ޚަދީޖާ އަރުފާ
އެސޯސިއޭޓް އެޑިޓަރ
ޚަދީޖާ އަރުފާ
16 Feb 2025
އެމްޓީސީސީގެ ސީއޯއޯގެ މަގާމަށް ސިނާން
އެމްޓީސީސީގެ ސީއޯއޯގެ މަގާމަށް ވަން އޮންލައިންގެ ސީއީއޯ ސިނާން އަލީ އައްޔަނުކޮށްފި އެވެ.
14 Feb 2025
ހައްޖު-އުމްރާ މެޑިކަލް ޓީމް ޕޫލްގައި ރަޖިސްޓްރީވުމުގެ ފުރުސަތު
ހައްޖު ކޯޕަރޭޝަންގެ ހިދުމަތްތައް އިތުރަށް ހަރުދަނާ ކުރުމަށް ހައްޖާއި އުމްރާ ދަތުރުތަކަށް މެޑިކަލް ޓީމް ދަފްތަރެއް އެކުލަވާލުމުގެ މަސައްކަތް ފަށައިފިއެވެ.
14 Feb 2025
ޝެއިހް ސަމީރުގެ ދަރުހެއް ފޯކައިދޫގައި، ނަސީބުވެރިއަކަށް އުމްރާ ދަތުރެއް
"ފުރުސަތު" ނަމުގައި މަަޝްހޫރު ދީނީ އިލްމުވެރިޔާ އައްޝައިހް އަހްމަދު ސަމީރުގެ ހާއްސަ ދަރުހެއް މިރޭ ށ. ފޯކައިދޫގައި ބާއްވަން ހަމަޖެހިއްޖެ އެވެ.
14 Feb 2025
ހިލޭ ޑިގްރީ ޕްރޮގްރާމަކީ ވެރިކަމުގެ އެންމެ ފަޚުރުވެރި އެއް މަސައްކަތް
ހިލޭ ޑިގްރީ ޕްރޮގްރާމަކީ އެމަނިކުފާނުގެ ވެރިކަމުގައި ކުރެވުނު އެންމެ ފަޚުރުވެރިވާ އެއް ކަންތައް ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.
14 Feb 2025
ޑރ. ޝަމީމްގެ ”ފުރުސަތު“ ދަރުސް މިރޭ ހުޅުމާލޭގައި
އަލް-އަސްރުން އިންތިޒާމް ކޮށްގެން ބާއްވާ، ޑރ. އާދަމް ޝަމީމްގެ ޚާއްސަ ދަރުހެއް މިރޭ ހުޅުމާލޭގައި ބާއްވަން ތައްޔާރުވެއްޖެއެވެ.
14 Feb 2025
ޝަޢުބާން މަހަކީ اللهގެ ޙަޟްރަތަށް މީސްތަކުންގެ ޢަމަލުތައް އުފުއްލެވޭ މަސް
ޝަޢުބާން މަހަކީ މާތް الله ގެ ހަޟުރަތަށް މީސްތަކުންގެ ޢަމަލުތައް އުފުއްލެވޭ މަސްކަން ރަސޫލާ ޞޢވ ގެ ހަދީޘް ބަސްފުޅުން އެނގޭކަމަށް މިއަދުގެ ޚުތުބާގައި ބުނެފިއެވެ.
14 Feb 2025
ރަސްފަންނާއި ސަލްޓަންޕާކު ކުރިއަށްވުރެވެސް ފުރިހަމަކޮށްދޭނަން
ރަސްފަންނާއި ސަލްޓަންޕާކުގެ ހާލަތު ފެނިފައި ހިތާމަކުރައްވާ ކަމަށާއި، އެ ދެ ކުރިއަށް ވުރެ ވެސް ފުރިހަމަކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްޙޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
14 Feb 2025
ރެސިޕީ: ’ވަން ޕޭން ޗިކަން އެންޑް ރައިސް‘
މި ހުކުރު ވޮއިސްގެ ބަދިގެއިން މި ގެނެސްދެނީ ވަރަށް ފަސޭހައިން ވަރަށް އަވަހަށް ތައްޔާރު ކޮށްލެވޭ ކެއުމެއްގެ ރެސިޕީއެކެވެ. ކިޔުންތެރިންނަށް ކަމުދާނެ ކަމަށް އުއްމީދު ކުރަމެވެ.
14 Feb 2025
އެފްއޭއެމް ނޯމަލައިޒިން ކޮމިޓީގެ ޗެއާމަން ވަކިކޮށްފި
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިިވްސް (އެފްއޭއެމް) ނޯމަލައިޒިން ކޮމިޓީގެ ޗެއާމަނަކަށް ހަަމަޖެއްސި، އަހުމަދު ޒުހޫރު މަގާމުން ވަކިކޮށްފި އެވެ.
14 Feb 2025
ހުޅުމާލޭ ޖަލުގައި ޙުކުމް ތަންފީޛުކުރަމުން ދިޔަ ޤައިދީއެއް ނިޔާވެއްޖެ
ހުޅުމާލޭ ޖަލުގައި 25 އަހަރުގެ ޙުކުމް ތަންފީޛުކުރަމުން ދިޔަ ގައިދީއެއް ކުއްލި ގޮތަކަށް ނިޔާވެއްޖެއެވެ.
13 Feb 2025
މަސްތުވާތަކެއްޗާއެކު ހަނިމާދޫއިން ދެ އަންހެނުން ހައްޔަރުކޮށްފި
ހދ. ހަނިމާދޫގައި މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ އެ ތަކެތީގެ ވިޔަފާރިކުރާކަމަށް ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހަނިމާދޫގައި ހިންގި އޮޕަރޭޝަނުގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.
13 Feb 2025
ރޯދައިގެ ކުރިން އައްޑޫ ކަރަންޓުގެ މައްސަލައަށް ޙައްލެއް ގެންނަން ގޮވާލައްވައިފި
އައްޑޫ ސިޓީގެ ކަރަންޓުގެ، މައްސަލަ ހައްލު ކުރުމަށް އަދުގެ ސަރުކާރުން އެކަށީގެންވާ މަސައްކަތެއް ކުރާތަން ނުފެންނަ ކަމަށް އެމްޑީޕީގެ ރައީސް އަބްދުالله ޝާހިދު ވިދާޅުވެއްޖެއެވެ.
13 Feb 2025
މުދަލު ޒަކާތުގެ ގޮތުގައި 5.3 މިލިއަން ރުފިޔާ ލިބިއްޖެ
މިދިޔަ ޖެނުއަރީ މަހު މުދަލު ޒަކާތުގެ ގޮތުގައި 5.3 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް މޯލްޑިވްސް އިންލޭންޑު ރެވެނިއު އޮތޯރިޓީ(މީރާ)ގެ މިދިޔަ މަހުގެ މާލީ ރިޕޯޓުން ދައްކައިފިއެވެ. މިއީ މިދިޔަ އަހަރާއި ބަލައި، 1.7 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ.
13 Feb 2025
މާލޭގައި ހިނގަމުންދާ މާރާމާރީތަކާ ގުޅުންހުރި މީހަކު ހައްޔަރު ކޮށްފި
މާލޭގައި މިފަހުން ހިނގަމުންދާ ސިލްސިލާ މާރާމާރީތަކާ ގުޅުންހުރި މީހަކު ފިލައިގެން މެލޭޝިޔާއަށް ދިޔުމުން، ރާއްޖެ ގެނެސް ހައްޔަރު ކޮށްފިއެވެ. މި މައްސަލާގައި ހައްޔަރު ކޮށްފައި ވަނީ، މީހެއް ގައުގައި މަރުތޭލަކުން ޖެހި މައްސަލާގައި ތުހުމަތު ކުރެވޭ މީހެކެވެ.
13 Feb 2025
ބޭހުގެ މައްސަލަ ވަރަށް އަވަހަށް ހައްލުވާނެ: ނާޒިމް
ބޭހުގެ މައްސަލައަށް ވަރަށް އަވަހަށް އެދެވޭ ހައްލެއް ލިބޭނެ ކަމަށް ހެލްތު މިނިސްޓަރު އަބްދުالله ނާޒިމް އިބްރާޙީމް ވިދާޅުވެއްޖެ އެވެ.
13 Feb 2025
ރޯދަމަހާއި ހަ ރޯދައިގައި އެމްއެމްއޭ ހުޅުވާފައި ހުންނާަނެ ގަޑިތައް އިއުލާން ކޮށްފި
ކުރިއަށް އޮތް ރަމަޟާން މަހާއި، 6 ރޯދައިގައި މޯލްޑިވްސް މަނިޓަރީ އޮތޮރޮޓީ (އެމްއެމްއޭ) ހުޅުވާފައި ހުންނާނެ ގަޑިތައް އިއުލާން ކޮށްފިއެވެ.
13 Feb 2025
ޤަތުލް ޢާއްމު އަލުން ފަށާނެ ކަމުގެ އިންޒާރު އަނެއްކާވެސް އިސްރާއިލު ދީފި
ހަމާސްގެ ދަށުގައިވާ ގައިދީން ހޮނިހިރު ދުވަހުގެ ކުރީން މިނިވަން ނުކޮށްފި ނަމަ، އަލުން ޤަތުލު ޢާއްމު ފެށުމަށް އިސްރާއިލު ސިފައިން މިހާރުވެސް ތިބީ ތައްޔާރަށް ކަމަށް ބުނެފިއެ ެ.
12 Feb 2025
ސަރުކާރުން ތިމާވެއްޓާ ރައްޓެހި ޓެކްސީގެ ޚިދުމަތް ދިނުމަށް އެމްޓީސީސީއަށް
ސަރުކާރުގެ ފަރާތުން މާލޭގައި ތިމާވެއްޓާއި ރައްޓެހި ޓެކްސީގެ ޚިދުމަތް ދިނުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.
12 Feb 2025
ކޯރާޑިން ހަމަލާ ދިނުން: 2 މީހުން ވެސް ޝަރީއަތް ނިމެންދެން ބަންދު
ހުޅުމާލޭ ބޯގަންވިލާ މަގު، ރެހެންދި ޓަރފް ދަނޑު ހުޅަނގު ފަޅީގައި މަޑުކޮށްގެން ހުރި މީހަކަށް ސައިކަލެއްގައި އައި ދެމީހަކު މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ކޯރާޑިއަކުން ދިން ހަމަލާއާ ގުޅިގެން ބަންދު ކުރި ދެ މީހުން ވެސް ތަހުގީގު ނިންމައި ޝަރީއަތުގެ މަރުހަލާ ނިމެންދެން ބަންދުކުރަން ކޯޓުން މިއަދު އަމުރުކޮށްފި އެވެ.
12 Feb 2025
މަޖިލީހުގެ ދައުރު ކުރުކޮށް، ރޯދަމަހު ޗުއްޓީއަށް ދާން ހުށަހަޅައިފި
ކުރިއަށް އޮތް ރޯދަ މަހަށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް މެދުކަނޑާލައި، މަޖިލީހުގެ މި ދައުރު މި މަހުގެ ނިޔަލަށް ކުރުކޮށްލުމަށް މަޖިލީހުގެ ގަވާއިދަށް އިސްލާހެއް ހުށަހަޅައިފިއެވެ.
12 Feb 2025
އަލް އަސްރުގެ ކޮންޓެންޓް ދާރިސް ޓީވީން ދެއްކުމަށް އެއްބަސްވެއްޖެ
އަލް އަސްރު ޖަމްޢިއްޔާއާއި ދާރިސް ޓީވީއާ ދެމެދު އެ ޖަމްޢިއްޔާގެ ކޮންޓެންޓް ދާރިސް ޓީވީން ދެއްކުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
12 Feb 2025
ފިރިހެނަކު ބަނދެ، އޭނާގެ ބޯ ބޭލި ކަމަށް ތުހުމަތުވާ ބަޔަކު ހައްޔަރު ކޮށްފި
އައްޑޫ ސިޓީ ހިތަދޫގައި ފިރިހެނަކު ބަނދެ، އޭނާގެ ބޯ ބާލައި އަނިޔާކުރި ކަމަށް ތުހުމަތުކުރެވޭ 4 މީހަކާއި 15 އަހަރުގެ ކުޑަ ކުއްޖަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
12 Feb 2025
ޣައްޒާއަށް ވަރުގަދަ ހަމަލާތަކެއް ދޭނެ ކަމުގެ އިންޒާރު ދީފި
އަންނަ ހޮނިހިރު ދުވަހުގެ މެންދުރުގެ ކުރިން ހަމާސްއިން ބަންދުކޮށްފައިވާ އިސްރާއީލްގެ މީހުން ދޫކޮށްނުލައިފިނަމަ، ޣައްޒާގައި "ވަރުގަދަ ހަނގުރާމައެއް" އަލުން ފަށާނެކަމުގެ އިންޒާރު އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ ދީފިއެވެ.
12 Feb 2025
ފްރީޒޯންގެ ސީއީއޯގެ މަގާމަށް ކުރީގެ ފިނޭންސް މިނިސްޓަރ ޝަފީގު
ކުރީގެ ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު، މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯން (އެމްއައިޑީއެފްޒެޑް) ގެ ސީއީއޯގެ މަގާމަށް އައްޔަނު ކުރައްވައިފިއެވެ.
12 Feb 2025
ގޭންގު ކުށްތަކާ ބެހޭ ބިލު ބަލައިގަނެ ކޮމެޓީއަށް ފޮނުވައިފި
ގޭންގު ކުށްތަށް ހުއްޓުވުމަށް ފަރުމާކޮށް ހުށަހެޅި، ގޭންގުތަކުން ހިންގާ ކުށްތަކާއި އެ ނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ބިލު‘ ރައްޔިތުންގެ މަޖިލީހުން މިއަދު ބަލައިގަނެ، އެ ބިލު ކޮމިޓީއަށް ފޮނުވައިފިއެވެ.
12 Feb 2025
އާޓިސްޓުންގެ އުފެއްދުންތައް ބޭރުގެ ހިމާޔަތް ހޯދަން މަޖިލީހުގެ ރުހުން ހޯދަނީ
”ބާން ކޮންވެންޝަން ފޯ ދަ ޕްރޮޓެކްޝަން އޮފް ލިޓަރަރީ އެންޑް އާޓިސްޓިކް ވޯކްސް“ ގައި ރާއްޖެއިން ބައިވެރިވާން ރުހުން ހޯދަން މަޖިލީހަށް ފޮނުވައިފިއެވެ.
12 Feb 2025
ޑރ. ޝަމީމްގެ ”ފުރުސަތު“ ދަރުސް ހުކުރު ދުވަހުގެރޭ ހުޅުމާލޭގައި
އަލް-އަސްރުން އިންތިޒާމް ކޮށްގެން ބާއްވާ، ޑރ. އާދަމް ޝަމީމްގެ ޚާއްސަ ދަރުހެއް ހުކުރު ދުވަހުގެރޭ ހުޅުމާލޭގައި ބާއްވާ ގޮތަށް ހަމަޖެހިއްޖެއެވެ.
12 Feb 2025
ތިން ގައުމަކަށް ނަން- ރެސިޑެންސް ސަފީރުން، އައްޔަން ކުރަން މަޖިލީހަށް
ރާއްޖެއިން އިތުރު ތިން ގައުމުތަކަކަށް ނޮން-ރެސިޑެންޓް ސަފީރުން އައްޔަން ކުރުމަށާއި، އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) އަށް މަންދޫބަކު އައްޔަނު ކުރެއްވުމަށް މަޖިލީހަށް ނަން ހުށަހަޅައިފި އެވެ.
11 Feb 2025
ގޮންޖެހުންތަކުން އަރައިގަތުމަށް އަންހެން ސައިންސްވެރިން މުހިންމު: ރައީސް
މޫސުމަށް އަންނަ ބަދަލުތަކާއި ދެމެހެއްޓެނިވި ތަރައްޤީ ހޯދުން ފަދަ ދުނިޔެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް އަންހެން ސައިންސްވެރިންނާއި ފަންނީ ތަޖުރިބާކާރުންނާއި އިސްވާރުންގެ ދައުރު ވަރަށް މުހިންމު ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މި ފަދައިން ވިދާޅުވީ، ބައިނަލްއަޤުވާމީ ފެންވަރުގައި މިއަދު ފާހަގަކުރަމުންދާ އިންޓަރނޭޝަނަލް ޑޭ އޮފް ވިމެން އެންޑް ގަރލްސް އިން ސައިންސް ނުވަތަ ސައިންސްގެ ދާއިރާގައި ހަރަކާތްތެރިވާ އަންހެނުންނާއި އަންހެން ކުދިންގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ޚާއްޞަ މެސެޖުގައެވެ. ބައިނަލްއަޤުވާމީ ފެންވަރުގައި މި ފަދަ ދުވަހެއް ފާހަގަ ކުރަނީ، ސައިންސްގެ ރޮނގުން އަންހެނުންނާއި އަންހެން ކުދިން ހޯދާފައިވާ މުހިންމު މަސައްކަތްތައް ފާހަގަކޮށް، އެކުދިންގެ ބައިވެރިވުމާއި، ހަމަހަމަ ފުރުޞަތުތައް ހޯދައިދިނުމާއި، ކުރިއެރުމާއި ކާމިޔާބީ ފާހަގަކޮށް، އެއްބާރުލުންދީ، ބާރުއެޅުމުގެ ގޮތުން ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ވިދާޅުވެފައިވެއެވެ. ސައިންސާއި ސައިންސްގެ ދާއިރާއިން އަންހެނުންނާއި އަންހެން ކުދިން، އީޖާދީ އަދި ވިލުންތެރި ގޮތެއްގައި ބާރުވެރިކުރުވައި، މަސައްކަތްތެތިކަމުގެ ފަންނުތަކަށް އަންނަ ހަލުވި ކުރިއެރުމުގައި އަންހެނުންގެ ބައިވެރިވުން ކަށަވަރު ކުރުމަށް ދިވެހި ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ދެއްވާފައިވެއެވެ. ސްކޮލަރޝިޕްތަކާއި ސްޓޫޑެންޓް ލޯން ސްކީމްތަކާއި ސައިންސް، ޓެކްނޯލޮޖި، އިންޖިނިއަރިންގ އަދި މެތަމެޓިކްސް، (ސްޓެމް)ގެ ދާއިރާގެ ކޯސްތަކުން ފުރަތަމަ ޑިގްރީގެ ހިލޭ އެހީގެ ނަތީޖާއެއްގެ ގޮތުން މި ޕްރޮގްރާމްތަކުގައި އަންހެނުންގެ ބައިވެރިވުން އިތުރުވެ، ތަޢުލީމީ ދާއިރާގައި މިންތީގެ ފަރަގު ކުޑަކުރުމުގައި، ދެމެހެއްޓެނިވި ތަރައްޤީގެ އަމާޒު، ނުވަތަ އެސް.ޑީ.ޖީއަށް ވާޞިލުވެވުމީ، ތަޢުލީމީ ދާއިރާގައި މިންތީގެ ހަމަހަމަކަމަށް ރާއްޖެއިން ދޭ އަހައްމިއްޔަތުކަން ހާމަވެގެންދާ ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ފާހަގަކުރައްވާފައިވެއެވެ. ވޮކޭޝަނަލް ލެބްތަކާއި ކެރިއަރ ގައިޑެންސް ޕްރޮގްރާމްތައް މެދުވެރިކޮށް، މަސައްކަތުގެ ތަމްރީނުތައް އިތުރުކޮށް، އަންހެނުންނާއި އަންހެން ކުދިންނަށް ތަޢުލީމާއި މަސައްކަތް އުނގެނުމުގެ ފުރުސަތުތައް ފަހިކޮށްދިނުމާއި، މިހާރަށްވުރެ ބޮޑު ޖީލެއް ބާރުވެރިކުރުވައި، މިންތީގެ ތަފާތުކުރުންތަކާ ދެކޮޅަށް މަސައްކަތް ކުރުމަކީ ދިވެހި ރާއްޖޭގެ އަމާޒު ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ވިދާޅުވެފައިވެއެވެ. ޑިޖިޓަލް އިޤުތިޞާދީ ބަދަލުތަކުގެ ބޭނުން ހިފައި، 2040 ވަނަ އަހަރު އަންނަންވާއިރަށް ރާއްޖެއަކީ ކުރިއަރާފައިވާ ގައުމަކަށް ހަދައި، ޑިޖިޓަލް އިޤުތިޞާދުގެ ހިއްސާ ޖީޑީޕީގެ 15 އިންސައްތައަށް އިތުރުކުރުން ކަމުގައި ވާއިރު، އަންހެނުންނަކީ މި އުއްމީދީ ދަތުރުގައި މުހިންމު ދައުރެއް އަދާކުރާ ބަޔަކަށް ވުމަށް އެދިވަޑައިގަންނަވާކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ވިދާޅުވެފައިވެއެވެ. ދިވެހިރާއްޖެއިން މަސައްކަތް ކުރަނީ، ޓާގެޓެޑް އިނިޝިއޭޓިވްސް ނުވަތަ ވަކި ބަޔަކަށް އަމާޒުކޮށްގެން ހިންގާ މަޝްރޫޢުތަކާއި، އިންކްލޫސިވް ޕޮލިސީ ނުވަތަ ޝާމިލު ސިޔާސަތުތަކުގެ ޒަރިއްޔާއިން ސިންދަފާތު ކަމާއި ހުރިހާ އެންމެންގެ ޝާމިލުވުން އިތުރުކޮށް، އަންހެނުންނަށް ސައިންސްގެ ރޮނގުން ހަމަހަމަކަމާއިއެކު އިސްވާރުންގެ ގޮތުގައި ކުރިއެރުން ހޯދޭނެ މާހައުލެއް ޤާއިމުކުރުން ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ފާހަގަކުރެއްވިއެވެ. މިއަދަކީ، ސައިންސްގެ ދާއިރާގައި އަންހެނުންނާއި އަންހެން ކުދިން ކުރާ މަސައްކަތަކީ އިހުތިރާމް ލިބިފައިވާ، ހުރިހާ ގޮތަކުން ވެސް އަންހެނުން ބާރުވެރި ކުރުވުމަށް އިސްކަންދީ، މިންތީގެ ހަމަހަމަކަން ކުރިއެރުވުމަށް އަހުދު ކުރެވޭ ދުވަހެއްގެ ގޮތުގައި، ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ފާހަގަކުރައްވާފައިވެއެވެ. ސައިންސްގެ ދާއިރާގައި ހަރަކާތްތެރިވާ އަންހެނުންނާއި އަންހެން ކުދިންގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، އެ މަނިކުފާނުގެ ރަސްމީ "އެކްސް" އެކައުންޓްގައިވެސް ޕޯސްޓެއް ހިއްސާކުރައްވާފައެވެ.
11 Feb 2025
ގަވައިދާ ޚިލާފަށް ސިނގިރޭޓު ކޭސް ނެރުން؛ 67މިލިއަން ރުފިޔާ ހޯދަން ކޯޓަށް
ދެ ބޮންޑެޑް ވެއާހައުސްއަކުން ގަވައިދާ ޚިލާފަށް ޖުމުލަ 955 ކޭސް ސިނގިރޭޓު ނެރުނު މައްސަލައެއްގައި 67 އަށްވުރެ ގިނަ ރުފިޔާ ހޯދަން ކަސްޓަމްސް އިން ދައުވާ ކޮށްފިއެވެ.