ޚަދީޖާ އަރުފާ
އެސޯސިއޭޓް އެޑިޓަރ
ޚަދީޖާ އަރުފާ
19 Apr 2024
އެމްޑީޕީގެ މަޖިލިސް ކެންޕެއިން ހިނގާލުން ނިންމާލައިފި، މިފަހަރު ތަރުހީބު ކުޑަ
ދިވެހިރާއްޖޭގައި އޮތް އެންމެ ބޮޑު ޕާޓީ، އަދި މިހާރުގެ އިދިކޮޅު މައި ޕާޓީން ކުރިއަށް ގެންދިޔަ “މިސްރާބު ހަމަމަގަށް” މަޖިލިސް ކެންޕެއިން ނިންމާލުމަށް ބޭއްވި ހިނގާލުމަށް ލަދުވެތި ފިނި ތަރުހީބެއް ލިބިއްޖެއެވެ.
19 Apr 2024
ހޯރަފުށީގެ މަގު ހެދުމުގެ ދެވަނަ ފިޔަވަހީގެ އަމަލީ މަސައްކަތް ފަށައިފި
ހއ. ހޯރަފުށީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ ދެވަނަ ފިޔަވަހީގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ.
19 Apr 2024
މިސަރުކާރުގެ ދަނޑުވެރިކަން ކުރިއެރުވުމުގެ ސިޔާސަތަށް ދުނިޔޭގެ ސަމާލުކަން
ރާއްޖޭގެ ދަނޑުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް މިސަރުކާރުން ގެންގުޅުއްވާ ތަސައްވުރަށް އޭޑީބީން ތައުރީފުކޮށްފިއެވެ.
19 Apr 2024
ޑޮލަރުގެ އަގު އުފުލިގެން އުޅޭ މަންޒަރެއް ދެން ނުފެންނާނެ: ރައީސް
ޑޮލަރުގެ އަގު އިންތިހާއަށް މައްޗަށް އުފުލިގެންދާތަން ދެން ނުފެންނާނެ ކަމަށާ، އޭގެ ބަދަލުގައި ދެން ފެންނާނީ ޑޮލަރުގެ އަގު ތިރިއަށްދާ މަންޒަރުކަމަށް ރައިސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
19 Apr 2024
ޔާމީންގެ ޝަރީއަތް ލަސްކުރީ އެމްޑީޕީގެ ނުފޫޒުން: އާދަމް ޝަރީފް
ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލް ޤައްޔޫމްގެ ވ އާރަށް އިސްތިއުނާފް މައްސަލައިގެ ޝަރީޢަތް ލަސްކޮށްފައިވަނީ އިދިކޮޅު މައި ޕާޓީ އެމްޑީޕީގެ ނުފޫޒުން ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާއްމު ޚިދުމަތްތަކާއި ބެހޭ ވުޒާރާގެ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.
19 Apr 2024
ތިބާ ލިޔެ، ބުނެއުޅޭ، ކޮންމެ ޖުމްލައަކީ އެއާ މެދު ސުވާލުވެވޭނެ ޖުމްލައެއް
ތިބާ ލިޔެ، ބުނެއުޅޭ، ކޮންމެ ޖުމްލައަކީ ޤިޔާމަތް ދުވަހު އެއާ މެދު ސުވާލުވެވޭނެ ޖުމްލައެ ކަމަށް މިއަދުގެ ޚުތުބާގައި ބުނެފިއެވެ.
19 Apr 2024
ވެރިކަމާ ހަވާލުވިއިރު ހޯރަފުށީ ދާއިރާ ގިނަ ޕްރޮޖެކްޓްތައް ހުރީ ހުއްޓިފައި
ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު ވެރިކަމާއި ހަވާލުވެވަޑައިގެންނެވި އިރު، ހޯރަފުށީދާއިރާގައި ކުރީ ސަރުކާރުން ފެށި ގިނަ މަޝްރޫއުތައް ހުރީ ހުއްޓިފައި ކަމަށް އެ ދާއިރާއަށް ވާދަކުރައްވާ ސަރުކާރުގެ ކެންޑިޑޭޓް ޢަލީ މޫސަ ވިދާޅުވެއްޖެއެވެ.
19 Apr 2024
އިންޑިޔާ އައުޓް ބެނާ ހޯދައިގެން، އެ އަލުން ދަމާނަން: ޔާމީން
އެމަނިކުފާނުގެ ގެކޮޅުގައި ދަމާފައިހުރި “އިންޑިޔާ އައުޓް” ބެނާ ފުލުހުންގެ އަތުން ހޯދައިގެން އެ ބެނާ އަލުން ގޭގެ ބޭރުގައި ދަމާނެ ކަމަށް ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
18 Apr 2024
ނައީމަށް އިއްވި ހުކުމް ބާތިލުކޮށް، މައްސަލަ އަލުން ބަލަން އަންގައިފި
އެމްއެމްޕީއާރުސީ މެދުވެރިކޮށް ވ. އާރަށް ކުއްޔަށް ދިން މުއާމަލާތާ ގުޅިގެން ރިޝްވަތު ދިންކަމުގެ ކުށް ސާބިތުވާކަމަށް ކަނޑައަޅައި، ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ މައްޗަށް ކުރިމިނަލް ކޯޓުން ކުރި ހުކުމް، ހައިކޯޓުން މިއަދު ބާތިލުކޮށް، އެ މައްސަަލަ ކްރިމިނަލް ކޯޓުން އަލުން ބަލަން އަންގައިފިއެވެ.
18 Apr 2024
ހިޔާ ޓަވަރުތަކުގެ އިތުރު ލިފްޓް ހަރުކުރުމުގެ އަމަލީ މަސައްކަތް ފަށައިފި
ހިޔާ ޓަވަރުތަކުގައި އިތުރު ލިފްޓް ހަރުކުމުގެ އަމަލީ މަސައްކަތް މިއަދު ފަށައިފި އެވެ.
18 Apr 2024
ކައްދޫ އެއަރޕޯޓުގެ %100 ހިއްސާދާރުގެ ގޮތުގައި ރީޖަނަލް އެއަރޕޯޓްސް
ލ. ކައްދޫ އެއާޕޯޓް ހިންގުން ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ (އާރުއޭސީއެލް) އާ ހަވާލުކޮށްފިއެވެ.
18 Apr 2024
ކަރަންޓުގެ މައްސަލަ ހައްލުވަންދެން ސްޓެލްކޯގެ ޓީމް ކުޅުދުއްފުށީގައި
ކުޅުދުއްފުށި ސިޓީގެ ކަރަންޓުގެ ހާލަތު ރަނގަޅު ވަންދެން އެ ސިޓީގައި ސްޓެލްކޯގެ ތަޖުރިބާކާރުން ހިމެނޭ ޓީމެއް ހަރަކާތްތެރިވާނެ ކަމަށް ސްޓެލްކޯގެ އެމްޑީ ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.
18 Apr 2024
ޤައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުޞަތު، މި މަހު 23ގައި ހުޅުވާލަނީ
އިތުރު ދެ ދާއިރާ އަކުން ގައުމީ އިނާމް ދިނުމަށް ނިންމައި، މި އަހަރު ޤައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުޞަތު، މި މަހުގެ 23ވާ އަންގާރަ ދުވަހު ހުޅުއްވައިލައްވާ ގޮތަށް ޤައުމީ އިނާމާބެހޭ ކޮމިޓީން ހަމަޖައްސަވައިފިއެވެ.
18 Apr 2024
ޗީފް އޮފް ޑިފެންސް ފޯސް ސިފައިންގެ ޚިދުމަތުން ރިޓަޔަރ ކުރައްވައިފި
ޗީފް އޮފް ޑިފެންސް ފޯސްގެ މަޤާމުގައި ހުންނެވި، ލެފްޓިނެންޓް ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް، 39 އަހަރުގެ އިޚްލާޞްތެރި ޚިދުމަތަށްފަހު، އުމުރުފުޅުން 60 އަހަރު ފުރުމާއެކު ސިފައިންގެ ޤާނޫނުގައިވާގޮތުގެމަތިން ސިފައިންގެ ޚިދުމަތުން ޝަރަފުވެރިކަމާއެކު ރޭ ރިޓަޔަރ ކުރައްވައިފިއެވެ.
18 Apr 2024
ކޯޓުތަކުގައި އެމްޑީޕީގެ ނުފޫޒު އޮތް މިންވަރު ދަނީ ހާމަވަމުން: ރައީސް މުޢިއްޒު
ދިވެހިރާއްޖޭގެ ޝަރުއީ ނިޒާމަށް އެމްޑީޕީގެ ނުފޫޒް ފޯރާ މިންވަރު ހާމަވެ ޔަގީންވަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
18 Apr 2024
އަޅުގަނޑު ދުޢާއަކީ ރައީސް ޔާމިންއަށް އިންސާފު ލިބި، މިނިވަންވުން
ހައިކޯޓުގައި ތާވަލުކޮށްފައިވާ ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމްގެ ހުކުމުގެ އިސްތިއުނާފުގައި އެމަނިކުފާނު މިނިވަންވާނެކަމުގެ އުންމީދު ކުރައްވާ ކަަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.
18 Apr 2024
ފަރެސްމާތޮޑާ ދާއިރާ އަށް ހަމައެކަނި ތަޞައްވުރެއް އޮތް ކެންޑިޑޭޓަކީ ޝަމީމް
ކުރިއަށް އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ވޯޓުލުމުގެ ވަގުތު ކުޑަތަންވެފައިވާއިރު، ތިމާ އެ ދާއިރާއަކަށް ނިސްބަތްވާ ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓުން ދާއިރާ އާމެދު ކުރާ އުއްމީދާއި، އެ ކެންޑިޑޭޓަކު މެންބަރު ކަމަށް އިންތިޚާބު ވެއްޖެ ނަމަ ދާއިރާއަށް ގެންނާނެ ކުރިއެރުންތަކާއި، ދާއިރާގެ ކުރިމަގު އެ ކެންޑިޑޭޓަކު ކުރަހާލާފައިވާ ގޮތް، މިއީ ކޮންމެ މީހަކުވެސް ބަލާލަންޖެހޭ ކަމެކެވެ.
17 Apr 2024
ރައީސް ޔާމީންގެ މައްސަލައިގެ ހުކުމް ކުރުން ބުރާސްފަތި ދުވަހަށް ތާވަލްކޮށްފި
ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމްގެ ފަރާތްޕުޅުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރައްވާފައިވާ މައްސަލައިގެ ހުކުމް ކުރުން، ބުރާސްފަތި ދުވަހު މެންދުރަށް ތާވަލު ކޮށްފައިވާ ކަމަށް ދާދި ދެންމެއަކު ހައިކޯޓުން ބުނެފިއެވެ.
17 Apr 2024
އުޞޫލުތަކާ ޚިލާފަށް އުމްރާއަށް ގެންދާ މީހުންގެ މައްސަލަ ބަލައި ފިޔަވަޅު އަޅަނީ
އުމްރާއަށް މީހުން ގެންދިއުމާ ބެހޭ ގޮތުން ރާއްޖޭގައި އަމަލުކުރަމުން އަންނަ އުޞޫލުތަކާ ޚިލާފަށް އަމަލުކުރަމުންދާ ޖަމާޢަތެއްގެ މައްސަލަ ތަޙުޤީޤުކޮށް ފިޔަވަޅު އެޅުމަށް ފުލުހުންނަށް ހުށަހަޅާނެ އިސްލާމިކް މިނިސްޓަރ މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
17 Apr 2024
އޭރުވެސް މިހާރުވެސް ޔާމީންގެ ޝަރީއަތަށް ނުފޫޒު ފޯރުވީ އެމްޑީޕީން: ސިޔާޒު
ކުރީގެ ރައީސް އަބްދުالله ޔާމީންގެ ޝަރީއަތަށް ނުފޫޒު ކުރިންވެސް ފޯރުވީ އެމްޑީޕީން ކަމަށާއި އަދި މިހާރުވެސް އެކަން ކުރަނީ އެ ޕާޓީން ކަމަށް ކަމަށް އެ މަނިކުފާނުގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އަބްދުالله ސިޔާޒް ވިދާޅު ވެއްޖެ އެވެ.
17 Apr 2024
ހެޔޮ ފިހާރައިން މިފަހަރު ކުކުޅެއް ނޫން، ހާ
މާލޭގައި ފިނިކުރި މުދާ ހޯލްސޭލު އަދި ރީޓެއިލް ކުރަމުންދާ ހެޔޮ ފިހާރައިން ހާ ލިބެންހުރި ކަމަށް އެ ފިހާރައިން ބުނެފިއެވެ.
17 Apr 2024
ކޮރަޕްޝަންގެ ކުށްތަކަށް އަރައިގަންނަ ސަބަބު ދެނެގަތުމަށް ދިރާސާއެއް ހަދަނީ!
ކޮރަޕްޝަންގެ ކުށްތަކަށް އަރައިގަންނަ ސަބަބުތަކާއި އެކަން ހުއްޓުވުމަށް ދުރާލާ އަޅަންޖެހޭ ފިޔަވަޅުތައް ދެނެގަތުމަށް އެންޓިކޮރޮޕްޝަން ކޮމިޝަން ( އޭސީސީ ) އިން އެކަމަށް ޙާއްސަ ދިރާސާއެއް ހެދުމަށް ނިންމައި، އެ ދިރާސާއާ ގުޅޭ މަސައްކަތް ފަށައިފިއެވެ.
17 Apr 2024
އެމްޑީޕީން މަސައްކަތް ކުރަނީ ޖަވާބުދާރީ ކުރުވާކަށް ނޫން، ސަރުކާރު ވައްޓާލަން
އެމްޑީޕީން ބޭނުންވަނީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ހޯދައިގެން ސަރުކާރު ޖަވާބުދާރީކުރުވުމުގެ ނަމުގައި ސަރުކާރު ވައްޓާލުމަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
16 Apr 2024
ތަރައްގީއަށް ހުރަސްއަޅާނެ ބަޔަކު މަޖިލީހަށް ގެންނަންޖެހޭ ސަބަބެއް ނެތް
ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއު ތަކަށް ހުރަސް އަޅާ ބަޔަކު މަޖިލީހަށް ހޮވަންވީ އެއްވެސް ސަބަބެއް ނެތް ކަމަށް ރައީސުލްޖުމްހޫރުއްޔާ ޑރ މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
16 Apr 2024
ކުޅުދުއްފުށީ އެއަރޕޯޓްގައި ޒަމާނީ ވަސީލަތްތަކާއެކު މުޅިން އައު ޓަރމިނަލެއް
ކުޅުދުއްފުށި އެއަރޕޯޓްގައި އެންމެ ޒަމާނީ ވަސީލަތްތަކާ އެއްކޮށް ތަރައްޤީކުރެވޭ ޕެސެންޖަރ ޓަރމިނަލްއެއް އެޅުމަށް ނިންމާފައިވާ ކަމަށް ރީޖަނަލް އެއާޕޯޓްސް، އާރްއޭސީއެލް އިން ބުނެފިއެވެ.
16 Apr 2024
ގުޅީފަޅުގެ ބިން ހިއްކާ ނިންމާލައިފި
ކ. ގުޅީފަޅު ހިއްކުމަށް ނިމިދިޔަ ސަރުކާރުން ފެށި މަޝްރޫއުގެ ދަށުން އެ ފަޅުގެ ބިން އެއްކޮށް ހިއްކާ ނިމިފަައިވާ ކަމަށް އިންފްރާންސްޓަކްޗާ އެންޑް ކޮންސްޓްރަކްޝަން މިނިސްޓްރީން މިއަދު ބުނެފިއެވެ.
16 Apr 2024
އެޗްޑީސީން ޣައްޒާގެ ރައްޔިތުންނަށް އެއް މިލިއަން ރުފިޔާ ހަދިޔާކޮށްފި
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ފަލަސްތީނުގެ ޣައްޒާގެ ރައްޔިތުންނަށް އެއް މިލިއަން ރުފިޔާ ހަދިޔާކޮށްފި އެވެ.
16 Apr 2024
ޕާޓީ ބަދަލުކޮށްފި ނަމަ އިސްތިއުފާ ދޭންޖެހޭ ބިލު ރައީސް ތަސްދީގު ކުރައްވައިފި
ވަކި ސިޔާސީ ޕާޓީއެއްގެ ޓިކެޓްގައި ވާދަކޮށްގެން ގޮނޑި ކާމިޔާބު ކުރުމަށްފަހު، އެ ޕާޓީ ބަދަލު ކުރުމުން ގޮނޑި ގެއްލޭ ގޮތަށް ފަރުމާކޮށްފައިވާ އެންޓި ޑިފެކްޝަން ބިލު (ޤާނޫނު ނަންބަރު: 2024/3) ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މިއަދު ތަސްދީޤު ކުރައްވައިފިއެވެ.
16 Apr 2024
ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑުގެ ދަށުން ހިންގި 4 ޕްރޮޖެކްޓެއް ނިންމާލައިފި
ބޭންކް އޮފް މޯލްޑިވްސް އިން ހިންގާ 'ކޮމިއުނިޓީ ފަންޑު' ގެ ދަށުން 4 ޕްރޮޖެކްޓެއްކާމިޔާބު ކަމާއެކީ ނިންމާލައިފިއެވެ.
16 Apr 2024
"ޖަޒީރާ" ޓެލެގްރާމް ޗެނަލް މައްސަލާގައި 60 އަހަރުގެ މީހަކު ހައްޔަރުކޮށްފި
ތަފާތު ބޮޑެތި ކުށްތަކަކަށް އަރައިގަތުމަށް "ޖަޒީރާ" ނަމުގައި ހިންގަމުން ދިޔަ ޓެލެގްރާމް ޗެނަލްތަކުގެ މައްސަލަގާއި, 60 އަހަރުގެ މީހަކު ހައްޔަރުކޮށްފިއެެވެ.