ޚަދީޖާ އަރުފާ
އެސޯސިއޭޓް އެޑިޓަރ
ޚަދީޖާ އަރުފާ
01 Aug 2023
"މާމަ އެދެމުން ދިޔައީ ޔާމީން މިނިވަންވެގެން ގެއަށް އައުމަށް"
ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމް ގެ މަންމާފުޅު، މަރުހޫމް ފާތިމަތު ހަސަން އެދިލައްވަމުން ދިޔައީ، ދަރިކަލުން، ރައީސް ޔާމީން ޖަލުން މިނިވަންވެ ވަޑައިގެން ގެއަށް ވަޑައިގެންނެވުމަށް ކަމަށް، އެމަނިކުފާނުގެ ދަރިކަލުން ޒޭން ޔާމީން ވިދާޅުވެއްޖެއެވެ.
31 Jul 2023
ރައީސް ޔާމީންގެ ކެންޑިޑެސީ ފޯމް ލުން މާދަމާ!
މިއަހަރުގެ ސެޕްޓެމްބަރު 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ފަރާތުން ވާދަކުރައްވާ ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމްގެ ކެންޑިޑެސީ ފޯމު އިލެކްޝަންސް ކޮމިޝަނަށް މާދަމާ ހުށަހަޅާނެކަމަށް އެ ކޯލިޝަނުން ބުނެފިއެވެ.
31 Jul 2023
އދ އަތޮޅު ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން މަހިބަދޫ އަށް!
އދ އަތޮޅު ޒުވާނުންގެ 12 ވަނަ ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން، މިފަހަރުވެސް މަހިބަދޫއިން ހޯދައި ތަށި ދިފާއުކޮށްފި އެވެ.
31 Jul 2023
ރައީސް ޞާލިހަކީ ދަމުނަމާދު ވެސް ކުރައްވާ ބޭފުޅެއް: ސިޔާމް
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު އަކީ ފަރުޟު ފަސް ނަމާދުގެ އިތުރުން ދަމު ނަމާދު ވެސް ކުރައްވާ ބޭފުޅެއް ކަމަށް މީދޫ ދާއިރާގެ މެންބަރު އަދި އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް (ސަން ސިޔާމް) ވިދާޅުވެއްޖެއެވެ.
31 Jul 2023
ރައީސް ޔާމީނަށް ކޯޓަށް ހާޒިރުކުރުމަށް ޗިޓު ފޮނުވައިފި!
ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް، ޢަބްދުالله ޔާމީން ޢަބްދުލްޤައްޔޫމްގެ މަންމާފުޅު ފާތުމަތު ހަސަން އަވަހާރަވިތާ މާ ގިނަ އިރުތަކެއް ނުވަނީސް އެމަނިކުފާނުގެ މައްސަލަ ތާވަލްކޮށް ކޯޓަށް ހާޒިރުވުމަށް ޗިޓް ފޮނުވައިފި އެވެ.
31 Jul 2023
ރައީސް ޔާމީންގެ މަންމާފުޅުގެ ޖަނާޒާ މިރޭ އިޝާނަމާދަށްފަހު
ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް، ޢަބްދުالله ޔާމީން ޢަބްދުލްޤައްޔޫމްގެ މަންމާފުޅު ފާތުމަތު ހަސަންގެ ޖަނާޒާ މިރޭ އިޝާނަމާދަށްފަހު ބޭއްވުމަށް ހަމަޖެހިއްޖެއެވެ.
31 Jul 2023
ރައީސް ޔާމީނަށް މަންމާފުޅުގެ ޖަނާޒާގައި ބައިވެރިވެވަޑައިނުގަނެވޭ"
ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް، ޢަބްދުالله ޔާމީން ޢަބްދުލްޤައްޔޫމްގެ މަންމާފުޅު އަވަހާރަވިއިރު، އެމަނިކުފާނު ޖަލުގައި ހުންނަވަން ޖެހުމުން މަންމާފުޅުގެ ޖަނާޒާގައި ބައިވެރިވެވަޑައިގަތުމުގެ ފުރުޞަތު ލިބިވަޑައިނުގަތުމަކީ ވަރަށް ބޮޑަށް ހިތާމަ ކުރާކަމެއް ކަމަށް ޕީޕީއެމުން ބުނެފި އެވެ.
31 Jul 2023
"ރައީސް ޔާމީން އެންމެ ބޭނުންފުޅުވީ މަންމާފުޅާ ބައްދަލުކޮށްލަން"
ވޭތުވެދިޔަ ދެމަހެއްހާ ދުވަހު، ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމް އެންމެ ބޭނުންފުޅުވެ ވަޑައިގެންނެވީ ޝަރީޢަތުގެ މަރުޙަލާތައް އަވަހަށް ނިމި، ޖަލުން މިނިވަންވެ ވަޑައިގެން އެމަނިކުފާނުގެ މަންމާފުޅާއި ބައްދަލުކުރައްވަން ކަމަށް، ރައީސް ޔާމީން ގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އަބްދުالله ސިޔާޒު ވިދާޅުވެއްޖެ އެވެ.
31 Jul 2023
"ރައީސް ޞާލިހު ފިތިވަަޑައިގެންދިޔައިރު ގައިން ނުކުތީ މާމުއި"
ކޮވިޑް19 ގެ ވަބާ ރާއްޖެއަށް ކުރިމަތިވެ، ރާއްޖޭގެ އިގްތިސާދަށް އައި ހީނަރުކަމާއެކު ރާއްޖޭގެ ވެރިކަމުގައި ހުންނެވި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެސް "ފިތިގެން" ދިޔަ ކަމަށާއި އެކަމަކު އެވަގުތު އެމަނިކުފާނުގެ ގައިކޮޅުން އައީ ފޮނި މީރު މާމުއި ކަމަށް އެމްޑީއޭގެ ލީޑަރު، އަދި ވިޔަފާރިވެރިޔާ އަހްމަދު ސިޔާމް މުހައްމަދު (ސަން ސިޔާމް) ވިދާޅުވެއްޖެއެވެ.
31 Jul 2023
ފުވައްމުލަކު ރީތި ކަނބަލުން ގިނަ؛ މިރަށަށް އަޅާލާނަން: ސިޔާމް
ފުވައްމުލަކަކީ ރީތި ކަނބަލުން ގިނަ ރަށެއް ކަމަށާ، އެ ސިޓީއަށް ހުރިހާ ގޮތަކުން ވެސް އަޅާލާނެ ކަމަށް އެމްޑީއޭގެ ރައީސް އަދި ވިޔަފާރިވެރިޔާ އަހުމަދު ސިޔާމް މުހައްމަދު (ސަން ސިޔާމް) ވިދާޅުވެއްޖެއެވެ.
31 Jul 2023
"އެމްޑީޕީގެ ކެމްޕެއިނަށް ހުރަސް އަޅާނަމަ އިދިކޮޅަށް ކެމްޕެއިނެއް ނުކުރެވޭނެ"
ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް އެމްޑީޕީން ކުރަމުންދާ ކެމްޕެއިނަށް ހުރަސް އަޅާނަމަ ރާއްޖޭގެ އެއްވެސް ރަށެއްގައި އިދިކޮޅު ފަރާތްތަކަށް ކެމްޕެއިން ނުކުރެވޭނެކަމަށް އެމްޑީޕީގެ ޗެއަރޕާސަން އަދި އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.
31 Jul 2023
ރައީސް ޔާމީން ގެ މަންމާފުޅު އަވަހާރަވެއްޖެ!
ކުރީގެ ރައީސް އަދި އިދިކޮޅު ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމް ގެ މަންމާފުޅު، ފާތިމަތު ހަސަން އަވަހާރަވެއްޖެ އެވެ.
31 Jul 2023
އަނިޔާކުރުމުން ނަފްސާނީ، އަދި ޖިސްމާނީ ގެއްލުން ލިބުނު"
އިއްޔެ ޏ.ފުވައްމުލަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވަޑައިގެންނެވުމުން، އެމަނިކުފާނާ ދެކޮޅަށް އިހްތިޖާޖު ކުރި އިދިކޮޅުު ކޯލިޝަންގެ މީހުން ފަހާ ވަލުތެރެއަށް ސިފައިންނާއި ފުލުހުން ވަދެ އަނިޔާކޮށްފައިވާ ކަމަށާ އޭގެ ސަބަބުން އެތައް ބަޔަކަށް ނަފްސާނީ ގޮތުންނާއި ޖިސްމާނީގޮތުން އަނިޔާ ލިބިފައިވާ ކަމަށް އިދިކޮޅުުން ބުނެފިއެވެ.
30 Jul 2023
ރައީސް ޞާލިހާ ދެކޮޅަށް ފުވައްމުލަކުގައި މުޒާހަރާ ކުރަނީ!
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު، ރިޔާސީ ކެމްޕެއިނަށް ޏ. ފުވައްމުލަކަށް ވަޑައިގަންނަވާތީ، އެރަށުގައި ތިބި އިދިކޮޅުު ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން އަބްދުލްގައްޔޫމް ގެ ސަޕޯޓަރުން އިހްތިޖާޖު ކުރަން ފަށައިފިއެވެ.
30 Jul 2023
ތުރުކިޔޭގައި އައިއޭސީން އެޅި ފަހާ ފެކްޓްރީން ކަނބަލުންނަށް އާމްދަނީ
ތުރުކިޔޭގެ އަވަށެއް ކަމުގައިވާ ރެހާންލީ ގައި، ދިވެހިންގެ ދީލަތި އެހީއާއެކު އެކު، އިންޓަނޭޝަނަލް އެއިޑް ކެންޕެއިން (އައިއޭސީ) އިން ބިނާކުރި ފަހާ ފެކްޓަރީން އެތަކެއް ހުވަފަތް ކަނބަލުންނަށް އާމްދަނީ ހޯދޭނެ މަގު ފަހިވެގެންގޮސްފައިވާ ކަމަށް އެ ޖަމިއްޔާ އިން ހާމަ ކޮށްފިއެވެ.
30 Jul 2023
"މަޖިލީހަށް ރޮޒައިނާ ހޮވުމަކީ ކުރެވުނު 'ވިޔާނުދާ' ކަމެއް"
އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް، މަޖިލީހުގެ މެންބަރު ކަމުގެ މަގާމަށް ގެނައުމަކީ ކުރެއްވުނު "ވިޔާނުދާ" ކަމެއް ކަމަށް ޑިމޮކްރެޓްސް ޕާޓީއާއި ދާދިފަހުން ގުޅިވަޑައިގެންނެވި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
30 Jul 2023
ކާރެއް ކޮންޓްރޯލުން ނެއްޓި ނުރައްކާތެރި އެކްސިޑެންޓެއް
ކާރެއް ކޮންޓްރޯލުން ނެއްޓި ހޮޅި ދަނޑިއެއްގައި ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.
30 Jul 2023
މާލެ ސިޓީ ކައުންސިލުގެ ރައްޔިތުންގެ ބައްދަލުވުން ފަސްކޮށްފި
މާދަމާރޭ މާލެސިޓީ ކައުންސިލުން ބާއްވަން ނިންމި މިއަހަރުގެ 2 ވަނަ ބައްދަލުވުން ފަސްކުރުމަށް ނިންމައިފައިވާކަން އެ ކައުންސިލުން ބުނެފި އެވެ.
30 Jul 2023
"ފޯމު ލާ މުއްދަތު ހަމަވާއިރުވެސް މައްސަލަ ނިމޭނެކަމެއް ނޭނގެ"
ސެޕްޓެމްބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް، ކެންޑިޑެސީ ފޯމު އިލެކްޝަންސް ކޮމިޝަނަށް ލާ މުއްދަތު ހަމަވާއިރުވެސް އިދިކޮޅު ޕީޕީއެމް/ ޕީއެންސީ ކޯލިޝަންގެ ކެންޑިޑޭޓް ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމްގެ ފަރާތްޕުޅުން ހައިކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފީ މައްސަލަ ނިމޭނެކަމެއް ނޭނގޭ ކަމަށް އިދިކޮޅުުން ބުނެފިއެވެ.
30 Jul 2023
"ހަކުރު ވިއްކުމަށް ރައީސް ތާއިދު ކުރާކަމުގެ ދަލީލު އެބަފެނޭ"
މަސްތުވާތަކެތި ވިއްކުމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ތާއިދު ކުރާ ވާހަކަ އަކީ ޔޯލަ ވާހަކައެއް ނޫން ކަމަށާ އެކަމުގެ ދަލީލަކަށް އެމަނިކުފާނު ހަނު ހުރުން ފުދޭކަމަށް ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެއެވެ.
30 Jul 2023
"ސަރުކާރުގެ ލަދުހަޔާތެއް ހުރިނަމަ ނިޤާބީން އިޙްތިޖާޖްކުރަން ނުޖެހޭނެ"
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ މި ސަރުކާރުގެ ކިރިޔާވެސް ލަދުހަޔާތެއްހުރިނަމަ މޫނުބުރުގާ އެޅި އުޚުތުން އިޙްތިޖާޖްކުރަން ނުޖެހުނީސް ކަމަށް ދީނީ ޢިލްމުވެރިޔާ ޝެއިޚް އަބްދުالله ސައުދާން ވިދާޅުވެއްޖެއެވެ.
30 Jul 2023
ރައީސް ޞާލިހު ހަކުރު ވިއްކަން ތާއިދު ކުރައްވާ: ނަޝީދު
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ހަކުރު ވިއްކަން ތާއިދު ކުރައްވާ ކަމަށާއި، އެއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ރައްޔިތުންގެ މަޖީލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
29 Jul 2023
ވިލާ ސިމެންތި؛ އިމާރާތް ކުރުމުގެ މަސައްކަތްތަކަށް ރާއްޖޭގައި ވިއްކާ އެންމެ ކޮލިޓީ ސިމެންތި
ދިވެހިރާއްޖޭގައި ވިއްކާ އެންމެ ކޮލިޓީ ރަނގަޅު އަދި އެންމެ ބޮޑެތި މަޝްރޫއުތަކަށް ބޭނުންކޮށް އިތުބާރު ހޯދާފައިވާ އެއް ސިމެންތިއަކީ ވިލާ ސިމެންތިއެވެ. ވިލާ ހަކަތައިގެ އުފެއްދުމެއް ކަމުގައިވާ ވިލާ ސިމެންތި އުފެއްދުމަށް ކ. ތިލަފުށީގައި ހިންގާ ސިމެންތި ކާރުޚާނާއަކީ ރާއްޖޭގައި ހުރި އެންމެ ބޮޑު އަދި އެންމެ އަވަހަށް ސިމެންތި ބަންދުކުރާ ކާރުޚާނާ އެވެ.
29 Jul 2023
ހުޅުމާލޭ ގައި މިރޭ ހަވާ އަރުވަނީ!
ދިވެހިރާއްޖޭގެ 58 ވަނަ މިނިވަން ދުވަހާއި ގުޅިގެން ހުޅުމާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ހަވާ އެރުވުމުގެ ހަރަކާތް މިރޭ ބާއްވާ ގޮތަށް ހަމަޖެހިއްޖެއެވެ.
28 Jul 2023
މާލޭގައި ބަލި ފެތުރެނީ ވަކި ކާނާއަކުން ނޫން: އެޗްޕީއޭ
މާލެ ސަރަހައްދުގައި ހަލުވި ކަމާއެކު ފެތުރެމުންދާ ހޮޑާއި ބޭރަށް ހިންގުމުގެ ބައްޔަކީ ވަކި ކާނާއެއްގެ ސަބަބުން ފެތުރޭ ބައްޔެއް ނޫންކަން އެޗްޕީއޭއިން މިއަދު ޔަގީންކޮށްދީފި އެވެ.
28 Jul 2023
"މި ރިޔާސީ އިންތިހާބު އިލްޔާސް ލަބީބް ކާމިޔާބު ކުރައްވާނެ"
މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ނުވަ ވަނަ ދުވަހު އޮންނަ ރިޔަސީ އިންތިހާބު ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބް ކާމިޔާބު ކުރައްވާނެ ކަަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
28 Jul 2023
ހުޅުމާލޭގައި ހަވާ އެރުވުންވެސް ފަސްކޮށްފި!
ދިވެހިރާއްޖޭގެ 58 ވަނަ މިނިވަން ދުވަހުގެ މުނާޞަބަތުގައި މާލެ ސަރަހައްދުގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ހަރަކާތް ތަކުގެ ތެރެއިން ހުޅުމާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ހަވާ އެރުވުމުގެ ހަރަކާތް ފަސްކޮށްފި އެވެ.
28 Jul 2023
"މިނިވަން އުފާ" ކާނިވާ ހުޅުވުން ފަސްކޮށްފި
ދިވެހިރާއްޖޭގެ 58 ވަނަ މިނިވަން ދުވަހުގެ މުނާޞަބަތުގައި މިރޭ ހުޅުވަން ހަމަޖެހިފައި އޮތް "މިނިވަން އުފާ" ކާނިވާ ހުޅުވުން ފަސްކޮށްފި އެވެ.
28 Jul 2023
ސިމްކާޑު ލިމިޓް ކުރުން: "ސްކޭމް ކޯލް މައްސަލަ މަދުވެގެންދާނެ"
މުއާސަލާތީ ވަސީލަތްތައް ބޭނުންކޮށްގެން ކުރާ ނޭދެވޭ އަމަލުތައް ގިނަވަމުންދާތީ އެކަން މަދުކުރުމަށް މޯބައިލް ފޯނުގެ ހިދުމަތް ހޯދުމަށް ބޭނުންކުރާ ސިމް ކާޑު ދޫކުރުމުގެ އުސޫލަށް ގެނެވުނު ބަދަލާއި އެކު ސިމް ކާޑު ބޭނުންކޮށްގެން ކުރާ ސައިބާ ކްރައިމްތައް މަދުވެގެންދާނެ ކަމަށް، އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު ޙުސައިން ނިޔާޒް ވިދާޅުވެއްޖެ އެވެ.
28 Jul 2023
އޭޑީކޭގެ އޯޕީޑީ ކޮޓަރިތައް ޚާއްސަ ފަރުވާދޭ ކޮޓަރިތަކަށް ބަދަލުކޮށްފި!
މާލޭގައި ބޭރަށް ހިންގުން ކުއްލިއަކަށް އިތުރުވެ، ގިނަ ބަޔަކު ފަރުވާ ހޯދުމަށް ހޮސްޕިޓަލަށް އަންނަމުންދާތީ، އޭޑީކޭ ހޮސްޕިޓަލުގެ ގްރައުންޑް ފްލޯ ގެ އޯޕީޑީ ކޮޓަރިތައް ވަގުތީ ގޮތުން، ޚާއްސަ އޯޕީޑީ އަދި ފަރުވާދޭ ކޮޓަރިތަކަށް ބަދަލުކޮށްފިއެވެ.