ޚަދީޖާ އަރުފާ
އެސޯސިއޭޓް އެޑިޓަރ
ޚަދީޖާ އަރުފާ
25 Feb 2025
ސްޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރާ ބިލް މަޖިލީހަށް ބަލައިގެންފި
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގައި ހިމެނޭ ފަނޑިޔާރުންގެ އަދަދު މަދުކޮށްލުމަށް ކޯޓުތަކާ ބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ ބިލް ރައްޔިތުންގެ މަޖިލީހަށް ބަލައިގެންފި އެވެ.
25 Feb 2025
އިޙްސާންގެ އިތުބާރު ނެތް ކަމަށް ފާހެއް ނުވި!
ދާޚިލީ ސަލާމަތާ ބެހޭ ވަޒީރު ޢަލީ އިހްސާނަށް އިތުބާރު އޮތް ކަމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.
25 Feb 2025
ޕޮލްކޯގެ ސީއީއޯ އަހުމަދު އަނީސް މަގާމުގެ ޒިންމާތަކުން އެކަހެރި ކޮށްފި
ޕޮލިސް ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) ގެ ސީއީއޯގެ މަޤާމުގައި ހުންނެވި އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު އަނީސް، އެ މަޤާމުގެ ޒިންމާތަކުން އެކަހެރި ކޮށްފިއެވެ.
25 Feb 2025
ވަގަށް މީހުން ވެއްދިނަމަ ޕާޓީއަށް 40،000 ހާސް މީހުން ވައްދާނަން
ޑިޕާޓްމެންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު)ގެ އޮފީސް ތެރޭގައި 'ވަގު ފޯމު'ތަކެއް ފުރުއްވިނަމަ ފުރުއްވާނީ 40،000 ފޯމު ކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެއެވެ.
25 Feb 2025
މެންބަރުންގެ ގޮނޑި ގެއްލުން ހުއްޓުވުމަށް ވަގުތީ އަމުރެއް ނެރެދޭން އެދިއްޖެ
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ސިޔާސީ ޕާޓީ ބަދަލު ކުރުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހަށް އަމަލުކުރުން މަޑުޖައްސާލައި އެފަދަ އެއްވެސް އިޖުރާތެއް ކުރިއަށް ނުގެންދަން އަމުރުކޮށްދިނުމަށް މައްސަލަ ހުށައަޅާފައިވާ އަލީ ހުސެއިން ސުޕްރީމް ކޯޓުގައި އެދިވަޑައިގެންފިއެވެ.
25 Feb 2025
ބެސްޓިނެޓް ކުންފުންޏާއެކު ކުރީން އެއްބަސްވުމެއް ހެދިކަމުގެ ހެކި، ދައްކަވައިފި!
ރާއްޖެއަށް ބިދޭސީން ގެނައުމުގެ ޚިދުމަތް ފޯރުކޮށްދޭ އެކްސްޕެޓް ސިސްޓަމް ހެދުމަށް، މޭލޭޝިއާގެ ބެސްޓިނެޓް ކުންފުންޏާއެކު ސަރުކާރު ”ބަނދެވޭފަދަ“ އެއްވެސް އެއްބަސްވުމެއް ކުރީ ސަރުކާރުން ނުހަދާ ކަމަށް އެމްޑީޕީން ބުނުމުން، އެފަދަ އެއްބަސްވުމެއް ހެދި ކަމުގެ ހުރިހާ ލިޔެކިޔުންތަކެއް ދާޚިލީ ވަޒީރު ޢަލީ އިހްސާން މަޖިލީހުގައި ހާމަކުރައްވައިފިއެވެ.
25 Feb 2025
ފަޒުނާ ޑީއެންއާރު ޑާޓާ ބޭސް ބޭނުންކުރާ ފޮޓޯއެއް އިހްސާން ހާމަކުރައްވައިފި
2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ތެރޭގައި، ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުގެ އަނބިކަނބަލުން ފަޒުނާ އަޙްމަދު، ޑީއެންއާރު ޑާޓާ ބޭނުންކުރައްވައިގެން އެމްޑީޕީއަށް މެންބަރުން ވެއްދުމުގެ މަސައްކަތް ކުރައްވަމުންދާ ފޮޓޯއެއް ދާޚިލީ ވަޒީރު އަލީ އިހްސާން މަޖިލީހުގައި ހާމަކުރައްވައިފިއެވެ.
25 Feb 2025
މާލެ ސިޓީގެ ބައެއް ސަރަހައްދު ތަކުން މިއަދު ކަރަންޓް ކެނޑިދާނެ
ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތަށް މާލެ ސިޓީގެ ބައެއް ސަރަހައްދު ތަކުން މިއަދު ކަރަންޓްގެ ޚިދުމަތް މެދުކެނޑިދާނެ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
23 Feb 2025
ރ. އަތޮޅު ކައުންސިލަށް ސިހުރު ހެދި ދެ މީހުން ހައްޔަރުކޮށްފި
ރ. އުނގޫފާރުގައި ހުންނަ އެ އަތޮޅު ކައުންސިލްގެ އިދާރާއަށް ސިހުރު ހެދި ކަމުގެ ތުހުމަތުގައި ދެ މީހުން ހައްޔަރުކޮށްފި އެވެ.
23 Feb 2025
”މައުމޫން“ ފޮންޓަކީ މައުމޫންގެ ޚިދުމަތަށް އިތުރުވެގެންދިޔަ އާ ބޮޅެއް: ޞާލިޙް
ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ އަތުލިޔުން އަސްލަކަށް ބަލައިގެން ތާނަ ފޮންޓެއް އާންމު ކުރެވިގެން ދިޔުމަކީ އެމަނިކުފާނުގެ ޤައުމީ ޚިދުމަތުގެ ތެރެއަށް އިތުރުވެގެންދިޔަ އާ ބޮޅެއް ކަމަށް ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
23 Feb 2025
ފައިނުގައި އެއާޕޯޓް ތަރައްޤީކުރަން އެމްޓީސީސީއަށް
ރ. ފައިނުގައި އެއާޕޯޓް އަޅަން އެމްޓީސީސީ އާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް އެމްއޭސީއެލްއާ ދެމެދު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.
23 Feb 2025
އުރީދޫ ނޭޝަން ގޭމާސް ލޭންޑް ފެސްޓިވަލް ނިންމާލައިފި
އުރީދޫ ނޭޝަން ގޭމާސް ލޭންޑް: ދަ އަލްޓިމޭޓް ގޭމިން ފެސްޓިވަލް ކުލަގަދަ ހަފްލާއަކާއެކު ނިންމާލައިފިއެވެ.
23 Feb 2025
ކާރެއް ކޮންޓްރޯލް ނުވެ ނުރައްކާތެރި އެކްސިޑެންޓެއްގައި
ކާރެއް ކޮންޓްރޯލް ނުވެ ހިނގި އެކްސިޑެންޓެއްގައި 6 ސައިކަލަކާއި ކާރަކަށް ގެއްލުންވެއްޖެއެވެ.
23 Feb 2025
ޖަޕާނުގެ އެހީތައް ރާއްޖޭގެ ތަރައްޤީގައި މުހިންމު ދައުރެއް އަދާކުރޭ
ދިވެހިރާއްޖެއަށް ޖަޕާނުން ފޯރުކޮށްދެމުންދާ އެހީތައް ރާއްޖޭގެ ތަރައްޤީގައި މުހިންމު ދައުރެއް އަދާކުރާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
23 Feb 2025
ކުރީގެ މެނޭޖުމަންޓުން، އިންޓަވިއު ކުރުމެއްނެތި 49 މީހުންނަށް ވަޒީފާދީން
މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ ކުރީގެ މެނޭޖްމަންޓުން އިޢުލާނާއި އިންޓަވިއުއެއްވެސް ކުރުމެއް ނެތި ބޮޑު މުސާރަ ދޭ ގޮތަށް 49 މީހަކަށް ވަޒީފާ ދީފައިވާކަން ހާމަ ވެއްޖެއެވެ.
23 Feb 2025
ޒަކިއްޔާގެ މަރުގެ މައްސަލަ އެޗްއާރްސީއެމުންވެސް ތަޙުޤީޤުކުރަން ފަށައިފި
ނ. ހޮޅުދޫގައި ޒަޚަމްތަކަކާއެކު މަރުވެފައި އޮއްވާ ފެނުނު ޒަކިއްޔާ މޫސާގެ މަރުގެ މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް، އެޗްއާރްސީއެމުންވެސް ތަޙުޤީޤުކުރަން ފަށައިފިއެވެ.
23 Feb 2025
ބަންދުގައި ތިބި 17 ބިދޭސީން ކާނާ ވިހަވެއްޖެ
ހުޅުމާލޭ ޑިޓެންޝަން ސެންޓަރުގައި ބަންދުކޮށްފައި ތިބި 17 ބިދޭސީން، ކާނާ ވިހަވެ ހޮސްޕިޓަލުގައި ފަރުވާ ދޭން ފަށައިފި އެވެ.
22 Feb 2025
”އީޒެޕް“ މެދުވެރިކޮށް "ބޮލީވުޑް” އިން ކުރާ އޯޑަރުތަކަށް %15 ޑިސްކައުންޓެއް
ގިނަ އަދަދެއްގެ ޚިދުމަތްތަކެއް ހިމެނޭ ސުޕާ-އެޕްލިކޭޝަނެއް ކަމަށްވާ "އީޒެޕް" މެދުވެރިކޮށް "ބޮލީވުޑް” ރެސްޓޯރެންޓުން ކުރާ އޯޑަރުތަކަށް %15 ޑިސްކައުންޓެއް ދޭ ގޮތަށް ހަމަޖެހިއްޖެއެވެ.
21 Feb 2025
1.8 މެގަވޯޓުގެ ޖެންސެޓް އިންސްޓޯލްކޮށް އައްޑޫއަށް ކަރަންޓު ޔަގީންކޮށްދީފި
1.8 މެގަވޯޓުގެ ޖެންސެޓް އިންސްޓޯލްކޮށް، އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްރަށަށް ކަރަންޓް ޔަޤީންކޮށްދީފިއެވެ.
21 Feb 2025
މަސްތުވާތަކެއްޗާއި ބަނގުރަލާއެކު ހުޅުމާލެއިން ތިން މީހަކު ހައްޔަރުކޮށްފި
ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް އާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ހުޅުމާލޭ ފޭސް ދޭއްގެ އެޕާޓްމަންޓެއް ބަލައި ފާސްކުރިއިރު މަސްތުވާތަކެއްޗާއި ބަނގުރާ ފެނުނު މައްސަލައެއްގައި ތިން މީހަކު ހައްޔަރުކޮށްފިއެވެ.
21 Feb 2025
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު އަންހެނަކު ހައްޔަރުކޮށްފި
ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް އާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން ހިންގި އޮޕަރޭނެއްގައި ހުޅުމާލޭގައި ހުރި ގެއެއް ބަލައި ފާސްކޮށް ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފިއެވެ.
21 Feb 2025
ނަފްސާނީ ސިއްހަތުގެ ގައުމީ ހެލްޕްލައިނަށް 3,651 ފޯނު ކޯލް
ނަފްސާނީ ސިއްހަތުގެ ގައުމީ ހެލްޕްލައިން ނަންބަރު 1677 އިން މިހާތަނަށް 3,651 ފޯނު ކޯލަށް ޖަވާބުދީފައިވާ ކަމަށް ހެލްތު މިނިސްޓްރީން ހާމަކޮށްފި އެވެ.
21 Feb 2025
ރޯދައަށް ހުޅުމާލެ ސާފުކުރުމަށް "ރޯދަ ސާފު" ޕްރޮގުރާމު މިއަހަރުވެސް ފަށައިފި
ރޯދަ މަހާ ދިމާކޮށް ހުޅުމާލެ ސާފު ކުރުމަށް އެޗްޑީސީން ކޮންމެ އަހަރަކުވެސް ކުރިއަށްގެންދާ "ރޯދަ ސާފު" ޕްރޮގުރާމު މިއަހަރުވެސް ފަށައިފިއެވެ.
21 Feb 2025
ވިޔަފާރީގެ ފައިދާއާއި މަންފާ އިތުރަށް ހޯދުމުގެ މަހަކަށް ރޯދަމަސް ނުހަދާށެވެ!
ރަމަޟާން މަހަކީ، ވިޔަފާރީގެ ފައިދާއާއި މަންފާ އިތުރަށް ހޯދުމުގެ މަހަކަށް ހެދުމުގެ ބަދަލުގައި، ހެޔޮ އަގުގައި ތަކެތި ފޯރުކޮށްދީ، އެ މައްސަރުގެ ދަރުމަ ހޯދުމަށް ގަދައަޅައި މަސައްކަތްކުރުމަށް މިއަދުގެ ޚުތުބާގައި ނަސޭހަތްތެރިވެއްޖެއެވެ.
21 Feb 2025
ޓިކްޓޮކް ބަދީޢު އަށް އާރުޑީސީން ވަޒީފާ ދީފި
ޓިކްޓޮކްގައި ވީޑިއޯ ހަދައި މީހުންގެ މަގުބޫލުކަން ހޯދާފައިވާ ބަދީޢުއަށް ރޯޑް ޑިވޮލަޕްމަންޓް ކޯޕަރޭޝަން (އާރުޑީސީން) ވަޒީފާ ހަމަޖައްސައިދީފިއެވެ. ބަދީޢުއަށް އާރްޑީސީން ވަޒީފާ ހަމަޖައްސައިދީފައިވަނީ އިއްޔެއެވެ.
21 Feb 2025
ހިތަދޫ މެދު ދާއިރާގެ ކުރީގެ މެމްބަރުގެ ގެ އަނދައި ހުލިވެއްޖެ
ސަތާރަ ވަނަ ރައްޔިތުންގެ މަޖިލީހުގައި ހިތަދޫ މެދު ދާއިރާ މެމްބަރުކަން ކުރައްވާފައިވާ މުޙައްމަދު ރަޝީދު ނުވަތަ އާއްމު ނަމުން ނަމަ، މެޓްރިކްސް މޯޑު އައްޑޫ ސިޓީ ހިތަދޫގައި ދިރިއުޅެމުންދާގެ "ގާލެންޑް" އަނދާއަޅިއަށް ވެއްޖެއެވެ.
21 Feb 2025
ޚަލީލަށް ލަންކާ މީހަކު މަރުގެ އިންޒާރު ދިން މައްސަލައެއް
ޚާރިޖީ ވަޒީރު އަބްދުالله ޚަލީލް ރަސްމީ ދަތުރުފުޅެއްގައި ލަންކާއަށް ވަޑައިގެން ހުންނަވަނިކޮށް އެ ގައުމަށް ނިސްބަތްވާ މީހަކު މަރުގެ އިންޒާރު ދިން މައްސަލައެއް ފުލުހުން ބަލަންފަށައިފިއެވެ.
21 Feb 2025
މާލޭގައި މަސްދަޅު ކޭސް ބަހާނެ އިތުރު ތަނެއް ހަމަޖައްސަނީ!
ކުރިއަށް އޮތް ރަމަޟާން މަހު ސަރުކާރުން ކޮންމެ ގެއަކަށް ދޭ މަސްދަޅު ކޭސް ހޯދުމަށް ރޭ އިޖާބަދިން ވަރު ބަލައި ރޯދަ ހަދިޔާ ބަހާނެ އިތުރު ތަނެއް ހަމަޖައްސަން ނިންމާފައިވާ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
21 Feb 2025
ރެސިޕީ: ސަލާދުފަތު ސެލެޑު
ސަލާދުފަތް ނުވަތަ އާއްމު ނަމުން ނަމަ ލެޓިޔުސް ފަތަކީ، އެ ހުންނަ ގޮތަށް ކާލަންވެސް ވަރަށް މީރު، ސިއްހަތަށް ވަރަށް ފައިދާހުރި ފަތެކެވެ. އަދި އެ ފަތުން ސެލެޑް ފަދަ އެއްޗެއް ތައްޔާރު ކޮށްލުމުން، ރަހަ ދެތިން ގުނައަށް މީރުވެ، ސުފުރާމަތި އިތުރަށް ފަޅު ފިލުވާލަދެއެވެ. އެހެންކަމުން މި ހުކުރު މި ގެނެސްދެނީ ސަލާދުފަތުން މީރު ސެލެޑެއް ތައްޔާރު ކުރާނެ ގޮތުގެ ރެސިޕީއެވެ.
20 Feb 2025
މ. އަތޮޅާއި ވ. އަތޮޅުގެ ރަށަކުންވެސް މީހުން ބަދަލުވާން އެދިއްޖެ!
ވ. އަތޮޅާއި މ. އަތޮޅުގެ ރަށަކުން މީހުން ބަދަލުވާން އެދިފައި ވާކަމަށް ސިޓީތަކާ އިދާރީ ދާއިރާތައް ހިންގުމާ އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު މިއަދު ވިދާޅުވެއްޖެއެވެ.