ޚަދީޖާ އަރުފާ
އެސޯސިއޭޓް އެޑިޓަރ
ޚަދީޖާ އަރުފާ
17 Sep 2023
"ޤުރްއާން މާއްދާގެ އެސްއެސްސީ އިމްތިޙާނުން އުވާލާފައި"
އެސްއެސްސީ އިމްތިހާނުގައި ގުރުއާން މާއްދާ ހިމެނުން ފަސްކުރީ ކަމަށްބުނެ، އެ މައްދާ މިހާރު އުވާލާފައިވާ ކަމަށް ރައްޔިތުންގެ އިއްތިހާދުން ބުނެފިއެވެ.
17 Sep 2023
"މަޑުޖެހިލީ ކުޅިބައި އަތުރާލަން ރައީސަށް ވަގުތުކޮޅެއް ދޭން"
ރިޔާސީ އިންތިޚާބު ކާމިޔާބުކުރުމަށް ކުރާ މަސައްކަތުގައި އެމްޑީއޭ އިން މަޑުޖެހިލީ ހާސްވެގެނެއް ނޫން ކަމަށާއި ރާޒުވާ ކުޅިބައި އަތުރާލަން އެމްޑީޕީ ރިޔާސީ ކެންޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހަށް ވަގުތުކޮޅެއް އެރުވީކަމަށް އެމްޑީއޭގެ ނާއިބު ލީޑަރު އަލީ މައުރޫފް ވިދާޅުވެއްޖެއެވެ.
17 Sep 2023
"މިހާތަނަށް 1546 ރީ ރެޖިސްޓަރީ ފޯމު ރިޖެކްޓް ކުރެވިފައިވޭ"
ރިޔާސީ އިންތިހާބު 2023 ގެ ދެވަނަބުރުގެ ރީ-ރެޖިސްޓްރޭޝަން ހުޅުވާލެވުނުފަހުން، މިހާތަނަށް 25,000 އަށްވުރެ ގިނަ މީހުން ވޯޓުލާން ރީ-ރެޖިސްޓާރ ކޮށްފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
17 Sep 2023
"ބައެއް ކުޅުންތެރިން ބަދަލު ކޮށްފިން؛ މިކުޅެނީ އެޓޭކް މޯޑުގައި"
ދެވަނަ ބުރަށް ނުކުންނަވަނީ ބުންވަރު ހުރި ކުޅުންތެރިން ކުރިއަށް ނެރުއްވަައިގެން، "އެޓޭކް މޯޑުގައި" ކަމަށް އެމްޑީޕީީގެ ރިޔާސީ ކެންޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
17 Sep 2023
ދީނާ އިދިކޮޅު އަމަލުތަކެއް ހިންގުމުން 15 ދުވަހުގެ ބަންދެއް
އިސްލާމް ދީނާ އިދިކޮޅު އަމަލުތަކެއް ހިންގި މީހަކު ކަސްޓޯޑިއަލް ޖަލެއްގަ 15 ދުވަހަށް ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރު ކޮށްފިއެވެ.
17 Sep 2023
"އުތުރުތިލަފަޅު ދިނީ ކުރީ ސަރުކާރުންނޭ ބުނުމަކީ އޮޅުވާލުމެއް"
ކ. އުތުރު ތިލަފަަޅުގައި ތަރައްގީ ކުރަމުންދާ "އެކަތަ" ބަނދަރު ހަދަން އިންޑިއާއާ ހަވާލުކުރީ ކުރީގެ ސަރުކާރުން ކަމަށް ބުނުމަކީ ކަނޑައެޅިގެން ބޮޑު އޮޅުވާލުމެއް ކަމަށް އެ ސަރުކާރުގައި އިންޑިޔާއަށް ކަނޑައަޅުއްވާފައި ހުންނެވި ރާއްޖޭގެ ސަފީރު އަހުމަދު މުހައްމަދު ވިދާޅުވެއްޖެއެވެ.
15 Sep 2023
ޢުމަރު، 2028 ގެ ކެންޕެއިން ފަށްޓަވައިފި!
މިއަހަރުގެ ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރެއްވި ކުރީގެ ހޯމް މިނިސްޓަރު ޢުމަރު ނަޞީރު، 2028 ވަނަ އަހަރު ރިޔާސީ އިންތިހާބުގެ ކެންޕެއިން ފަށްޓަވައިފި އެވެ.
15 Sep 2023
"ރައީސް ޞާލިހަށް ކާމިޔާބީ ލިބުމަކީ ނާދިރު ކަމެއް"
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ޞާލިހަށް ކާމިޔާބީ ލިބުމަކީ ވަރަށް ނާދިރު ކަމެއް ކަމަށް އެ ޕާޓީގެ ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
15 Sep 2023
"ޒަމާނީ ފެންވަރުގެ ތެލެސީމިއާ ސެންޓަރެއް ގާއިމްކޮށްދޭނަން"
ހުޅުމާލޭގައި ޒަމާނީ ފެންވަރުގެ ތެލެސީމިއާ ސެންޓަރެއް ގާއިމްކޮށްދެއްވާނެ ކަމަށް އިިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަންގެ ރިޔާސީ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
15 Sep 2023
އުފާވެރި ގައުމެއްގެ ގޮތުގައި އޮތީ، ޒަމާނީ ޑިމޮކްރެސީގެ ސަބަބުން
އިޤްތިޞާދީ ފުދުންތެރިކަމާއެކު ލިބޭ ކުރިއެރުމުގައި، އުފާވެރިކަމާއެކު ރައްޔިތުން ދިރިއުޅޭ މިނިވަން ޤައުމެއްގެ ގޮތުގައި ދެމިއޮތުމުގެ ތަޅުދަނޑިއަކީ، ޒަމާނީ ޑިމޮކްރެސީ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
15 Sep 2023
"ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އާއިލާތަކަށް އެލަވަންސްއެއް"
ޕީޕީއެމް/ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުޢިއްޒު ގެ ވެރިކަމެއްގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އާއިލާތަކަށް ޚާއްސަ އެލަވަންސްއެއް ތަޢާރަފްކުރައްވާނެ ކަމަށް ވިދާޅުވެއްޖެއެވެ.
15 Sep 2023
ދޮގު ޚަބަރު ފެތުރުމުގެ ނުބައިކަން މީހުން މެރުމަށްވުރެ ބޮޑު
ދޮގު ވާހަކަ ތަކާއި، ދޮގު ޚަބަރުތައް ފެތުރުމަކީ މާތް الله ހަރާމް ކުރައްވާފައިވާ ކަމެއް ކަމަށާ، އެކަމުގެ ނުބައިކަން މީހުން މެރުމަށްވުރެ ބޮޑު ކަމަށް މިއަދުވެ ޚުތުބާގައި ބުނެފިއެވެ.
15 Sep 2023
މިއީ ނިޒާމާގުޅޭ ގޮތުން ބަސް ބުނަން ލިބޭނެ ހިނދުކޮޅު: އަމްރު
މި ވަގުތު ކޮޅަކީ ދިވެހިރާއްޖޭގައި ވެރިކަން ކުރާނެ ނިޒާމާގުޅޭ ގޮތުން ބަސް ބުނަން ރައްޔިތުންނަށް ލިބޭނެ ވަގުތު ކޮޅެއް ކަމަށް، ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ދަ ޑިމޮކްރެޓްސް ގެ ފަރާތުން ވާދަކުރެއްވި އިލްޔާސް ލަބީބު ގެ ރަނިންމޭޓް ހުސައިން އަމްރު ރަޝާދު ވިދާޅުވެއްޖެއެވެ.
15 Sep 2023
"10 އަހަރުވުމުން ޕެންޝަން ފަންޑުން ފައިސާ ނެގޭ ގޮތް ހަދާނަން"
މަސައްކަތުގެ ދާއިރާގައި 10 އަހަރުވުމުން ޕެންޝަން ފަންޑުން ފައިސާ ނަގައިގެން އެކި މަސައްކަތްތައް ކުރެވޭ ގޮތަށް ގާނޫނަށް ބަދަލު ގެނައުމަށް ހުށަހަޅުއްވާނެ ކަމަށް އިދިކޮޅުގެ ރިޔާސީ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
15 Sep 2023
މުޢިއްޒުގެ ވެރިކަމުގައި ދިގުރަށަށް ގިނަ ކަންތައްތަކެއް!
ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒު ގެ ވެރިކަމުގައި އދ. ދިގުރަށުގައި ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ހިންގަވާނެ ކަމަށް ވައުދުވެވަޑައިގެންފިއެވެ.
15 Sep 2023
"އަޅުގަނޑު ފައިސާއަށް ނުވިކޭނެކަން ހަސަން އަށް އެނގޭނެ"
އޭނާ އަކީ ފައިސާއަށް ވިކޭނެ މީހެއް ނޫންކަން އެންމެ ރަނގަޅަށް އެނގިލައްވާނީ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާން (ގިޓާ) ވިދާޅުވެއްޖެ އެވެ.
14 Sep 2023
ފާރިސްއާއި ޓީމުން ޕީޕީއެމާއެކު އިތުރު މަޝްވަރާތަކެއް!
ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒު ގެ ވެރިކަމެއްގައި، މި ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރެއްވި ފާރިސް މައުމޫންގެ މެނިފެސްޓޯގައި ހިމެނިފައިވާ މުހިއްމު ކަންކަން ތަންފީޒު ކުރުމާއި ގުޅޭގޮތުން މަޝްވަރާ ކޮށްފިއެވެ.
14 Sep 2023
ސިއްޙީ އަދި އިޖްތިމާއީ މުސާރައިގެ ޝަކުވާތަކަށް ހައްލެއް
ދައުލަތުގެ ޕޭ ފްރޭމްވަރކަށް ހިޖުރަކުރި މުވައްޒަފުންގެ ތެރެއިން ހެލްތް އެންޑް ސޯޝަލް ހެލްތް ސެކްޓަރއާއި ސޯޝަލް ސަރވިސް މެޓްރިކްސްތަކުގައި ހިމެނޭ މުވައްޒަފުންގެ ފަރާތުން ހުށަހަޅުއްވާފައިވާ މައްސަލަތައް ދިރާސާ ކުރެއްވުމަށްފަހު ކަމާބެހޭ އިދާރާތަކާ ގުޅިގެން މި މައްސަލަތައް ހައްލުކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ވަނީ މުހިންމު ނިންމެވުންތަކެއް ނިންމަވައިފައެވެ.
14 Sep 2023
ވިލާ ފައުންޑޭޝަނުން ނެރުނު ގުރުއާނުގެ ތަފްސީރު އޮންލައިންކޮށް!
ވިލާ ފައުންޑޭޝަނުގެ ޗެއާމަން، ގާސިމް އިބްރާހިމްގެ އިރުޝާދުގެ މަތިން ވިލާ ފައުންޑޭޝަނުން ދިވެހި ބަހަށް ތަރުޖަމާކޮށް ނެރުނު ގުރުއާނުގެ ތަފްސީރު ފޮތް، އައްތަފްސީރުލް ވާޟިޙުލް މުޔައްސަރުގެ މިހާރު ލައިވް ކޮށް ކިޔާލެވޭނެ ކަމަށް އެ ފައުންޑޭޝަންއޖބް ބުނެފިއެވެ.
14 Sep 2023
ފުލެޓު ލިބުނު މީހުންގެ ދާއިމީ ލިސްޓު އަންނަ ހަފްތާގައި ނެރެނީ!
ގެދޮރުވެރިޔާ ސްކީމުގެ ވަގުތީ ލިސްޓާއި ގުޅިގެން ހުށަހެޅި ޝަކުވާތަށް ބަލައި، ފައިނަލް ލިސްޓު އަންނަ ހަފާތްގައި ނެރެވޭނެ ކަމަށް ޕްލޭނިންގ މިނިސްޓްރީން ބުނެފިއެވެ.
14 Sep 2023
"ދޮގުވާހަކަތައް ތަކުރާރުވާ ނަމަ އިތުރަށް އެމްޑީޕީގެ ނަތީޖާ ދަށްވާނެ"
ހަރުކަށި ފިކުރާ ގުޅުވައިގެން ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދާއި ގުޅޭގޮތުން އެމްޑީޕީ ރިޔާސީ ކެންޑިޑޭޓް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ގެ ކެންޕެއިން ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ ކޮންމެ ދުވަހަކުހެން ދައްކަވަމުން ދިޔަ ދޮގުވާހަކަތައް ތަކުރާރުވާ ނަމަ އިތުރަށް އެމްޑީޕީގެ ނަތީޖާ ދަށްވާނެ ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2023
އެމްޑީޕީން އެމްއާރްއެމްގެ ޓީމާ ބައްދަލުކޮށްފި!
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އަމިއްލަ ގޮތުން ވާދަ ކުރެއްވި ފާރިސް މައުމޫންގެ ޓީމެއް އެމްޑީޕީއާ ބައްދަލު ކުރައްވައިފިއެވެ.
14 Sep 2023
އިންތިހާބު ބާތިލް ކުރާކަށް ނުޖެހޭ: ފުއާދު
ރިޔާސީ އިންތިހާބުގެ ވޯޓުތަކެއް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބާތިލް ކުރިއޭ ކިޔާފައި އަޑުގަދަ ކުރަންވީ ސަބަބެއް ނެތް ކަމަށް، އެ ކޮމިޝަންގެ ރައީސް ފުއާދު ތައުފީގް ވިދާޅުވެއްޖެއެވެ.
14 Sep 2023
ސަރުކާރަށް ތާއީދު ހޯދުމަށް ސިފައިން ބޭނުން ކުރުން ގާނޫނާ ޚިލާފު
ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގައި ސަރުކާރަށް ތާއީދު ހޯދުމަށް ސީދާކޮށް އަދި ނުސީދާކޮށް ސިފައިން ބޭނުންކޮށްފައިވާ ކަމަށާ އެހެން އެކަން ކޮށްފައިވަނީ ގާނޫނު އަސާސީ އާއި ޚިލާފަށް ކަމަށް ރައީސް ޔާމީންގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އަބްދުالله ސިޔާޒު ވިދާޅުވެއްޖެއެވެ.
14 Sep 2023
"ވިނަރެސް ފްލެޓާއި ކުންފުނިތަކުގެ ފްލެޓްގެ ކުލި ކުޑަކުރެވޭނެ"
ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް ގެ ވެރިކަމުގައި ހުޅުމާލެ ދެވަނަ ފިޔަވީގައި ތަރައްގީ ކޮށްފައިވާ ވިނަރެސް ފްލެޓުތަކާއި، އެނޫންވެސް ސޯޝަލް ހައުސިންގް ޔުނިޓް ތަކުގެ އަގު މިސަރުކާރުން ދެމުންދާ އަގު ކުޑަ ކުރެވޭނެ ކަމަށާ، އެމަނިކުފާނުގެ ވެރިކަމެއްގައި އެކަން ކުރައްވާނެ ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
13 Sep 2023
"ސިޔާސީ މީހުންނަށް ޖަވާބުދޭން ސިފައިންނެއް ނުނެރެން"
ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ސަރުކާރުގައި، އަދުގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ، ދިވެހި ސިފައިންނަކީ ފިނދަނަތަކެއް ކަމަށް ވިދާޅުވެ، ސިފައިންނަށް ކުޑައިމީސް ކުރެއްވުމުން، އެކަން ދިފާއު ކުރައްވަން ވާހަކަ ދައްކަވަން ސިފައިން ނުނެރުއްވާ ކަމަށް ކުރީގެ ބަންޑާރަ ނާއިބު ޢާއިޝަތު ޢާޒިމާ ޝަކޫރު ވިދާޅުވެއްޖެއެވެ.
13 Sep 2023
ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި މަސްތުވާތަކެތި ތަކެއް ވަގަށް ނަގައިފި!
ނ. މާފަރު ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުރި މަސްތުވާތަކެތި ވަގަށް ނަގައިފިއެވެ.
13 Sep 2023
ކޯލިޝަން މަޝްވަރާއަށް ރައީސް ޞާލިހު، ގާސިމް އަރިހަށް
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ކޯލިޝަން ހެދުމާއި ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު، ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމާއި ބައްދަލުކުރައްވަން ސަންއައިލެންޑަށް ވަޑައިގެންފިއެވެ.
13 Sep 2023
ނިޒާމީ ވޯޓެއް ނެގުމަށް މަޖިލީހަށް ގަރާރެއް ހުށަހަޅައިފި!
ރާއްޖޭގައި އޮންނަން ފެންނަ ނިޒާމެއް ބެލުމަށްޓަކައި ވޯޓެއް ނެގުމަށް ރައްޔިތުން މަޖިލީހަށް ގަރާރެއް ހުށަހަޅައިފިއެވެ.
13 Sep 2023
ހަމަލާދީގެން ހައްޔަރު މީހާ ދޫކޮށްލަން ޒަރީރު އެދިއްޖެ!
ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ އެމްޑީޕީ މެންބަރު ހަސަން ޒަރީރަށް ހަމަލާދީ އަވަހާރަކޮށްލަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި މއ. ނައިޓްވިލާ އިބްރާހިމް އަބްދުالله (ގައްބަރޭ) ދޫކޮށްލުމަށް ޒަރީރް ގޮވާލައްވައިފިއެވެ.