ޚަދީޖާ އަރުފާ
އެސޯސިއޭޓް އެޑިޓަރ
ޚަދީޖާ އަރުފާ
06 Sep 2023
ބީއެމްއެލް ސްޕޯޓްސް ސްކޮލާޝިޕްގެ އެތްލީޓުންގެ ކާމިޔާބީ ފާހަގަކޮށްފި
ބީއެމްއެލް ސްޕޯޓްސް ސްކޮލާޝިޕް ހާސިލްކޮށްފައިވާ އެތުލީޓުން އައިއޯއައިޖީ 2023 ގައި ހޯދި ކާމިޔާބީ ފާހަގަ ކުރުމަށާއި މަރުހަބާ ކިޔުމަށް ބީއެމްއެލް އިން މިއަދު ހާއްސަ ހަރަކާތެއް ބާއްވައިފިއެވެ.
06 Sep 2023
ސަސްޕެންޑް ކުރި "ހަސަން ކުރުސީ" އެނބުރި ޓުވިޓާއަށް!
ސަސްޕެންޑްކުރިތާ މަދު ވަގުތުކޮޅެއްގެ ތެރޭގައި 'ހަސަން ކުރުސީ' އެނބުރި ޓްވިޓާއަށް އަތުވެއްޖެ އެވެ.
06 Sep 2023
ގާސިމްގެ ހަގު އަނބި، ކެންޕެއިނަށް ދިގުރަށު ދޮރުން ދޮރަށް!
ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމްގެ ހަގު އަނބިކަނބަލުން، ރާނިޔާ ހަމީދު މ، މިއަދު އދ. ދިގުރަށު ގޭގެއަށް ދޮރުން ދޮރަށް ކެންޕެއިން ކުރައްވަން ފަށްޓަވައިފިއެވެ.
06 Sep 2023
މަރުތަކަށް އިންސާފު ހޯދަން ވެރިކަމަށް ގެންނަންވީ ގާސިމް
ރާއްޖޭގައި އެއްވެސް ހައްގަކާއި ނުލައި މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންނަށް އިންސާފު ހޯދައިދެވޭނެ ހަމައެކަނި ކެންޑިޑޭޓަކީ ޖުމްހޫރީޕާޓީގެ ލީޑަރ އަދި ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ޕާލިމެންޓަރީ ގުރޫޕުގެ ޑެޕިއުޓީ ލީޑަރު އަލީ ހުސެއިން ވިދާޅުވެއްޖެއެވެ.
06 Sep 2023
އަލިފާނުގެ ހާދިސާ އާއި ގުޅިގެން ދެމީހުން ހައްޔަރު ކޮށްފި!
މިއަދު ހެނދުނު މާލޭގައި ހިނގި އަލިފާނުގެ ހާދިސާ އާއި ގުޅިގެން ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
06 Sep 2023
"ގާސިމަކީ މިހާރުވެސް ކުޑަކުޑަ ސަރުކާރެއް ހިންގަވާ ބޭފުޅެއް"
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އަކީ މީހާރުވެސް ކުޑަ ކުޑަ ސަރުކާރެއް ހިންގަވަމުން އަންނަ ބޭފުޅެއް ކަމަށް އެމަނިކުފާނުގެ ސްޕެޝަލް އެޑްވައިޒަރ ޑރ އަބްދުالله ޖިހާދު ވިދާޅުވެއްޖެއެވެ.
06 Sep 2023
"ޕީޕީއެމާއި، އެމްޑީޕީގެ ރައީސް ކަމަށް އަންނަން ނަގާނީ 1 އަހަރު"
އިދިކޮޅު އެންމެ ބޮޑު ޕާޓީ، ޕީޕީއެމާއި ވެރިކަންކުރާ މައި ޕާޓީ، އެމްޑީޕީއަށް މިއަދު ސޮއި ކުރެއްވި ނަމަވެސް އެ ދެޕާޓީގެ އެންމެ އުހާއި ހަމައަށް ދާން ނަގާނީ 1 އަހަރު ކަމަށް ޖުމްހޫރީޕާޓީގެ ލީޑަރ އަދި ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
06 Sep 2023
އިންނަމާދޫ އަދާލަތާއި އެމްޑީޕީ މެންބަރުން ތަކެއް ޕީޕީއެމަށް!
ރ. އިންނަމާދޫގައި އެމްޑީޕީ އުފެއްދުމަށް އެންމެ އިސްކޮށް އުޅުއްވި ތިން ބޭފުޅަކާއި، ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ ގިނަ އަދަދެއްގެ މެންބަރުން ތަކެއް އިދިކޮޅު ޕީޕީއެމްއާ ގުޅިއްޖެއެވެ.
06 Sep 2023
މާލެއާއި އަތޮޅުތެރެ ތަފާތެއް ނުކުރާނަށް: ގާސިމް
އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިޚާބު ކާމިޔާބު ވެ، ވެރިކަމަށް އިންތިޚާބު ވެ ވަޑައިގެންފި ނަމަ، މާލެއާއި އަތޮޅުތެރެ ތަފާތެއް ނުކުރައްވާނެ ކަމަށާއި ހުރިހާ ތަނަކަށްވެސް ގެންގުޅޭނީ ގެންގުޅޭނީ އެއްއަގެއް، އެއްއުސޫލެއް އަދި އެއްހަމައެއް ކަމަށް ޖުމްހޫރީޕާޓީގެ ލީޑަރ އަދި ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
06 Sep 2023
މާލޭ ފިހާރައެއްގައި ރޯވެ މުޅި ފިހާރަ އަނދާ ހުލި ވެއްޖެ
މާލޭގެ ފިހާރައެއްގައި ރޯވެ އެއްކޮށް އަނދައި ހުލިވެއްޖެ އެވެ.
05 Sep 2023
ޕާކިންގ ޖޫރިމަނާ ރައީސް ޞާލިހު މާފު ކޮށްދެއްވައިފި
2018 އިން 2023 އަށް މިހާތަނަށް ޕާކިންގ ސްޓިކަރ ޖޫރިމަނާގެ ތެރެއިން ދައުލަތަށް ނުލިބިވާ ފައިސާ މައާފުކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު މިއަދު ނިންމަވައިފިއެވެ.
05 Sep 2023
އިޔާޒުގެ ބައްޕަގެ ތައީދު ޑރ. މުޢިއްޒަށް
ސަރުކާރު ކޯލިޝަންގައި އޮތް އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ނާއިބު ރައީސް، ޑރ.މުހައްމަދު އިޔާޒް އަބްދުއްލަތީފުގެ ބައްޕަ، ކަޅުބެ އަބްދުއްލަތީފު ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އިދިކޮޅު ޕީޕީއެމް/ ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ތާއީދުކޮށް އެކަން ހާމަކޮށްފި އެވެ.
05 Sep 2023
އއ. އަތޮޅުގެ ފުރަތަމަ އެއާޕޯޓް މަތިވެރީގައި އަޅަން ވައުދުވެއްޖެ!
އއ. އަތޮޅުގެ ފުރަތަމަ އެއާޕޯޓް އެ އަތޮޅު މަތިވެރީގެ ފަޅު ހިއްކައިގެން އެ ތަނުގައި ހަދަން ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު މިއަދު ވައުދުވެވަޑައިގެންފި އެވެ.
05 Sep 2023
މިނިވަންކަމަށް ހުރަސް އެޅޭ މަޝްރޫއުއެއް ނަމަ ބޭރު ކުރާނަން
ރާއްޖޭގެ މިނިވަންކަމަށް ހުރަސް އެޅޭ ގޮތަށް އެއްވެސް މަޝްރޫއެއް އިންޑިއާގެ ކުންފުންޏަކާ ހަވާލުކޮށްފައިވާ ނަމަ އެ ކުންފުންޏެއް ރާއްޖެ އިން ބޭރުކުރަން ފަސްޖެހިވަޑައިނުގަންނަވާނެ ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
05 Sep 2023
ޢަލީ ރަމީޒުގެ ސުވާލެއް އަދާލާތަށާއި ދިވެހިންނަށް!
އެބައެއްގެ ލާދީނީ ކަމާމެދު އެހެން މީހުންނަށް އިންޒާރު ދިނުމަށްފަހު، އެ މީހުންގެ ދިފާއުގައި، އެމީހުންނަށްޓަކައި މަރުދޭން ޖެހޭނެ ކަމަށް ގަބޫލު ކުރާނީ ކާކުތޯ ދާރިސް ޓީވީ ގެ ސްޓޭޝަން މެނޭޖަރު ޢަލީ ރަމީޒު ސުވާލު ކުރައްވައިފިއެވެ.
05 Sep 2023
މިރޭ މާލޭގައި ހަވާ އަރުވަނީ!
މިރޭ މާލޭގައި ހަވާ އެރުވުމަށް ހަމަޖެހިއްޖެއެވެ.
05 Sep 2023
ޖަލު އޮފިސަރުން، ބޮޑީވޯން ކެމެރާ ބޭނުންކުރަން ފަށައިފި
ކަރެކްޝަންސް ގެ އޮފިސަރުން ރަސްމީކޮށް ބޮޑީ ވޯން ކެމެރާ ބޭނުން ކުރަން ފަށައިފިއެވެ.
05 Sep 2023
އަދާލަތުގެ 15 ޝެއިޚުންގެ ތެރެއިން ރައީސަށް ތާއީދު ކުރީ 5!
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ދިވެހިރާއްޖޭގެ ގިނަ ދީނީ އިލްމުވެރިން ހިމެނޭ ޖަމިއްޔާ، އިލްމުވެރިންގެ ގުޅުމުން ތާއިދުކުރާނެ ކެންޑިޑޭޓެއް ކަނޑައެޅުމަށް ނެގި ވޯޓުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހަށް ތާއީދު ކުރެއްވީ އެންމެ 5 އަދާލަތުގެ ޝެއިޚުން ކަން ހާމަވެއްޖެއެވެ.
05 Sep 2023
ދެވިހިފުން ތަކުން ދުރުވާނެ "ޕްރެކްޓިކަލް ޓިޕްސް" ލިބޭ ޕްރޮގްރާމެއް!
އެޑިކްޝަންސް ނުވަތަ އެކި ކަންކަމަށް ދެވި ހިފުމުން، ދުރުހެލިކުރުވުމަށް އެހީވުމަށް ޕީސް ފައުންޑޭޝަން ގެ ފަރާތުން ހިންގާ ޑީނޭޖަރ ޕްރޮގްރާމް ގައި ބައިވެރި ވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
05 Sep 2023
ގާސިމްގެ 'މާފަންނު ވިލާ'ގެ ސާދާ ކަމުގައި ފޮރުވިފައިވާ ސިއްރު!
ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި އެޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ދިރިއުޅުއްވާ މާފަންނު ވިލާ ގެއިން އެމަނިކުފާނުގެ އިންތިހާބީ އޭޖެންޓް އަލީ ވަހީދަށް ފެނިވަޑައިގެންނެވި ސާދާ ކަމާއި، އެ ސާދާ ކަމުގެ ފަހަތުގައި ފޮރުވިފައިވީ ހަގީގަތް ކިޔައިދެއްވައިފިއެވެ.
05 Sep 2023
ގާސިމަކީ މި ގައުމަށް ލިބުނު ރަން މުތެއް: ޢަލީ
ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް އަކީ ދިވެހިރާއްޖެއަށް ލިބުނު ރަންމުތެއް ފަދަ ބޭފުޅެއް ކަމަށް، އެމަނިކުފާނުގެ އިންތިޚާބީ އޭޖެންޓް، އަދި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.
05 Sep 2023
"ޕީޕީއެމާ އެމްޑީޕީ އަކީ ޚިޔާނާތްތެރިން ކަމެއް ކުރިން ނޭނގޭ"
ޕީޕީއެމްގެ ސަރުކާރެއް، އަދި އެމްޑީޕީގެ ސަރުކާރެއް ދެ ފަހަރު ގެންނަން މަސައްކަތް ކުރައްވައި އެކަން ކުރެއްވި ކަމަށާ އެހެން ނަމަވެސް، އެކަން ކުރެއްވި އިރު، އެއީ "އެހާ ބޮޑު ހިޔާނާތްތެރިކަން" އޭރު އެނގިވަޑައިނުގަންނަވާ ކަމަށް، ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
05 Sep 2023
ގާސިމް، ނައިބު ރައީސްގެ ބައްޕާފުޅާ ބައްދަލު ކުރައްވައިފި
ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހީމް ނައިބު ރައީސް ފައިސަލް ނަސީމްގެ ބައްޕާފުޅު އަހުމަދު ނަސީމްއާ ރޭ ބައްދަލު ކުރައްވައިފިއެވެ.
04 Sep 2023
ނަޝީދާއި ދެކޮޅަށް އަޑު އުފުލުމުން، މަގު މަތިން ނަން އިއްވައިފި!
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ދެކޮޅަށް އަޑު އުފުލި މީހުން ތަކެއްގެ ނަން އިއްވައިފިއެވެ.
04 Sep 2023
"ސަރުކާރުން ކަލަ ގޮވާކަމަށް ނުވަންޏާ ގާސިމް ގޮވާކަމަށްވެސް ނުވާނެ"
ސަރުކާރުން ރައްޔިތުންގެ ޖީބުން ފައިސާ ނަގައިގެން ކުރާ ކަންކަމުގެ ވާހަކަ ކެންޕެއިން ތެރެއިން ދެއްކުމުން، އެއީ ކަލަ ގޮވުން ކަމުގައި ނުވާ ނަމަ، ޖުމްހޫރީޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ކޮށްދީފައިވާ ކަންކަމުގެ ވާހަކަ ދެއްކުމުން އެއީވެސް ކަލަ ގޮވުން ކަމުގައި ނުވާނެ ކަމަށް، އެމަނިކުފާނުގެ ރަނިންމޭޓް ޑރ. އަމީން އިބްރާހިމް ވިދާޅުވެއްޖެ އެވެ.
04 Sep 2023
ވައިކަރަދޫ ސަރަހައްދުގައި ކާގޯ ފެރީގެ ނިޒާމެއް ގާއިމުކުރާނަން
ހދ. ވައިކަރަދޫގެ ދަނޑުވެރިން ހައްދާ ތަކެތި ތާޒާކަމާއެކު ތަންތަނަށް ވިއްކަން ފޮނުވޭގޮތަށް ކާގޯ ފެރީގެ ހިދުމަތް ފައްޓަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.
04 Sep 2023
ޕީޕީއެމު މެނިފެސްޓޯގައި ލަންކާ ދިރިއުޅޭ ދިވެހިންން ކަންތަކެއް!
ޕީޕީއެމް/ޕީއެންސީގެ ރީޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުޢިއްޒު ގެ ރިޔާސީ މެނިފެސްޓޯ ގައި، ސްރީލަންކާގައި ދިރިއުޅެމުންދާ، ދިވެހިންނަށް ހުރިކަންކަން ޢިއުލާން ކޮށްފި އެވެ.ނ
04 Sep 2023
"ސިފްކޯހިޔާ" ފްލެޓްތައް ނިންމައި, ފުލެޓްތައް ދައްކާލައިފި
ސިފައިންނާއި ސިފައިންގެ ޢާއިލާތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދެއްވުމުގެ ގޮތުން މީގެ 10 އަހަރުކުރިން ފެށި "ސިފްކޯ ހިޔާ" މަޝްރޫޢު ނިންމައި، އެތަން ސިފައިންނާއި ސިފައިންގެ ޢާއިލާތަކަށް ދައްކާލައިފިއެވެ.
04 Sep 2023
ހިއްކުމަށް ހަމަޖެހިފައިވާ ސަރަހައްދުން އުޅަނދުތައް ނަގަން އެދިއްޖެ!
ހުޅުމާލޭގައި އަލަށް ހިއްކުމަށް ހަމަޖެހިފައިވާ ސަރަހައްދުގެ މަސައްކަތްތައް ފެށުމަށް އެ ސަރަހައްދުގައި ހުރި އުޅަނދުތައް ނެގުމަށް އާބަންކޯއިން އެދިއްޖެ އެވެ.
04 Sep 2023
"ލިސްޓުގައި ނަން އޮތް މީހުންނަށް ފަސޭހައިން ތަޅުދަނޑި ލިބޭނެ"
ފުލެޓް ލިސްޓުގައި ނަން ހިމެނިފައިވާ ހުރިހާ ފަރާތްތަކުންވެސް، ގެރެންޓަރ ފޯމް، ގެރެންޓަރ ކުރެޑިޓް ރިޕޯޓް އަދި ޕާސަނަލް ކުރެޑިޓް ރިޕޯޓް ހުށައެޅުވުމުން ކަނޑައެޅިފައިވާ އުސޫލުތަކުގެ މަތިން ފުލެޓް ގެ ތަޅުދަނޑި ހަވާލު ކުރެވިގެން ދާނެ ކަމަށް އާބަންކޯއިން ބުނެފިއެވެ.