ޚަދީޖާ އަރުފާ
އެސޯސިއޭޓް އެޑިޓަރ
ޚަދީޖާ އަރުފާ
02 Oct 2023
ގައުމީ މަޖިލީހުގެ %99 ނަޝީދު ޕާޓީއާ ގުޅުމާ ދެކޮޅު: ރައީސް
އެމްޑީޕީގެ ގައުމީ މަޖިލީހުގެ 99 އިންސައްތަ މެންބަރުން، އެ ޕާޓީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ޕާޓީއާއި އަލުން ގުޅުމާއި ދެކޮޅު ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
02 Oct 2023
"މުޢިއްޒު ވަނީ ސިޓީ ކައުންސިލްގެ ޚިދުމަތްތައް ފުޅާކުރައްވާފައި"
ރިޔާސީ އިންތިޚާބުގައި ވާދަކުރައްވައި ވަރަށް ތަނަވަސް އަޣުލަބިއްޔަތަކުން އިންތިޚާބް ކާމިޔާބުކުރެއްވި ރާއްޖޭގެ އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ކާމިޔާބީ ފާހަގަކޮށް މާލޭ ސިޓީ ކައުންސިލުން އެމަނިކުފާނަށް މަރުހަބާ ދަންނަވައިފިއެވެ.
02 Oct 2023
"ތިލަމާލެ ބްރިޖް ނިންމަން އޮތް މުއްދަތަށް ނުނިމުމުން ދެރަވޭ"
މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅާލަން ހަދާ "ތިލަމާލެ ބްރިޖު" މަޝްރޫއު ނިންމަން އޮތް މުއްދަތަކަށް ނުނިމުނު ކަމަށާއި، އެކަމާއި ދެރަވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
02 Oct 2023
ރައީސް ޞާލިހް އެދިލެއްވީ ހެޔޮ ވެރިކަމެއް ކޮށްދޭން!
މިސަރުކާރުން ރައްޔިތުންގެ ހެވާއި ލާބަޔަށް ފަށާފައިވާ ތަރައްޤީގެ މަޝްރޫޢުތައް އަލަށް އުފެދޭ ސަރުކާރުން ކުރިޔަށް ގެންގޮސްދެއްވައި ދިވެހި ރައްޔިތުންނަށް ހެޔޮވެރިކަމެއް ކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙް އެދިވަޑައިގެންފިއެވެ.
02 Oct 2023
"މަގާމަކަށްވުރެ ބޮޑަށް މަސައްކަތް މިކުރަނީ ޕާޓީ ހިފަހައްޓަން"
ޕާޓީގެ މަގާމަކަށް ވާދަކުރެއްވުމަށް ވުރެ ބޮޑަށް މިވަގުތު މަސައްކަތް ކުރައްވަމުންދަނީ ޕާޓީ ހިފެހެއްޓުމައްޓަކައި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
02 Oct 2023
ރާއްޖެއަށް ރަނގަޅު ވާނީ ރިޔާސީ ނިޒާމް: ރައީސް ޞާލިހު
އެމަނިކުފާނު ގަބޫލުކުރައްވާ ގޮތުގައި ދިވެހިރާއްޖެއަށް އެންމެ ރަނގަޅު ވާނީ ރިޔާސީ ނިޒާމް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު މިއަދު ވިދާޅުވެއްޖެއެވެ.
02 Oct 2023
"މެންބަރުން ޖަލްސާއަށް ވަޑައިނުގެންނެވި ސަބަބެއް ނުވިސްނޭ"
ކޯރަމް ހަމަ ނުވެގެން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާވެސް ނުފެށި ނިންމާލަން ޖެހުނު އިރު، މިއަދުގެ ޖަލްސާއަށް މެންބަރުން ހާޒިރު ނުވި ސަބަބު ނުވިސްނޭ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
02 Oct 2023
ރައީސް ޞާލިހް މިއަދު ނޫސްވެރިންނާ ބައްދަލު ކުރައްވަނީ
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު މިއަދު ނޫސްވެރިންނާ ބައްދަލު ކުރައްވާ ގޮތަށް ހަމަޖެހިއްޖެއެވެ.
02 Oct 2023
ގޯތީގެ ރަޖިސްޓަރީ ދޫކުރާނީ ސީއެޗްއެސްއީގެ ކުރީ އިމާރާތުން!
ބިންވެރިޔާ ސްކީމުގެ ދަށުން މާލޭގެ ރައްޔިތުންނަށް ދޫކުރި ގޯތީގެ ރަޖިސްޓްރީ ދެން ހަވާލުކުރާނީ ސީއެޗްއެސްއީ ކުރިން ހިންގި އިމާރާތުން ކަމަށް ހައުސިން މިނިސްޓްރީން ބުނެފިއެވެ.
02 Oct 2023
ކޯރަމް ހަމަ ނުވެގެން ނިޒާމީ ވޯޓުގެ މަސައްކަތް ނުގެންދެވުނު!
ރައްޔިތުންގެ މަޖިލީހުގެ ކޯރަމް ހަމަނުވެގެން މިއަދުގެ މަޖިލީހުގެ ޖަލްސާގެ މަސައްކަތް ވެސް ކުރިއަށް ނުގެންދެވި ޖަލްސާ ނިންމަވާލެއްވިކަން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިއުލާން ކުރައްވައިފިއެވެ.
02 Oct 2023
ޑރ.މުޢިއްޒު މިރޭ ރައްޔިތުންނާ ބައްދަލުކުރައްވަނީ!
އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު، ރައްޔިތުންނާ ބައްދަލު ކުރައްވާ ޚާއްސަ ޖަލްސާއެއް މިރޭ ބާއްވާ ގޮތަށް ހަމަޖެހިއްޖެއެވެ.
01 Oct 2023
ވެރިކަން ބަދަލުވުމުގެ ކަންކަން ކުރަން ކޮމިޓީއެއް އުފައްދަވައިފި!
ވެރިކަން ބަދަލުވުމުގެ މަރުޙަލާގެ ކަންކަން ކުރިއަށް ގެންދެވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޚާއްޞަ ކޮމިޓީއެއް މިއަދު އުފައްދަވައިފިއެވެ.
01 Oct 2023
ރައީސް ޔާމީން ގެއަށް ބަދަލުކޮށްފި!
ކުރީގެ ރައީސް އަދި ޕީޕީއެމްގެ ލީޑަރ ރައީސް ޔާމީން އަބްދުލްގައްޔޫމް މިއަދު ގެއަށް ބަދަލުކޮށްފިއެވެ.
01 Oct 2023
އިންތިޚާބީ ރައީސް، މުޢިއްޒު އާއި ރައީސް ޞާލިހުގެ ބައްދަލުވުމެއް!
އިންތިޚާބީ ރައީސް، ޑރ. މުހައްމަދު މުޢިއްޒު އާއި ރައީސުލްޖުމްހޫރިއްޔާގެ އިބްރާޙީމް މުހައްމަދު ޞާލިހުގެ ބައްދަލުވުމެއް ކުރިއަށްދާ ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.
01 Oct 2023
"ގައުމީ މަޖިލީހުގެ ތާއީދު އޮތް ނަމަ، އެމްޑީޕީއާ ގުޅެން ތައްޔާރު"
އެމްޑީޕީގެ ގައުމީ މަޖިލީހުގެ 50 އިންސައްތަ މީހުންގެ ތާއީދު އޮތް ނަމަ، އެޕާޓީއާ ގުޅެން ތައްޔާރަށް ހުންނެވި ކަމަށް އެމްޑީޕީީގެ ކުރީގެ ރައީސްގެ އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
01 Oct 2023
ރައީސް ޔާމިން މިއަދު ގެއަށް ބަދަލު ކުރަނީ!
ކުރީގެ ރައީސް އަދި ޕީޕީއެމްގެ ލީޑަރ ރައީސް ޔާމީން އަބްދުލްގައްޔޫމް މިއަދު ގެއަށް ބަދަލުކުރާ ގޮތަށް ހަމަޖެހިއްޖެއެވެ.
01 Oct 2023
މާދަމާވެސް ސަރުކާރު ބަންދު
މާދަމާއަކީ ސަރުކާރު ބަންދު ދުވަހެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކަނޑައަޅުއްވައިފިއެވެ.
30 Sep 2023
ރާއްޖޭގެ 8 ވަނަ ރައީސުލްޖުމްހޫރިއްޔާ ކަމަށް ޑރ. މުޢިއްޒު!
ރާއްޖޭގެ 8 ވަނަ ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ޑރ. މުހައްމަދު މުޢިއްޒު ހޮވިވަޑައިގެންފިއެވެ.
30 Sep 2023
ވޯޓުލާ ކިޔު ބަންދު ކޮށްފި!
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލާ ކިޔުތައް ބަންދު ކޮށްފިއެވެ.
30 Sep 2023
ރައީސް ނަޝީދު ވޯޓު ލައްވައިފި!
ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވޯޓުލައްވައިފިއެވެ.
30 Sep 2023
އަޅުގަނޑަށް ފެންނަނީ އިންތިހާބު ކާމިޔާބުވާ ތަން: ރައީސް
މިހާރު ކުރިއަށް ދާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެމަނިކުފާނަށް ކާމިޔާބު ލިބޭނެ ކަމުގެ ޔަގީން ކަން އެބައޮތް ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު މިއަދު ވިދާޅުވެއްޖެ އެވެ.
30 Sep 2023
އީސީގެ އޮފިޝަލް ދުރުކުރުމަށްފަހު, ފޮނަދޫގެ ވޯޓުލުން ފަށަނީ
ވޯޓު ކަރުދާހުގައި ފާހަގަޖެހި މައްސަލައާއި ގުޅިގެން އީސީގެ އޮފިޝަލް މަޤާމުގެ މަސްއޫލިއްތުން ދުރުކުރުމަށްފަހު ލ.ފޮނަދޫގެ އެ ވޯޓުލުން މެދުކެނޑުނު ވޯޓުވޮށީގެ ވޯޓުލުން އަލުން ފަށަން ތައްޔާރުވަމުން އަންނަ ކަމަށް އީސީން ވިދާޅުވެއްޖެއެވެ.
30 Sep 2023
ރައީސް ޞާލިހު ވޯޓު ލައްވައިފި!
ވެރިކަންކުރާ މައި ޕާޓީ، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުޙައްމަދު ސާލިހް ވޯޓު ލައްވައިފިއެވެ.
30 Sep 2023
ވޯޓުލުމުގެ ވަގުތު އިތުރެއް ނުކުރާނެ: އީސީ
ރިޔާސީ އިންތިހާބުގެ ވޯޓުލުމަށް ކަނޑައަޅާފައިވާ ގަޑި އިތުރު ނުކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ
30 Sep 2023
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން ފެށިއްޖެ!
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން ފެށިއްޖެއެވެ.
30 Sep 2023
ވޮއިސް އިންތިހާބު ކަވަރޭޖް 2023
ކުރިއަށް އޮތް ފަސްއަަހަރަށް ދިވެހިރާއްޖޭގެ ރައީސުލްޖުމްހުރިއްޔާގެ މަޤާމައް ކަނޑައަޅުއްވާ ބޭފުޅަކު އިންތިހާބުކުރަން ވޯޓުލުން ފެށިއްޖެއެވެ.
29 Sep 2023
އާދިއްތަ ދުވަހު ހެނދުނު 6 ޖަހަންދެން ކެންޕެއިން ނުކުރެވޭނެ!
މާދަމާ އޮންނަ ރިޔާސީ އިންތިހާބަށް ތާއީދު ހޯދުމުގެ މަސައްކަތްކުރުން އާދިއްތަ ދުވަހު ހެނދުނު 6 ޖަހަންދެން ކެމްޕެއިންކުރުން މަނާވާނެވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
29 Sep 2023
ޢަދުލުވެރި، ދެފުށްފެންނަ، ހިންގުންތެރި ވެރިކަމެއް ކޮށްދޭނަން!
ވެރިކަމަކަށް އިންތިޚާބު ކޮށްދެއްވައިފި ނަމަ، ރައްޔިތުންގެ އުއްމީދުތައް ޙާސިލްވާ ޢަދުލުވެރި، އިންސާފުވެރި، ދެފުށްފެންނަ، ނަތީޖާ ނެރެދޭ، ހިންގުންތެރި ވެރިކަމެއް ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒު ދެއްވައިފި އެވެ.
29 Sep 2023
މެއިޑާއި، ދޮންމަންމަގެ ވާހަކަތަކަށް ސާޖިދާގެ ރައްދެއް!
ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުޢިއްޒުގެ ގެކޮޅުގައި ގެންގުޅުއްވި މެއިޑް/މަސައްކަތު މީހާ އާއި، އެމަނިކުފާނުގެ ދޮންމަންމަ އާއި ގުޅުވައި ފަތުރަމުންދާ ދޮގު ވާހަކަތަކަށް އަނބިކަނބަލުން ސާޖިދާ މުހައްމަދު ރައްދު ދެއްވައިފިއެވެ.
29 Sep 2023
އަލަށް ވޯޓުލާ ގިނަ ޒުވާނުންތަކެއް ޑރ. މުޢިއްޒަށް ތާއީދުކޮށްފި
މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ވޯޓު ލުމުގެ ޙައްޤު އަލަށް ލިބޭ އުމުރުން 18 އަހަރާ 23 އަހަރާ ދެމެދުގެ ގިނަ ޢަދަދެއްގެ ޒުވާނުން ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒަށް ތާއީދުކުރާކަން ހާމަކޮށްފިއެވެ.