ޚަދީޖާ އަރުފާ
އެސޯސިއޭޓް އެޑިޓަރ
ޚަދީޖާ އަރުފާ
09 Aug 2023
ރައީސް ގެ ޖަލްސާގައި ރަފިއްޔާ އަވަގުރާނަ ގޮވުމުން ހޫނުފެނަށް!
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ކެމްޕެއިން ޖަލްސާއެއްގައި، އެމަނިކުފާނާއިއެކު ކޯލިޝަން ހަދާފައިވާ އެމްޑީއޭގެ ނާއިބު ރައީސާ އައިޝަތު ރަފިއްޔާ އަވަގުރާނަ ގޮވުމުން ހޫނުފެނަށް ވެއްޓިއްޖެ އެވެ.
09 Aug 2023
"ރައީސް ޔާމީން ޖަލުން ނެރުމަށް މަގުމަށްޗަށް ނުކުންނާނަން"
އިދިކޮޅުު ލީޑަރ، ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމް ޖަލުން ނެރެން ޖެހޭނެ ކަމަށާ، އެމަނިކުފާނު ޖަލުން ނެރުމަށް ޕީޕީއެމްގެ ލީޑަރުންނާއިއެކު މަގުމައްޗަށް ނުކުންނަވާނެ ކަން، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
08 Aug 2023
ފުލެޓް ލިބުނު އެންމެނަށް އަންނަ ދައުރުގައި ފުލެޓް ދޭނަން
ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން މާލެ ސަރަޙައްދުން ފުލެޓް ދޫކުރުމަށްޓަކައި ހިންގާ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފުލެޓަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ފްލެޓް ލިބުމަށް ޝަރުތު ހަމަވާ މީހުންނަށް ކުރިއަށް އޮތް ފަސް އަހަރުގެ ދައުރުގައި ފުލެޓް އަޅައި ދެއްވާނެ ކަމަށް އެމްޑީޕީީގެ ރިޔާސީ ކެންޑިޑޭޓް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެ އެވެ.
08 Aug 2023
ޔާމީންގެ އިސްތިއުނާފް އަޑު އެހުން ބުރާސްފަތި ދުވަހަށް!
ކުރީގެ ރައީސް އަބްދުالله ޔާމީންގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމް އެމަނިކުފާނުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކޮށްފައި ވާތީ އެމައްސަލައިގެ އަޑުއެހުމެއް އަންނަ ބުރާސްފަތި ދުވަހު ބާއްވަން ތާވަލް ކޮށްފައިވާކަމަށް އެމަނިކުފާނުގެ އިސް ގާނޫނީ ވަކީލް ޑރ.މުހައްމަދު ޖަލީމް އަހްމަދު ވިދާޅުވެއްޖެއެވެ.
08 Aug 2023
"ޔާމީނަށް ފޯން ކުރުމަށް ދީފައި އޮތް ލުއިތަކެއް މިހާރު ނެތް"
ކުރީގެ ރައީސް އަދި ޕީޕީއެމްގެ ލީޑަރ، ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމަށް، ފޯން ކޯލްތައް ކުރުމަށް މީގެ ކުރިން ދީފައިއޮތް ލުއިތައް މިހާރު ނިމުމަކަށް ގެނެސް، އެތައް ގޮތަކުން އެމަނިކުފާނަށް އަނިޔާ ކުރަމުންދާ ކަމަށް، ކުރީގެ ނާއިބު ރައީސް، އަދި ޔާމިންގެ ގާނޫނީ ވަކީލު، ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.
08 Aug 2023
"ޑްރޯންގައި ލެބޯޓަރީ ތަކެތި ފޯރުކޮށްދިނުމަކީ ކުރިން ނިންމާފައި އޮތް ކަމެއް"
ޑްރޯން ބޭނުންކޮށްގެން ރަށްރަށުގެ ލެބޯޓަރީތަކަށް ތަކެތި ފޯރުކޮށްދިނުމުގެ ހިދުމަތަކީ މި އަހަރު ފެށުމަށް ހަމަޖެހިފައި އޮތް ކަމެއް ކަމަށް އެސްޓީއޯ ގެ ކުރީގެ އެމްޑީ އަދި ޑިމޮކްރެޓްސް ގެ ރަނިންމޭޓް ހުސައިން އަމްރު ވިދާޅުވެއްޖެއެވެ.
08 Aug 2023
ރައީސް ޞާލިހާއި ދެކޮޅަށް އަޑުއުފުލި މީހަކު ހައްޔަރު ކޮށްފި!
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ގދ. އަތޮޅުގެ ރަށްތަކަށް މިއަދު ފެއްޓެވި ކެންޕެއިން ދަތުރުފުޅުގައި މަޑަވެއްޔަށް ވަޑައިގެންނެވުމުން އެ ރަށުގައި އެމަނިކުފާނާއި ދެކޮޅަށް އަޑު އުފުލަމުންދިޔަ މީހަކު ގަދަބާރުން، އަނިޔާވެރި ކަމާއިއެކު ހައްޔަރުކުރާ މަންޒަރު ފެންނަ ވީޑިއޯއެއް އާއްމުވެއްޖެ އެވެ.
08 Aug 2023
އުރީދޫ މަސްރޭސް މާލެ ސިޓީގެ ޗެމްޕިއަންކަން ސޮނީ ފިޝިން!
އުރީދޫ މޯލްޑިވްސްއިން ކޮންމެ އަހަރަކު ބާއްވަމުން އަންނަ މަސްވެރިކަމުގެ މުބާރާތް ކަމަށްވާ އުރީދޫ މަސްރޭސް 2023 – މާލެ ސިޓީ ގެ ޗެމްޕިއަންކަން ޓީމް ސޮނީ ފިޝިން ހޯދައިފިއެވެ.
08 Aug 2023
'ޚިޔާލު ފާޅުކުރަން ހުރަސް އެޅުމަކީ ދަށު ދަރަޖައިގެ އަމަލެއް"
‏ބަސް ބުނުމާ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ހުރަސް އެޅުމަކީ، ޚާއްސަކޮށް އިންތިޚާބުގެ ދުވަސްވަރު، ވަރަށް ދަށު ދަރަޖައިގެ އަމަލެއް ކަމަށް އެސްޓީއޯގެ ކުރީގެ އެމްޑީ އަދި ޑިމޮކްރެޓްސް ގެ ރަނިންމޭޓް، ހުސައިން އަމްރު ވިދާޅުވެއްޖެއެވެ.
08 Aug 2023
ގޭގައި ސަރުކާރާ ދެކޮޅަށް ޝުއޫރު ފާޅުކުރަމުންދަނިކޮށް ހައްޔަރުކޮށްފި!
ދ. ކުޑަހުވަދޫ އަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް އިއްޔެ ކުރެއްވި ދަތުރުފުޅާ ގުޅުވައި ދަ ޑިމޮކްރެޓްސްގެ އިންޓެރިމް ކައުންސިލްގެ މެންބަރު އަދި ކުޑަހުވަދޫ ކައުންސިލްގެ މެންބަރު އަޙްމަދު މަޢުރޫފްގެ އަމިއްލަ ގޭގައި ޝުޢޫރު ފާޅުކުރައްވަމުން ދަނިކޮށް ހައްޔަރުކޮށްފިއެވެ.
08 Aug 2023
ފުލެޓު ލިބޭ މީހުންގެ ލިސްޓު އާންމުކޮށްފި!
ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން މާލެ ސަރަޙައްދުން ފުލެޓް ދޫކުރުމަށްޓަކައި ހިންގާ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފުލެޓަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ ވަގުތީ ލިސްޓް އާއްމުކޮށްފި އެވެ.
08 Aug 2023
އުނގޫފާރު ހޮސްޕިޓަލްގައި ހިތުގެ ބަލިތަކުގެ ފަރުވާ ފަށައިފި
ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ހިތުގެ ބަލިތަކުގެ ޚާއްސަ ފަރުވާ ނުވަތަ ކާޑިއޮލޮޖީގެ ހިދުމަތް ދޭން ފަށައިފިއެވެ.
06 Aug 2023
ރިޔާސީ އިންތިޚާބު ބޮއިކޮޓުނުކުރަން އިދިކޮޅުން ނިންމައިފި
އަންނަ މަހުގެ 9 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބު ބޮއިކޮޓް ކުރަން ނުފެންނަ ކަމަށް ޕީޕީއެމް/ޕީއެންސީ ސެނެޓުން ދާދި ދެންމެއަކު ނިންމައިފިއެވެ.
06 Aug 2023
ޕީޕީއެމް ސެނޭޓް ގެ ބައްދަލު ވުމަކަށް އިތުރު ބަޔަކު ވަދެއްޖެ!
އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ސެނެޓުގެ ބައްދަލުވުމެއް ކުރިއަށް ދަނިކޮށް އެތަނަށް އިތުރު ބަޔަކު ވަދެ ހަމަނުޖެހުން ހިންގި މައްސަލަ ފުލުހުން ބަލަން ފަށައިފި އެވެ.
06 Aug 2023
ގާސިމް ގެ ރަނިންމޭޓަކަށް އަމީން!
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ގެ ރަނިންމޭޓަކަށް އެ ޕާޓީގެ ޑެޕިއުޓީ ލީޑަރު ޑރ. އަމީން އިބްރާހިމް ހަމަޖައްސަވައިފި އެވެ.
06 Aug 2023
ޔާމީންގެ ކެންޑިޑެސީ ބާތިލް ކަމަށް ސްޕްރީމް ކޯޓުން ނިންމައިފި!
އިދިކޮޅު ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން އަބްދުލްގައްޔޫމް ގެ ކެންޑިޑެސީ ބާތިލް ކުރަން އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުމަށް ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުންވެސް ތާއީދު ކޮށްފިއެވެ.
06 Aug 2023
ރައީސް ޞާލިހުގެ ކެންޑިޑެސީ ފޯމް ހުށަހަޅައިފި!
މިއަހަރުގެ ސެޕްޓެމްބަރު 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ ކެންޑިޑެސީ ފޯމް ހުށަހަޅައިފިއެވެ.
04 Aug 2023
"ކެންޑިޑެސީ މުއްދަތު އިތުރުކޮށްފިނަމަ އިންތިހާބު ލަސްވާނެ"
ކުރީގެ ރައީސް، އަދި އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އަބްދުالله ޔާމީނަށް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަށް ވުމުގެ ފުރުސަތު ގެއްލޭ ހާލަތެއްގައި، އެ ޕާޓީން އެހެން ކެންޑިޑޭޓެއް ނެރެން އިތުރު ވަގުތު ދީފި ނަމަ ގާނޫނުގައި ބުނާ މުއްދަތަށް ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް މީހަކު އިންތިހާބު ކުރަން ހުރަސް އެޅިދާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.
04 Aug 2023
ރައީސް ޔާމީންގެ ޝަރީއަތް މިރޭވެސް ކުރިއަށް ގެންދަން ނިންމައިފި
މިވަގުތު ސްޕްރީމް ކޯޓުގައި ކުރިއަށްދާ ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމްގެ، ކެންޑިޑެސީ އިލެކްޝަންސް ކޮމިޝަނުން ބަލައިނުގަތް މައްސަލައިގެ ޝަރީއަތް މިރޭ ލަސްވަންދެން ކުރިއަށްގެންދަން އުއްތަމަ ފަނޑިޔާރު ނިންމަވައިފިއެވެ.
04 Aug 2023
ޔާމީންގެ ކެންޑިޑެސީ މައްސަލަ 3:45 އަށް ފަސްކޮށްފި!
އިދިކޮޅު ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން އަބްދުލްގައްޔޫމް ގެ ކެންޑިޑެސީ އާއި ގުޅޭ މައްސަލައިގެ އަޑުއެހުމުގެ ވަގުތު ޖެހިފައި ވަނިކޮށް ސްޕްރީމްކޯޓް ސަރަހައްދުން ކަރަންޓް ކެނޑުމުން، މައްސަލަ ބާއްވާ ގަޑި ފަސްކޮށްފިއެވެ.
04 Aug 2023
ސްޕްރީމްކޯޓް ސަރަހައްދުން ކަރަންޓް ކެނޑުނީ އޯވަލޯޑް ވެގެން!
އިދިކޮޅު ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން އަބްދުލްގައްޔޫމް ގެ ކެންޑިޑެސީ އާއި ގުޅޭ މައްސަލައިގެ އަޑުއެހުމުގެ ވަގުތު ޖެހިފައި ވަނިކޮށް ސްޕްރީމްކޯޓް ސަރަހައްދުން ކަރަންޓް ކެނޑިފައިވަނީ އޯވަލޯޑް ވެގެން ކަމަށް ސްޓެލްކޯއިން ބުނެފި އެވެ.
04 Aug 2023
ސްޕްރީމް ކޯޓުގެ ސަރަހައްދުން ކަރަންޓް ހިނގައްޖެ!
އިދިކޮޅު ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން އަބްދުލްގައްޔޫމް ގެ ކެންޑިޑެސީ އާއި ގުޅޭ މައްސަލައިގެ އަޑުއެހުމުގެ ވަގުތު ޖެހިފައި ވަނިކޮށް ސްޕްރީމްކޯޓް ސަރަހައްދުން ކަރަންޓް ހިނގައްޖެއެވެ.
04 Aug 2023
ރިޔާސީ ކެންޑިޑޭޓުންގެ ނަން ތަރުތީބު ކުރުން މިމަހު 9 ގައި!
ރިޔާސީ އިންތިހާބު 2023 އަށް ކުރިމަތިލާ މީހުންގެ ތެރެއިން، ޝަރުތު ފުރިހަމަވާ މީހުންގެ ނަންތައް ތަރުތީބު ކުރުމަށްޓަކައި، ގުރުއަތުލުން 2023 އޮގަސްޓު 9 ވާ ބުދަދުވަހު އޮންނާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
04 Aug 2023
"ފުރެދުމަށް ގޮވާލި މީހާ، އޭނާއަށް ތަބާވި މީހުންގެ ފާފަ އުފުލަންޖެހޭނެ"
ފުރެދުމަކަށް ގޮވާލި މީހާއަށް، އޭނާއާ ތަބާވި މީހުން ކުރި ނުބައި އަމަލު ތަކުގެ ފާފަތައް ލިބޭނެ ކަމަށް އަހަރެމެންގެ ލޮބުވެތި ރަސޫލާ ޞައްލައްالله ޢަލައިހި ވަސައްލަމް ހަދީޘް ކުރައްވާފައިވާ ކަމަށް މިއަދުގެ ޚުތުބާގައި ބުނެފިއެވެ.
04 Aug 2023
ރީ ރެޖިސްޓްރޭޝަން މުއްދަތު މާދަާމާ ހަމަވާނެ: އީސީ
‏ރަށްވެހިވެފައިވާ ރަށްނޫން، އެހެން ތަނެއްގައި ވޯޓުލުމަށް، ރީ-ރަޖިސްޓްރޭޝަނަށް ހުޅުވާލި މުއްދަތު މާދަމާ (2023 އޮގަސްޓު 5 ވާ ހޮނިހިރު ދުވަހު) ގެ ނިޔަލަށް، ހަމަވާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.
04 Aug 2023
ނަޝީދާއި އީވާ ޑިމޮކްރެސީގެ ނަމުގައި ފަތުރަނީ ފިތުނަ: ރޮޒައިނާ
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ނާއިބު ރައީސް އީވާ އަބްދުالله ޑިމޮކްރެސީގެ ނަމުގައި ފަތުރަމުންދަނީ ފިތުނަ ކަމަށް މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.
04 Aug 2023
އުރީދޫ މަސްރޭސް: 'ސީ ގިޔަރ' އިން އަގުހުރި އިނާމްތަކެއް!
މިއަދު ފެށުމަށް ހަމަޖެހިފައިވާ އުރީދޫ މަސްރޭސް 2023ގެ ގިފްޓް ޕާޓްނަރަކަށް ސީ ގިޔަރ މޯލްޑިވްސް ހަމަޖައްސައިފިއެވެ.
04 Aug 2023
ރޭސިޕީ: ޗިޕްސްމޯ ޕުޑިންގް
ހުކުރު ދުވަހަކީ އެންމެނަށްވެސް ޚާއްސަ މީރު ކާތަކެތި ތައްޔާރު ކުރާ ދުވަހެކެވެ. މިއަދު ވޮއިސްގެ ބަދިގެއިން މި ގެނެސްދެނީ މީރުކޮށް ޗިޕްސްމޯ ޕުޑިންގް ތައްޔާރު ކުރާނެ ގޮތެވެ.
03 Aug 2023
އުރީދޫ މަސް ރޭސް 2023 ގެ މީޑިއާ ޕާޓްނަރަކަށް 'ވޮއިސް'!
މާދަމާ ފެށުމަށް ހަމަޖެހިފައިވާ އުރީދޫ މަސްރޭސް 2023ގެ މީޑިއާ ޕާޓްނަރަކަށް ވޮއިސް ހަމަޖައްސައިފިއެވެ.
03 Aug 2023
ޔާމީންގެ ކެންޑިޑެސީ މައްސަލައަށް ދައުލަތުން ތަދައްޚުލްވެއްޖެ!
އިދިކޮޅުގެ ރިޔާސީ ކެނޑިޑޭޓުގެ ގޮތުގައި ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމް ހުށަހެޅި ފޯމު އިލެކްޝަންސް ކޮމިޝަނުން ބަލައިނުގަތުމަށް ނިންމި ނިންމުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާތީ އެ މައްސަލައިގެ ތެރެއަށް ބަންޑާރަ ނައިބުގެ އޮފީހުން ތަދަހުއްލްވެއްޖެ އެވެ.