ޚަދީޖާ އަރުފާ
އެސޯސިއޭޓް އެޑިޓަރ
ޚަދީޖާ އަރުފާ
25 Apr 2024
ސުޕަ މެޖޯރިޓީގެ ނާޖާއިޒު ފައިދާ މި ސަރުކާރުން ނުނަގާނެ: ޝިޔާމް
މަޖިލީހުގެ ބޮޑު އަޣްލަބިއްޔަތެއް ސަރުކާރު ހިންގާ ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް، ޕީއެންސީއަށް ލިބިފައި އޮތް ނަމަވެސް އޭގެ ނާޖާއިޒު ފައިދާ ނުނަގާނެ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
25 Apr 2024
ދުވާފަރު ދާއިރާގެ ފޮށިތައް އަލުން ނުގުނަން ނިންމައިފި
ނިމިދިޔަ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ދުވާފަރު ދާއިރާގެ ވޯޓު ފޮށިތައް އަލުން ގުނަން ޖެހޭފަދަ ހާލަތެއް ނެތްކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.
25 Apr 2024
7،500 ދަރިވަރުންނާއެކު އެސްއެސްސީ އަދި އޯ ލެވެލް އިމްތިހާން ފަށައިފި
7500 އަށްވުރެ ގިނަ ދަރުވަރުންނާއެކު މިއަހަރުގެ އެސްއެސްސީ އާއި އޯ ލެވެލް އިމްތިހާން މިއަދު ފަށައިފި އެވެ. މި އިމްތިހާންތަކުގައި 7،501 ދަރިވަރުން ބައިވެރިވެ އެވެ.
25 Apr 2024
މަތީ ތަޢުލީމާއި ތަމްރީނު ހޯދުމަށް އެދި ލޯނަށް ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި
ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތަޢުލީމާއި ތަމްރީނު ހޯދުމަށް ސަރުކާރުން ދޭ ލޯނަށް އެޕްލިކޭޝަން ހުށެހުމުގެ މުއްދަތު އިތުރުކޮށްފިއެވެ.
25 Apr 2024
ނޮޅިވަރަމް ދާއިރާއަށް އިންތިޚާބުވި މިނިވަން ކެންޑިޑޭޓު ވެސް ޕީއެންސީއަށް
ވިހި ވަނަ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ނޮޅިވަރަމް ދާއިރާއަށް އަމިއްލަ ގޮތުން ވާދަކޮށް، ކާމިޔާބީ ހޯއްދެވި މުޙައްމަދު ރަޝީދު (ރަޝީދުބެ) ސަރުކާރު ހިންގާ ޕީއެންސީއަށް ސޮއިކުރައްވައިފިއެވެ.
22 Apr 2024
އަކުރަމަށްވެސް ދާއިރާއިން ބުނީ ނޫނެކޭ!
މުވައްޒަފުން ތަކަކަށް ޖިންސީ ފުރައްސާރަ ކުރިކަމުގެ ތުހުމަތު އޮތް ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދަށާއި ކުރީ ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރި ފުލެޓް ލިސްޓް ގަޑުބަޑު ކުރުމުގެ ތުހުމަތު އޮތް ފުލެޓް ކޮމިޓީގެ ކުރީގެ ޗެއަރ އަދި ހައުސިންގ މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީނަށް ދާއިރާއިން ނޫނެކޭ ބުނެފިއެވެ.
22 Apr 2024
މަޖިލިސް އިންތިޚާބުގައި އިމްރާނަށާއި އަލީ ޒާހިރަށްވެސް ލިބުނީ ނާކާމިޔާބީ!
20 ވަނަ ރައްޔިތުންގެ މަޖިލީހުގައި އަދާލަތު ޕާޓީގެ ރައީސް އަދި ކުރީގެ ހޯމް މިނިސްޓަރު ޢިމްރާން އަބްދުالله އާއި ކުރީގެ ރައީސް އޮފީހުގެ ޗީފް އިފް ސްޓާފް ޢަލީ ޒާހިރަށްވެސް ނާކާމިޔާބީއާ ކުރިމަތިލާން ޖެހިއްޖެއެވެ.
22 Apr 2024
މަޖިލިސް އިންތިޚާބުގެ ނަތީޖާއިން މާޔޫސްކޮށްލައިފި: ފައްޔާޒު
އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ނަތީޖާއިން މާޔޫސްކޮށްލައިފި ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެ އެވެ.
22 Apr 2024
މިއީ ރައީސް މުއިއްޒުގެ ހިކުމަތްތެރި ވިސްނުންފުޅާއެކު ލިބުނު ކާމިޔާބީއެއް
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވެރިކަންކުރާ ޕްރޮގްރެސިވް ކޮންގްރެސްއަށް ލިބުނު ކާމިޔާބީ އަކީ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒުގެ ޙިކުމަތްތެރި ވިސްނުންފުޅާއެކު ޕީޕީއެމް-ޕީއެންސީ ކޯލިޝަން އިން ހޯދި ފުރިހަމަ ކާމިޔާބީއެއް ކަމަށް ނާއިބު ރައީސް ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.
22 Apr 2024
‘’ދިވެހީންގެ ރާއްޖެ މަޖިލީހަށް- މަރުޙަބާ’’ ޖަލްސާ މިރޭ
އިއްޔެ ބޭއްވުނު މަޖިލިސް އިންތިޚާބުގައި ވެރިކަންކުރާ ޕީއެންސީއަށް ލިބުނު ފުރިހަމަ ކާމިޔާބީގެ އުފާފާޅު ކުރުމަށް ބާއްވާ ’ދިވެހީންގެ ރާއްޖެ މަޖިލީހަށް- މަރުޙަބާ’’ ޖަލްސާ މިރޭ ބޭއްވުމަށް ހަމަޖެހިއްޖެއެވެ.
22 Apr 2024
ރިޔާސީ އިންތިޚާބު ކާމިޔާބުވީ ހުސްގޮނޑި ދައްކައިގެން ނޫންކަން ޔަގީންވޭ
މިދިޔަ އަހަރު ބޭއްވުނު ރިޔާސީ އިންތިޚާބުގައި ޕީއެންސީގެ ކެންޑިޑޭޓް އަދި އަދުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދޔ މުޢިއްޒުއަށް ލިބިލެއްވި ކާމިޔާބަކީ ވަކި ބޭފުޅަކަށް ހުސްގޮނޑިއެއް ބަހައްޓަވައިގެން ކުރެއްވި މަސައްކަތްޕުޅުން ލިބުނު ނަތީއްޖާ އެއް ނޫންކަން އިއްޔެ މަޖިލިސް އިންތިޚާބުގައި ސަރުކާރަށް ލިބުނު މެޖޯރިޓީން އެނގި ކަށަވަރުވެފައިވާ ކަމަށް ޖުމްހޫރީޕާޓީގެ ލީޑަރ ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
22 Apr 2024
އައު ފިކުރެއް އުފަންވެއްޖެ؛ ކުރިއަށް ހުރީ އުފާވެރި ދުވަސްތަކެއް: ނަބީހު
އައު ސިޔާސީ ފިކުރެއް އުފަންވެފައިވާ ކަމަށް ރޯޑް ޑިވޮލަޕްމަންޓް ކޯޕަރޭޝަން، އާރްޑީސީގެ ޑެޕިޔުޓީ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ނަބީހު ވިދާޅުވެއްޖެއެވެ.
22 Apr 2024
ރައްޔިތުންގެ ހެވާ ލާބައަށް މަސައްކަތްކޮށް، ސަރުކާރު ޖަވާބުދާރީ ކުރުވާނަން
ދިވެހިރާއްޖޭގައި ޑިމޮކްރެޓިކް ހަމަތައް ނެގެހެއްޓުމަށާއި ސަރުކާރު ޖަވާބުދާރީކޮށް ދިވެހިރައްޔިތުންގެ ހައްޤުތައް ރައްކާތެރިކުރުމަށް ވަކާލާތުކުރާ ޕާޓީއެއްގެ ގޮތުގައި އެމްޑީޕީ އަބަދުވެސް ދެމިއޮންނާނެ ކަމަށް އެ ޕާޓީން ބުނެފިއެވެ.
22 Apr 2024
އަނާރާ އާއި ފިރިކަލުންވެސް މަޖިލީހަށް!
20 ވަނަ ރައްޔިތުންގެ މަަޖިލީހުގެ އިންތިހާބު ގައި މަޖިލީހުގެ ކުރީގެ ދައުރުގެ މަކުނުދޫ ދާއިރާގެ މެމްބަރު ޑރ. އަނާރާ ނައީމް އާއި ފިރިކަލުން އާދަމް ޝަފީގް ވެސް ވާދަކުރެއްވި ދާއިރާގެ ގޮނޑި ކާމިޔާބު ކުރައްވައިފި އެވެ.
21 Apr 2024
އީވާ، ހަސަން ލަތީފް އަދި އިމްތިޔާޒަށް ވެސް ގޮނޑި ކާމިޔާބެއް ނުކުރެވުނު
20 ވަނަ ރައްޔިތުންގެ މަޖިލީހަށް ވާދަކުރެއްވި، މިހާރުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުالله އާއި، ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފްގެ އިތުރުން މާފަންނު
21 Apr 2024
30 އަހަރަށް ފަހު ރައީސް ޞާލިހުގެ ދާއިރާގެ ގޮނޑި އެމްޑީޕީއަށް ގެއްލިއްޖެ
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު 25 އަހަރު ވަންދެން ތަމްސީލް ކުރެއްވި އަދި އެމްޑީޕީ އުފެދުނީއްސުރެ އެ ޕާޓީން ކާމިޔާބު ކުރަމުން އައި ހިންނަވަރު ދާއިރާގެ ގޮނޑި އެމްޑީޕީ އަށް މިއަދު ގެއްލިއްޖެ އެވެ.
21 Apr 2024
ހުޅުދޫ ދާއިރާގެ ގޮނޑި ޕީއެންސީ ކެންޑިޑޭޓް މުހައްމަދު ޝާހިދަށް
20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ ގޮނޑި އެ ދާއިރާއަށް ޕީއެންސީ ޓިކެޓްގައި ވާދަކުރެއްވި މުހައްމަދު ޝާހިދު (ޝާޑު) ކާމިޔާބު ކުރައްވައިފިއެވެ.
21 Apr 2024
ދިވެހީންގެ ޚިދުމަތުގައި ސިފައިން ކުރާ މަސައްކަތް ޝުކުރާއެކު ބަލައިގަންނަން
ރެއާއި ދުވާލު ދިވެހީންގެ ޚިދުމަތުގައި ސިފައިން ކުރާ ހިންމަތާއި މިންނަތް ޝުކުރާއެކު ހުރިހާ ދިވެހީންވެސް ބަލައިގަންނަ ކަމަށް ރަޢީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
21 Apr 2024
1 ޖެހުމާ ހަމައަށް އެއް ލައްކައަށްވުރެ ގިނަ މީހުން ވޯޓު ލައިފި
މިހާރު ކުރިޔަށްދާ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި މިއަދުގެ 13:00އާއި ހަމައަށް 113،627 މީހުން ވޯޓުލާފައިކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އިން ބުނެފިއެވެ.
21 Apr 2024
މާލެއަށް އިހްސާސް ކުރެވޭ ހޫނުމިން 44 ޑިގްރީ ސެލްސިއަސްގައި
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް މިއަދު ވޯޓުލަމުން އަންނައިރު، މާލެ ސަރަހައްދަށް އިހުސާސްކުރެވޭ ހޫނުމިން ހުރީ 44 ޑިގުރީގައި ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓު) އޮފީހުން މިއަދު ބުނެފިއެވެ.
21 Apr 2024
ދައުލަތުގެ އެންމެ މުހިންމު އެއް ބާރު އުފެއްދުމަށް އެންމެން ބައިވެރިވެލައްވާ
މިއަދު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ވޯޓުލައި، ދައުލަތުގެ އެންމެ މުހިންމު އެއް ބާރު އުފެއްދުމުގައި ބައިވެރިވުމަށް ކުރީގެ ރައީސް އަދި މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންފިއެވެ.
21 Apr 2024
އެމްޑީޕީއަށް ސާފު އަޣްލަބިއްޔަތު ލިބޭތަން ފެނޭ: ރައީސް ޞާލިހު
މިއަދު ކުރިޔަށްދާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ސާފު އަޣްލަބިއްޔަތު އެމްޑީޕީއަށް ލިބިގެންދާތަން ފެނިވަޑައިގަންނަވާކަމަށް އެމްޑީޕީގެ އިސް އެޑްވައިޒަރ އަދި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
21 Apr 2024
މަޖިލިސް އިންތިޚާބު: ދެ ގަޑިއިރުތެރޭ %16 މީހުން ވޯޓް ލައިފި
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފެށި ދެ ގަޑިއިރު ތެރޭގައި 16 އިންސައްތަ އަށްވުރެ ގިނަ މީހުން ވޯޓުލާފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.
21 Apr 2024
ވޯޓު ކަރުދާސް ދައްކާ ފަރާތްތަކާއި މެދު ޖިނާއީ ތަހުގީގުކޮށް ދައުވާ އުފުލާނެ
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓު ކަރުދާސް ދައްކާ ފަރާތްތަކާއިމެދު،ޖިނާއީ ތަހުގީގު ކުރެވި ދައުވާ އުފުލޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން (އީސީ)ން ބުނެފިއެވެ.
21 Apr 2024
ކުރިންވެސް ތަންތަނުގައި ހުޅުޖެހީ އެމްޑީޕީން؛ މި ޕާޓީންނެއް ނޫން: ޕީއެންސީ
މީގެ ކުރިންވެސް ތަންތަނުގައި ހުޅު ޖަހާފައި ވަނީ އިދިކޮޅު އެމްޑީޕީން ކަމަށާ، ވެރިކަންކުރާ ޕީޕީއެމް/ޕީއެންސީ ކެންޑިޑޭޓުންނަކީ އެފަދަ ކަންކަން ކުރާނެ ބައެއް ނޫން ކަމަށް އެ ކޯލިޝަނުން ބުނެފިއެވެ.
21 Apr 2024
ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު ވޯޓު ލައްވައިފި
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު މިއަދު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުމުގައި ވޯޓު ދެއްވައިފިއެވެ.
21 Apr 2024
ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި
20 ވަނަ ރައްޔިތުން މަޖިލީހުގެ އިންތިޚާބު 2024ގެ ވޯޓުލުން ފަށައިފިއެވެ.
20 Apr 2024
ފިޔޯރީ އަދި ރަތަފަންދޫ އެދެނީ ސިޔާސީ ހެޔޮ ބަދަލަކަށް
ރައްޔިތުންގެ މަޖިލީހުގައި 90 އަށްވުރެ ގިނަ ދާއިރާތައް އޮތް އިރު، އާއްމުކޮށް ތަރައްގީ އާއި ކުރިއެރުން އަންނަތަން ފެންނަނީ ދާއިރާގެ ރަށްތަކުގެ ތެެރެއިން އާބާދީގެ ގޮތުން ބޮޑު، ރަށްތަކަށެވެ. އާބާދީ ކުދި ރަށް ރަށަށް އޮންނަނީ އަޅާ ނުލެވިފައެވެ. މިއީ އަބަދުވެސް، ހުރިހާ ދާއިރާއެއްގައި ހެން ކަން ވަމުން އަންނަ ގޮތް ކަމީ އެންމެންވެސް ގަބޫލު ކުރާނެ ހަގީގަތެވެ. އެ ތަފާތު ކުރުންތަކުގެ ސަބަބުން އާބާދީގެ ގޮތުން ކުދި ރަށްރަށުގެ ރައްޔިތުން ތިބެނީ މާޔޫސްވެ އުއްމީދު ކަނޑާލައިގެންނެވެ. ތަރައްގީ އަކީ އެ ރަށްތަކަށް އަންނާނެ އެއްޗެއް ކަމަށް މީހަކު ބުނި ނަމަވެސް އެއީ ކުލައެއް ނުޖެހޭނެ ހުވަފެނެއްކަން އެ ރައްޔިތުންގެ ހިތާއި ހިތުން ތިބެނީ ކިޔާލަ ކިޔާލައެވެ.
20 Apr 2024
ތިލަމާލެ ބްރިޖު ނިންމަން އޮތް ތާރީޚަށްވުރެ ތިން މަސް ކުރިން ނިންމާލެވޭނެ
ކުރީ ސަރުކާރުން ފެށި އުމްރާނީ ތަރައްގީގެ އެންމެ ބިޔަ މަޝްރޫޢު، ތިލަމާލެ ބްރިޖުގެ މަޝްރޫޢު މީގެ ކުރިން ނިންމެން އޮތް ތާރީޚަށްވުރެ ތިންމަސް ކުރިން ނިންމާލެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
19 Apr 2024
މާލެއާއި އެއް ފެންވަރަށް އައްޑޫ ސިޓީ ތަރައްގީ ކޮަށްދޭނަން: ރައީސް މުޢިއްޒު
އެމަނިކުފާނުގެ ވެރިކަމުގެ ފަސް އަހަރުގެ ތެރޭގައި ރާއްޖޭގެ ވެރިކަންކުރާ މާލެ ސިޓީއާއި އެއް ފެންވަރަށް އައްޑޫ ސިޓީ ތަރައްގީ ކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.