ޚަދީޖާ އަރުފާ
އެސޯސިއޭޓް އެޑިޓަރ
ޚަދީޖާ އަރުފާ
11 Apr 2024
މުޅި އެތި ރާވާފަ އޮތީ 90 ދުވަސް ތެރޭ ސަރުކާރު ބޭންކުރަޕްޓްކުރަން
ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒުގެ ސަރުކާރުގެ ފުރަތަމަ 90 ދުވަސް ތެރޭގައި ސަރުކާރު ބަނގުރޫޓްކޮށް އައު ސަރުކާރެއް އުފައްދަން، އިދިކޮޅު ފަރާތްތަކުން ރޭވި ކަމުގެ ތުހުމަތު އިކޮނަމިކް މިނިސްޓަރު މުހައްމަދު ސަޢީދު ކުރައްވައިފިއެވެ.
11 Apr 2024
މަތިން އޯޑަރެއް ނާންނަނީސް ފުލުހުންނާއި ސިފައިން މަސައްކަތެއް ނުކުރާނެ
މަތިން އަންނަ އޯޑަރަކަށް މެނުވީ ސިފައިންނާއި ފުލުހުންގެ ފައުޖެއް، މަސައްކަތް ނުކުރާނެ ކަމަށް އެމްޑީޕީގެ އިސް އެޑްވައިޒަރ އަދި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.
11 Apr 2024
އެސްއޯ ފުލުހުންނަށް ދެން ހަރަކާތްތެރިވެވޭނީ ސީދާ ސީޕީގެ ހުއްދަ ލިބިގެން!
މުޒާހަރާތަކާއި އެއްވުންތައް ކޮންޓްރޯލް ކުރުމަށް ސްޕެޝަލް އޮޕަރޭޝަންސް (އެސްއޯ) ފުލުހުންނަށް ކޮމިޝަނަރ އޮފް ޕޮލިސް (ސީޕީ) ގެ ހުއްދަ ލިބިގެން ނޫން ގޮތަކަށް ހަރަކާތްތެރި ނުވެވޭ ގޮތަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ އެންގެވުމުގެ މަތިން ހޯމް މިނިސްޓަރ ކަނޑައަޅުއްވައިފިއެވެ.
11 Apr 2024
ލ އަތޮޅުގެ ބައެއް ރަށްތަކަށް ރައީސުލްޖުމްހޫރިއްޔާ ފުރާވަޑައިގެންފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ހައްދުންމަތީގެ ބައެއް ރަށްތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިއަދު ހެނދުނު ފުރާވަޑައިގެންފިއެވެ.
09 Apr 2024
100ޖީބީ އާއެކު އުރީދޫއިން އީދަށް ހާއްސަ އޮފަރތަކެއް
ފިތުރު އީދުގެ މުނާސަބަތުގައި އުރީދޫއިން ހާއްސް އޮފަރ ތަކެއް އިއުލާނުކޮށްފިއެވެ.
09 Apr 2024
ގަނާކޮށް އަނިޔާކުރާއިރު، ގިޔާމަތްދުވަހުން ތިމާގެ ގުނަވަންތައް އެކަމަށް ހެކިވާނެ
އެހެން މީހުންނަށާއި ކުދިންނަށް ގަނާކޮށް ނުވަތަ ބުލީކޮށް އަނިޔާކުރާއިރު، ގިޔާމަތްދުވަހުން ތިމާގެ ގުނަވަންތައް އެކަމަށް ހެކިވާނެކަން ވިސްނަންޖެހޭ ކަމަށް އައްޝެއިޚް އިބްރާހިމް މެންކު ވިދާޅުވެއްޖެއެވެ.
09 Apr 2024
ކުޅުދުއްފުށީގައި މިމަހުގެ ކަރަންޓު ބިލުތަކުން 50 ޕަސެންޓްގެ ޑިސްކައުންޓް
ހދ. ކުޅުދުއްފުށި ސިޓީގެ ރައްޔިތުންނަށް މެދުނުކެނޑި ކަރަންޓްގެ ހިދުމަތް ދިނުމަށް ދިމާވި މައްސަލަތަކާއި ގުޅިގެން މި މަހުގެ ކަރަންޓު ބިލުން 50 އިންސައްތަ ޑިސްކައުންޓެއް ދިނުމަށް ފެނަކަ ކޯޕަރޭޝަނުން ނިންމައިފި އެވެ.
09 Apr 2024
3 އަހަރު ތެރޭ ހުޅުމާލެ ހޮސްޕިޓަލް ޓަރޝިއަރީ ފެންވަރަށް ބަދަލުކުރެވޭނެ
ކުރިއަށް އޮތް 3 އަހަރު ތެރޭ ހުޅުމާލެ ހޮސްޕިޓަލް ޓަރޝިއަރީ ފެންވަރަށް ބަދަލުކުރެވޭނެކަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް އަބްދުލްރައްޒާގް ހަލީމް ވިދާޅުވެއްޖެއެވެ.
09 Apr 2024
މުސްލިމް ވޯލްޑް ލީގުގެ މަތީ މަޖިލީހަށް ޝަހީމް އައްޔަންކޮށްފި
މުސްލިމު ވޯލްޑް ލީގު, ރާބިޠަތުލްޢާލަމީލް އިސްލާމީގެ އެންމެ މަތީ މަޖްލީހުގެ މެންބަރަކަށް ދިވެހިރާއްޖޭގެ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ޢައްޔަންކުރައްވައިފިއެވެ.
09 Apr 2024
ޑިރެކްޓަރ ޖެނެރަލް އޮފް ޒަކާތުގެ މަޤާމަށް ފަޟީލަތުއް ޝައިޚްޢިއްޒައްދީން
ޑިރެކްޓަރު ޖެނެރަލް އޮފް ޒަކާތުގެ މަގާމަށް އައްޝައިހް އިއްޒައްދީން އަދްނާން އައްޔަނު ކޮށްފި އެވެ.
08 Apr 2024
ކުރީ ސަރުކާރުން ދިން އަނިޔާއަށް ވުރެ ބޮޑު އަނިޔާއެއް ޖަމީލް، ޔަމީނަށް ދީފި
ކުރީގެ ރައީސް ޢަބްދުالله ޔާމީން ޢަބްދުލްޤައްޔޫމަށް ނިމިދިޔަ އެމްޑީޕީ ސަރުކާރުން ދިން އަނިޔާއަށް ވުރެ ބޮޑު އަނިޔާއެއް އެމަނިކުފާނުގެ އިސް ގާނޫނީ ވަކީލު އަދި ފުރަތަމަ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލް، ވަކީލަކަށް ހުންނަވައިގެން ދެއްވާފައިވާ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ސަރުކާރުގެ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
08 Apr 2024
ރައީސްގެ ވަޢުދުފުޅުތައް ހަގީގަތަކަށް ހަދައިދިނުމަށް އެއްބާރުލުން ދޭނަން: ޢަލީ
މަޖިލީހަށް ހޮވިއްޖެނަމަ އަދުގެ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒުގެ ވައުދުފުޅުތައް ހަގީގަތަކަށް ހަދައިދެއްވަން ފުރިހަމަ އެއްބާރުލުން ދެއްވާނެކަމަށް ރައްޔިތުންގެ މަޖިލީސް އިންތިހާބުގައި ވެރިކަންކުރާ ޕީއެންސީގެ ފަރާތުން ހޯރަފުށީ ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓް، ޢަލީ މޫސާ ވިދާޅުވެއްޖެއެވެ.
08 Apr 2024
އީދު ދުވަހު 4 އިން 6 އަށް އިންޖީނުލީ އަދި ބެޓެރި ވެހިކަލް ދުއްވުން މަނާ!
މި އަންނަ ފިޠުރު އީދު ދުވަހު 16:00 އިން 18:00 އަކަށް، މާލެ ސަރަހައްދުގައި އިންޖީނުލީ އަދި ބެޓެރި ވެހިކަލް ދުއްވުމަކީ މަނާކަމެއްގެ ގޮތުގައި ނިންމައިފިއެވެ.
08 Apr 2024
މިއަދުގެ ދަރުސްގެ މައުޟޫއަކަށް ރަސޫލާ (ޞއވ) ސުވަރުގެވަޑައިގެންނެވުން
އަލް ޢަސްރުން އިސްލާމިކް މިނިސްޓްރީ އާއި ގުޅިގެން މި ރަމަޟާން މަހުގެ ފަހު ދިހައެއްގައި ކުރިއަށް ގެންދާ ޝެއިހް އިބްރާހިމް މެންކުގެ ސިލްސިލާ ދަރުސްތަކުގައި މިއަދު އަލި އަޅުވާލާނީ އަހަރެމެންގެ ލޮބުވެތި ރަސޫލާ (ސޢވ) ސުވަރުގެ ވަޑައިގެންނެވުނަ މައުލޫއަށް ކަމަށް އަލް އަސްރުން ބުނެފިއެވެ.
08 Apr 2024
ތިން އިމާރާތް އެޅޭ އަގުގައި އެއް އިމާރާތުގެ “ސްކެލެޓަން” އަޅާފައި އެބަހުރި
ނިމިދިޔަ އެމްޑީޕީ ސަރުކާރުގައި، ތިން އިމާރާތް އަޅައި ނިންމޭނެ އަގުގައި ނ.މިލަދޫގައި އެއް އިމާރާތުގެ “ސްކެލެޓަން” އަޅާފައިވާ ކަމަށް ވިދާޅުވެ، އިކޮނަމިކް މިނިސްޓަރު މުހައްމަދު ސަޢީދު އެ ސަރުކާރަށާއި އެމްޑީޕީއަށް ވަރަށް ބޮަޑަށް ފާޑުވިދާޅުވެއްޖެއެވެ.
08 Apr 2024
ސައުދީން ހަދިޔާކުރި ކަދުރު މިއަދު ބަހަނީ!
މި އަހަރުގެ ރަމަޟާން މަހު ސަޢުދީ އަރަބިއްޔާއިން ހަދިޔާކުރި ކަދުރު މިއަދު ބަހަން ފަށާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.
07 Apr 2024
ލީޑަޝިޕް ސަމިޓް އޭޝިޔާ 2024 ގައި ބައިވެރި ވުމުގެ ފުރުސަތު ހުޅުވާލައިފި
ވޯލްޑް އޮފް ޓުމޯރޯ އިން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ ލީޑަޝިޕް ސަމިޓް އޭޝިޔާ 2024 ގައި ބައިވެރި ވުމަށް ރެޖިސްޓަރވާން ހުޅުވާލައިފިއެވެ.
07 Apr 2024
ޕާޓީ އުފައްދާ ޖަލްސާގައި ޔާމީން ބައިވެރިވެވަޑައިގަންނަވާނެ: ޕީއެންއެފް
ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް އިސްކޮށް ހުންނަވައި އުފެއްދުމުގެ މަސައްކަތް ކުރަމުން އަންނަ ޕީއެންއެފްގެ ފުރަތަމަ ޖަލްސާގައި އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ބުނެފިއެވެ.
07 Apr 2024
އެންމެ ބޮޑަށް ފަހުރުވެރިވާ ސިޔާސީ ބޭފުޅަކީ އަބްދުއްރަހީމް: ރައީސް
އެންމެ ބޮޑަށް ފަހުރުވެރިވާ ސިޔާސީ ބޭފުޅަކީ ޕީއެންސީގެ ޗެއަރޕާސަން އަދި ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ އެޑްވައިޒަރ އަބްދުއްރަހީމް އަބްދުالله ކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
07 Apr 2024
ކުށްތަކަށް އަރައިގަންނަ ކުދިން އިސްލާހުކޮށް ބަލަހައްޓާނެ ފެސިލިޓީއެއް ހަދަނީ
އެކި ކުށްތަކަށް އަރައިގަންނަ ކުދިން ދައުލަތުގެ ބެލުމުގެދަށަށް ގެނެސް، އެކުދިން ރިހިބިލިޓޭޓް ކުރުމަށް ޚާއްސަ ފެސިލިޓީއެއް ވަކި ރަށެއްގައި ހެދުމަށް ނިންމާފައިވާކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.
05 Apr 2024
ކުނި ކަހަން ހުރި މީހެއްގައި ސައިކަލަކުން ޖެހި އެކްސިޑެންޓެއް
އިއްޒުއްދީން މަގުގައި ކުނި ކަހަން ހުރި މީހެއް ގައިގައި ދުއްވާފައި ދިޔަ ސައިކަލަކުން ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.
05 Apr 2024
އެންމެ ބޮޑު އަނިޔާވެރިކަމެއް ކުރިމަތި ކުރުވީ، ނިިމިދިޔަ ސަރުކާރުން: އަބްދުއްރަހީމް
ވޭތުވެދިޔަ 4000 އަހަރު ދުވަހުގެ ތެރޭގައިވެސް ދިވެހި ރައްޔިތުންނަށް އެންމެ ބޮޑު އަނިޔާވެރިކަމެއް ކުރިމަތިކުރީ ނިމިދިޔަ، ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުންކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒުގެ ހާއްސަ އެޑްވައިޒަރ އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުالله ވިދާޅުވެއްޖެއެވެ.
05 Apr 2024
ޔަޤީންވެގެންވާ މަރު އަހަރެމެންނާ ބައްދަލުކޮށްފުމަށް ދާންދެން ހެޔޮ އަމަލު ކުރޭ
ޔަގީންވެގެންވާ މަރު އަހަރެމެންނާއި ބައްދަލު ކޮށްފުމަށްދާންދެން ހެޔޮ އަމަލު ކުރުމުގައި ދެމި ތިބުމަށް ޚުތުބާގައި ނަސޭހަތްތެރިވެއްޖެއެވެ.
05 Apr 2024
ބީއެމްއެލްއިން ރެކޯޑް ނަތީޖާއެއް؛ ހިއްސާ އަކަށް 50 ރުފިޔާ ބަހަނީ
މި ވޭތުވެދިޔަ 2023 ވަނަ އަހަރަކީ ބޭންކް އޮފް މޯލްޑިވްސް އިން މިހާތަނަށް އެންމެ ރަނގަޅު މާލީ ނަތީޖާއެއް ހޯދި އަހަރު ކަމަށް އެ ބޭންކުން ބުނެފިއެވެ.
05 Apr 2024
ރެސިޕީ: ހަނީ ކޯޓެޑް ކްރިސްޕީ ޗިކަން
ކުކުޅަކީ ހުކުރު ދުވަހާއި ވަރަށް ގުޅުން ހުރި އެއްޗެކެވެ. އާއްމު ގޭގޭގައި ހުކުރު ދުވަހު ކުކުޅުން އެކި ބާވަތްތައް ތައްޔާރު ކުރެއެވެ. އެހެންކަމުމް މި ހުކުރު ވޮއިސްގެ ބަދިގެއިން މި ގެނެސްދެނީ ވަރަށް މީރުކޮށް، މުރަނަކޮށް ހަނީ ކޯޓެޑް ކްރިސްޕީ ޗިކަން ތައްޔާރު ކުރާނެ ގޮތެވެ.
05 Apr 2024
ހުޅުމާލެ ތިންވަނަ ފިޔަވަހިން 15 ހެކްޓަރުގެ ބިން ހިއްކައިފި
ހުޅުމާލޭ 3 ވަނަ ފިޔަވަހީގެ 15 ހެކްޓަރުގެ ބިން ހިއްކާ ނިންމާލައިފިއެވެ.
04 Apr 2024
ފޯނު ހުޅުވުމުގެ އަމުރު ނުލިބިގެން ޑްރަގް މައްސަލާގަ މައުލޫމާތުތަކެއް ނުލިބުނު
119 ކިލޯ މަސްތުވާތަކެތީގެ މައްސަލަާގައި, މުއާމަލާތް ކުރެވުނު ފޯނު ހުޅުވުމަށް ކޯޓު އަމުރު ނުލިބުމުގެ ސަބަބުން މުހިންމު މައުލޫމާތު ތަކެއް ނުލިބި ގޮސްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
04 Apr 2024
މިއަދުގެ ދަރުސްގެ މައުޟޫއަކީ ރަސޫލާ(ސޢވ)އަށް ކުރެވުނު ދޮގު ތުހުމަތުތައް
އަލް ޢަސްރުން އިސްލާމިކް މިނިސްޓްރީ އާއި ގުޅިގެން މި ރަމަޟާން މަހުގެ ފަހު ދިހައެއްގައި ކުރިއަށް ގެންދާ ޝެއިހް އިބްރާހިމް މެންކުގެ ސިލްސިލާ ދަރުސްތަކުގައި މިއަދު އަލި އަޅުވާލާނީ އަހަރެމެންގެ ލޮބުވެތި ރަސޫލާ (ސޢވ) ގެ މައްޗަށް ކުރެވުނު ދޮގު ތުހުމަތު ތަކާއި އެކަންކަމާއި އެކަލޭގެފާނު ކުރިމަތިލެއްވި ގޮތްތަކުގެ މައްޗަށް ކަމަށް އަލް އަސްރުން ބުނެފިއެވެ.
04 Apr 2024
އެއަރ އެމްބިއުލާންސުން ފުރަތަމަ މަހު އެކަނިވެސް 66 ދަތުރު ކޮށްފި
އެއާ އެމްބިއުލާންސްގައި މިހާތަނަށް 66 ދަތުރުކޮށްފައިވާ ކަމަށް މޯލްޑިވިއަނުން ބުނެފި އެވެ.
04 Apr 2024
އަހަރުތައް ބޭކާރުވާގޮތަށް މަޖިލީހަށް މެންބަރުން ހޮވުމަކީ ކޮށްގެންވާނެ ކަމެއްނޫން
އަހަރުތައް ބޭކާރުވާގޮތަށް މަޖިލީހަށް މެންބަރުން ހޮވުމަކީ ކޮށްގެންވާނެ ކަމެއްނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.