26 Dec 2023
ހިތްތަކަށް ރަޙުމާއި ކުލުނާއި އޯގާވެރިކަމުގެ މޫސުމެއް އަންނަން ޖެހޭ: ރައީސް ޑރ.މުއިއްޒު
ދިވެހިންގެ ހިތްތަކަށް ރަޙުމާއި ކުލުނާއި އޯގާވެރިކަމުގެ މޫސުމެއް އަންނަން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙއްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ މިރޭ ބޭއްވި އެއްބައިވަންތަ ކަމުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ޑރ.މުއިއްޒު ވިދާޅުވީ ދިވެހީން އެކަކު އަނެކަކުގެ އަބުރަށް ޢިއްޒަތަށް ޙުރުމަތްތެރިކޮށް ހިތުމަށް ވެސް މަގުދައްކައިދޭން ޖެހިފައިވާ ކަމަށެވެ.