އަހްމަދު ދާއޫދު
އަހްމަދު ދާއޫދު
އަހްމަދު ދާއޫދު
17 Aug 2024
މަސްތުވާތަކެތީގެ ތުހުމަތުކުރެވުނު ނަރުސް ވަޒީފާއިން ސަސްޕެންޑްކޮށްފި
މަސްތުވާތަކެތީގެ ތުހުމަތުކުރެވުނު އައިޖީއެމްއެޗްގެ ނަރުސް ވަޒީފާއިން ސަސްޕެންޑްކޮށްފިއެވެ.
17 Aug 2024
ޑްރަގް އެޑިކްޓުންގެ އައްޑާއަކަށް ބަދަލުވެފައިވާ މ. ރަބީއުވިލާ ތަޅާލަން ފަށައިފި
މާލޭގައި ފަޅަށް ހުންނަ ގެއެއް ކަމަށްވާ އަދި ފަހުން މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ އައްޑާއަކަށް ބަދަލުވެފައިވާ މ. ރަބީއުވިލާ ތަޅާލުމުގެ މަސައްކަތް ސަރުކާރުން މިއަދު ފަށައިފިއެވެ.
17 Aug 2024
ޗައިނާގެ ބެއިޖިން ނޯމަލް ޔުނިވާސިޓީގެ ދަޢުވަތަކަށް ޑރ. މާރިޔާ ޗައިނާއަށް ވަޑައިގެންފި
މަތީ ތައުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާބެހޭ ވަޒީރު ޑރ. މަރްޔަމް މާރިޔާ ޗައިނާގެ ބެއިޖިން ނޯމަލް ޔުނިވާސިޓީގެ ދަޢުވަތަކަށް ޗައިނާއަށް ވަޑައިގެންފިއެވެ.
17 Aug 2024
ސްޕާއެއްގައި ބިދޭސީ އަންހެނަކަށް ކަޓަރުން ހަމަލާދީ ފައިސާ ފޭރިގަތް މައްސަލައެއް ބަލަނީ
ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ހުރި ސްޕާއެއްގައި މަސައްކަތްކުރާ ބިދޭސީ އަންހެނެއްގެ ގައިގައި ކަޓަރު އަޅައި، ބިރުދައްކައި، ފައިސާ ފޭރިގަތް މައްސަލައެއް ފުލުހުން ތަޙުޤީޤު ކުރަމުންދާ ކަމަށް އެ މުއައްސަސާއިން ބުނެފިއެވެ.
17 Aug 2024
ރައީސުލްޖުމްހޫރިއްޔާ، އިންޑޮނޭޝިޔާގެ ރައީސަށް ތަހުނިޔާ ފޮނުއްވައިފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އިންޑޮނޭޝިޔާގެ 75 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި އެ ޤައުމުގެ ރައީސް ޖޯކޯ ވިޑޯޑޯއަށް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.
16 Aug 2024
އެމެރިކާ އިންތިޚާބުގެ ލަނޑުދަނޑިތަކަށް އީރާނުގެ ހެކަރުން ހަމަލާދިން: ގޫގުލް
އެމެރިކާގެ ރިޔާސީ އިންތިޚާބުގެ މުހިންމު ލަނޑުދަނޑިތަކަށް އީރާނުގެ ހެކަރުން ހަމަލާދިންކަމަށް ގޫގުލް އިން ހާމަކޮށްފިއެވެ.
16 Aug 2024
ޣައްޒާގައި ކޮންމެ ދުވަހަކު ގާތްގަނޑަކަށް 130 މީހުން މަރުވޭ: އދ
ޣައްޒާގައި ކޮންމެ ދުވަހަކު އެވްރެޖްކޮށް ގާތްގަޑަކަށް 130 މީހުން މަރުވަމުންދާކަމަށް އދ. އިން ބުނެފިއެވެ.
16 Aug 2024
ލަންކާގެ ރިޔާސީ އިންތިޚާބު: ރެކޯޑު އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރައްވަނީ
ލަންކާގެ ރިޔާސީ އިންތިޚާބުގައި ރެކޯޑު އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރައްވައްވާކަން ލަންކާގެ މީޑިއާތަކުން ހާމަކޮށްފިއެވެ.
15 Aug 2024
ޒިފްލީނާގެ ފްލެޓް މައްސަލަ: ދަޢުވާކުރުމަށް ޕީޖީއަށް ފޮނުވަނީ
ކުރީގެ ސަރުކާރުގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝަހީދުގެ އަނބިކަނބަލުން ޒިފްލީނާ ހަސަން، ހުޅުމާލެއިން 3.5 މިލިއަން ރުފިޔާއަށް ފްލެޓެއް ގަތް މައްސަލައިގެ ތަޙްޤީޤު ނިންމައި، ދަޢުވާކުރުމާމެދު ގޮތެއް ނިންމުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުމަށް ނިންމައިފިއެވެ.
15 Aug 2024
ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް ޣައްޒާއަށް ޒިޔާރަތްކުރައްވަނީ
ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް ޣައްޒާއަށް ޒިޔާރަތްކުރައްވަން ނިންމަވައިފިއެވެ. މިކަން އިޢުލާންކުރެއްވީ ތުރުކީގެ ގާނޫނު ހަދާ މަޖިލީހުގައި ދެއްކެވި ވާހަކަފުޅެއްގައެވެ.
15 Aug 2024
ރާއްޖޭގެ އުތުރު ސަރަޙައްދަށް ރީނދޫ ސަމާލު ނެރެފި
ރާއްޖެއަށް މިހާރު ކުރަމުންދާ ހުޅަނގުމޫސުމުގެ ވިއްސާރަ އަދިވެސް މަޑުނުވާތީ މުސުން ގޯސްވާނެކަމަށް ލަފާކޮށް ރާއްޖޭގެ އުތުރު ސަރަޙައްދަށް ރީނދޫ ސަމާލު ނެރެފިއެވެ.
15 Aug 2024
ގަވާއިދާ ޚިލާފަށް ރަޖިސްޓަރީކޮށްފައިވާ އުޅަނދުފަހަރު ގަވައިދަށް ފައްތަން ވަގުތުދެނީ
ގަވާއިދާ ޚިލާފަށް ރަޖިސްޓަރީކޮށްފައިވާ އުޅަނދުފަހަރުގެ މައްސަލަ ޙައްލުކޮށް ގަވައިދަށް ފަންތަން ވަގުތު ދެއްވަން ސަރުކާރުން ނިންމަވައިފިއެވެ.
15 Aug 2024
އަންގާރަދުވަހު ކުރި ވިއްސާރައިގައި ލިބުނު ގެއްލުންތައް ބަލަނީ
މިދިޔަ އަންގާރަ ދުވަހު ކުރި ގަދަ ވިއްސާރައިގައި މާލެ އާއި އަތޮޅުތެރޭގެ ރަށްތަކަށް ލިބުނު ގެއްލުންތައް ބެލުމުގެ މަސައްކަތް ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ދަނީ ކުރަމުންކަމަށް އެ އޮތޯރިޓީން ބުނެފިއެވެ.
15 Aug 2024
ގޫގުލްގެ ކުރީގެ ސީއީއޯ އެރިކް ޝްމިޓް މަޢާފަށް އެދިވަޑައިގެންފި
ގޫގުލްގެ ކުރީގެ ސީއީއޯ އެރިކް ޝްމިޓް ގޫގުލްގެ މުވައްޒަފުންގެ މަސައްކަތުގެ ވަގުތާ ބެހޭގޮތުން ސްޓޭންފޯޑް ޔުނިވަރސިޓީގައި ދެއްކެވި ވާހަކަފުޅުތަކަށް މަޢާފަށް އެދިވަޑައިގެންފައެވެ. އޭނާ މަޢާފަށް އެދިވަޑައިގަތީ ގޭގައި މަސައްކަތްކުރުމުގެ ސިޔާސަތާ ގުޅޭގޮތުން ދެއްކެވި ވާހަކަފުޅުތަކަށްފަހުގައެވެ.
15 Aug 2024
ހުޅުމާލޭގައި ވެހިކަލް ޕާކުކުރެވޭ ބިލްޑިންގުތަކެއް އަޅަން ނިންމައިފި
ހުޅުމާލޭގައި ވެހިކަލް ޕާކުކުރުމުގެ ދަތިކަމަށް ހައްލެއް ގެނައުމުގެ ގޮތުން، މަދުވެގެން 4000 އެއްހާ ވެހިކަލް ޕާކުކުރެވޭ ވަރުގެ ޚާއްސަ ބިލްޑިންގުތަކެއް އެޅުމަށް ނިންމައިފިއެވެ.
14 Aug 2024
ޣައްޒާގައި އިސްރާއީލުން ޝަހީދުކޮށްލި މީހުންގެ އަދަދު 40،000 އާ ކައިރިވެއްޖެ
އިޒްރޭލުން ޣައްޒާގައި ހިންގަމުންދާ ގަތުލުއާންމުގައި ޝަހީދުކޮށްލި މީހުންގެ އަދަދު 40،000 އާ ކައިރިވެއްޖެއެވެ.
14 Aug 2024
މަންކީޕޮކްސް ފެތުރެމުންދާތީ ދުނިޔޭގެ ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކޮށްފި
ވަރަށް ހަލުވިމިނެއްގައި ދުނިޔޭގައި އެމްޕޮކްސް ފެތުރެމުންދާތީ ދުނިޔޭގެ ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކޮށްފިއެވެ.
14 Aug 2024
ގޭންގު ކުށްތައް ހުއްޓުވުމަށް އާ ބިލެއް އެކުލަވާލައިފި
ރާއްޖޭގައި ބޮޑުވެފައިވާ ގޭންގު ކުށްތައް ހުއްޓުވުމަށްޓަކައި، ގޭންގުތަކުގެ ބާރު ކަނޑުވާލުމަށް އަމާޒުކޮށްގެން އާ ބިލެއް ހޯމް މިނިސްޓްރީން އެކުލަވާލައިފިއެވެ. "ގޭންގު ކުށްތައް ހުއްޓުވުމުގެ ގާނޫނު" ގެ ނަމުގައި އެކުލަވާލާފައިވާ މި ބިލް މިހާރު ވަނީ ރައްޔިތުންގެ މަޖިލީހަށް ފޮނުވުމަށްޓަކައި އެޓަރނީ ޖެނެރަލްގެ އޮފީހަށް ފޮނުވާފައެވެ.
14 Aug 2024
ފަލަސްޠީނުގެ ރައީސް އައްބާސް ތުރުކީގެ ރައީސް އުރުދުޣާނާ ބައްދަލުކުރައްވައިފި
ފަލަސްޠީނުގެ ރައީސް މަޙްމޫދު އައްބާސް ބުދަ ދުވަހު ތުރުކީގެ ވެރިރަށް އަންކާރާއަށް ވަޑައިގެން، އެގައުމުގެ ރައީސް ރަޖަބް ޠައްޔިބު އުރުދުޣާން އާ ބައްދަލުކުރައްވައިފިއެވެ.
14 Aug 2024
ހއ.އަތޮޅުން ފެށިގެން ދ. އަތޮޅަށް ނެރުނު ރީނދޫ ސަމާލުގެ މުއްދަތު އިތުރުކޮށްފި
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް (މެޓް އޮފީސް) އިން ހއ. އަތޮޅުން ފެށިގެން ދ. އަތޮޅާ ހަމައަށް ނެރެފައިވާ ރީނދޫ ސަމާލުކަމުގެ މުއްދަތު އިތުރުކޮށްފިއެވެ.
14 Aug 2024
ޑްރަގް އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދެވޭ ގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅަން ސަރުކާރުން ނިންމައިފި
ޑްރަގް އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދެވޭ ގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅަން ސަރުކާރުން ނިންމައިފިއެވެ.
14 Aug 2024
ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނި، ދެ ބިދޭސީއަކު ހައްޔަރުކޮށްފި
މާލޭގެ އެޕާޓްމަންޓަކުން ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނި، ދެ ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.
14 Aug 2024
ރަޝިޔާގެ ކުރުސްކްގައި ތިބި ދިވެހިން ސަމާލުވުމަށް ދިވެހި ޚާރިޖިއްޔާއިން އެދިއްޖެ
ރަޝިޔާގެ ކުރުސްކް ސަރަޙައްދުގައި މިވަގުތު ނުރައްކާތެރި ޙާލަތެއް އޮތުމާ ގުޅިގެން، އެސަރަޙައްދުގައި ދިރިއުޅެމުންދާ ދިވެހީން ރައްކާތެރިކަމާއި ސަލާމަތްތެރިކަމަށް ޚާއްސަ އަހަންމިއްޔަތުކަމެއް ދެއްވުމަށް ދިވެހި ޚާރިޖިއްޔާއިން އެދިއްޖެއެވެ.
14 Aug 2024
މޫސުން ގޯސްވެ ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ރީނދޫ ސަމާލު ނެރެފި
މޫސުން ގޯސްވެ ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ރީނދޫ ސަމާލު ނެރެފިއެވެ.
14 Aug 2024
މާލޭގެ ގެއެއްގެ ނުވަ ވަނަ ބުރިން ވެއްޓުނު މީހާ މަރުވެއްޖެ
މާލެސިޓީ ގެއެއްގެ މަތިން ވެއްޓުނު މީހާ މަރުވެއްޖެއެވެ.
13 Aug 2024
އެޗްޑީސީއިން މާލެ ސިޓީ ކައުންސިލާއި ގުޅިގެން ވެލިބަސްތާ ޖެހުމުގެ މަސައްކަތް ކޮށްފި
މާލެއަށް ކުރިމަތިވެފައިވާ ވިއްސާރައާ ގުޅިގެން މަގުތަކުގައި ފެންބޮޑުވެފައިވާތީ، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މާލެ ސިޓީ ކައުންސިލާއި ގުޅިގެން ވެލިބަސްތާ ޖެހުމުގެ މަސައްކަތް ކުރަމުންދާކަމަށް އެޗްޑީސީން މިއަދު ހާމަކޮށްފިއެވެ.
13 Aug 2024
ވިއްސާރައާ ގުޅިގެން ފުލުހުންގެ އޮޕަރޭޝަނަލް ލެވެލް ތިނަކަށް
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައާ ގުޅިގެން، ދިވެހި ފުލުހުންގެ ޚިދުމަތުގެ އޮޕަރޭޝަނަލް ލެވެލް ތިނަކަށް ބަދަލުކޮށްފިއެވެ. މި ބަދަލާއެކު، ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކޮށް، އެހީތެރިކަން ފޯރުކޮށްދިނުމަށް ޚާއްޞަ މަސައްކަތްތަކެއް ކުރަމުންދާކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ.
13 Aug 2024
ރަނުގެ މައިނިން ކުންފުންޏަކަށް ރޭންސަމްވެއާގެ ބޮޑު ހަމަލާއެއް ދީފި
އޮސްޓްރޭލިއާގެ އެންމެ ބޮޑެތި ރަން މައުދަންތައް ކޮނުމުގެ ކުންފުނިތަކުގެ ތެރެއިން އެއް ކުންފުނިކަމަށްވާ އިވޮލިއުޝަން މައިނިންގ ލިމިޓެޑް އަށް ބޮޑު ރޭންސަމްވެއަރ ހަމަލާއެއް ދީފައިވާ ކަމަށް އެ ކުންފުނިން އިއުތިރާފުވެއްޖެއެވެ.
13 Aug 2024
ވިއްސާރައާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޚާއްޞަ ޓާސްކް ފޯހެއް އުފައްދަވައިފި
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން ޢާންމު ރައްޔިތުންގެ ދިރިއުޅުމަށް ކުރިމަތިވަމުންދާ ދަތިތަކަށް އަވަސް ޙައްލެއް ހޯދުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޚާއްޞަ ޓާސްކް ފޯހެއް އުފައްދަވައިފިއެވެ.
13 Aug 2024
ދިރުވާލައިގެން މަސްތުވާތަކެތި އެތެރެކުރަން އުޅުނު ބިދޭސީއަކު ހައްޔަރުކޮށްފި
ދިރުވާލައިގެން ހަށިގަނޑުގެ ތެރޭގައި ފޮރުވައިގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ބިދޭސީއަކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހައްޔަރުކޮށްފިއެވެ.