ޚަދީޖާ އަރުފާ
އެސޯސިއޭޓް އެޑިޓަރ
ޚަދީޖާ އަރުފާ
09 Jul 2023
ރައީސް ޞާލިހުގެ ގިނަ ވައުދު ތަކެއް ނޫމަރާއަށް!
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު އިތުރު ދައުރަކަށް އިންތިހާބުވެ ވަޑައިގެންފި ނަމަ, އެ ދައުރުގެ 5 އަހަރުތެރޭ، ނޫމަރާގައި، ގިނަ ކަންތައްތަކެއް ކޮށްދެއްވާނެ ކަމަށް ވައުދުވެވަޑައިގެންފިއެވެ.
09 Jul 2023
"އިންތިހާބާއި ދިމާކޮށް ދުލަށް އައިހާ ވަޢުދެއްވުމަކީ ޑިކްޓޭޓަރުންގެ އުކުޅެއް"
އިންތިހާބާއި ދިމާކޮށް ފިކުރެއްހިޔާލެއްނެތި ދުލައްއައިހާ ވަޢުދެއްވަމުން ދިއުމަކީ އަނިޔާވެރި ޑިކްޓޭޓަރުންގެ ގެންގުޅޭ އުކުޅެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
09 Jul 2023
ރާއީސް ޞާލިހުގެ ކެންޕެއިން ޓީމު ނޫމަރާއަށް ވަޑައިގެންފި!
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ށ އަތޮޅަށް ކުރައްވާ އެމަނިކުފާނުގެ ރިޔާސީ ކެމްޕޭނު ދަތުރުފުޅުގެ ތިންވަނަ މަންޒިލް، ށ. ނޫމަރާއަށް ވަޑައިގެންފި އެވެ.
09 Jul 2023
"ރަށުން ފެންނަ އަމާންކަމަކީ ރައީސް ގެންނަވާފައިވާ ހެޔޮ ބަދަލު"
ރަައީސުލްުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙުގެ ރިޔާސީ ކެންޕެއިންގެ ތެރެއިން ށ. ކޮމަންޑޫ ވަޑައިގެންނެވިއިރު، އެރަށުން ފެނިގެން ދިޔައީ އެމަނިކުފާނުގެ ވެރިކަމުގައި ގެންނެވި ހެޔޮ ބަދަލު ކަމަށް ފޮރިން މިނިސްޓަރު އަބްދުالله ޝާހިދު ވިދާޅުވެއްޖެއެވެ.
07 Jul 2023
މާލޭގައި ވޯޓު ލާފައިވާ މީހުން ރީ-ރަޖިސްޓީ ކުރަން ނުޖެހޭނެ!
އެންމެ ފަހުން ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓްލާން މާލެއަށް ރަޖިސްޓްރީކޮށްފައިވާ މީހުން ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް އަލުން ރީ-ރަޖިސްޓްރީ ކުރަން ނުޖެހޭ ގޮތަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ނިންމައިފި އެވެ.
07 Jul 2023
ރައީސް ޞާލިހުގެ ކެމްޕޭނަށް މާލޭގައި ދޮރުން ދޮރަށް ހިނގަނީ
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙުގެ ކެމްޕޭނަށް މާލޭގެ މާފަންނު މެދުދާއިރާގެ ގެތަކަށް ދޮރުންދޮރަށް ހިނގަން މިއަދު ފަށާނެ ކަމަށް އެ ޕާޓީން ބުނެފި އެވެ.
07 Jul 2023
ހަނިމާދޫއިން، ފަތުރުވެރިކަމަށް 12 ބިން ދޫކުރަން ނިންމައިފަ
ހަނިމާދޫ ޓޫރިޒަމް ޒޯނުގައިހުރި ބައެއްބިންތަށް ޓޫރިޒަމް ވިޔަފާރިއަށް ކުއްޔަށް ދޫކުރުމަށް ހުޅުވާލައިފިއެވެ.
07 Jul 2023
ދައުރުން ބޭރުން އިތުރު ޖަލްސާއެއް ބާއްވަން އެޖެންޑާ ކޮށްފި!
ރައްޔިތުންގެ މަޖިލިހުގެ ދައުރުން ބޭރު އިތުރު ޖަލްސާއެއް އަންނަ ހޯމަ ދުވަހަށް ތާވަލްކޮށްފިއެވެ.
07 Jul 2023
"ލާ ފޭރާމުގެ ސަބަބުން ބޮޑާކަމުގެ ޝިކާރައަކަށް ތިބާ ވެގެން ނުވާނެ"
ސާފު ރީތި ފޭރާންލުމަކީ މުހިންމު ކަމެއް ނަމަވެސް އެފޭރާމުގެ ސަބަބުން އޭނާ ކަންދެއްކުމާއި، ބޮޑާކަމުގެ ޝިކާރައަކަށް ވެގެންނެއް ނުވާނެ ކަމަށް ޚުތުބާގައި ބުނެފިއެވެ.
07 Jul 2023
"ވަން ސެންޓްރަލް ޕާކް" މަޝްރޫއު ނިންމައި ތަޅުދަނޑި ހަވާލުކޮށްފި
ދެ އަހަރުތެރޭ "ވަން ސެންޓްރަލް ޕާކް" މަޝްރޫއު ނިންމާ އެޕާޓްމެންޓްތަކުގެ ތަޅުދަނޑި ހަވާލުކޮށްފިއެވެ.
07 Jul 2023
ޙައްޖުވެރިންގެ ފުރަތަމަ ގްރޫޕް ރާއްޖެ އައިސްފި!
1444 ވަނަ އަހަރު ޙައްޖުގެ މަތިވެރި އަޅުކަން ނިންމުމަށްފަހު، ދިވެހި ޙައްޖުވެރިން ރާއްޖެ އަންނަން ފަށައިފިއެވެ.
07 Jul 2023
ޓުވިޓާއިން މެޓާއާއި ދެކޮޅަށް ދައުވާ ކުރާނެ ކަމުގެ އިންޒާރު
މެޓާއިން އަލަށް އުފެއްދި، ޓުވިޓާ އާއި ދާދި އެއްގޮތް "ތްރެޑްސް" އެޕްލިކޭޝަނާއި ގުޅިގެން ޓުވިޓާއިން މެޓާއާއި ދެކޮޅަށް ދައުވާ ކުރާނެ ކަމުގެ އިންޒާރެއް ދީފައިވާ ކަމަށް ރިޕޯޓްތަކުން ބުނެފިއެވެ.
07 Jul 2023
ރެސިޕީ: އެވަކާޑޯ ސްމޫތީ
ހެނދުނު ސަޔަށް އެވަކާޑޯ ސްމޫތީ އެއް ބުއިލުމުން ދުވަސް ފެށިގެންވެސްދާނީ ސިއްހަތަށް ފައިދާ ހުރި ބުއިމަކުންނެވެ. އެވަކާޑޯ ސްމޫތީ އަކީ ތައްޔާރު ކޮށްލަންވެސް ވަރަށް ފަސޭހަ ބުއިމެކެވެ.
06 Jul 2023
"އިސްތިއުނާފް ނުނިމުނަސް ޔާމީންގެ ކެންޑިޑެސީ ފޯމް ހުށަހަޅާނަން"
ހައި ކޯޓުގައި ކުރިއަށްދާ, ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމް ގެ އާރަށު އިސްތިއުނާފްގެ މައްސަލަ ނުނިމުނަސް އެމަނިކުފާނު ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވުމަށް ކެންޑިޑެސީ ފޯމް ހުށަހަޅުއްްވާނެ ކަމަށް އިދިކޮޅު ކޯލިޝަން ހިންގެވުމާއި ހަވާލުވެ ވަޑައިގެން ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުالله (އަދުރޭ) މިއަދު ވިދާޅުވެއްޖެ އެވެ.
06 Jul 2023
އދ.ދިއްދޫ ރައްޔިތުން ނުކުމެ އެރަށު ކައުންސިލް ބަންދުކޮށްފި!
އދ ދިއްދޫ ބަނދަރުގެ ހާލަތު ގޯސްވެ ރައްޔިތުންނަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާތީ އެކަމާއި، އެރަށުގެ ރައްޔިތުން އިހުތިޖާޖު ކޮށް ކައުންސިލް ބަންދުކޮށްފި އެވެ.
06 Jul 2023
މިއަދުވެސް ހައްޖާޖީއަކު ނިޔާވެއްޖެ!
ދިވެހިރާއްޖެއިން ހައްޖުގެ އަޅުކަން އަދާކުރުމަށް ދިޔަ ހައްޖާޖީއަކު މިއަދުވެސް ނިޔާވެފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
06 Jul 2023
ފެން ބިލްގެ ޖޫރިމަނާ މަޢާފް ކޮށްދިނުމުގެ ޕްރްގްރާމެއް ފަށައިފި
ކަސްޓަމަރުންނަށް ބިލްތައް އަދާކުރުމަށް ލުއިފަސޭހަ މަގެއް ފަހިކޮށްދިނުމުގެ ގޮތުން އެމް.ޑަބްލިޔު.އެސް.ސީގެ ފަރާތުން، ބިލުގެ ޖޫރިމަނާ މަޢާފުކުރުމުގެ އިތުރު ޕްރޮގްރާމެއް ފަށައިފިއެވެ.
06 Jul 2023
"ގައުމީ ލީޑަރަކާ ލާހޫރޭ ލީޑަރެއްގެ ތަފާތު ވަަރަށް ބޮޑުވާނެ"
ގައުމީ ލީޑަރަކާ "ލާހޫރޭ" ލީޑަރެއްގެ ތަފާތު ވަަރަށް ބޮޑުވާނެ ކަމަށް ބުނެ ޕީޕީއެމްގެ ހަރަކާތު ކޮމިޓީގެ ޗެއާރ މުހައްމަދު އިސްމާއިލް ބަހުގެ ހަމަލާތަކެއް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކުރައްވައިފިއެވެ.
06 Jul 2023
ގައުމު ސަލާމަތް ކުރެވޭނީ ރައީސް ޔާމީނަށް: އަދުރޭ
އިދިކޮޅު ރިޔާސީ ކެންޑިޑޭޓް، ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމް ނޫން ލީޑަރަކަށް މި ގައުމު ސަލާމަތް ކުރެވޭނެ ކަމަށް ރައްޔިތުން މިއަދު ގަބޫލު ނުކުރާ ކަމަށް އިދިކޮޅު ކޯލިޝަން ހިންގުމާއި ހަވާލުވެ ވަޑައިގެން ހުންނެވި އަބްދުއްރަހީމް އަބްދުالله ވިދާޅުވެއްޖެ އެވެ.
06 Jul 2023
"އީސީން ވަނީ މި ޕާޓީގެ މެންބަރުންގެ ޖުމްލަ ޢަދަދު އޮޅުވާލާފައި"
މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމް.އާރް.އެމް)ގެ ދަފްތަރުގައިވާ ޢަދަދުކަމަށްބުނެ އިލެކްޝަންސް ކޮމިޝަނުން އިޢުލާން ކޮށްފައިވަނީ އެ ޕާޓީގެ މެންބަރުންގެ ޖުމްލަ ޢަދަދު އޮޅުވާލައި މެންބަރުން އުނިކޮށްގެން ކަމަށް އެމްއާރްއެމް އިން ބުނެފި އެވެ.
06 Jul 2023
މާލޭގެ މޭޔަރު މުއިއްޒަށް ނޫނީ ގޯތި ނުދެވޭނެ: ރައީސް ނަޝީދު
މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޑރ މުހައްމަދު މުއިއްޒު ނޫން އެހެން އެއްވެސް ބޭފުޅަކަށް މާލޭ ރައްޔިތުންނަށް ގޯތި ދިނުމުގެ ގާނޫނީ ހައިސިއްޔަތު ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
05 Jul 2023
މަހިބަދޫ މުދާ އުފުލާ ދޯނި އެއްކޮށް އަޑިއަށް ގޮސްފި!
މާލެއިން ފުރައިގެން އދ.މަހިބަދޫއަށް ދަތުރުކުރަމުންދިޔަ މުދާ އުފުލާ ބޯޓު، އެއްކޮށް އަޑިއަށްގޮސްފައިވާ ކަަމަށް ފުލުހުން ބުނެފިއެވެ.
05 Jul 2023
މަހިބަދޫއަށް ދަތުރުކުރަމުންދިޔަ މުދާ އުފުލާ ބޯޓެއް އަޑިއަށް ދަނީ!
މާލެއިން ފުރައިގެން އދ.މަހިބަދޫއަށް ދަތުރުކުރަމުންދިޔަ މުދާ އުފުލާ ބޯޓެއް އަޑިއަށްދާތީ ފުލުހުން ހަރަކާތްތެރިވާން ފަށައިފިއެވެ.
05 Jul 2023
ލޯންޗެއްގައި ބެޓެރީއެއް ގޮވައި 6 މީހަކަށް އަނިޔާވެއްޖެ!
ރ.އަތޮޅު އުނގޫފާރުން މާލެއަށް ދަތުރުކުރި ފެރީ ލޯންޗުގައި ބެޓެރިއެއް ގޮވުމުގެ ސަބަބުން 6 މީހަކަށް އަނިޔާވެއްޖެއެވެ.
05 Jul 2023
އިހަވަންދޫ، ޗާލު ކޮމިޔުނިޓީ ސެންޓަރުގެ ފޮޓޯތައް ދައްކާލައިފި!
މިސަރުކާރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަރައްގީ ކުރަމުންގެންދާ ޒަމާނީ ކޮމިއުނިޓީ ސެންޓަރުތަކުގެ ތެރެއިން ހއ. އިހަވަންދޫގައި ގާއިމްކުރެވޭ މަރުކަޒުގެ ފޮޓޯތައް، ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ދައްކަވާލައްވައިފިއެވެ.
05 Jul 2023
އަންހެން ފުލުހަކަށް ގެވެށިއަނިޔާ ކުރި މައްސަލައެއް ބަލަނީ!
އަންހެން ފުލުހަކަށް ގެވެށިއަނިޔާކުރި މައްސަލައެއް ހުށަހެޅުމާ ގުޅިގެން އެމައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން ތަހުގީގުކުރަމުންދާ ކަމަށް އެ ޚިދުމަތުން ބުނެފިއެވެ.
05 Jul 2023
"ނިޔާވި ކަމަަށް ޝަކުވާއައި މީހުންގެ ތެރެއިން ކަށަވަރު ކުރެވުނީ 267 މީހުން"
ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ލިސްޓު އާއްމު ކޮށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލެވުނު ފުރުސަތުގައި، ލިސްޓުގައި ހުރި މީހުންގެ ތެރެއިން 465 މީހުން، ނިޔާވެފައިވާ ކަމަށް ޝަކުވާ ލިބުނު ކަމަށާ، އެހެން ނަމަވެސް، އޭގެ ތެރެއިން ކަށަވަރު ކުރެވުނީ 267 މީހުން ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
05 Jul 2023
"ރެޖިސްޓްރީ ވެފައި އޮންނާނީ އެ މީހެއް ނިސްބަތްވާ ދާއިރާއަށް"
ސެޕްޓެމްބަރު މަހުގައި އޮންނަ ރިޔާސީ އިންތިހާބުގައި އެމީހަކު ރެޖިސްޓްރީ ވެފައިވާނީ، ރަށްވެހިވެފައިވާ ދާއިރާ އަށް ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
05 Jul 2023
"ކޮންމެ ކުއްޖަކަށް ލިބުނީ ދެލައްކަ އަށްވުރެ ބޮޑު ދަރަންޏެއް"
އުފަންވާ ކޮންމެ ކުއްޖަކަށް ހަދިޔާ ފޮއްޓެއް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވެލެެއްވި ވައުދު ނުފުއްދުނު ކަމަށާއި، ދައުރު ނިމެނޭއިރު ކޮންމެ ކުއްޖަކަށް ލިބުނީ ބޮޑު ދަރަންޏެއް ކަމަށް އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެއެވެ.
05 Jul 2023
"ގަލޮޅު ދަނޑުގެ މަސައްކަތް ނިންމާނީ ރައީސް ޞާލިހުގެ ވެރިކަމުގައި"
ދިވެހިރާއްޖޭގެ ގައުމީ ފުޓްބޯޅަ ސްޓޭޑިއަމް، ގަލޮޅު ދަނޑު، ތަޅާލުމަށްފަހު، އައު ފުޓްބޯޅަ ދަނޑެއް އެޅުމުގެ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ މިދައުރުގެ ތެރޭގައި ފެށޭނެ ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.