ޚަދީޖާ އަރުފާ
އެސޯސިއޭޓް އެޑިޓަރ
ޚަދީޖާ އަރުފާ
10 Oct 2023
ވ އަދި ބ އަތޮޅުގެ 12 ސަރަހައްދެއް ޙިމާޔަތްކޮށްފި!
ފެލިދެއަތޮޅު (ވ) އާއި، މާޅޮސްމަޑުލު ދެކުނުބުރި (ބ) އަތޮޅުން ތިމާވެށީގެ ގޮތުން ފާހަގަ ކުރެވޭ 12 ސަރަޙައްދެއް ޙިމާޔަތްކޮށްފައިވާ ސަރަޙައްދުތަކެއްގެ ގޮތުގައި ކަނޑައެޅުއްވުމަށް ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ނިންމަވައިފިއެވެ.
10 Oct 2023
އިންތިގާލީ މަރުހަލާގައި ސަފީރުން އައްޔަން ކުރުމުން ކަންބޮޑުވުން
ސަރުކާރު ބަދަލުވުމުގެ އިންތިގާލީ މަރުހަލާ ކުރިއަށް ދަނިކޮށް ސަފީރުން އައްޔަން ކުރުން ފަދަ ކަންކަން ކުރުމުން ކުރިއަށް އޮތް ސަރުކާރަށް ދަތިތަކެއް ކުރިމަތިވާނެ ކަމަށް އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުޙައްމަދު ފިރުޒުލް ވިދާޅުވެއްޖެއެވެ.
10 Oct 2023
އިތުރު ދެ ޤައުމަކަށް ސަފީރުން އައްޔަން ކުރަން މަޖިލީހަށް!
އިތުރު ދެ ޤައުމަކަށް ސަފީރުން އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
10 Oct 2023
ޕްލާސްޓިކް ކޮތަޅުން ނަގާ ޓެކްސް 50ލއަށް ހަދަން އިސްލާހެއް
ކުނި މެނޭޖުކުރުމުގެ ޤާނޫނަށް ގެނައި އިޞްލާޙާއިއެކު މިހާރު ކޮތަޅަކުން ނަގަމުން އަންނަ 2 ރުފިޔާގެ ޓެކްސް، 50 ލާރިއަށް ކުޑަ ކުރުުމަށް އިސްލާހެއް ހުށަހަޅުއްވައިފި އެވެ.
10 Oct 2023
"ނަފްސާނީ ދުޅަހެޔޮކަމަކީ ކަށަވަރުކޮށްދޭންޖެހޭ އަސާސީ ޙައްޤެއް"
ނަފްސާނީ ދުޅަހެޔޮކަމަކީ، ކޮންމެ ރައްޔިތަކަށްމެ ކަށަވަރުކޮށްދޭންޖެހޭ އަސާސީ ޙައްޤެއް ކަމަށާ، އެމަނިކުފާނުގެ ސަރުކާރުގައި އެ ހައްގުތައް ކަށަވަރުކޮށްދިނުމަށް ސިޔާސަތުތައް ބައްޓަންކުރައްވާނެ ކަމަށް އިންތިޚާބީ ރައީސް ޑރ މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
10 Oct 2023
އަންހެނުން ބާރުވެރިކުރަން ވެފައިވާ ވަޢުދުތަކަށް އދ ގެ ތަޢުރީފް
އިންތީޚާބީ ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް، އ.ދ. އިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ ރެސިޑެންޓް ކޯޑިނޭޓަރ، އިޙުތިރާމުގެ ޒިޔާރަތެއްކުރައްވައިފިއެވެ. މި ބައްދަލުވުމުގައި، އިންތިޚާބީ ނައިބު ރައީސްވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
10 Oct 2023
އެމްއެންޑީއެފްގެ ކާރެއް ފުރޮޅާލައިފި
ހުޅުލޭގައި ހުންނަ އެމްއެންޑީއެފްގެ މަރުކަޒަށް ދިޔަ ކާރެއް މިއަދު ފުރޮޅާލައިފިއެވެ.
09 Oct 2023
މިހާރު އެމް-ފައިސާ މެދުވެރިކޮށްވެސް ފަލަސްތީނަށް އެހީވެވޭނެ!
އުރީދޫގެ އެމް-ފައިސާ މެދުވެރިކޮށް ހާލުގައި ޖެހިފައިވާ ފަލަސްތީނުގެ މުސްލިމް އަޚުންނާއި އުޚުތުންނަށް އެހީވުމުގެ ފުރުސަތު ފަހިކޮށްދީފިއެވެ.
09 Oct 2023
"މި ސަރުކާރުގެ ކޮރަޕްޝަން ބެލުމަށް އިދާރާ ތަކުގައި އެދޭނަން"
ނިމި މިދާ އެމްޑީޕީ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ބެލުމަށް ކަމާގުޅޭ އިދާރާތަކުގައި އެދޭނެ ކަމަށް މެދު ހެންވޭރު ދާއިރާގެ މެންބަރު ޢަލީ ޢާޒިމް ވިދާޅުވެއްޖެއެވެ.
09 Oct 2023
އައު ސަރުކާރަށް ޖެއްސުންކޮށް ފުރައްސާރައެއް ނުކުރާނަން
އިންތިޚާބީ ސަރުކާރަށް ބޭނުންވާ ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށާ އަދި ޖެއްސުންކޮށް، ފުރައްސާރަ ނުކުރާނެ ކަމަށް އެމްޑީޕީގެ ޕަރލިމެންޓްރީ ގްރޫޕްގެ ލީޑަރު މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
09 Oct 2023
ސައުދީން ސްކޯލާޝިޕަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި!
ސައުދީ އަރަބިއްޔާގެ އެޑިއުކޭޝަން މިނިސްޓްރީން ރާއްޖެއަށް ދީފައިވާ 300 އަށް ވުރެ ގިނަ ސްކޮލަޝިޕްއަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
09 Oct 2023
މުޢިއްޒު ހުވާ ކުރައްވާނީ ނޮވެންބަރު 17ގައި, ޖުމްހޫރީ މައިދާނުގައި
އިންތިހާބީ ރައީސް, ޑރ. މުހައްމަދު މުއިއްޒު ހުވާ ކުރެއްވުމަށް ހަމަޖެހިފައިވަނީ ނޮވެންބަރު މަހުގެ 17 ވަނަ ދުވަހުގެ ހަވީރު ޖުމްހޫރީ މައިދާނުގައި ކަމަށް އިންތިގާލީ ތަރުޖަމާނު މުހައްމަދު ފިރުޒުލް އަބްދުالله ހަލީލް ވިދާޅުވެއްޖެއެވެ.
09 Oct 2023
"ޖަލްސާގެ ކޯރަމް ހަމަނުކޮށްފައިވަނީ ރާވައިގެން"
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ކޯރަމް ހަމަ ނުވެގެން ނިންމާލަން ޖެހުނު މައްސަލަ އަކީ ބައެއް މެންބަރުން ރާވައިގެން ހިންގާފައިވާ ކަމެއް ކަމަށް އެމްޑީޕީ ޕާލިމެންޓްރީ ގުރޫޕުގެ ލީޑަރު އަދި މަޖިލީހުގެ މެޖޯރިޓީ ލީޑަރު އައްޑޫ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމް ތުހުމަތު ކުރައްވައިފިއެވެ.
09 Oct 2023
"އިތުބާރު ނެތް ކަމުގެ މައްސަލައިގެ ނަޝީދަށް ގޮތް ނުނިންމޭނެ"
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ބަލައިގަތުމާމެދު ގޮތް ނިންމުމުގެ އިޚްތިޔާރު އެމަނިކުފާނަށް ލިބިގެން ނުވާ ކަމަށް، އެމްޑީޕީ ޕާލިމެންޓްރީ ގުރޫޕުގެ ލީޑަރު އަދި މަޖިލީހުގެ މެޖޯރިޓީ ލީޑަރު އައްޑޫ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
09 Oct 2023
ކޯރަމް ހަމަނުވާތީ މިއަދުގެ ޖަލްސާ ކުރިއަށް ނުގެންދެވުނު!
މިއަދަށް އެޖެންޑާކުރި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ކޯރަމް ހަމަނުވެގެން ނިންމާލައިފި އެވެ.
09 Oct 2023
ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އަލުން ހުށައަޅައިފި!
ރައްޔިިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެ މަގާމުން ދުރުކުރުމުގެ މައްސަލަ އަލުން މަޖިލީހަށް ވައްދައިފިއެވެ.
08 Oct 2023
މީހެއް އަތުން ފޭރިގެން ދުއްވާފައި ދަނިކޮށް އެކްސިޑެންޓް ވެއްޖެ!
މާލޭ މަގު މަތިން ހިނގާފައި ދިޔަ މީހެއްގެ އަތްދަބަސް ފޭރިގަތުމަށްފަހު ސައިކަލްގައި ދުއްވާފައި ދަނިކޮށް އެކްސިޑެންޓްވެއްޖެ އެވެ.
08 Oct 2023
އެޗްއާރުސީއެމުން ހުސްވެފައިވާ މަގާމަށް ކުރިމަތިލާން ހުޅުވާލައިފި
ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)ގެ ހުސްވެފައިވާ މަޤާމަށް ކުރިމަތިލާން ފުރުސަތު ހުޅުވާލައިފިއެވެ.
08 Oct 2023
ފަލަސްތީނުގެ ބިންތައް މިނިވަންކުރަން އަދާލަތު ޕާޓީން ގޮވާލައިފި
ޞަޙްޔޫނީ ބާރުތަކުން ހިފާފައިވާ ފަލަސްޠީނުގެ ބިންތައް މިނިވަންކުރުމަށާއި، ދުނިޔޭގެ އެކި ކަންކޮޅުތަކަށް ވިއްސިވިހާލިވެފައިވާ ފަލަސްޠީނުގެ ރައްޔިތުން އަނބުރާއެމީހުންގެ ވަޒަނަށް ރުޖޫޢަވެ، ފަލަސްޠީނު ރައްޔިތުންނަށް ޙައްޤުވާ އެމީހުންގެ އަމިއްލަ ވަޒަނުގައި އެމީހުން އެދޭގޮތަށް ދައުލަތެއް ޤާއިމުކޮށް އެދައުލަތުގެ ހިޔާވަހިކަން ލިބުމުގެ ޙައްޤު ހޯދައިދިނުމަށް ޢަދާލަތު ޕާޓީން ގޮވާލައިފިއެވެ.
08 Oct 2023
ތިން ގަޑިއިރުތެރޭ، ޣައްޒާ ފަންޑަށް، އެއް ލައްކަ ރުފިޔާ!
ހައްދުފަހަނައަޅާފައިވާ ޔަހޫދީން ފަލަސްތީނުގައި ހިންގަމުންދާ ޢުދުވާނުތަކުގައި ހާލުގައި ޖެހިފައިވާ މުސްލިމު އަޚުންނާއި އުޚުތުންނަށް އެހީވުމަށް އިންޓަނޭޝަނަލް އެއިޑް ކެންޕެއިން، އައިއޭސީން ހުޅުވާލި، "ޣައްޒާ އެމެޖެންސީ ރިލީފް ފަންޑް" އަށް ތިން ގަޑިއިރު ތެރޭގައި އެއް ލައްކަ އަށްވުރެ ގިނަ ފައިސާ ލިބިފައިވާ ކަމަށް އައިއޭސީން ބުނެފިއެވެ.
08 Oct 2023
ޑރ. މުޢިއްޒުގެ ނަމުގައި ޓެލެގްރާމް މެސެޖުތަކެއް ދައުރުކުރަނީ!
އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުޢިއްޒު ގެ ނަމުގައި ފޭކު ޓެލެގްރާމް މެސެޖުތަކެއް ދައުރު ކުރަމުންދާތީ ސަމާލުވާން އެދިއްޖެއެވެ.
08 Oct 2023
ބޭރު ގައުމެއްގެ ސިފައިން ރާއްޖޭގައި ނުތިބޭނެ: ތަރުޖަމާނު
އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުޢިއްޒު ގެ ވެރިކަމެއްގައިވެސް ދިވެހިރާއްޖޭގައި އިންޑިއާ ސިފައިން ތިބޭނެ ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަތަކަށް އިންތިހާބީ ތަރުޖަމާނު ފިރުޒުލް ރައްދު ދެއްވައިފި އެވެ.
08 Oct 2023
"އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާގެ އޮފީސް" ސްޓެލްކޯ އިމާރާތަށް!
"އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާގެ އޮފީސް" ހިނގަމުންދާނީ، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) ގެ 5 ވަނަ ފަންގިފިލާގައި ކަމަށް ހަމަޖައްސަވައިފިއެވެ.
08 Oct 2023
އެކްސިޑެންޓްގައި ޒަހަމްވި އަމީންގެ ބައްޕަ ނިޔާވެއްޖެ!
މިދިޔަ ހުކުރުދުވަހުގެ ރޭ ހިނގި އެކްސިޑެންޓްގައި ލިބުނު ޒަހަމްތަކަށް ފަރުވާ ހޯއްދަވަމުން ދަނިކޮށް ކުރީގެ ހެލްތް މިނިސްޓަރ އަބްދުالله އަމީންގެ ބައްޕަ އަހްމަދު މަނިކު ނިޔާވެއްޖެއެވެ.
08 Oct 2023
ޔާމީންގެ މިއަދުގެ އިސްތިއުނާފް އަޑުއެހުންވެސް ކެންސަލް!
ވ. އާރަށް މައްސަލައިގައި ކުރީގެ ރައީސް އަބްދުالله ޔާމީންގެ މައްޗަށް ކުރި ހުކުމާ ގުޅިގެން ހައި ކޯޓުގައި އިސްތިއުނާފް ކޮށްފައިވާ މައްސަލައިގައި މިއަދަށް ތާވަލް ކުރި އަޑުއެހުންވެސް ކެންސަލް ކޮށްފިއެވެ.
08 Oct 2023
ދިވެހީން ވަނީ ފަލަސްޠީނާއެކު: ރައީސް ޞާލިހު
ފަލަސްޠީނު މައްސަލާގައި އެންމެންނަށް ހަމަޖެހުން ކަށަވަރުކޮށްދޭ ދެ ދައުލަތުގެ ހައްލަކަށް ދިވެހި ސަރުކާރުން ގޮވާލާ ގޮވާލުން އާ ކުރައްވާ، ފަލަސްޠީނުގައި ހިނގަމުންދާ ކަންކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ކުށްވެރިކުރައްވައިފި އެވެ.
08 Oct 2023
ހިޔާ ފުލެޓުން ވެއްޓި، ކުއްޖަކު ނިޔާވެއްޖެ!
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ ހިޔާ ފްލެޓުގެ އެޕާޓްމެންޓަކުން ވެއްޓި ކުއްޖަކު ނިޔާވެއްޖެއެވެ.
06 Oct 2023
އެކްސިޑެންޓެއް ހިނގައި ބްރިޖު ޓްރެފިކް ބްލޮކް ވެއްޖެ!
ބްރިޖް ހައިވޭގައި ގިނަ އުޅަނދުތައް ޖެހި އެކްސިޑެންޓެއް ހިނގުމުގެ ސަބަބުން ހައިވޭގެ ޓްރެފިކް ބްލޮކް ވެފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
06 Oct 2023
ސިޔާސީ މަސައްކަތަށް ނުކުންނާ ނަމަ ފާޑު ކިޔާނެ: ޢިމްރާން
ސިޔާސީ މަސައްކަތަށް ނިކުންނަންވާނީ ފާޑު ކިޔުންތައް އަންނާނެކަން އެނގި އެކަން ތަޙަންމަލު ކުރުމުގެ ވިސްނުމާވެސް އެކުގައި ކަމަށް ހޯމް މިނިސްޓަރު އަދި ޢަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުالله ވިދާޅުވެއްޖެއެވެ.
06 Oct 2023
ހެޔޮ ފިހާރަ ހަފްތާ ގިވް އަވޭ؛ ކޮންމެ ހަފްތާއަކު އިނާމެއް!
ކޮންމެ ހަފްތާއަކު ވެސް އިނާމް ލިބޭ "ހެޔޮ ފިހާރަ ހަފްތާ ގިވް އަވޭ" ފެށިފައިވާ ކަމަށް އެ ފިހާރައިން ބުނެފިއެވެ.