 2024
ބޭސް ސިޓީއަށް ސަލާންޖެހުމުގެ ސަގާފަތް އަނެއްކާވެސް ފެށިއްޖެ: ޝާހިދު
ބޭސް ސިޓީއަށް ސަލާން ޖެހުމުގެ ސަގާފަތް ރާއްޖޭގައި އަނެއްކާވެސް ފެށިފައިވާކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
13 Oct 2024
ބައިނަލްއަގުވާމީ ގުރުއާން މުބާރާތަކުން ދިވެހި ދަރިވަރަކަށް ތިން ވަނަ ލިބިއްޖެ
މެލޭޝިއާގައި ބޭއްވި ބައިނަލްއަޤްވާމީ ޤުރުއާން މުބާރާތުގައި ރާއްޖެ ތަމްސީލްކުރި ދިވެހި ދަރިވަރަކު 3 ވަނަ ހާސިލްކޮށްފިއެވެ.
13 Oct 2024
މަހާރާޝްތުރާގެ ކުރީގެ މިނިސްޓަރު ބާބާ ސިއްދީގު ގަޔަށް ބަޑިޖަހައި، އަވަހާރަކޮށްލައިފި
އިންޑިއާގެ މަހާރާޝްތުރާގެ ކުރީގެ މިނިސްޓަރު އަދި އެންސީޕީގެ އަޖިތު ޕަވާރު ފެކްޝަންގެ މެމްބަރު ބާބާ ސިއްދީގުގެ ގަޔަށް މުމްބާއީގެ ބަންދްރާގައި ބަޑިޖަހައި އަވަހާރަކޮށްލައިފިއެވެ..
13 Oct 2024
އަބްދުއްރަހީމް، އައިޕީޔޫގެ ބައްދަލުވުމަކަށް ޖެނީވާއަށް ވަޑައިގެންފި
ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަބްދުއްރަހީމް އަބްދުﷲ، ޖެނީވާ އަށް ފުރާވަޑައިގެންފިއެވެ.
13 Oct 2024
ނުގަވާއިދުން އުޅޭ 9 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި
ރާއްޖޭގައި ގަވާއިދާއި ޚިލާފަށް އުޅެމުންދާ ބިދޭސީން ހޯދުމަށް ކުރިއަށް ގެންދާ މަސައްކަތުގެ ތެރެއިން، އަނެއްކާވެސް ބިދޭސީންތަކެއް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
10 Oct 2024
މ އަތޮޅުން ފެށިގެން އައްޑޫ ސިޓީ އަށް ހުދު ސަމާލު!
ރާއްޖެ އަށް ކުރަމުންދާ ވިއްސާރައިގައި މޫސުން ގޯސްވެ، މޫސުމާއި ބެހޭ އިދާރާ (މެޓް އޮފީސް) އިން މ އަތޮޅުން ފެށިގެން އައްޑޫ ސިޓީއާއި ހަމައަށް ހުދު ސަމާލު ނެރެފިއެވެ.
10 Oct 2024
ހޯމަ ދުވަހާއި ހަމައަށް އާއްމުވައި ގަދަކޮށް ހިފަހައްޓާނެ: މެޓް
އަންނަ ހަފްތާގެ ހޯމަ ދުވަހާއި ހަމައަށް ރާއްޖޭގެ ހުރިހާ ސަރަހައްދަކަށްވެސް އާއްމުވައި ގަދަކޮށް ހިފަހައްޓާނެކަމަށާއ، އާއްމުކޮށް އުދަ އަރާ ސަރަހައްދުތަކަށް ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުދައިގެ އަސަރުކުރުން އެކަށީގެންވާކަމަށް މޫސުމާއި ބެހޭ އިދާރާ (މެޓް އޮފީސް) އިން ބުނެފިއެވެ.