ޚަދީޖާ އަރުފާ
އެސޯސިއޭޓް އެޑިޓަރ
ޚަދީޖާ އަރުފާ
12 Feb 2025
ފްރީޒޯންގެ ސީއީއޯގެ މަގާމަށް ކުރީގެ ފިނޭންސް މިނިސްޓަރ ޝަފީގު
ކުރީގެ ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު، މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯން (އެމްއައިޑީއެފްޒެޑް) ގެ ސީއީއޯގެ މަގާމަށް އައްޔަނު ކުރައްވައިފިއެވެ.
12 Feb 2025
ގޭންގު ކުށްތަކާ ބެހޭ ބިލު ބަލައިގަނެ ކޮމެޓީއަށް ފޮނުވައިފި
ގޭންގު ކުށްތަށް ހުއްޓުވުމަށް ފަރުމާކޮށް ހުށަހެޅި، ގޭންގުތަކުން ހިންގާ ކުށްތަކާއި އެ ނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ބިލު‘ ރައްޔިތުންގެ މަޖިލީހުން މިއަދު ބަލައިގަނެ، އެ ބިލު ކޮމިޓީއަށް ފޮނުވައިފިއެވެ.
12 Feb 2025
އާޓިސްޓުންގެ އުފެއްދުންތައް ބޭރުގެ ހިމާޔަތް ހޯދަން މަޖިލީހުގެ ރުހުން ހޯދަނީ
”ބާން ކޮންވެންޝަން ފޯ ދަ ޕްރޮޓެކްޝަން އޮފް ލިޓަރަރީ އެންޑް އާޓިސްޓިކް ވޯކްސް“ ގައި ރާއްޖެއިން ބައިވެރިވާން ރުހުން ހޯދަން މަޖިލީހަށް ފޮނުވައިފިއެވެ.
12 Feb 2025
ޑރ. ޝަމީމްގެ ”ފުރުސަތު“ ދަރުސް ހުކުރު ދުވަހުގެރޭ ހުޅުމާލޭގައި
އަލް-އަސްރުން އިންތިޒާމް ކޮށްގެން ބާއްވާ، ޑރ. އާދަމް ޝަމީމްގެ ޚާއްސަ ދަރުހެއް ހުކުރު ދުވަހުގެރޭ ހުޅުމާލޭގައި ބާއްވާ ގޮތަށް ހަމަޖެހިއްޖެއެވެ.
12 Feb 2025
ތިން ގައުމަކަށް ނަން- ރެސިޑެންސް ސަފީރުން، އައްޔަން ކުރަން މަޖިލީހަށް
ރާއްޖެއިން އިތުރު ތިން ގައުމުތަކަކަށް ނޮން-ރެސިޑެންޓް ސަފީރުން އައްޔަން ކުރުމަށާއި، އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) އަށް މަންދޫބަކު އައްޔަނު ކުރެއްވުމަށް މަޖިލީހަށް ނަން ހުށަހަޅައިފި އެވެ.
11 Feb 2025
ގޮންޖެހުންތަކުން އަރައިގަތުމަށް އަންހެން ސައިންސްވެރިން މުހިންމު: ރައީސް
މޫސުމަށް އަންނަ ބަދަލުތަކާއި ދެމެހެއްޓެނިވި ތަރައްޤީ ހޯދުން ފަދަ ދުނިޔެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް އަންހެން ސައިންސްވެރިންނާއި ފަންނީ ތަޖުރިބާކާރުންނާއި އިސްވާރުންގެ ދައުރު ވަރަށް މުހިންމު ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މި ފަދައިން ވިދާޅުވީ، ބައިނަލްއަޤުވާމީ ފެންވަރުގައި މިއަދު ފާހަގަކުރަމުންދާ އިންޓަރނޭޝަނަލް ޑޭ އޮފް ވިމެން އެންޑް ގަރލްސް އިން ސައިންސް ނުވަތަ ސައިންސްގެ ދާއިރާގައި ހަރަކާތްތެރިވާ އަންހެނުންނާއި އަންހެން ކުދިންގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ޚާއްޞަ މެސެޖުގައެވެ. ބައިނަލްއަޤުވާމީ ފެންވަރުގައި މި ފަދަ ދުވަހެއް ފާހަގަ ކުރަނީ، ސައިންސްގެ ރޮނގުން އަންހެނުންނާއި އަންހެން ކުދިން ހޯދާފައިވާ މުހިންމު މަސައްކަތްތައް ފާހަގަކޮށް، އެކުދިންގެ ބައިވެރިވުމާއި، ހަމަހަމަ ފުރުޞަތުތައް ހޯދައިދިނުމާއި، ކުރިއެރުމާއި ކާމިޔާބީ ފާހަގަކޮށް، އެއްބާރުލުންދީ، ބާރުއެޅުމުގެ ގޮތުން ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ވިދާޅުވެފައިވެއެވެ. ސައިންސާއި ސައިންސްގެ ދާއިރާއިން އަންހެނުންނާއި އަންހެން ކުދިން، އީޖާދީ އަދި ވިލުންތެރި ގޮތެއްގައި ބާރުވެރިކުރުވައި، މަސައްކަތްތެތިކަމުގެ ފަންނުތަކަށް އަންނަ ހަލުވި ކުރިއެރުމުގައި އަންހެނުންގެ ބައިވެރިވުން ކަށަވަރު ކުރުމަށް ދިވެހި ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ދެއްވާފައިވެއެވެ. ސްކޮލަރޝިޕްތަކާއި ސްޓޫޑެންޓް ލޯން ސްކީމްތަކާއި ސައިންސް، ޓެކްނޯލޮޖި، އިންޖިނިއަރިންގ އަދި މެތަމެޓިކްސް، (ސްޓެމް)ގެ ދާއިރާގެ ކޯސްތަކުން ފުރަތަމަ ޑިގްރީގެ ހިލޭ އެހީގެ ނަތީޖާއެއްގެ ގޮތުން މި ޕްރޮގްރާމްތަކުގައި އަންހެނުންގެ ބައިވެރިވުން އިތުރުވެ، ތަޢުލީމީ ދާއިރާގައި މިންތީގެ ފަރަގު ކުޑަކުރުމުގައި، ދެމެހެއްޓެނިވި ތަރައްޤީގެ އަމާޒު، ނުވަތަ އެސް.ޑީ.ޖީއަށް ވާޞިލުވެވުމީ، ތަޢުލީމީ ދާއިރާގައި މިންތީގެ ހަމަހަމަކަމަށް ރާއްޖެއިން ދޭ އަހައްމިއްޔަތުކަން ހާމަވެގެންދާ ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ފާހަގަކުރައްވާފައިވެއެވެ. ވޮކޭޝަނަލް ލެބްތަކާއި ކެރިއަރ ގައިޑެންސް ޕްރޮގްރާމްތައް މެދުވެރިކޮށް، މަސައްކަތުގެ ތަމްރީނުތައް އިތުރުކޮށް، އަންހެނުންނާއި އަންހެން ކުދިންނަށް ތަޢުލީމާއި މަސައްކަތް އުނގެނުމުގެ ފުރުސަތުތައް ފަހިކޮށްދިނުމާއި، މިހާރަށްވުރެ ބޮޑު ޖީލެއް ބާރުވެރިކުރުވައި، މިންތީގެ ތަފާތުކުރުންތަކާ ދެކޮޅަށް މަސައްކަތް ކުރުމަކީ ދިވެހި ރާއްޖޭގެ އަމާޒު ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ވިދާޅުވެފައިވެއެވެ. ޑިޖިޓަލް އިޤުތިޞާދީ ބަދަލުތަކުގެ ބޭނުން ހިފައި، 2040 ވަނަ އަހަރު އަންނަންވާއިރަށް ރާއްޖެއަކީ ކުރިއަރާފައިވާ ގައުމަކަށް ހަދައި، ޑިޖިޓަލް އިޤުތިޞާދުގެ ހިއްސާ ޖީޑީޕީގެ 15 އިންސައްތައަށް އިތުރުކުރުން ކަމުގައި ވާއިރު، އަންހެނުންނަކީ މި އުއްމީދީ ދަތުރުގައި މުހިންމު ދައުރެއް އަދާކުރާ ބަޔަކަށް ވުމަށް އެދިވަޑައިގަންނަވާކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ވިދާޅުވެފައިވެއެވެ. ދިވެހިރާއްޖެއިން މަސައްކަތް ކުރަނީ، ޓާގެޓެޑް އިނިޝިއޭޓިވްސް ނުވަތަ ވަކި ބަޔަކަށް އަމާޒުކޮށްގެން ހިންގާ މަޝްރޫޢުތަކާއި، އިންކްލޫސިވް ޕޮލިސީ ނުވަތަ ޝާމިލު ސިޔާސަތުތަކުގެ ޒަރިއްޔާއިން ސިންދަފާތު ކަމާއި ހުރިހާ އެންމެންގެ ޝާމިލުވުން އިތުރުކޮށް، އަންހެނުންނަށް ސައިންސްގެ ރޮނގުން ހަމަހަމަކަމާއިއެކު އިސްވާރުންގެ ގޮތުގައި ކުރިއެރުން ހޯދޭނެ މާހައުލެއް ޤާއިމުކުރުން ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ފާހަގަކުރެއްވިއެވެ. މިއަދަކީ، ސައިންސްގެ ދާއިރާގައި އަންހެނުންނާއި އަންހެން ކުދިން ކުރާ މަސައްކަތަކީ އިހުތިރާމް ލިބިފައިވާ، ހުރިހާ ގޮތަކުން ވެސް އަންހެނުން ބާރުވެރި ކުރުވުމަށް އިސްކަންދީ، މިންތީގެ ހަމަހަމަކަން ކުރިއެރުވުމަށް އަހުދު ކުރެވޭ ދުވަހެއްގެ ގޮތުގައި، ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ފާހަގަކުރައްވާފައިވެއެވެ. ސައިންސްގެ ދާއިރާގައި ހަރަކާތްތެރިވާ އަންހެނުންނާއި އަންހެން ކުދިންގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، އެ މަނިކުފާނުގެ ރަސްމީ "އެކްސް" އެކައުންޓްގައިވެސް ޕޯސްޓެއް ހިއްސާކުރައްވާފައެވެ.
11 Feb 2025
ގަވައިދާ ޚިލާފަށް ސިނގިރޭޓު ކޭސް ނެރުން؛ 67މިލިއަން ރުފިޔާ ހޯދަން ކޯޓަށް
ދެ ބޮންޑެޑް ވެއާހައުސްއަކުން ގަވައިދާ ޚިލާފަށް ޖުމުލަ 955 ކޭސް ސިނގިރޭޓު ނެރުނު މައްސަލައެއްގައި 67 އަށްވުރެ ގިނަ ރުފިޔާ ހޯދަން ކަސްޓަމްސް އިން ދައުވާ ކޮށްފިއެވެ.
11 Feb 2025
ސުކޫލް ކުދިންގެ ތުބުޅި ބަހައްޓަން ގޮވާލުން، ޝިފާޒު އެއްގޮތްކުރީ ކަންދަހާރާ!
ދިވެހިރާއްޖޭގެ ސްކޫލްތަކުގައި ކިޔަވާ ދަރިވަރުންގެ ތުނބުޅި ބާލަން މަޖުބޫރުކުރާ ކުރުން ހުއްޓުވަން ޖެހޭ ކަމަށް ހުޅުމާލެ އުތުރު ދާއިރާގެ މަޖިލިސް މެންބަރު، ހުސެއިން ޝަރީފް ވިދާޅުވުމުން، އެއީ ރާއްޖެ ކަންދަހާރަށް ވުން ކަން ދޭހަވާފަދަ މޭރުމަކުން އެމްޑީޕީގެ ކުރީގެ ނާއިބު ރައީސް މުހައްމަދު ޝިފާޒު (ޝިއްޕެ) ވާހަކަދައްކަވައިފިއެވެ.
11 Feb 2025
ކެނެޑާ އާއި މިސްރަށް ނޮން-ރެސިޑެންޓް ސަފީރުން އައްޔަންކުރަން މަޖިލީހަށް
ރާއްޖެއިން ކެނެޑާ އަށާއި މިސްރަށް ނޮން-ރެސިޑެންޓް ސަފީރުން އަންޔަން ކުރައްވަން ދެ ބޭފުޅެއްގެ ނަން މަޖިލީހަށް ހުށަހަޅައިފި އެވެ.
11 Feb 2025
މިއީ މަސްވެރިން މަސްކިރަން ކިއުގައި ޖެހޭނެ ފަހު އަހަރު: ޝިޔާމް
މިއީ މަސްވެރިން މަސް ކިރުމަށް ކިޔުގައި ޖެހޭނެ ފަހު އަހަރު ކަމަށާއި, ސަރުކާރުން މަސްވެރިކަމުގެ ސިނާއަތު ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތްތަކާއެކު މަސްވެރިކަން ރަނގަޅު ދުވަސްވަރުގައިވެސް އެއްވެސް އުނދަގުލަކާއި ނުލައި މަސްވެރިންނަށް މިސްކިރުމުގެ އިންތިޒާމް ފަހިވެގެންދާނެ ކަމުގައި މަސްވެރިކަމާބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
11 Feb 2025
މިއަހަރުގެ މެދުތެރޭގައި ހުޅުމާލޭ ކަންނެލި ޕެކިންގ ފެސިލިޓީގެ މަސައްކަތް ފެށޭނެ
ހުޅުމާލޭގައި އެޅުމަށް މަސައްކަތް ކުރަމުންދާ ކަންނެލި ޕެކިންގ ފެލިޓީގެ މަސައްކަތް މި އަހަރުގެ މެދު ތެރޭގައި، ފެށިގެންދާނެ ކަމަށާ، އަދި އަންނަ އަހަރުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް މަސްވެރިކަމާއި ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
11 Feb 2025
މަހުގެ އަގު މަތި ކުރުމުން މަހުގެ އުފެއްދުން އުފައްދާ ފަރާތްތައް ބަނގުރޫޓުވި
2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރާއި ދެވަނަ ބުރާއި ދެމެދު، އޭރު އޮތް އެމްޑީޕީ ސަރުކާރުން މަހުގެ އަގު 25 ރުފިޔާއަށް މަތި ކުރުމުން މަހުގެ އުފެއްދުންތައް އުފައްދާ ގިނަ ފަރާތްތައް ބަނގުރޫޓު ވެގެންދިޔަ ކަމަށް މަސްވެރިކަމާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
09 Feb 2025
ޝަކީލު ނިޔާވުމަކީ ޤައުމަށް ލިބުނު ފޫނުބެއްދޭނެ އުނިކަމެކެއް
މަސްވެރިކަމާއި، ކަނޑުތަކާ ބެހޭ ދިރާސާތައް ކުރެއްވުމުގައި ދައުލަތުގެ ކަމާ ބެހޭ އިދާރާތަކުގައި 40 އަހަރަށް ވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވައިފައިވާ، މުޙައްމަދު ޝަކީލް އަވަހާރަވުމަކީ، އެ ދާއިރާއިން ޤައުމަށް ލިބުނު ފޫނުބެއްދޭނެ އުނިކަމެއް ކަމުގައި ރައީސް ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
09 Feb 2025
ރަހީނުކުރި އަންހެނެއްގެ ވާހަކަ: ”އެއީ އަނިޔާވެރިކަމުގެ އިންތިހާ“
ޒަޔަނިސްޓު އިސްރާއީލުގެ ޖަލުތަކުގައި ހައްޔަރުކޮށް ލާއިންސާނީ އަނިޔާތައް ދެމުންދާ ފަލަސްޠީނުގެ އެތަކެއް ހާސް ރައްޔިތުންގެ ތެރެއިން 183 މީހުން އިއްޔެ ވަނީ މިނިވަން ކޮށްފައެވެ.
09 Feb 2025
އަލިފާނުގެ ހާދިސާއާ ގުޅިގެން 55 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ދީފި
މ.ހައުސް ޕްލާޒާގައި މިއަދު ހިނގި އަލިފާނުގެ ހާދިސާއާއި ގުޅިގެން 55 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފިއެވެ.
09 Feb 2025
މާރާމާރީ އަކާ ގުޅިގެން ކުޑަކުއްޖަކާއި ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް
ރޭ މާލޭގައި ހިނގި މާރާމާރީ އަކާއި ގުޅިގެން ކުޑަކުއްޖަކާއި ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.
09 Feb 2025
މެރިން ރިސާޗަށް ގިނަ ދުވަހު ޚިދުމަތްކުރެއްވި ޝަކީލް ނިޔާވެއްޖެ
މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓަށް ދިގު މުއްދަތެއްވަންދެން ޚިދުމަތް ކުރައްވާފައިވާ ޙަސަން ޝަކީލް ނިޔާވެއްޖެއެވެ. ޝަކީލް ނިޔާވި އިރު ޢުމުރަކީ 64 އަހަރެވެ.
09 Feb 2025
ރާއްޖޭގައި ސެމްސަންގް އީސިމް ވެއާބަލްސް އުރީދޫއިން ތައާރަފްކުރަނީ
ސެމްސަންގް އީސިމް ބޭނުންކުރާ ސްމާޓްވޮޗްތައް ތައާރަފްކުރުމާއެކު އުރީދޫ މޯލްޑިވްސް އިން ވެއާބަލް ކަނެކްޓިވިޓީއަށް އިންގިލާބީ ބަދަލެއް ގެންނަން ތައްޔާރުވެއްޖެ އެވެ. މިއީ ރާއްޖޭގައި ފުރަތަމަ ފަހަރަށް އީސިމް ވެއާބަލް ހިދުމަތެއް ތައާރަފްކޮށް، ކަސްޓަމަރުންނަށްކައިރީގައި ފޯނު ބޭނުން ނުކޮށް ސްމާޓްވޮޗުން ސީދާ ގުޅާލެވޭ ގޮތަށް، ފުރުސަތު ފަހިކޮށްދޭ ހިދުމަތެކެވެ.
09 Feb 2025
ހުޅުމާލޭގައި ކޯރާޑީ އަކުން މީހަކަށް ހަމަލާދީ ޒަޚާމްކޮށްލައިފި
ހުޅުމާލޭ ބޯގަންވިލާ މަގު، ރެހެންދި ޓަރފް ދަނޑު ހުޅަނގު ފަޅީގައި މަޑުކޮށްގެން ހުރި މީހަކަށް ސައިކަލެއްގައި އައި ދެމީހަކު ކޯރާޑީއަކުން ހަމަލާދީފިއެވެ.
07 Feb 2025
ޣައްޒާ ރައްޔިތުން އެތަނުން ނެރުމަށް ކުރާ މަސައްކަތްތައް ރާއްޖޭން ކުށްވެރިކޮށްފި
ޣައްޒާ ހިފައި، ފަލަސްތީނު ރައްޔިތުން އެތަނުން ނެރުމަށް ކުރާ މަސައްކަތްތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ. މިކަން ހާމަކޮށްފައިވަނީ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައެވެ.
07 Feb 2025
ރާއްޖޭގެ ފުރަތަމަ ސުޕަ އެޕް, ”އީޒެޕް“ ލޯންޗުކޮށްފި
ގިނަ އަދަދެއްގެ ޚިދުމަތްތަކެއް ހިމެނޭ ސުޕާ-އެޕްލިކޭޝަނެއް ކަމަށްވާ "އީޒެޕް" އައިފޯން ގިވް އަވޭ އަކާ އެކު މިއަދު ލޯންޗުކޮށްފިއެވެ. މިއީ މިފަދަ "ސުޕަ އެޕެއް" ރާއްޖޭގައި އުފެއްދި ފުރަތަމަ ފަހަރެވެ.
07 Feb 2025
ޔޯޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި، ޔޮޓު އަޑިއަށް ހިނގައްޖެ
ރީތިރަށް ރިސޯޓާ ދިމާ 5 މޭލު ބޭރުން ދަތުރުކުރަމުން ދިޔަ "ނަވައިމާ" ނަމަކަށް ކިޔާ ޔޮޓެއްގައި އަލިފާނުގެ ހާދިސާއެއް ޔޮޓު އަޑިއަށް ހިގައްޖެއެވެ.
07 Feb 2025
ނުކުޅެދުންތެރިކަން ހުންނަ މީހަކު ނިޔާވި މައްސަލައެއް ބަލަނީ
އައި.ޖީ.އެމް ހޮސްޕިޓަލްގެ އިމަޖެންސީ ރޫމްގައި ފަރުވާދެމުން ދިޔަ ނުކުޅެދުންތެރިކަން ހުންނަ މީހަކު ނިޔާވި މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.
07 Feb 2025
ވިލިނގިލީގައި ދެމައިން ނިޔާވި ހާދިސާގެ ޖިނާއީ ތަހުގީގެއް ހިންގަނީ
ގއ. ވިލިނގިލީގައި ބުދަ ދުވަހު ވިހޭ އަންހެނަކާއި އޭނާ ވިހެއި ދަރިފުޅު ނިޔާވި ހާދިސާގެ ޖިނާއީ ތަހުގީގެއް ހިންގަން ފުލުހުންނަށް އަންގާފައިވާ ކަމަށް ހޯމްލޭންޑު ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.
07 Feb 2025
އެއަރ އެމްބިއުލާންސް އޮޕަރޭޓް ކުރީ ބޭނުންވާ އާލާތްތަކާ އެކު: މޯލްޑިވިއަން
ގއ. ވިލިނގިލީގައި ބުދަ ދުވަހު ނިޔާވި މާބަނޑު އަންހެން މިީހާއާއި އޭނާގެ ދަރިފުޅު އިތުރު ފަރުވާއަށް މާލެ ގެނައުމަށް އެއަރ އެމްބިއުލާންސ އޮޕަރޭޓް ކުރީ ދެމައިންނަށް ބޭނުންވާ އާލާތްތަކާ އެކު ކަމަށް މޯލްޑިވިއަން އިން ބުނެފިއެވެ.
07 Feb 2025
އެއް ބަޔަކު އަނެއް ބަޔަކަށް ނުރުހޭ ކަހަލަ ލަޤަބުތަކުން ނުގޮވާށެވެ
މުސްލިމުން އެއްބަޔަކު އަނެއް ބަޔަކަށް ނުރުހޭ ލަޤަބުތަކުން ގޮވުމަކީ މާތް الله ނަހީ ކުރައްވާފައިވާ ކަމެއް ކަމުގައި މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.
07 Feb 2025
މީކާއިލްއާ ގުޅޭ ޕޯސްޓު ޑިލީޓް ކުރީ ބެލެނިވެރިން ކަންބޮޑުވުން ފާޅުކުރުމުން
ޖަމާލުއްދީން ސްކޫލް (ޖޭއެސް)ގެ 40 ވަނަ އަހަރީ ދުވަހާއި ގުޅިގެން އެ ސުކޫލަށް ކިޔަވައި ވިދާޅުވި، ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު މީކާއިލް އަހުމަދު ނަސީމަށް ތައުރީފުކޮށް، އެ ސްކޫލުން ސޯޝަލް މީޑިއާގައި ޕޯސްޓެއް ކުރުމަށް ފަހު، އެ ޕޯސްޓް ޑިލީޓް ކުރަން ޖެހުނީ ބެލެނިވެރިންގެ ކަންބޮޑުވުން ފާޅުކުރުމުން ކަމަށް އެ ސްކޫލުން ބުނެފި އެވެ.
07 Feb 2025
ރެސިޕީ: ހަނީ ގާލިކް ޗިކަން
ހުކުރުދުވަހަކީ ކުކުޅުގެ ދުވަހޭވެސް ދިވެހީން ބުނެއުޅެއެވެ. ކުރީ ޒަމާނުގައި ކުކުޅުން ހަމައެކަނި ކުކުޅު ރިހަ ކައްކައި އުޅުނަސް މިހާރު ތަފާތު އެކި ބާވަތްތައް ތައްޔާރުކޮށް އުޅެއެވެ. އެގޮތުން މި ހުކުރު ވޮއިސްގެ ބަދިގެއިން މި ގެނެސްދެނީ ހަނީ ގާލިކް ޗިކަންގެ ރެސިޕީއެވެ.
07 Feb 2025
ރައީސް މުޢިއްޒުގެ އެންމެ ބޮޑު ކާމިޔާބީ އަކީ ގައުމު ނުދަރައި ސަލާމަތްކުރުން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އެންމެ ބޮޑު ކާމިޔާބީ އަކީ ދިވެހި ގައުމު ނުދަރައި ސަލާމަތްކުރުން ކަމަށް އިކޮނަމިކް މިނިސްޓަރ މުހައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
06 Feb 2025
ކޮން ސަރުކާރަކުންތޯ ވަޢުދާ އެއްގޮތަށް މަސައްކަތް ކުރީ؟
ވެރިކަމަށް އައުމަށް ހުރިހާ ސަރުކާރަކުންވެސް އެކި ބަޮޑެތު ވަޢުދުތައް ވާކަމަށަާ، އެހެން ނަމަވެސް އެ ވަޢުދުތައް ފުއްދާފައިވަނީ ކޮން ސަރުކާރަކުންތޯ ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހީމް ސުވާލުކުރައްވައިފިއެވެ.