ޚަދީޖާ އަރުފާ
އެސޯސިއޭޓް އެޑިޓަރ
ޚަދީޖާ އަރުފާ
17 Dec 2024
ސައިބާ ކުށްތައް ގާނޫނުލް އުޤޫބާތުގައި ހިމަނައިފި
ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) އަށް 6 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މިއަދު ތަސްދީޤުކުރައްވައިފިއެވެ.
17 Dec 2024
މަޑިފުށީ މީހަކު ގެއްލިގެން ހޯދަނީ
ތ. މަޑިފުށިީ މީހަކު ގެއްލިގެން ހޯދަމުންދާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.
17 Dec 2024
ވާރޭވެހި ހެނބަދޫ ފެނުއަޑީގައި؛ 75 ގެއަކަށް އެކިވަރުގެ ގެއްލުން ވެއްޖެ
މިއަދު ހެނދުނުން ފެށިގެން ނ. ހެނބަދޫއަށް ބޯކޮށް ވާރޭ ވެހި، 75 ގެއަކަށް ފެންވަދެ، ގެއްލުން ލިބިފައިވާ ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މިއަދު ބުނެފިއެވެ.
17 Dec 2024
އަލިފާނުގެ ހާދިސާގެ މައުލޫމާތު ފުލުހުންނަށް އަންގަން އެދިއްޖެ
‏2024 ޑިސެންބަރު 12 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ތިން މިނިސްޓްރީއެއް ހިންގަމުންދިޔަ އިމާރާތުގައި ހިނގާދިޔަ އަލިފާނުގެ ހާދިސާގެ ތަހުގީގަށް ބޭނުންކުރެވިދާނެ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންނަށް އަންގަން އެދިއްޖެއެވެ.
17 Dec 2024
މުޑުދާރު ތަނެއްގައި ފޮނިފޯއް ހަދަމުންދިޔަ ބިދޭސީއެއް ހައްޔަރަށް
އާއްމުކޮށް ދިވެހިން ދުފަން ބޭނުންކުރާ ފޯއް ސާފުތާހިރުކަން ކުޑަކޮށް ތައްޔާރުކުރަމުން ދިޔަ ބިދޭސީއެއް އިމިގްރޭޝަނުން ހުއްޓުވައިފި އެވެ.
17 Dec 2024
ކުޅަދާނަ ޅެންވެރިޔާ އަލީ ޝަރީފު ނިޔާވެއްޖެ
ކުޅަދާނަ ޅެންވެރިޔާ އަދި ދިގު މުއްދަތަށް ސަރުކާރަށް ހިދުމަތް ކޮށްދެއްވި އަލީ ޝަރީފު އިބްރާހިމް (ޏ. އަލީ ޝަރީފު) ނިޔާވެއްޖެ އެވެ.
17 Dec 2024
އަލް ޢަސްރުގެ ޒުވާނުންގެ ޕްރޮގްރާމް ޔެޕް ގައި؛ ބައިވެރިވުމަށް ހުޅުވާލައިފި
ޒުވާނުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ އަލް ޢަސްރުގެ ޔެޕް (ޔޫތް އެމްޕަވަމަންޓް ޕްރޮގްރާމް) "YEP by Al Asr" ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
17 Dec 2024
މެރި ކަލްޗަރގެ ދާއިރާއަށް އިންވެސްޓްކުރުމުގެ ދަޢުވަތެއް ޗައިނާގެ އިންވެސްޓަރުންނަށް
ރާއްޖޭގައި މެރިކަލްޗަރ ސިނާއަތެއް ތަރައްގީ ކުރުމަށް ސަރުކާރުން އިސްކަންދެއްވާ ކަމަށާއި މި ދާއިރާގައި އިންވެސްޓުކުރުމަށް ޝައުގުވެރިވާ ޗައިނާގެ ކުންފުނިތަކަށް އެފުރުސަތު އޮތީ ހުޅުވާލެވިފައިކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު އަޙުމަދު ޝިޔާމު ވިދާޅުވެއްޖެއެވެ.
17 Dec 2024
އައްޑޫއިން މާލެއަށް ދަތުރު ކުރަމުން ދިޔަ ބޯޓެއްގެ ފަޅުވެރިއެއް ގެއްލިއްޖެ
އައްޑޫ ސިޓީން މާލެއަށް ދަތުރުކުރަމުންދިޔަ ސީމެކްސް އުޅަނދުގައި ފަޅުވެރިއެއްގެ ގޮތުގައި މަސައްކަތްކުރާ މީހެއް ގެއްލިއްޖެއެވެ.
17 Dec 2024
ޖަޕާނުން ކޯސްޓް ގާޑަށް 7.6 މިލިއަން ޑޮލަރުގެ ސާމާނު ހަދިޔާކޮށްފި
ޖަޕާނު ސަރުކާރުން މޯލްޑިވްސް ކޯސްޓް ގާޑުގެ އިންސާނީ އެހީތެރިކަމުގެ މަސައްކަތްތައް ހަރުދަނާކުރުމަށްޓަކައި 7.6 މިލިއަން އެމެރިކާ ޑޮލަރު (ގާތްގަނޑަކަށް 117 މިލިއަން ރުފިޔާގެ) އަގުހުރި ސާމާނުތަކެއް އިއްޔެ ހަދިޔާކޮށްފިއެވެ.
17 Dec 2024
މޫސުން ގޯސްވެ ބައެއް ސަރަހައްދު ތަކަށް ރީނދޫ ސަމާލު ނެރެފި
މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ބައެއް ސަރަހައްދުތަކަށް، ރީނދޫ ސަމާލު ނެރެފިއެވެ.
16 Dec 2024
ޖަނަވަރީ 2 ވަނަ ދުވަސް ސަރުކާރު ބަންދު
2025 ޖަނަވަރީ 2 ވާ ބުރާސްފަތި ދުވަހަކީ، ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ހަމަޖައްސަވައިފިއެވެ.
16 Dec 2024
ތައިލެންޑް ސަފީރުކަމަށް، ފުއާދު ތައުފީޤް ޢައްޔަންކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ކިންގްޑަމް އޮފް ތައިލެންޑަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމަށް، މައްޗަންގޮޅި ތަޅަމުދިގެ، ފުއާދު ތައުފީޤް މިއަދު ޢައްޔަންކުރައްވައިފިއެވެ
16 Dec 2024
އީސީގެ މެންބަރުކަމުގެ މަޤާމަށް ޢަބްދުލްޙަސީބު ޢައްޔަންކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމުގެ މަޤާމަށް ހުޅުމާލެ ހިޔާ، 11-23-05 ޢަބްދުލްޙަސީބު އިސްމާޢީލް ޢައްޔަންކުރައްވައިފިއެވެ.
16 Dec 2024
އަލިފާނުގެ ހާދިސާއާ ގުޅުވައި އެމްޑީޕީގެ ބޮޑެތި ތުހުމަތުތަކެއް
މިިދިޔަ ބުރާސްފަތި ދުވަހު ހިނގި އަލިފާނުގެ ހާދިސާގައި ހައުސިން މިނިސްޓްރީ އާއި ކޮންސްޓްރަކްޝަން މިނިސްޓްރީ އަދި އެންވަޔަރަމަންޓް މިނިސްޓްރީ އަނދައި ހުލިވި މައްސަލާގައި ބޮޑެތި ތުހުމަތުތަކެއް ކޮށް، އެ މައްސަލަ ތަހުގީގު ކުރުމަށް ފުލުހުންނާއި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އަށް ހުށަހަޅަން އެމްޑީޕީ އިން ނިންމައިފި އެވެ.
16 Dec 2024
އިތުރު ތަނެއް ކުއްޔަށް ނުހިފައި، ތިން މިނިސްޓްރީ ހިންގަވަން ނިންމަވައިފި
މިދިޔަ ބުރާސްފަތި ދުވަހު ހެނދުނު ހިނގި އަލިފާނުގެ ހާދިސާގައި އިމާރަތް ނެތިދިޔަ ތިން މިނިސްޓްރީ ހިންގުމަށް ދާއިމީ ހައްލެއް ލިބެންދެން ތަނެއް ކުއްޔަށް ނުހިފައި، ދާއިމީ ހައްލެއް ލިބެންދެން ސަރުކާރުގެ ތަނެއްގައި މިނިސްޓްރީތަކުން ޚިދުމަތް ދިނުމަށް ވިސްނަވާފައިވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
16 Dec 2024
އުޅަނދުގެ ޖޫރިމަނާ ފައިސާ، ބަހާލައިގެން ދެއްކޭ ގޮތަށް ހަދައިފި
އެއްގަމާއި ކަނޑު އުޅަނދުތަކުގެ އަހަރީ ފީއާއި ޖޫރިމަނާ ބަހާލައިގެން ދެއްކޭނެ އިންތިޒާމް ސަރުކާރުން ހަމަޖައްސައިފިއެވެ.
16 Dec 2024
ދެ އަންހެނެއްގެ ގައިގައި އަތްލާ ޖިންސީ ގޯނާ ކުރި މީހާ ހައްޔަރުކޮށްފި
ރަސްފަންނު ސަރަހައްދުގައި ދެ އަންހެނެއްގެ ގައިގައި އަތްލާ ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި ސްރީ ލަންކާއަށް ނިސްބަތްވާ މީހަކު ހައްޔަރުކޮށްފިއެވެ.
16 Dec 2024
އެއްމަސްތެރޭ 40،000 މީހުން އަރިދަފުސް ރޯގާ ޖެހިގެން ޑޮކްޓަރަށް ދައްކައިފި
އަރިދަފުސް ރޯގާ ޖެހިގެން މިދިޔަ ނޮވެންބަރު މަހު ރިޕޯޓްކޮށްފައިވާ މީހުންގެ 40،000 އަށް އަރާފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
16 Dec 2024
ފްރާންސްގެ ޢާއިލާ ފޮނުވާލާތީ ގިނަބައެއް ކަންބޮޑުވުން ފާޅުކުރަންފަށައިފި
ދިވެހިރާއްޖޭގައި ވިސާ ނެތި މީގެ 12 އަހަރު ކުރިން ފެށިގެން ދިރިއުޅެމުން އަންނަ ފްރާންސްގެ މުސްލިމު އާއިލާ ރާއްޖެއިން ފުރުވާލުމަށް ނިންމި ނިންމުމާއި ގުޅިގެން ގިނަ އަދަދެއްގެ ދިވެހިން ކަންބޮޑުވުން ފާޅުކުރަންފަށައިފިއެވެ.
16 Dec 2024
ފްރާންސް ސަރުކާރުތަކުން މުސްލިމުންނަށް ކުރަމުންދާ އަނިޔާތައް!
ފްރާންސްގެ ސަރުކާރުން މުސްލިމު އަންހެނުންނާއި ކުޑަކުދިންނަށް އަމާޒުކޮށް ހިންގަމުންދާ އަނިޔާވެރި ޢަމަލުތައް ދުވަހުން ދުވަހަށް އިތުރުވަމުންދާކަމީ އެންމެނަށްވެސް ފެންހުން ހުރި ހަގީގަތެކެވެ. އެންމެން. ހަމަހަމަ ކުރުމުގެ ނަމުގަޔާއި އެ ނޫންވެސް ނަންނަމުގައި، ބޮޑުރޭވުމެއްގެ ތެރެއިން، ފިޔަވަޅަކަށްފަހު ފިޔަވަޅެއް އަޅަމުން، މުސްލިމުންނަށް، ޚާއްސަކޮށް މުސްލިމު އުޚުތުންނަށް، އެކިވަރުގެ ދަތިކުރުގެ ފިޔަވަޅުތައް އެގައުމުން އަންނަނީ އަޅާމުންނެވެ.
15 Dec 2024
އެފްއެސްއެމްގެ އެމްޑީ އަކަށް އާޝާން ހަމަޖައްސައިފި
އެސްޓީއޯގެ ސަބްސިޑަރީ ކުންފުނި، ފިއުލް ސަޕްލައި މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރަކަށް ފާތިމަތު އާޝާން އައްޔަނުކޮށްފިއެވެ.
15 Dec 2024
އަތޮޅު ކައުންސިލަށް އާމްދަނީ ހޯދުމަށް ލޮނުބޯ، ބޭނުންކުރެވޭނެގޮތް ހަދައިދޭން އެދިއްޖެ!
އަތޮޅު ކައުންސިލަށް އާމްދަނީ ހޯދުމަށް މަގުފަހިވާނެ ގޮތަކަށް، އެ އަތޮޅުގައި ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ބޭނުން ކުރަމުން އަންނަ ފަޅުރަށް، އދ ލޮނުބޯ، ބޭނުންކުރެވޭނެ ގޮތް ހައްދަވައިދެއްވުމަށް އަރިއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލުން އެދިއްޖެއެވެ.
15 Dec 2024
އާއިލާތަކުން އެދުނު ގޮތަށް މިހާރު ވޭޕަކީ މަނާ އެއްޗެއް: ރައީސް މުޢިއްޒު
ވޭޕްގެ ވިޔަފާރި ކުރަމުން އައި ފަރާތްތަކުން އެކަން ކުރީ ހުއްދަ ހޯދައިގެން ކަމަށް ވިޔަސް، ގައުމުގެ ދަރިން އެ ވަބާއިން ސަލާމަތް ކުރަން އާއިލާ ތަކުން އެދެމުން ދިޔަ ކަމަށާ، އެ އެދުމާއެއްގޮތަށް، މިއަދުން ފެށިގެން އެއީ މަނާ އެއްޗެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
15 Dec 2024
ރޭ އެކަނިވެސް މާލޭގައި ފުލުފުލުން ތިން މާރާމާރީއެއް!
މާލޭގެ އެކި ކެފޭތަކަށް ވަދެ ގުރޫޕް މާރާމާރީތަކެއް ހިންގި މައްސަލަތަކެއް ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.
15 Dec 2024
އަންނަ އަހަރު ނިމުމުގެ ކުރީން، ނުދެވި ހުރި ހުރިހާ ރަށަކަށް ދާނަން
ރާއްޖޭގެ ރަށްތަކުގެ ތެރެއިން، ރަސްމީކޮށް އެރަށްތަކަށް ނުދެވި ހުރި ހުރިހާ ރަށަކަށް އަންނަ އަހަރު ނިމުމުގެ ކުރިން ވަޑައިގަންނަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
15 Dec 2024
މަހިބަދޫގައި ހައުސިންގ ޔުނިޓް އެޅުމުގެ މަސައްކަތް އަންނަ އަހަރު ފަށާނަން
ކުރިއަށް އޮތް 2025 ވަނަ އަހަރުގެ ތެރޭގައި އދ. މަހިބަދޫ ގައި، 100 ހައުސިންގ ޔުނިޓް އެޅުމުގެ މަސައްކަތް ފަށްޓަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
15 Dec 2024
ބޭއަދަބީ މަންޒަރު ދެއްކުނު މައްސަލާގައި ޕީއެސްއެމުން މާފަށް އެދިއްޖެ
ޕީއެސްއެމުން ގެނެސްދިން ހަބަރެއްގައި ބޭއަދަބީ މަންޒަރުތަކެއް ހިމެނިފައިވާތީ އެކަމަށް މާފަށް އެދިއްޖެ އެވެ.
13 Dec 2024
ލަންކާގެ މަޖިލީހުގެ ރައީސް އިސްތިއުފާ ދެއްވައިފި
ލަންކާގެ މަޖިލީހުގެ ރައީސް އަސޯކާ ރަންވަލާގެ ތައުލީމީ ސަނަދު ތަކާއި ގުޅޭގޮތުން ބޮޑެތި ސުވާލުތަކެއް އުފެދިފައިވަނިކޮށް މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
13 Dec 2024
ސާވާ ސަލާމަތެއް ނުކުރެވުނު؛ އޭގައި ހުރި ހުރިހާ ޑޭޓާ ގެއްލިގެން އެ ދިޔައީ
އިއްޔެ ހެނދުނުގެ ވަގުތެއްގައި، ގެދޮރުވެރިކަމާއި ބެހޭ ވުޒާރާ ހުން އިމާރާތުގައި ހިނގި އަލިފާނުގެ ހާދިސާއާއި، ވުޒާރާގެ ސާވާ ގެއްލުންވެފައިވާ ކަމަށާ އެ ސަލާމަތް ނުކުރެވުމުގެ ސަބަބުން އޭގައި ހުރި ހުރިހާ ޑޭޓާ އެއްކޮށް ގެއްލިފައިވާ ކަމަށް ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްގީއާބެހޭ ވުޒާރާގެ ވަޒީރު ޑރ. އަލީ ހައިދަރު އަހުމަދު މިއަދު ވިދާޅުވެއްޖެ އެވެ.