ޚަދީޖާ އަރުފާ
އެސޯސިއޭޓް އެޑިޓަރ
ޚަދީޖާ އަރުފާ
20 Oct 2022
އެއާޕޯރޓުން ހައްޔަރުކުރި އިންޑިއާ ދެމީހުން ފުރުވާލައިފި
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ފުލުހުން ހައްޔަރު ކުރި އިންޑިއާ ދެ ޖާސޫސުންގެ މައްސަލަ ނުބަލައި އެމީހުން ފުރުވާލައިފިއެވެ.
20 Oct 2022
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އިނާޔަތް ވަރަށް އަވަހަށް ބޮޑުވާނެ: މިއުވާން
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އިނާޔަތް ވަރަށް އަވަހަށް ބޮޑު ކުރެވިގެން ދާނެ ކަމަށާ އެހެން ނަމަވެސް، ބޮޑުވާނެ ތާރީޚެއް ބުނަން ނޭނގޭ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.
20 Oct 2022
އަނިޔާވެރިކަމަށް މި ސަރުކާރުން ފުރުސަތެއް ނުދޭނެ: މިއުވާން
ޖަލުތަކުގައި ވިޔަސް، ނުވަތަ އެހެން ތަނެއްގައި ވިޔަސް އަނިޔާވެރިކަން އޮތުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ މި ސަރުކާރުން ފުރުސަތެއް ނުދޭނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.
20 Oct 2022
"ފިޔަވަޅު އެޅިޔަސް ޓެކްސް ބޮޑުކުރާ ބިލްއަށް ވޯޓު ނުދޭނަން"
ސަރުކާރުގެ ހަރަދުތައް ހަމަޖެއްސުމަށް ޓީޖީއެސްޓީ އާއި ޖީއެސްޓީ ބޮޑުކުރުމަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހު ފާސްކުރަން ވޯޓު ނުދެއްވައިގެން ފިޔަވަޅު އެޅުއްވި ނަމަވެސް އެ ބިލަށް ތާއީދު ނުކުރައްވާނެ ކަމަށް ރައްޔިތުން މަޖިލިހުގެ މައްޗަންގޯޅި އުތުރު ދާއިރާ މެންބަރު މުހައްމަދު ރަޝީދު (ބޯދިގު) ވިދާޅުވެއްޖެއެވެ.
20 Oct 2022
ކުށްކުރާ ކުދިންނާމެދު ޢަމަލުކުރާގޮތް އިސްލާހު ކުރި ސަބަބު ހާމަކޮށްފި!
ޖިނާއީ ކުށުގެ ތުހުމަތުކުރެވޭ ކުޑަކުދިންގެ މައްސަލަތަކުގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ޢަމަލުކުރާނެ ގޮތުގެ ގަވާއިދާއި، އިޞްލާޙު ގެނައުމުގެ ގަވާއިދާއި، ޕްރޮސިކިއުޓްކުރުމުގެ އިޖުރާއަތުގެ ގަވާއިދު އިސްލާހުކުރި ސަބަބުތައް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ހާމަކުރައްވައިފިއެވެ.
20 Oct 2022
އީސާގެފާނާއި ގުޅޭ ދޮގު ވާހަކަތައް ހުރި ތަރުޖަމާތައް މިސްކިތްތަކުގައި!
ކީރިތި ޤުރުއާނުގެ ކުރީގެ ދިވެހި ތަރުޖަމާގައި ސަލާމްލެއްވި އީސާގެފާނާއި ގުޅޭ ގޮތުން ދޮގު ވާހަކަތަކެއް ލިޔެފައި ވީނަމަވެސް އަދިވެސް އެތަރުޖަމާތައް މިސްކިތްތަކު ގަޔާއި މާފުށީ ޖަލުގައިވެސް ބަހައްޓާފައި ހުންނާތީ ދީނީއިލްމުވެރިޔާ އައްޝައިހް އާދަމް ނިޝާން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
19 Oct 2022
ކޮވިޑް އެލަވަންސް އެންމެ ގިނައިން ދޫކުރީ ސަލާމަތީ ބާރުތަކަށް!
ކޮވިޑް-19 އާއި ގުޅިގެން ފްރޮންޓް ލައިންގައި މަސައްކަތް ކުރި ފަރާތްތަކަށް 2020 ވަނަ އަހަރު ދޫކުރި އެލަވަންސް ގެ ތެރެއިން އެންމެ ބޮޑު އިންސައްތަ އެއް ހިއްސާކުރަނީ ސަލާމަތީ ބާރުތަކާއި ޕޮލިސް ކޮންސްޓިބިއުލަރީ އަށް ކަން ހާމަވެއްޖެއެވެ.
19 Oct 2022
މާލީ އެހީއަށް އެދުނު މީހާއަށް، ވަކީލު ޝާހު ހިލޭ ވަކާލާތުކޮށްދެނީ!
ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތް ހުއްޓުވުމުގެ ތެރެއިން ހިނގި ހަމަނުޖެހުމާ ގުޅިގެން ހައްޔަރުކުރި މީހުނއގެ ތެރެއިން ދައުވާ އުފުލާފައިވާ މީހެއް، ވަކީލަކު ހަމަޖައްސާނެ މާލީ ތަނަވަސްކަން ނެތި، އާއްމުންގެ އެހީއަށް އެދިފައިވަނިކޮށް އޭނާއަށް ހިލޭ ވަކާލާތު ކޮށްދޭނެ ކަމަށް ވަކީލު އަލީ ޝާހު ވިދާޅުވެއްޖެެއެވެ.
19 Oct 2022
ޤައުމީ ސަރފިންގ ޓީމުތަކުގެ އޮފިޝަލް ޕާޓްނަރއަކަށް ބީއެމްއެލް
ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގައި ކުޅިވަރު ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، މޯލްޑިވްސް ސަރފިންގ އެސޯސިއޭޝަން (އެމްއެސްއޭ) އާ އެކު ގައުމީ ސަރފިންގ ޓީމުތަކުގެ އޮފިޝަލް ސްޕޮންސަރަށް ވުމަށް އެއްބަސްވެއްޖެއެވެ.
19 Oct 2022
ރިޔާޒް ރަޝީދުގެ އާއިލީ މަސްލަހަތު އޮންނަ ކުންފުނި އޭސީސީއަށް
ރައްޔިތުންގެ މަޖިލީހުގެ ވިލުފުށި ދާއިރާގެ ކުރީގެ މެމްބަރު ރިޔާޒް ރަޝީދުގެ އާއިލީ މަސްލަހަތު އޮންނަ ކުންފުންޏެއް ކަމަށްވާ ޕޮޕިއުލާ މޯލްޑިވްސްގެ ފަރާތުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ކުރަމުންދާ ތަހުގީގަކަށް ހާޒިރުވާން އަންގައިފި އެވެ.
19 Oct 2022
ވަކީލަކު ހަމަޖައްސާނެ މާލީ ތަނަވަސްކަން ނެތިފައި!
ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތް ހުއްޓުވުމުގެ ތެރެއިން ހިނގި ހަމަނުޖެހުމާ ގުޅިގެން ހައްޔަރުކުރި މީހުނއގެ ތެރެއިން ދައުވާ އުފުލާފައިވާ މީހެއް، ވަކީލަކު ހަމަޖައްސާނެ މާލީ ތަނަވަސްކަން ނެތި، އާއްމުންގެ އެހީއަށް އެދިއްޖެއެވެ.
19 Oct 2022
ސިޔާސީ މީހަކަށް ވެގެން މުޅި ގައުމު ފަނާކޮށްލީ، ފައިސާއަށް: ޢަލީ
ބޮޑެތި ސިއްރުތައް ދަންނަ ސިޔާސީ ބޭފުޅަކަށް ވެގެން، ކުޑަކުޑަ ފައިސާކޮޅަކަށް މުޅި ޤައުމު ފަނާކޮށްލާފައިވާ ކަމަށް ބުނެ ޖަމިއްޔަތުއްސަލަފްގެ ޗީފް މާކެޓިންގ އޮފިސަރ، ޢަލީ ރަމީޒު ޢަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރ ޢިމްރާން އަށް ނުސީދާގޮތެއްގައި ބަހުގެ ހަމަލާތަކެއް ދެއްވައިފިއެވެ.
19 Oct 2022
ދޫ އޮޅިގެން ބުނެވުމާއި ސަރުކާރުން ކުރާ ލާދީނީ ކަންކަން ނުފެނުމާ ތަފާތު!
ދޫ އޮޅިގެން އެއްޗެއް ބުނެވުމާއި ސަރުކާރުން ކުރާ ލާދީނީ ކަންކަން ނުފެނުމާ ތަފާތު ކަމަށް ބުނެ ދީނީ ޢިލްމުވެރިޔާ ޝެއިޚް ސައުދާން ހޯމް މިނިސްޓަރ ޢިމްރާން އަށް ރައްދުދެއްވައިފިއެވެ.
19 Oct 2022
އެމްޕީއެލް އިން ވަޒީފާގެ ފުރުސަތު ހުޅުވާލީ ބިދޭސީންނަށް!
އެމްޕީއެލް އިން ބިދޭސީންނަށް ޚާއްސަކޮށް ވަޒީފާގެ ގިނަ ފުރުސަތު ތަކެއް ހުޅުވާލައިފިއެވެ.  އެމްޕީއެލްގެ އިން ކުރި ޢިއުލާނެއްގައި ވަނީ، އެ ކުންފުނީގެ ޕޯޓް އޮޕަރޭޝަން ޑިޕާޓްމަންޓްގަޔާއި، އެސިސްޓެންޓް އޮޕަރޭޓަރ ގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ބިދޭސީންނަށް ހުޅުވާލާފައިވާ ކަމަށް ބުނެފައެވެ.  އެގޮތުން ޢިއުލާން ކޮށްފަައިވަނީ ޕޯޓް އޮޕަރޭޝަން ޑިޕާޓްމަންޓްގައި މަސައްކަތް ކުރާނެ 12 ބިދޭސީއަކާއި، ހުޅުމާލޭ ޓާމިނަލް އޮޕަރޭޝަން ޑިޕާޓްމަންޓްގެ އެސިސްޓެންޓް އޮޕަރޭޓަރ ގެ މަގާމުގައި މަސައްކަތް ކުރާނެ 6 ބިދޭސީ މުވައްޒަފުން ހޯދުމަށެވެ.
19 Oct 2022
ކެރިކުޅަދާނަ ވީ މިންވަރަކުން ހުރިހާ ކުޅިވަރަށްވެސް އެހީވާނަން: މަހުލޫފް
ދައުލަތަށް ކެރިކުޅަދާނަ ވީ މިންވަރަކުން ހުރިހާ ކުޅިވަރެއް ކުރިއަރުވަން ވެސް އެހީވާނެ ކަމަށް ގޫތް މިނިސްޓަރު އަހްމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.
19 Oct 2022
ފެންއަރާ މައްސަލަ ހައްލުނުވަނީ ކައުންސިލްގެ ހުއްދަ ނުލިބޭތީ
ބޮޑުތަކުރުފާނުމަގުން ސްޓެލްކޯ ގޭޓް ނަންބަރު 2 އާ ދިމާލު ތާރަމަގުގެ މެދުން ފެން އަރަމުންދާ މައްސަލަ ހައްލުނުވަނީ މާލޭ ސިޓީ ކައުންސިލްގެ ހުއްދަ ނުލިބޭތީ ކަމަށް ސްޓެލްކޯއިން ބުނެފި އެވެ.
19 Oct 2022
އަބަދު ބިސްކޯދު ނުގަނެ، މިގޮތަށް ޗޮކްލެޓް ޗިޕްސް ކޫކީސް ހަދާލަބަ!
މިއަދު "ވޮއިސް" ގެ ބަދިގެއިން ނި ގެނެސްދެނީ ޗޮކްލެޓް ޗިޕްސް ކޫކީސް ހަދާނެގޮތެވެ. ޗޮކްލެޓް ޗިޕްސް ކޫކީސް އަކީ ހުހާއި ކާންވެސް އަދި ސަޔާއި އެކީ ކާންވެސް މީރު، އަދި ހަދާލަންވެސް މާ ބޮޑު މަސައްކަތްތަކެއް ކުރަން ނުޖެހޭ އެއްޗެކެވެ. އަބަދު ފިހާރައިން ބިސްކޯދު ގަތުމުގެ ބަދަލު މިގޮތަށް ކޫކީސް ހަދާލާފައި ބެހެއްޓުމުން އަތުން ދާ ޚަރަދުވެސް މާ ކުޑަ ވާނެއެވެ.
18 Oct 2022
އަނަސްގެ މަރާލި މައްސަލާގައި ހިމެނޭ "ކުޑަކުއްޖާ" 18 އަހަރަށް ޖަލަށް!
ލިޓަސް ސާވިސް ސެންޓަރު ތެރޭގައި ރަހުމު ކުޑަ ގޮތަކަށް މާރާލި ރ. މީދޫ ފެންފިޔާޒުގޭ މުހައްމަދު އަނަސް މަރާލި މައްސަލައިގައި ގަސްތުގައި މީހަކު މެރުމުގެ ދައުވާ ކުރި "ކުޑަކުއްޖާ" 18 އަހަރަށް ޖަލަށް ލާން ހައިކޯޓުން ހުކުމްކޮށްފި އެވެ.
18 Oct 2022
ޓީޖީއެސްޓީ އާއި ގްރީން ޓެކުހުން ނުލިބި ބިލިއަނެއް
ޓޫރިޒަމް ޖީއެސްޓީ އާއި ތިމާވެށި ހިމާޔަތް ކުރަން ނަގަން ފެށި ޓެކްސް، ގްރީން ޓެކުހުގެ ގޮތުގައި ނުލިބި ހުރި ފައިސާ، އެއް ބިލިއަން ރުފިޔާ އަށް އަރާ ކަމަށް ހާމަވެއްޖެއެވެ.
18 Oct 2022
ބްރޯޑްކޮމް އިން މީޑިއާނެޓް ދެއްކީ ކުޑަ ވިޔަފާރި އެއް ގޮތަށް: ޠާރިގު
ބްރޯޑްކާސްޓިންގ ކޮމިޝަނުން މީޑިއާނެޓް ބަލަނީ ކުދި ވިޔަފާރި ކުރާ ކުންފުންޏެއްގެ ގޮތުގައި ކަމަށާ، އެހެންނަމަވެސް، އެ ގޮތަށް އެކަން ނުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ޠާރިގު ވިދާޅުވެއްޖެެއެވެ.
18 Oct 2022
"ރައްޔިތުންނަށް ހެޔޮ އަގުގައި ޓީވީ ބެލުމުގެ ފުރުސަތު ގެއްލުވައި ނުލާ"
ރީބްރޯޑްކާސްޓް ކުރުމުގެ ޚިދުމަތް މޮނޮޕޮލައިޒްކޮށް، ރައްޔިތުންނަށް ހެޔޮ އަގުގައި ޓީވީ ބަލާލުމުގެ ފުރުޞަތު ގެއްލުވާލަން މަސައްކަތް ނުކުރުމަށް ތުލުސްދޫ ދާއިރާގެ މެމްބަރު އިބްރާހިމް ނަސީމް ބްރޯޑްކޮމް ކޮމިޝަނަށް ގޮވާލައްވައިފިއެވެ.
18 Oct 2022
ކުޅިވަރު މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތު ރައީސް ޝަރަފްވެރިކޮށްދެއްވައިފި
"މޯލްޑިވްސް އިންޓަރނޭޝަނަލް ޗެލެންޖް-2022" ފެށުމުގެ ރަސްމިއްޔާތު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ޝަރަފްވެރިކޮށްދެއްވައިފިއެވެ.
18 Oct 2022
ރާއީސް ޔާމީން ދައްކަވަނީ ކުޑަކުދިން ދައްކާ ކަހަލަ ވާހަކަ: ޢިމްރާން
ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް ދައްކަވަނީ ކުޑަކުދިން ދައްކާ ކަހަލަ ބޯ ހަމަނުޖެހޭ ވާހަކަ ކަމަށް ހޯމް މިނިސްޓަރ އަދި އަދާލަތުޕާޓީގެ ރައީސް އިމްރާން ވިދާޅުވެއްޖެއެވެ.
18 Oct 2022
ވަގަށް ނެގި ފައިސާއަށްވުރެ ޖޫރިމަނާ ފައިސާ މަދު
ގއ. ނިލަންދޫ ސުކޫލުގެ ތިޖޫރި ފަޅާލާ ދެ ލައްކައެއްހާ ރުފިޔާ ވަގަށް ނެގި މައްސަލައިގައި ހިމެނޭ މީހުންނަށް ވައްކަން ކޮށްގެން ނެގި ފައިސާއަށްވުރެ ކުޑަ ޖޫރިމަނާއެއް ދައްކަން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.
18 Oct 2022
ހައްޖު ކޯޕަރޭޝަނުން ހާޖީންނަށް ކޮފީ އާއި ޕެނެޑޯލް ވިއްކައިފި!
1443 ވަނަ އަހަރުގެ ހައްޖުގައި ހައްޖު ކޯޕަރޭޝަނުން ހާޖީންނަށް ކޮފީ އާއި ޕެނަޑޯލް ވިއްކާފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ އަހުމަދު ޒާހިރު ވިދާޅުވެއްޖެއެވެ.
18 Oct 2022
ސްމާޓްކޮމްއިން ސްކޫލު ދަރިވަރުންނަށް ސްމާޓް ސިޓީ ސްޓަޑީ ޓުއަރއެއް!
ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަންގެ ސްމާޓް ސިޓީ ބްރޭންޑް ކަމަށްވާ ސްމާޓްކޮމްއިން ސާނަވީ މަރުހަލާގެ ކޮމްޕިއުޓަރ ސައިންސް މާއްދާ ކިޔަވާ ދަރިވަރުންނަށް ސްޓަޑީ ޓުއަރއެއް ބާއްވައިފިއެވެ.
18 Oct 2022
ރައީސް ޔާމީން ރައީސް ނަޝީދަށް: ތިވަރަށް ނޫންތޯ ނަގޫ ފިތޭނީ؟
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ހުންނެވީ "ނަގޫ ފިތިފައި" ކަމަށް ވިދާޅުވެ ކުރީގެ ރައީސް ޔާމީން އެމަނިކުފާނަށް ފާޑުވިދާޅުވެއްޖެއެވެ.
18 Oct 2022
އަލީ ޒާހިރު އަންނަނީ އަދަބު ލުއިކޮށްދޭ ނިންމުންތައް ވިއްކަމުން: ޠާރިގު
ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު، ފައިސާ ނަގައިގެން ގައިދީންގެ އަދަބު ލުއިކޮށްދީ މާފުދެމުން އަންނަ ކަމަށް ރައްޔިތުން މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގު (ޓޮމް) ތުހުމަތު ކުރައްވައިފިއެވެ.
17 Oct 2022
ރައީސް ޞާލިހު ކާށިދޫ އަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި!
މިއަހަރުގެ ދަނޑުވެރިންގެ ދުވަހާއި ކާބޯތަކެތީގެ ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ކ. ކާށިދުއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައި މިއަދު މާލެ ވަޑައިގެންފިއެވެ.
17 Oct 2022
"‏ވ.އަންބަރާ މައްސަލާގައި ގެއްލުންވީވެސް ބަދަލުދޭންޖެހެނީވެސް ރައްޔިތުން"
ވ.އަންބަރާ ކަނޑޫފާ ނައްތާލާ، ރިޒޯޓެއް ތަރައްޤީކުރަންދިން މުއްދަތުގައި އެއްވެސް މަސައްކަތެއްނުކުރުމުގެ ސަބަބުން އެކަމުގެ ގެއްލުން ވ. އަތޮޅުގެ ރައްޔިތުންނަށް ވެފައިވާއިރު، އޭގެ ބަދަލު ހޯދަން އެދުމުން އެ ބަދަލުވެސް ދޭން ޖެހުނީ ރައްޔިތުންނަށް ކަމަށް ވ. އަތޮޅު ކައުންސިލްގެ ރައީސް ޝުޖާއު އަލީ ވިދާޅުވެއްޖެއެވެ.