ޝަބާ މުހައްމަދު ސައީދު
ނޫސްވެރިކަމަށް އަލަށް ނިކުންނަ ނޫސްވެރިއެއް
ޝަބާ މުހައްމަދު ސައީދު
06 Apr 2024
ޣައްޒާއަށް އެހީ ފޯރު ކޮށްދޭ މަގުތައް ޔަހޫދީން ހުޅުވާލަނީ
އެމެރިކާގެ ރައީސް ޖޯ ބައިޑަންގެ އިންޒާރަށް ފަހު، ޣައްޒާއަށް އެހީ ފޯރު ކޮށްދޭ އެއްގަމު ބައެއް މަގުތައް ވަގުތީ ގޮތުން ހުޅުވާލަން ޔަހޫދީން ނިންމައިފިއެވެ.
04 Apr 2024
119 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގެ ތަފްސީލު ހާމަކޮށްފި
މާލެ އާއި ހުޅުމާލޭގައި ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަންތަކެއްގެ ތެރެއިން 2021 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 12 ވަނަ ދުވަހު ރާއްޖެއަށް 119 ކިލޯގެ މަސްތުވާތަކެތި އެތެރެކޮށް ވިޔަފާރިކުރާކަމަށް ތުހުމަތު ކުރެވުނު ތިން މީހުންގެ ތެރެއިން ދެ މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ނިންމާފައިވަނިކޮށް، މި މައްސަލަ އާއި ގުޅުން ހުރި ތަފްސީލުތައް ސީސީޓީވީ ފޫޓޭޖް ތަކާއި އެކު ފުލުހުން ހާމަކޮށްފިއެވެ.
04 Apr 2024
ޓައިވާނަށް އައި ބިންހެލުމުގައި މިހާތަނަށް 9 މީހަކު މަރުވެއްޖެ
އިއްޔެގެ ވަގުތެއްގައި ޓައިވާނަށް އައި ބިންހެލުމުގައި މިހާތަނަށް 9 މީހަކު މަރުވެ، ހާހަކަށްވުރެ ގިނަ މީހުން ޒަހަމްވެއްޖެއެވެ.
04 Apr 2024
ސްޕޯޓްސް އެރީނާ އާއި ކޯޓުތައް އެޅުމުގެ މަސައްކަތްތައް މި އަހަރު ހިނގާނެ: ރައީސް މުއިއްޒު
ސްޕޯޓްސް އެރީނާ އާއި އެކި ކަހަލަ ކޯޓުތައް އެޅުމުގެ ގިނަ މަސައްކަތްތަކެއް މި އަހަރު ހިނގަމުންދާނެ ކަމަށް ރައީސުލްޖުހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
04 Apr 2024
‏މާލޭ ސިޓީ ކައުންސިލުން ބާއްވާ ޤުރުއާން މުބާރާތް ފަށައިފި
‏މާލޭ ސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ ޤުރުއާން މުބާރާތް ފަށައިފިއެވެ.
04 Apr 2024
އިމިގްރޭޝަންގެ ޑެޕިއުޓީ ކޮންޓްރޯލާއަށް އަޝްފާން ހަމަޖައްސައިފި
މޯލްޑިވްސް އިމިގްރޭޝަންގެ ޑެޕިއުޓީ ކޮންޓްރޯލރ ގެ މަގާމަށް އަހްމަދު އަޝްފާން ހަމަޖައްސައިފިއެވެ.
04 Apr 2024
ޣައްޒާގައި އެހީތެރިންތަކަކަށް ޔަހޫދީން ދިން ހަަމަލާ ސަރުކާރުން ކުށްވެރިކޮށްފި
ޣައްޒާގައި ހަރަކާތްތެރިވަމުންދިޔަ އެހީތެރިންތަކަކަށް އަމާޒުކޮށް ޔަހޫދީން ދިން ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފިއެވެ.
04 Apr 2024
ޔަހޫދީން ޣައްޒާއަށް ހަމަލާދޭން އޭއައި ބޭނުންކުރަނީ!
ނިރުބަވެރި ޔަހޫދީން ޣައްޒާއަށް ހަމަލާދިނުމަށް އެންމެ ފަހުގެ ޓެކްނޮލޮޖީ ވަސީލަތެއް ކަމަށްވާ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކުރާކަމަށް ރިޕޯޓްތައް ބުނެފިއެވެ.
03 Apr 2024
ޕާޓީ ބަދަލުކޮށްފިނަމަ މެމްބަރުގެ ގޮނޑި ގެއްލޭނެކަމަށް %73 މީހުން ގަބޫލުކުރޭ
ރައްޔިތުންގެ މަޖިލީހަށް މެމްބަރަކު އިންތިހާބުވާ ޕާޓީ ބަދަލުކޮށްފިނަމަ އެ މެމްބަރުގެ ގޮނޑި ގެއްލެން ޖެހޭ ކަމަށް %73 މީހުން ގަބޫލުކުރާ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރުސީއެމް) އިން ހެދި ސާވޭ އަކުން ދައްކައިފިއެވެ.
03 Apr 2024
ސަރުކާރުން ހަދިޔާކުރި ކާޑުގެ ބާވަތްތައް މީގެ ފަހުން ލިބޭނީ އެސްޓީއޯ ގުދަނުން
މި އަަހަރުގެ ރަމަޟާން މަހަށް ސަރުކާރުން ކޮންމެ ގޭބީސީ އަކަށް ހަދިޔާކުރި ކާޑުގެ ބާވަތްތައް ކަމަށްވާ ހަނޑުލާއި ފުށް މާލެ ސަރަހައްދުން ނުގެންދެވުނު ފަރާތްތަކަށް އެސްޓީއޯ ކާޑު ގުދަނުން ލިބޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.
03 Apr 2024
ސަރުކާރު ކުންފުނިތަކަށް އެވޯޑެއް ތައާރަފް ކުރުމަށް ޕީސީބީން ނިންމައިފި
ސަރުކާރުގެ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށްޓަކައި ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު(ޕީސީބީ)ން ޚާއްޞަ އެވޯޑެއް ދޭން ނިންމައިފިއެވެ.
03 Apr 2024
އީރާނުގެ ކޮންސިއުލޭޓަށް ދިން ހަމަލާ ސަރުކާރުން ކުށްވެރި ކޮށްފި
ސީރިއާގެ ވެރިރަށް ދިމިޝްގުގައި ހުންނަ އީރާނުގެ ކޮންސިއުލޭޓަށް ދިން މިސައިލް ހަމަލާ ދިވެހި ސަރުކާރުން ކުށްވެރި ކޮށްފިއެވެ.
03 Apr 2024
މިހާތަނަށް ރާއްޖެއަށް ހަލައްކަ ފަތުރުވެރިން ޒިޔާރަތްކޮށްފި!
މިހިނގާ 2024 ވަނަ އަހަރުގެ ފުރަތަމަ ތިން މަސް ނިމުނު އިރު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 6 ލައްކައަށް ވުރެ މަތިވެއްޖެއެވެ.
03 Apr 2024
ޓައިވާނަށް ބާރުގަދަ ބިންހެލުމެއް؛ ސުނާމީގެ އިންޒާރު ދީފި!
ޓައިވާނަށް 7.4 މެގްނިޓިއުޑްގެ ބާރުގަދަ ބިން ހެލުމެއް އަތުވެއްޖެއެވެ.
02 Apr 2024
ރައީސް ޑރ.މުއިއްޒު ހިޔާ ސަރަހައްދުގެ ރައްޔިތުންނާއި ބައްދަލުކުރައްވަނީ
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު މިރޭ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ ސަރަހައްދަށް ވަޑައިގެން އެ ސަރަހައްދުގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ނިންމަވައިފިއެވެ.
02 Apr 2024
އެގްރިކަލްޗަރ އިކޮނޮމިކް ޒޯން ވާނީ ޓެކްނޮލޮޖީން މުއްސަނދި މަޝްރޫއުއަކަށް: ސައީދު
އުތުރުތިލަފަޅުގައި މި ސަރުކާރުން ޗައިިނާއާއިއެކު ކުރިއަށް ގެންދިއުމަށް އެއްބަސްވެފައިވާ އެގްރިކަލްޗަރ އިކޮނޮމިކް ޒޯން ވާނީ ޓެކްނޮލޮޖީން މުއްސަނދި ފަޚުރުވެރި މަޝްރޫއުއަކަށް ކަމަށް އިގުތިސާދީ ކަންކަމާ ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
02 Apr 2024
ޒަކާތު ފަންޑުން ޣައްޒާއަށް އެހީ ފޯރުކޮށްދިނުމަށް ނިންމައިފި
ޒަކާތު ފަންޑުން ފަލަސްތީންގެ ޣައްޒާއަށް ކާބޯތަކެތީގެ އެހީތެރިކަމެއް ފޯރުކޮށްދިނުމަށް މަސައްކަތްކުރަމުންދާ ކަމަށް ރާއްޖޭގެ އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
02 Apr 2024
އިމްރާން ޚާންގެ ދެކަނބަލުންގެ މައްޗަށް އިއްވި ޖަލު ހުކުމް ފަސްކޮށްފި
އިމްރާން ޚާން އާއި އަނބިކަބަލުން ބުޝްރާ ބިބީގެ މައްޗަށް ކޮރަޕްޝަންގެ ކުށް ސާބިތުވެ، އިއްވާފައިވާ 14 އަަހަރުގެ ޖަލު ހުކުމް ފަސްކުރުމަށް ޕާކިސްތާނުގެ ކޯޓަކުން ހުކުމް ކޮށްފިއެވެ.
01 Apr 2024
ދައުލަތަަށް އެންމެ ފައިދާ ބޮޑުވާނީ ނިލަންދޫގައި އެއާޕޯޓް އެޅުމުން: ޢަބްދުލްމުހުސިން
ސަރުކާރުން ފ އަތޮޅުގައި އެއާޕޯޓްއެއް އަޅާނަމަ ދައުލަތަށް އެންމެ ފައިދާވާނީ ނިލަންދޫގައި އެއާޕޯޓް އެޅުމުން ކަމަށް ނިލަންދޫ ދާއިރާގެ މެމްބަރު ޢަބްދުލް މުހުސިން ހަމީދު ވިދާޅުވެއްޖެއެވެ.
01 Apr 2024
އިސްލާމީވަންތަ ލައިޓްތަކާއި އެކު އީދަށް ރަށްތައް ޒީނަތްތެރިކުރަނީ!
ކުރިއަށް އޮތް ފިތުރުއީދަށް އިސްލާމީވަންތަ ލައިޓްތަކާއި އެކު ރާއްޖޭގެ ރަށްތައް ޒީނަތްތެރި ކުރެވޭނެ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާގެ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
01 Apr 2024
ތަގުވާ މިސްކިތުން ފަންކާތައް ވަގަށް ނެގި މީހާ ހައްޔަރުކޮށްފި
ތަގުވާ މިސްކިތުން ފަންކާތައް ވަގަށް ނެގި މީހާ ހައްޔަރުކޮށްފިއެވެ.
01 Apr 2024
އެމްއެމްޕީއާރުސީގެ މުއައްޒަފަކު ޖިންސީ ފުރައްސާރަކުރިކަމަށް ބުނާ މައްސަލައެއް ބަލަނީ
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ މުއައްޒަފަކު ޖިންސީ ފުރައްސާރަ ކުރި ކަމަށް ބުނާ މައްސަލައެއް ސޯޝަލް މީޑިއާ ތެރޭ ދައުރުވަމުންދާތީ، އެކުންފުނިން އެމައްސަލަ ބަލަން ފަށައިފިއެވެ.
01 Apr 2024
ޣައްޒާއަށް ކަނޑުމަގުން އެހީ ފޯރުކޮށްދިން ދެވަނަ ގައުމަކަށް ސައިޕްރަސް
ސައިޕްރަސް އިން ޣައްޒާއަށް ކަނޑުމަގުން އެހީ ފޯރުކޮށްދިފިއެވެ.
01 Apr 2024
ޣައްޒާގެ ގަތުލުއާއްމާއި ގުޅިގެން އިސްރާއީލުގައިވެސް މުޒާހަރާ ކުރަނީ
ހައްދުފަހަނައަޅާފައިވާ ޔަހޫދީން ޣައްޒާގައި ހިންގަމުންދާ ގަތުލުއާއްމާއި ގުޅިގެން އިސްރާއީލުގެ އާއްމުންވެސް މުޒާހަރާ ކުރަން ފަށައިފިއެވެ.
01 Apr 2024
ޝަރީއަތް ލަސްކުރީ ސަރުކާރުން އަތް ބާނައިގެން: ޔާމީން
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އިސްތިއުނާފް ޝަރީއަތް ލަސްކުރަނީ ސަރުކާރުން އަތްބާނައިގެން ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.
31 Mar 2024
"ޞާލިހު ކަހަލަ އަނިޔާވެރިންނަކަށް މިގައުމުން ޖާގައެއް ނުދޭނަން"
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ފަދަ އަނިޔާވެރިންނަށް މިގައުމުގެ ފަސްގަނޑުން ޖާގަނުދެއްވާނެ ކަމަށް ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
31 Mar 2024
ވައުދުފުޅާއި އެއްގޮތަށް އީ-ވޮލެޓްގެ ހިދުމަތް ތައާރަފްކޮށްފި!
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ވައުދުފުޅާއި އެއްގޮތަށް އީ-ވޮލެޓް ގެ ހިދުމަތް ތައާރަފްކޮށްފިއެވެ.
31 Mar 2024
ރައީސް މުޢިއްޒު މައްޗަންގޮޅި މެދު ދާއިރާގެ ދޮރުން ދޮރަށް!
ސަރުކާރު ކޯލިޝަން ގެ ފަރާތުން ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގައި ވާދަކުރާ ކެނޑިޑޭޓުންނަށް ތާއީދު ހޯއްދެވުމުގެ ގޮތުން ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން ލީޑަރު އަދި ޕީއެންސީގެ ރައީސް، ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގަންނަވާ ދޮރުންދޮރަށް ކެމްޕޭން ހަރަކާތް މިއަދު ކުރިއަށް ގެންދާނީ މައްޗަންގޮޅި މެދު ދާއިރާގައި ކަމަށް ޕީޕީއެމް/ ޕީއެންސީ ކޯލިޝަނުން ބުނެފިއެވެ.
31 Mar 2024
ސަރުކާރު ކެނޑިޑޭޓުން ހޮވުމަކީ އަމިއްލަވަންތަ ގައުމެއް ބިނާކުރަން އެއްބާރުލުންދިނުން: ރައީސް
ސަރުކާރު ކޯލިޝަން، ޕީޕީއެމް/ޕީއެންސީގެ ޓިކެޓްގައި ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހަށް ވާދަކުރައްވާ ބޭފުޅުން ހޮވައިދިނުމަކީ އަމިއްލަވަންތަ ގައުމެއް ބިނާ ކުރުމަށް އެއްބާރުލުން ދިނުން ކަމަށް ޕީޕީއެމް/ޕީއެންސީ ކޯލިޝަން ލީޑަރު އަދި ޕީއެންސީގެ ރައީސް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
31 Mar 2024
މިއަހަރު ނިމުމުގެ ކުރިން އައްޑޫ ބްރިޖްގެ މަސައްކަތް ފަށާނަން: ރައީސް މުޢިއްޒު
ހުޅުދޫ އަށް މިއަހަރު ވައުދުވެވަޑައިގެން ފަދައިން މިއަހަރު ނިމުމުގެ ކުރިން އައްޑޫ ބްރިޖްގެ މަސައްކަތް ފައްޓަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.