އަހްމަދު ދާއޫދު
އަހްމަދު ދާއޫދު
އަހްމަދު ދާއޫދު
07 Sep 2024
ޔާންބެއަށް ޓިކްޓޮކް ލައިވްއަކުން ދެ ލައްކައަށްވުރެ ގިނަ ރުފިޔާގެ އެހީ ލިބިއްޖެ
ކިޑްނީ ބަލީގެ ސަބަބުން އާންމުންގެ އެހީތެރިކަން ބޭނުންވެފައިވާ، ރާއްޖެއާއި ރާއްޖެއިން ބޭރުގައި އެންމެ ކާމިޔާބު އެއް ދިވެހި ބޮޑީބިލްޑަރު މުހައްމަދު ޔާމީން (ޔާންބެ) އަށް މިރޭ ޓިކްޓޮކްގައި ބޭއްވުނު ލައިވްއަކުން ދެ ލައްކައަށްވުރެ ގިނަ ރުފިޔާގެ އެހީ ލިބިއްޖެއެވެ.
07 Sep 2024
ޓައިމް މަޖައްލާގެ އޭއައި 100 ލިސްޓުގައި ޓެކްނޮލޮޖީ ދާއިރާގެ 10 އިސްވެރިން ހިމެނިއްޖެ
ޓައިމް މަޖައްލާއިން ދެވަނަ ފަހަރަށް އާންމުކޮށްފައިވާ "ޓައިމް 100 އޭއައި" ލިސްޓުގައި ޓެކްނޮލޮޖީ ދުނިޔޭގެ 10 އިސްވެރިން ހިމަނައިފިއެވެ. މި ލިސްޓުގައި ހިމެނޭ ފަރާތްތަކަކީ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ދާއިރާގައި އެންމެ ނުފޫޒު ގަދަ 100 ފަރާތެވެ.
07 Sep 2024
ރަޝިޔާގެ ނިއުކްލިއަރ އިންޒާރުތަކަށް ބިރުގަންނާކަށް ނުޖެހޭ: ސީއައިއޭގެ ވެރިޔާ
ރަޝިޔާއިން ދެމުންދާ ނިއުކްލިއަރ އިންޒާރުތަކަށް ބިރުގަންނާކަށް ނުޖެހޭ ކަމުގައި ސީއައިއޭގެ ވެރިޔާ ވިދާޅުވެއްޖެއެވެ.
07 Sep 2024
ކުރީގެ ޕީޖީ ޝަމީމަށް ހަމަލާދިން މައްސަލައިގެ ޝަރީޢަތް މާދަމާ ފަށަނީ
ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމަށް ހަމަލާ ދިން މައްސަލައިގެ ޝަރީޢަތް މާދަމާ ފެށުމަށް ހަމަޖެހިއްޖެއެވެ. މި މައްސަލައިގައި ދަޢުވާ އުފުލިފައިވާ ހަތް މީހުންގެ ޝަރީޢަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އޮންލައިންކޮށް މެންދުރުފަހު 2:30 ގައެވެ.
07 Sep 2024
ބައި-އިލެކްޝަންގައި އެމްޑީޕީ ކެންޑިޑޭޓަށް ތާއީދު ހޯދުމަށް ޝާހިދު މާރަންދުއަށް
ހއ. މާރަންދޫ ކައުންސިލްގެ ހުސްވެފައިވާ ގޮނޑިއަށް މެންބަރަކު ހޮވުމަށް ބޭއްވޭ ބައި-އި-އިލެކްޝަންގައި އެމްޑީޕީން ކުރިމަތިލައްވާފައިވާ ޝިހާމް މުޙައްމަދުގެ ކެމްޕޭނަށް އެހީތެރިވެދެއްވުމަށް އެޕާޓީގެ ރައީސް އަބްދުﷲ ޝާހިދު މިއަދު މާރަންދޫއަށް ވަޑައިގެންފިއެވެ.
07 Sep 2024
ހުޅުމާލޭގައި އަނެއްކާވެސް ނުރައްކާތެރި އެކްސިޑެންޓެއް، އަނިޔާވި މީހުންނަށް ފަރުވާދެނީ
ހުޅުމާލޭގައި އަނެއްކާވެސް ނުރައްކާތެރި އެކްސިޑެންޓެއް މިރޭ ހިނގައި އަނިޔާވި މީހުންނަށް ފަރުވާދޭން ފަށައިފިއެވެ.
07 Sep 2024
ރައީސްގެ ގައުމީ އެޖެންޑާގެ އެންމެބޮޑު އެއް އަމާޒަކީ މަސްތުވާތަކެތީގެ ވަބާއިން ގައުމު ސަލާމަތް ކުރުން: ނައިބު ރައީސް
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ގައުމީ އެޖެންޑާގެ އެންމެބޮޑު އެއް އަމާޒަކީ މަސްތުވާތަކެތީގެ ވަބާއިން ގައުމު ސަލާމަތް ކުރުން ކަމުގައި ނައިބު ރައީސް އަލްއުސްތާޛް ޙުސެއިން މުޙައްމަދު ލަޠީފު ވިދާޅުވެއްޖެއެވެ.
07 Sep 2024
ބީޖޭޕީގެ އިއްތިހާދު ސަރުކާރުގެ ދަށުން އިންޑިއާގެ މުސްލިމުންނަށް އަނިޔާކުރުން އިތުރުވަނީ
ބީޖޭޕީގެ އިއްތިހާދު ސަރުކާރުގެ ބެލުމުގެ ދަށުން އިންޑިއާގެ މުސްލިމުންނަށް އަނިޔާކުރުން އިތުރުވަމުން ދާކަމަށް އެގައުމުގެ މުސްލިމުން ބުނެފިއެވެ.
07 Sep 2024
ކިލޯއެއްހާ މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރުކޮށްފި
ފުލުހުން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި ކިލޯއެއްގެ މަސްތުވާތަކެއްަކެއްޗާއެކު ދެ މީހަކު ހައްޔަރުކޮށްފިއެވެ.
07 Sep 2024
ބޯއިންގ ސްޓާލައިނަރ އަނބުރާ ބިމަށް އައިސްފި
ބޯއިންގ ކުންފުނީގެ ސްޓާލައިނަރ މަތިންދާބޯޓުން ދަތުރުކުރި އެސްޓްރޯނޯޓުން ނުލައި އެ އުޅަނދު އަނބުރާ ބިމަށް އައިސްފިއެވެ.
07 Sep 2024
ހުޅުމާލެ ފޭސް 2 ގައި ސައިކަލަކާއި ކާރެއް ޖެހި ސައިކަލްދުއްވި މީހާއަށް ސީރިއަސް އަނިޔާތަކެއް
ހުޅުމާލެ ފޭސް 2 ގައި ސައިކަލަކާއި ކާރެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ސައިކަލު ދުއްވި ފަރާތަށް ބޮޑެތި އަނިޔާތަކެއްވެއްޖެއެވެ.
05 Sep 2024
ކޮންގޯއަށް ފުރަތަމަ ފަހަރަށް އެމްޕޮކްސް ވެކްސިން ލިބިއްޖެ
ދަ ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ އަށް އެމްޕޮކްސް ވެކްސިންގެ ފުރަތަމަ ބެޗް ލިބިއްޖެއެވެ. މި ވެކްސިން ބޭނުންކޮށްގެން، ޔުނައިޓެޑް ނޭޝަންސްއިން ގްލޯބަލް ޕަބްލިކް ހެލްތު އިމަޖެންސީއެއް ކަމުގައި އިޢުލާނުކޮށްފައިވާ އެމްޕޮކްސްގެ ފެތުރުން ހުއްޓުވުމަށް އެހީތެރިވެދޭނެ ކަމަށް ސިއްޙީ ފަރާތްތަކުން އުންމީދުކުރެއެވެ.
05 Sep 2024
އައިފޯން 15ގެ އެކްޝަން ބަޓަންގެ ބޭނުން އިނގޭތަ؟
އެޕަލްގެ އައިފޯން 15 ސިލްސިލާގެ ފޯނުތަކުގެ ބޭރު ފުށުގެ ފެނުމުން ކުރީ އަހަރުގެ މޮޑެލްތަކާ ވަރަށް އެއްގޮތް ނަމަވެސް، މި އަހަރުގެ މޮޑެލްތަކުގައި ގިނަ އާ ފީޗަރތަކެއް ހިމެނިފައިވެއެވެ. ޚާއްޞަކޮށް އައިފޯން 15 ޕްރޯގައި މި ފީޗަރތައް ފެންނަން ހުއްޓެވެ.
05 Sep 2024
ލޯބިވެރިޔާ، އަލިފާން ރޯކޮށްލި ޔުގެންޑާގެ އެތުލީޓް މަރުވެއްޖެ
ޔުގަންޑާގެ އޮލިމްޕިކް މެރަތަން ދުވުންތެރިޔާ ރެބެކާ ޗެޕްޓެގޭ (33 އަހަރު)ގެ ގައިގައި އޭނާގެ ލޯބިވެރިޔާ އަލިފާން ރޯކޮށްލުމުން ލިބުނު އަނިޔާގެ ސަބަބުން ބުރާސްފަތި ދުވަހު މަރުވެއްޖެއެވެ. މި ހާދިސާ ހިނގީ ކެންޔާގައެވެ.
05 Sep 2024
ފެންލައިޓުން ވަދެ މަރުގެ އިންޒާރުދީ ފޭރުނު ދެމީހުންގެ ބަންދަށް 15 ދުވަސް
މާފަންނު ސަރަހައްދުގެ ގެއަކަށް ވަދެ، ނިދާފައި ތިބި މީހުންގެ ކަރުގައި ވަޅި ޖައްސައި މަރާލާނެކަމުގެ އިންޒާރު ދީ، ކަރަންޓު ސާމާނުތަކެއް ފޭރިގަތް ކަމަށް ތުހުމަތުކުރެވޭ ދެ މީހަކަށް ކްރިމިނަލް ކޯޓުން މިއަދު 15 ދުވަހުގެ ބަންދު އަމުރެއް ނެރެފިއެވެ.
05 Sep 2024
މާލޭގެ ބަހުގެ ޚިދުމަތް ފަތިހު 5 ޖަހާއިރު ފެށުމަށް އެމްޓީސީސީން ނިންމައިފި
މާލޭގެ އާންމު ދަތުރުފަތުރުގެ ނިޒާމުގެ ތެރެއިން ދެމުންދާ ބަހުގެ ޚިދުމަތް ފަތިހު 5:00 އިން ފެށިގެން ފޯރުކޮށްދިނުމަށް އެމްޓީސީސީން ނިންމައިފިއެވެ.
05 Sep 2024
މީހަކު ރަހީނުކޮށް ފައިސާ ފޭރުނު އަންހެނަކު ހައްޔަރުކޮށްފި
މީހަކު ރަހީނުކޮށް ފައިސާ ފޭރުނު ކަމަށް ތުހުމަތުކުރެވޭ 27 އަހަރުގެ ދިވެހި އަންހެނަކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ.
05 Sep 2024
އުތީމު މަހާރަދުން 'އުދަރެހުން ވިދާލީ' ރާއްޖެއަށް އިސްލާހުތަކެއް ބޭނުންވެފައި ވަނިކޮށް: އާދަމް ނަސީރު
އައްސުލްޠާނުލް ޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޡަމް ސިރީ ސަވާދީއްތަ މަހާރަދުން 'އުދަރެހުން ވިދާލީ' ދުވަސްވަރަކީ ރާއްޖެއަށް އިސްލާހުތަކެއް ބޭނުންވެފައި އޮތް ދުވަސްވަރެއްގައި ކަމަށް ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހީމް މިރޭ ވިދާޅުވެއްޖެއެވެ.
05 Sep 2024
ކަޅު ބާޒާރުގައި ޑޮލަރުގެ ވިޔަފާރިކުރާ 5 ބިދޭސީއަކު ހައްޔަރުކޮށްފި
ކަޅު ބާޒާރުގައި ޑޮލަރުގެ ވިޔަފާރިފުޅާ ދާއިރާއިރާއެއްގައި ކުރާ 5 ބިދޭސީއަކު ގިނަޢަދަދެއްގެ ފައިސާއާއިއެކު ހައްޔަރުކޮށްފިއެވެ.
05 Sep 2024
މާލޭގެ އާސަހަރާ މިސްކިތުގެ ތިރީބައި މާދަމާ ރަސްމީކޮށް ހުޅުވަނީ
ދިގު މުއްދަތެއްގައި ކުރެވުނު ބޮޑު މަރާމާތަކަށްފަހު، މާލޭގެ އާސަހަރާ މިސްކިތުގެ ތިރީބައި މާދަމާ ރަސްމީކޮށް ހުޅުވުމަށް ވަނީ ހަމަޖެހިފައެވެ.
05 Sep 2024
ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ މަގާމުން ރިޒުނާ އިސްތިއުފާ ދެއްވައިފި
ޖުޑިޝަރީގެ އިދާރީ އެންމެ އިސް މަޤާމު ކަމަށްވާ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރގެ މަޤާމުން އައިޝަތު ރިޒުނާ މިއަދު އިސްތިއުފާ ދެއްވައިފިއެވެ.
04 Sep 2024
ސަޢޫދީ ޝާހީ ޢާއިލާގެ އަމީރާއެއް އަވަހާރަވުމާ ގުޅިގެން ރައީސް ތަޢުޒިޔާ ފޮނުއްވައިފި
ސަޢޫދީ ޢަރަބިއްޔާގެ ޝާހީ ޚާންދާނުގެ އަލްއަމީރާ ލަތީފާ ބިންތު ޢަބްދުލްޢަޒީޒް އާލް ސުޢޫދު އަވަހާރަވުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް ސަޢުދަށް ތަޢުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.
04 Sep 2024
އެމެރިކާގެ ހައި ސްކޫލެއްގައި ބަޑިން ހަމަލާދީ 4 މީހުން މަރާލައިފި
އެމެރިކާގެ ހައި ސްކޫލެއްގައި ބަޑިން ހަމަލާދީ 4 މީހުން މަރާލައި އިތުރު ބަޔަކު ޒަޚަމް ކޮށްލައިފިއެވެ.
04 Sep 2024
ސަރުކާރުގެ އެންމެ އިސް ސިޔާސަތަކީ "މޯލްޑިވްސް ފަސްޓް" ޕޮލިސީ: ނައިބު ރައީސް
ސަރުކާރުގެ އެންމެ އިސް ސިޔާސަތަކީ "މޯލްޑިވްސް ފަސްޓް" ޕޮލިސީ ކަމުގައި ނައިބު ރައީސް އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.
04 Sep 2024
ރައީސް މަސައްކަތް ކުރައްވަނީ ދިވެހި އަސްކަރިއްޔާގެ ބާރު އަލުން ގާއިމުކުރުމަށް: ޣައްސާން
ރައީސް ޑރ. މުޙައްމަދު މުއިއްޒު މަސައްކަތް ކުރައްވަނީ ދިވެހި އަސްކަރިއްޔާގެ އާރާއި ބާރު އަލުން ގާއިމުކޮށްދެއްވުމަށް ކަމަށް ޑިފެންސް މިނިސްޓަރ ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.
04 Sep 2024
ޓެކްނޮލޮޖީގެ ދާއިރާއިން ކަޒަކިސްތާނާއެކު ރާއްޖެއިން އެއްބަސްވުމެއްގައި ސޮއިކޮށްފި
ޓެކްނޮލޮޖީގެ ދާއިރާއިން އެއްބާރުލުން ދިނުމަށް ދިވެހިރާއްޖެއާއި ކަޒަކިސްތާނާ ދެމެދު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.
04 Sep 2024
އިހަވަންދިއްޕޮޅުގައި ބައިނަލްއަޤްވާމީ ބަންކަރިންގ ޚިދުމަތް އަންނަ ހަފުތާގައި ފަށަނީ
ރާއްޖޭގެ އެންމެ އުތުރުގައިވާ އިހަވަންދިއްޕޮޅުގައި ބައިނަލްއަޤްވާމީ ބަންކަރިންގ ޚިދުމަތް އަންނަ ހަފުތާ ފެށުމަށް ހަމަޖެހިފައިވާ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން މަޢުލޫމާތު ދީފިއެވެ. މި ޚިދުމަތް ފޯރުކޮށްދޭނީ އެމްޕީއެލް އާއި ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) ގުޅިގެންނެވެ.
04 Sep 2024
ރާއްޖޭގައި ފުރަތަމަ ފަހަރަށް ބްރޯޑްކާސްޓް އޯޑިއަންސް ސާވޭއެއް ހަދަނީ
މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން ރާއްޖޭގައި ފުރަތަމަ ފަހަރަށް ބްރޯޑްކާސްޓް އޯޑިއަންސް ސާވޭއެއް ހެދުމުގެ މަސައްކަތް ފަށައިފިއެވެ.
04 Sep 2024
ވަޅި ޖަހައި މަރާލާނެ ކަމުގެ އިންޒާރުދިން ފުލުހެއްގެ މައްސަލަ ތަޙުޤީޤު ކުރަނީ
ފުލުހުންގެ އޮފިސަރަކު ވަޅި ޖަހައި މަރާލާނެ ކަމުގެ އިންޒާރު ދިން މައްސަލައެއް ތަޙުޤީޤުކުރަން ފަށައިފިއެވެ. މި މައްސަލައިގެ ތަޙުޤީޤު ފެށިފައިވާ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލަކު ވަނީ ކަށަވަރުކޮށްދީފައެވެ.
04 Sep 2024
މަނީ ލޯންޑަރިންގެ ތުހުމަތުގައި އިންޑިއާ ރައްޔިތަކު ހައްޔަރުކޮށްފި
މަނީ ލޯންޑަރިންގގެ ތުހުމަތުގައި ގިނަޢަދަދެއްގެ ޑޮލަރާއެކު އިންޑިއާ ރައްޔިތެއް ދިވެހިރާއްޖޭގައި ހައްޔަރުކޮށްފިއެވެ.