ޚަދީޖާ އަރުފާ
އެސޯސިއޭޓް އެޑިޓަރ
ޚަދީޖާ އަރުފާ
20 Oct 2023
"ކެންޕެއިންގައި ދެއްކި އެކުވެރިކަން ސަރުކާރު ދެމެހެއްޓުމަށް ދައްކައިދެއްވާ"
މިއަހަރުގެ ރިޔާސީ އިންތިޚާބު، ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ކާމިޔާބު ކުރުމަށް ކެމްޕެއިން ޓީމްތަކާއި ސަޕޯޓަރުން އެކުވެރިކަމާއިއެކު މަސައްކަތް ކުރި ފަދައިން، ސަރުކާރު ދެމެހެއްޓުމަށް ވެސް މަސައްކަތް ކޮށްދެއްވުމަށް އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފިއެވެ.
20 Oct 2023
އިސްރާއީލު މީހުން ރާއްޖެއާމެދު ސަމާލު ވުމަށް އެދިއްޖެ!
ހައްދުފަހަނައަޅާފައިވާ އިސްރާއިލްގެ ޔަހޫދީން ފަލަސްޠީނުގައި ހިންގަމުންދާ ޖަރީމާތައް ކުށްވެރިކޮށް، ދިވެހިރާއްޖެއިން އިސްރާއިލާ ދެކޮޅަށް ނުކުމެފައިވާކަން އެނގި، ދިވެހި ރާއްޖެ އައުމުގައި އިސްރާއިލް ޕާސްޕޯޓް ހުރި މީހުން ސަމާލުވުމަށް އެޑްވައިޒަރީ ނެރެފިއެވެ.
20 Oct 2023
ރެސިޕީ: ޕެޝަން މެންގޯ މޫސް
މި ހުކުރު "ވޮއިސް" ގެ ބަދިގެއިން މި ގެނެސްދެނީ ފޮނި އެއްޗެހި ކެއުމަށް ޝައުގުވެރިކަން ހުންނަ މީހުން ނުކައި ދޫކޮށްލާ ވަރުގެ އެއްޗެއް ނޫނެވެ. މިއީ ތައްޔާރު ކޮށްލަން ފަސޭހަ، އަނގަޔަށް އެހާމެ މީރު ޑެޒާޓެކެވެ.
19 Oct 2023
"އިނގިރޭސިވިލާތް އޮތީ އިޒްރޭލުގެ ޔަހޫދީންނާ އެކު!"
ފަލަސްތީނުގެ ބިންތަކަށް ގަދަކަމުން ވެރިވެ، އެތަނުގައި ވަކި ދައުލަތެއް އުފައްދައި ވަޒަންވެރިވެފައިވާ އިސްރާއީލްގެ ހައްދުފަހަނައަޅާފައިވާ ޔަހޫދީން ފަލަސްޠީނާއި ދެކޮޅަށް ހިންގަމުންދާ ލާ އިންސާނީ ޖަރީމާތަކަށް ތައީދުކޮށް، އެ މައްސަލާގައި އިނގިރޭސިވިލާތުގެ ތާއީދު އޮތީ އިސްރާއީލަށް ކަމަށް އެގައުމުގެ ބޮޑުވަޒީރު ރިޝީ ސުނަކު ބުނެފި އެވެ.
19 Oct 2023
"އެއާޕޯޓްގެ އާ ޓާމިނަލް އަންނަ އަހަރަށް ނިންމުމަކީ އަމާޒެއް"
އަމާޒަކީ، އެތައް އަހަރެއް ވަންދެން މަޑުޖެހިފައި އޮތް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގައި ތަރައްގީ ކުރާ އާ ޓާމިނަލްގެ މަސައްކަތް އަންނަ އަހަރުގެ ޕީކް ސީޒަނަށް ނިންމެވުން ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
19 Oct 2023
ދިވެހީންގެ ފަރާތުން ފަލަސްޠީނަށް އެއްލައްކަ ޑޮލަރު ބަހައިފި!
ދިވެހިންގެ ފަރާތުން ފަލަސްތީނުގައި ހާލުގައި ޖެހިފައިވާ ޢާއިލާ ތަކަކަށް އެހީތެރިވުމަށް އެއް ލައްކަ ޑޮލަރު ބަހައިފިއެވެ.
19 Oct 2023
އުރީދޫއިން ޕީއެސްޖީ މެޗެއް ބަލުމުގެ ފުރުސަތު!
އުރީދޫ މޯލްޑިވްސްގެ ޕްރިމިއަމް ޕާޓްނަރު ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އާއި ގުޅިގެން ހާއްސަ ލަކީޑްރޯއެއް ފަށައިފި އެވެ.
19 Oct 2023
ކަނޑުމަތިން މަރުވެފައިއޮތް މީހެއް ފެނިއްޖެ!
ދޫނިދޫ އާއި ފުނަދޫއާ ދޭތެރޭ ކަނޑުމަތިން މަރުވެފައިއޮތް މީހެއްގެ ހަށިގަނޑު ފެނިއްޖެއެވެ.
19 Oct 2023
ރާއްޖޭގެ ބޭނުންކުރެވޭ ރިޒާވް މިހާރު އެއްކޮށް ހުސްވަނީ: ސައީދު
ރާއްޖޭގެ ބޭނުން ކުރެވޭ ރިޒާވް މިހާރު ދަނީ އެއްކޮށް ހުސްވަމުން ކަމަށް ރައްޔިތުންގެ މަޖިލިހުގެ މާވަށު ދާއިރާގެ މެމްބަރު އަދި އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަރާތްޕުޅުން އަންނަ އަހަރުގެ ބަޖެޓު އެކުލަވާލުމަށް ހެދި ކޮމިޓީގެ ޗެއާކަން ކުރައްވަމުންދާ މުހައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
18 Oct 2023
ބީއެމްއެލްގެ އާ ކާޑުތަކުން ރެދަނާއި މުރަކައިގެ ރީތިކަން!
ރާއްޖޭގެ ގުދުރަތީ ރީތިކަން ދައްކުވައިދޭ އަދި ރީސައިކަލްކޮށްފައިވާ މެޓީރިއަލްގައި ޕްރިންޓްކޮށްފައިވާ އައު ކާޑު ރޭންޖެއް ބޭންކް އޮފް މޯލްޑިވްސް އިން ތައާރަފްކޮށްފިއެވެ.
18 Oct 2023
ފަލަސްތީނަށްޓަކައި ކޮންމެ ނަމާދެއްގައި ގުނޫތު ކިޔަން އަންގައިފި!
ފަލަސްތީނުގެ ރައްޔިތުންނަށް ރައްކާތެރިކަމާއި ސަލާމަތްކަން ދެއްވުން އެދި މާތް الله ގެ ހަޟުރަތުގައި ދެންނެވުމަށް ކޮންމެ ނަމާދެއްގައިވެސް ގުނޫތު ކިޔަން އިސްލާމިކް މިނިސްޓްރިން މިއަދު އަންގައިފި އެވެ.
18 Oct 2023
ދަރިމައިވުމުގެ މައްސަލަތަކާ ގުޅޭ ގަރާރު ފާސްކޮށްފި
ދަރިމައިވުމުގެ މައްސަލަތަކަށް އާސަންދަ ސްކީމުން ހަރަދުކޮށްގެން ފަރުވާ ދެވޭނެ ގޮތް ހަމަޖެއްސުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް ހުށަހެޅުއްވި ގަރާރު މިއަދު ފާސްކޮށްފި އެވެ.
18 Oct 2023
ނަޝީދަށް ޖަވާބުދާރީވާން 30 މިނެޓް ދޭން ނިންމައިފި!
މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ޖަވާބުދާރީވާން ރައީސް މުހައްމަދު ނަޝީދަށް 30 މިނެޓު ދިނުމަށް މަޖިލީހުގެ އާންމު ކޮމިޓީއިން ނިންމައިފިއެވެ
18 Oct 2023
ބައިޑަން، ފަލަސްޠީން އަތުން ފޭރިގެންފައިވާ ބިމަށް!
ހައްދުފަހަނައަޅާފައިވާ އިސްރާއީލްގެ ސިފައިން، ފަލަސްޠީނުގައި ހިންގަމުންދާ ލާ އިންސާނީ ޖަރީމާތަކަށް ހިތްވަރުދީ، އިސްރާއީލްއަށް ތާއީދު ކުރާކަން ހާމަކުރުމަށް، އެމެރިކާގެ ރައީސް ޖޯއީ ބައިޑެން، ފަލަސްޠީނުގެ އަތުން ގަދަކަމުން ފޭރިގެން ޔަހޫދީން ދިރިއުޅެމުންދާ ބިމަށް އަތުވެއްޖެއެވެ.
18 Oct 2023
ރާއްޖޭގެ ހުރިހާ ރަށެއްގެ ރައްޔިތުންގެ ބޮޑު އެއްވުމެއް!
ފަލަސްޠީނަށް ގަދަކަމުން ވެރިވެގެންފައިވާ ހަރުކަށި ޔަހޫދީން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގެ ތެރެއިން ރޭ ފަލަސްތީނުގެ އަލް އަހްލީ ހޮސްޕިޓަލަށް ދިން ޓެރެރިސްޓް ހަމަލާ ކުށްވެރިކޮށް، އަރަބި ގައުމަތަކާއި މުސްލިމް ހުރިހާ ގައުމަކުން މަގުތަކަށް ނުކުމެ އިހްތިޖާޖު ކުރުމަށް ފަލަސްޠީނުން ގޮވާލި ގޮވާލުމަށް ރާއްޖެއިން އިޖާބަދީފިއެވެ.
18 Oct 2023
އެއްވެ އުޅުމުގެ ބިލްގެ މަސައްކަތް އަލުން ފަށައިފި!
'ސުލްހަވެރިކަމާ އެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނުގައި ހިމެނޭ، އާންމު ތަންތަނުގައި އެއްވެ އުޅުން މަނާކުރާ މާއްދާ އުވާލަން، ރައްޔިތުންގެ މަޖިލީހަށް 2019 ވަނަ އަހަރު ހުށަހެޅި ބިލުގެ މަސައްކަތް، ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން ފަށައިފި އެވެ.
18 Oct 2023
ފެނަކައިގެ ކޭޝް ފްލޯއަށް ކުރާ އަސަރު ބަލަން ޖެހޭ: ނިޔާޒު
އާއްމުން ފެނަކަ ކޯޕަރޭޝަނުގެ ބިލް ތަކަށް ފައިސާ ނުދައްކައިގެން އެ ކުންފުނީގެ ކޭޝް ފްލޯ ނުވަތަ އާމްދަނީ އަށް ކުރާ އަސަރު ބަލަންޖެހޭ ކަމަށް ހުޅުމާލެ ދާއިރާގެ އެމްޑީޕީ މެމްބަރު އަލީ ނިޔާޒު ވިދާޅުވެއްޖެއެވެ.
18 Oct 2023
ފެނަކައިގެ 71.9 މިލިއަން ރުފިޔާގެ ކޮރަޕްޝަން އޭސީސީގައި
ދައުލަތުގެ ޔުޓިލިޓީ ކުންފުނި ފެނަކަ ކޯޕަރޭޝަނަށް ތުހުމަތުކުރެވޭ ގާތްގަނޑަކަށް 72 މިލިއަން ރުފިޔާގެ ކޮރަޕްޝަން މައްސަލަތައް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅާފައިވާ ކަމަށް ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވިދާޅުވެއްޖެ އެވެ.
18 Oct 2023
"ފެނަކައިގެ ސަބަބުން އެސްޓީއޯ ވެސް ބަންގުރޫޓް ވަނީ"
ފެނަކައިން ދަރާފައިވަނީ ހަމައެކަނި ކުދި ކުންފުނި ތަކަށް ނޫން ކަމަށާ، އެކުންފުނިން އެސްޓީއޯއަށްވެސް ތެލުގެ ފައިސާ ދެއްކި ދުވަހެއްވެސް އެނގިނުލައްވާ ކަމަށް ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ވިދާޅުވެއްޖެ އެވެ.
18 Oct 2023
"ދައުލަތުން ފައިސާ ނުދިނީމާ ދައުލަތްވެސް ޖޫރިމަނާ ކުރަންޖެހޭ""
ދައުލަތުން ރައްޔިތުން ލައްވާ މަސައްކަތް ކުރުވާފައި، އެ ފައިސާ ނުދިނުމުން، ދައުލަތް ޖޫރިމަނާ ވާގޮތަށް ގާނޫނެއް ހެދުމަށް ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރު ގޮވާލައްވައިފިއެވެ.
17 Oct 2023
6 ދުވަހުން ޣައްޒާއަށް 6000 ބޮން!
ފަލަސްޠީނުގެ ބިންތަކަށް ގަދަކަމުން ވެރިވެގެން ދިރިއުޅެމުންދާ ހައްދުފަހަނައަޅާފައިވާ އިސްރާއީލުން ހިންގަމުންގެންދާ ގަތުލު އާއްމުގައި ފަލަސްޠީނަށް 6 ދުވަހުގެ ތެރޭގައި 6000 ބޮން އަޅާފައިވާކަން ހާމަވެއްޖެއެވެ.
17 Oct 2023
މަހާޒް ލިޔުއްވި ޤުރުއާނުގެ ތަފްސީރުގެ ފުރަތަމަ ފޮތް ނެރެފި
ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރު ލިޔުއްވާފައިވާ "ކީރިތި ޤުރުއާނުގެ ޚުލާޞާ ތަފްސީރު" ފުރަތަމަ ވޮލިއުމް ފޮތް ނެރެފިއެވެ.
17 Oct 2023
ރާއްޖޭގެ އެންމެން އިސްލާމްވީ އެއް ދުވަހަކުން ނޫން: ނަޝީދު
ރާއްޖޭގެ ހުރިހާ ރައްޔިތުން އިސްލާމްވީ އެއް ދުވަހަކުން ނޫން، މިއަދު އިސްލާމްވީ އޭރުގެ ރަސްގެފާނު ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
17 Oct 2023
ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދޭން އދ ތާއީދެއް ނުލިބޭ!
ޒަޔަނިސްޓް ޔަހޫދީ އިސްރާއީލު ސިފައިންނާއި ފަލަސްތީނުގެ މިނިވަންކަމަށްޓަކައި ޖިހާދު ކުރަމުންދާ ހަމާސް ޖަމާއަތާ ދެމެދު މިހާރު ހިނގަމުންދާ ހަނގުރާމައިގައި ހާލުގައި ޖެހެމުންދާ ފަލަސްތީނުގެ އާއްމު ރައްޔިތުންނަށް އިންސާނީ އެހީ ފޯރުކޮށްދޭން އދ އިން ދެކޮޅު ހަދައިފިއެވެ.
17 Oct 2023
"އިސްލާމްދީނާ ޤައުމިއްޔަތަށް އެންމެ އިސްކަންދޭނަން"
17 ނޮވެމްބަރު 2023 ގައި ޤާއިމުވާ ޕީޕީއެމް-ޕީއެންސީ އަދި ގުޅިފައިވާ ޕާޓީތައް ބައިވެރިވާ ސަރުކާރުވާނީ، އިސްލާމްދީނާ ދިވެހީންގެ ޤައުމިއްޔަތަށް އެންމެ އިސްކަންދޭ ވެރިކަމަކަށް ކަމަށް އިންތިޚާބީ ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
17 Oct 2023
އުންމަތް ބަލިކަށިވެފައިވާ މިންވަރާއިމެދު ހިތާމަކުރަންޖެހޭ: އިމްރާން
މިހާރު އިސްލާމީ އުއްމަތް ވަނީ ވަރަށް ބޮޑަށް ބަލިކަށިވެފައިކަމަށާއި، މިއީ މުސްލިމުން ހިތާމަ ކުރަންޖެހޭކަމެއްކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުالله ވިދާޅުވެއްޖެއެވެ.
17 Oct 2023
ފާރިސް މަޖިލީހަށް ވާދަކުރައްވަނީ!
މިއަހަރުގެ ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރެއްވި އެމްއާރް އެމްގެ ރައީސް އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން ފާރިސް މައުމޫން، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރައްވާނެ ކަން އިއުލާން ކުރައްވައިފިއެވެ.
16 Oct 2023
ގުދަނަށް ހަމަލާ ދިނުމުން ހަލާކުވީ މިއަދު ބަހަން ހުރި ތަކެތި!
ފަލަސްޠީނުގައި ހުރި އިންޓަނޭޝަނަލް އެއިޑް ކެންޕެއިންގެ ގުދަނަކަށް ހައްދުފަހަނަޅައަޅާފައިވާ އިސްރާއީލްގެ ސިފައިން ދިން ހަމަލާގައި ހަލާކުވެފައިވަނީ މިއަދު ބެހުމަށް ތައްޔާރު ކޮށްފައިވާ ތަކެތި ކަމަށް އެ ޖަމިއްޔާ އިން ބުނެފި އެވެ.
16 Oct 2023
ދަނގެތީ ޔޫސުފް ހޯދަން ބޮޑު ސަރަހައްދެއް ބަލައިފި!
އދ.ދަނގެތިން ކުޑަ އިންޖީނު ދޯންޏެއްގައި މަހަށް ނިކުމެ އުޅެނިކޮށް ގެއްލުނު އދ.ދަނގެތީ، ނޫލައިޓް، އުމުރުން 68 އަހަރުގެ ޔޫސުފް އިބްރާހިމް (ޔޫސުންބެ)، ހޯދުމުގެ މަސައްކަތުގައި އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަން އަދިވެސް ހަރަކާތްތެރިވަމުންދާ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
16 Oct 2023
އައިއޭސީގެ ގުދަނަކަށް އިޒްރާއިލުން ހަމަލާދީފި!
ފަލަސްޠީނުގައި ހުރި އިންޓަނޭޝަނަލް އެއިޑް ކެންޕެއިންގެ ގުދަނަކަށް ހައްދުފަހަނަޅައަޅާފައިވާ އިސްރާއީލްގެ ސިފައިން ހަމަލާދީފައެވެ.