ޝަފްރާޒް އަހްމަދު
ވޮއިސް ޗީފް އެޑިޓަރ
ޝަފްރާޒް އަހްމަދު
18 Sep 2023
ރިޔާސީ މެޗްގެ ސްކޯ ރައީސް ސާލިހަށް އޮޅިވަޑައިގެންފި
ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށް ރައީސް އިބްރާހީމް މުހައްމަދު ސާލިހް ޖެއްސެވި ހިސާބުގައި ކުޑަ އޮޅުމެއް އަރައިފިއެވެ. އެންމެފަހުން ސޯސަން ޖަގަހައިގައި ދެއްކެވި ވާހަކަފުޅުގައި 9 ސެޕްޓެންބަރގައި ބެއްވި އިންތިޚާބު ރައީސް މިސާލެއް ޖެއްސެވީ ފުޓްބޯޅަ މެޗަކަށެވެ.
18 Sep 2023
އިންތިޚާބުގެ ކުރިން ނިޒާމީ ވޯޓް ނެގުން ނޫންގޮތެއް ޑިމޮކްރެޓުން ގަބޫލެއް ނުކުރާނެ
15 Sep 2023
ޗާގޯސްގެ މައްސަލައިގެތެރޭގައި މި ސަރުކާރުގެ ވެރިން ގައުމާމެދު އިހްމާލުވެއްޖެކަމަށް ބުނަނީ މިހެންވެ؟
2010 ވަނަ އަހަރުގެ ދުވަހެއްގައި އޭރުގެ ރައީސުލް ޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ރާއްޖޭގެ ކުރީގެ ބަންޑާރަ ނާއިބް ޑޮކްޓަރ މުހައްމަދު މުނައްވަރަށް ފޯނު ކުރައްވާފައި ވިދާޅުވިއެވެ.
15 Sep 2023
ރައީސް ސާލިހް ފްރެޝަރ ބޮޑުކުރަމުން ގޮސް ޤާސިމް އިބްރާހީމް މުޅިން ވަރުބަލިކޮށްލައްވައިފި
ސަން އައިލެންޑްގެ ސޯސްތައް ބުނާގޮތުން ރައީސް އިބްރާހީމް މުހައްމަދު ސާލިހް ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހީމް މުޅިން ވަރުބަލިކޮށްލައްވައިފިއެވެ.
12 Sep 2023
މިދިޔަ މަހު ރާއްޖެއަށް އައި އިންޑިއާ ސިފައިންގެ ނަންތައް އާންމުވެއްޖެ
މިދިޔަ މަހު ދިވެހިރާއްޖެއަށް އައި އިންޑިއާ ސިފައިންގެ ނަންތައް ހާމަވެއްޖެއެވެ.
10 Sep 2023
ނަޝީދު އެޖެއްސެވީ ރައީސް ސާލިހްގެ ތަދުފުޅުވާ ތަނުގައެވެ!
ރިޔާސީ އިންތިޚާބު މިދިޔަ ހޮނިހިރު ދުވަހު ނިމި ނަތީޖާ އިއުލާންކުރުމާއެކު ވަރަށް ފާހަގަ ކުރެވިގެން ދިޔަ ކަމެއް ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ނިންމެވިއެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުން އެމަނިކުފާނު ވަކި ކުރުމަށް ރައީސް އިބްރާހީމް މުހައްމަދު ސާލިހްގެ ތާއީދާއެކު ކުރިން އެޕާޓީއަކަށް އެމަނިކުފާނު ނިސްބަތްވެވަޑައިގެންވި އެމްޑީޕީގެ ލީޑަރ ޝިޕުން ނިންމައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި އޮތް ހުށަހެޅުން ކުއްލިގޮތަކަށް އެޖެންޑާ ކުރައްވަން ނިންމެވުމެވެ.
09 Sep 2023
ވޮއިސް އިންތިހާބު ކަވަރޭޖް 2023
ކުރިއަށް އޮތް ފަސްއަަހަރަށް ދިވެހިރާއްޖޭގެ ރައީސުލްޖުމްހުރިއްޔާގެ މަޤާމައް ކަނޑައަޅުއްވާ ބޭފުޅަކު އިންތިހާބުކުރުން މިއަދު އޮންނާނެއެވެ.  މިފަހަރުގެ އިންތިހާބުގައި ޖުމްލަ 8 ކެނޑިޑޭޓުން ކުރިމަތިލާފައިވެއެވެ. މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވަނީ 282،395 މީހަކަށެވެ.
06 Sep 2023
ފެނަކައި ދަރަނި: ސަތޭކަ ކުންފުނި ބަނގުރޫޓުވެ، 5000 މުވަޒަފުން މަގުމަތިވުމާ ގާތައް
ފެނަކައި ދަރަނި: ސަތޭކަ ކުންފުނި ބަނގުރޫޓުވެ، 5000 މުވަޒަފުން މަގުމަތިވުމާ ގާތައް
04 Sep 2023
މެޑަމް ފާތުންގެ ޒިޔާރަތް: ޕީޕީއެމް ލަޝްކަރުގެ ކަނބަލުންނަށް މިރޭ ވީ ހާއްސަ ރެއަކަށް!
މެޑަމް ފާތުންގެ ޒިޔާރަތް: ޕީޕީއެމް ލަޝްކަރުގެ ކަނބަލުންނަށް މިރޭ ވީ ހާއްސަ ރެއަކަށް!
01 Sep 2023
މައުލޫމާތު ސާފުކުރަން ކަމަށް ބުނެ، ހިންދޫ ގުރޫ ފުރުވާލައިފި!
މައުލޫމާތު ސާފުކުރުމަށް ކަމަށް ބުނެ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވުނު، ހިންދޫ ގުރޫ ފުރުވާލައިފި އެވެ.
28 Aug 2023
އަލަށް އަޅާ ހަނިމާދޫ އިންޓަރަނޭސަނަލް އެއާޕޯޓް: އިވުނު އަޑާއި ދުއްތަން
އަލަށް އަޅާ ހަނިމާދޫ އިންޓަރަނޭސަނަލް އެއާޕޯޓް: އިވުނު އަޑާއި ދުއްތަން
20 Aug 2023
މާލޭގެ ބޭނުންނުކުރާ ބިންތަކުގައި ފްލެޓް އަޅައި މާލޭ ރަށްވެރިންނަށް ދޭނަން: މުއިއްޒު
މާލޭގެ ބޭނުންނުކުރާ ބިންތަކުގައި ފްލެޓް އަޅައި މާލޭ ރަށްވެރިންނަށް ދޭނަން: މުއިއްޒު
17 Aug 2023
ހައްޖު ކޯޕަރޭޝަންގެ އޮފީސް އިމާރާތެއް އަޅަން ހައްޖުވެރިންގެ ފައިސާ ނަގަނީ! ދެން ހައްޖަށް ގެންދާނީ ކިހިނެތް؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަން މެދުވެރިކޮށް ހައްޖަށް ދިޔުމަށް މީހުން އެކުންފުންޏަށް ދައްކާފައިވާ ފައިސާއިން 130 މިލިޔަން ރުފިޔާ ބޭނުންކޮށްގެން ހުޅުމާލޭގައި އޮފީސް އިމާރާތެއް އެޅުމަށް އެކުންފުނިން ނިންމައި ބީލަމަށްލައިގެން އެމަސައްކަތްކުރާނެ ކުންފުންޏެއް ހޮވައި ފިނޭންސް މިނިސްޓްރީން އެޕްރޫވްކުރަން ހުށަހަޅައިފިއެވެ. އެހެންނަމަވެސް ވޮއިސްއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިމަޝްރޫއު ހިންގަން ރާވާފައިވާ ގޮތާމެދު ފިނޭންސް މިނިސްޓްރީއަކުން މުޅިއަކުން ހިތްހަމައެއް ނުޖެހެއެވެ.
15 Aug 2023
ޔާސިރާއި މޭޔަރު އާތިފް ޑިމޮކްރެޓްސް ދޫކޮށް އަލުން އެމްޑީޕީއަށް
ޔާސިރާއި މޭޔަރު އާތިފް ޑިމޮކްރެޓްސް ދޫކޮށް އަލުން އެމްޑީޕީއަށް
13 Aug 2023
ތިން ޑޮކްޓަރުން ޤާސިމަށް ބައިއަތު ހިއްޕަވައިފި
މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހީމަށް ތާއީދު ކުރައްވައި ކުރީގެ ސަރުކާރުތަކުގެ ވަރަށް އިސް މަގާމްތަކެއް ފުރުއްވާފައިވާ ތިން ޑޮކްޓަރުން ޖުމްހޫރީ ޕާޓީއަށް މިރޭ ސޮއިކުރައްވައިފިއެވެ. މިރޭ ޤާސިމަށް ބައިއަތު ހިއްޕެވި ތިން ބޭފުޅުންނަކީ ކުރީގެ ރައީސް ޑޮކްޓަރ މުހައްމަދު ވަހީދާއި ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ފިޝަރީޒް މިނިސްޓަރ ޑޮކްޓަރ ޝައިނީއާއި ރައީސް ވަހީދު ސަރުކާރުގައި ރައީސް އޮފީހުގައި އިސް މަގާމެއް އަދާކުރެއްވި ޑޮކްޓަރ މުހައްމަދު އަލީއެވެ.
02 Aug 2023
ރައީސް ޔާމީންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނުން ސުޕްރީމް ކޯޓަށް މާދަން ޖަވާބުދާރީވާން އަންގައިފި
ސުޕްރީމް ކޯޓަށް ލާފައިވާ ރައީސް އަބްދުﷲ ޔާމީންގެ ކެންޑިޑޭސީއާ ގުޅޭ މައްސަލައިގައި ސުޕްރީމް ކޯޓަށް ޖަވާބުދާރީވުމަށް އެކޯޓުން އިލެކްޝަންސް ކޮމިޝަނަށް އަންގައިފިއެވެ. އިލެކްޝަންސް ކޮމިޝަނުން މިރޭ ބުނީ މާދަމާ މެންދުރުފަހު ތިނެއް ޖެހުމުގެ ކުރިން ޖަވާބުދާރީވުމަށް އަންގާފައިވާތީ، ޖަވާބު ފޯމުން އެކޮމިޝަނުން ސުޕްރީމް ކޯޓަށް ޖަވާބު ފޮނުވާނެ ކަމަށެވެ.
04 Jul 2023
ކުޅިވަރު މުބާރާތްތައް މީޑިއާ ކަވަރޭޖާއެކު ލައިވްކޮށްލަން ބޭނުންތަ؟
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަމިއްލަ ޖަމުއިއްޔާ، ޖަމާއަތްތަކާއި، ރަށު އަދި އަތޮޅު ފެންވަރުގައި ފެންވަރު ގިނަ މުބާރާތްތަކެއް ރޭވި ހިންގަމުންދާއިރު އަތޮޅު ފެންވަރާއި ރަށުފެންވަރުގެ ފޯރިގަދަ މުބާރާތްތަކެއް ވަނީ އުފެދިފައެވެ. މިފަދަ މުބާރާތްތައް ރަށުން ބޭރުގައި އުޅޭ ރަށަށް ނިސްބަތްވާ ފަރާތްތަކާއި، އަދި ފުޓްސަލް ތަރިންގެ ކުޅުން ބެލުމަށް ބެލުމަށް ބޭނުންވާ ފަރާތްތަކަށް މިފަދަ މުބާރާތްތައް ވަގުތުން ގެނެސްދެވޭނެ މަގު "ވޮއިސް" މެދުވެރިކޮށް މިވަނީ ފަހިވެފައެވެ.
17 Jun 2023
ގުޅީފަޅުގައި އެފްކޮންސް ތަކެއްޗާއި ވެރިންނަށް ހަމަލާދީ ހާލަތު ގޯސްވެއްޖެ
ތިލަމާލެ ބްރިޖްގެ މަސައްކަތް ކުރަމުން އަންނަ އެފްކޮންސްގެ މުވަޒަފަކަށް އިހުމާލުވެ މަރުވުމާއި ގުޅިގެން އެފްކޮންސް މުވަޒަފުން ނިކުމެ ގުޅީފަޅުގައި ހަމަ ނުޖެހުން ހިނގައި ތަކެއްޗައް ގެއްލުންދޭންފަށައިފިއެވެ. އެގޮތުން މި މަޝްރޫއުގެ މަސައްކަތުގައި އުޅުއްވާ އޮފިޝަލަކު 'ވޮއިސް' އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެ މީހާ ވަރަށް ބޮޑަށް ހުން އައިސްގެން ފަރުވާއަށް އެދުންތާ 10 ދުވަސް ވެފައިވާ ކަމަށެވެ. އެހެންނަމަވެސް ފަރުވާއަށް އެދުމުންވެސް ފަރުވާ ނުލިބުމުން ހިފައްޓަމުން އައިސްފައިވަނީ ޕެނަޑޯލް ގުޅަ ކައިގެން ކަމަށެވެ.
15 Jun 2023
ޗެނަލް-13 ގެ ނޫސްވެރިއަކަށް ބިރުދެއްކުން ކުށްވެރިކޮށްފި
ހިއުމަން ރައިޓްސް ކޮމިޝަންގެ މެމްބަރު ޝިފާތު އަބްދުއްރައްޒާގު އިދިކޮޅު ކޯލިޝަންގެ ލީޑަޝިޕަށް ފިލައިގެން އެ ކޮމިޝަންގެ އިދާރައިން ނިކުތުމަށް މީހަކު ފޮނުވާ ޗެނަލް-13 ގެ ނިއުސް ހެޑް މަރިޔަމް އިއްސާދާއަށް ހަމަލާދިނުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި އެވެ.
14 May 2023
އުކުޅަހު ސަފާރީ ބަނދަރުން ނެރުމަށް އަމުރުކޮށްފި
އއ. އުކުޅަހު ބަނދަރުގައި އޮތް ރާ ވިއްކާ ކަމަށް ތުހުމަތު ކުރެވޭ ސަފާރީ ފަޅުން ނެރުމަށް އެ ރަށު ކޯޓުން ރޭ އަމުރު ކޮށްފިއެވެ.
11 May 2023
"ހަފްތާއެއް ފަހުން ކޯޓު އަމުރު ހޯދައިގެން ބެލިއިރު ރާ ފުޅި ނުފެނުނު"
އއ. އުކުޅަހު ބަނދަރުގައި އޮތް ރާ ވިއްކާ ކަމަށް ތުހުމަތު ކުރެވޭ ސަފާރީ އާއި ގުޅިގެން ރައްޔިތުން ކަންބޮޑުވުން ފާޅުކުރަންފެށިތާ ހަފްތާއެއް ފަހުން، ކޯޓު އަމުރު ނެރެގެން ފުލުހުން އެ ސަފާރީ ބަލައި ފާސްކޮށްފި އެވެ.
11 May 2023
ސަފާރީ މައްސަލަ ހޫނުވެ އެސްއޯ ފުލުހުން އުކުޅަހަށް!
އއ. އުކުޅަހު ބަނދަރުގައި އޮތް ރާ ވިއްކާ ކަމަށް ތުހުމަތު ކުރެވޭ ސަފާރީ ބަނދަރުން ނުނެރޭތީ އެ ރަށުން ރައްޔިތުން ނުކުމެ ކައުންސިލްގެ ދޮރު ބަންދު ކޮށްފިއެވެ.
10 May 2023
ރާ ވިއްކާ ކަމަށް ބުނާ ސަފާރީ މައްސަލާގައި ރައްޔިތުން ކައުންސިލަށް!
އއ. އުކުޅަހު ބަނދަރުގައި އޮތް ރާ ވިއްކާ ކަމަށް ތުހުމަތު ކުރެވޭ ސަފާރީ ބަނދަރުން ނެރުމުގެ ކޯޓު އަމުރެއް ނެރެދިނުމަށް އެދި މިރޭވެސް ރައްޔިތުން ކައުންސިލް ދޮށަށް އެއްވެއްޖެއެވެ.
07 May 2023
އުކުޅަހުގައި ސަފާރީއެއް ބަނދަރުގައި ބާއްވައިގެން ރާ ވިއްކާ ކަމުގެ ތުހުމަތު
އއ. އުކުޅަހު ބަނދަރުގައި މަރާމާތަށް ކަމަށްބުނެ ބާއްވާފައި އޮތް ސަފާރީއަކުން ރަށުތެރެއަށް ބަނގުރާ ވިއްކަމުންދާ ކަމަށްބުނެ އެރަށު އާއްމުން ކަންބޮޑުވުން ފާޅުކޮށް، ކައުންސިލަށް މައްސަލަ ހުށަހަޅައިފިއެވެ.
18 Apr 2023
ބައިބަލާ ޗެލެންޖުގެ އޮފިޝަލް ޕާޓްނަރަކަށް އަރބަންކޯ
ބައިބަލާ ޗެލެންޖުގެ އޮފިޝަލް ޕާޓްނަރަކަށް އަރބަންކޯ
13 Apr 2023
އުކުޅަހުގައި ރޯދަމަހު ދުވާލު ވަގުތުގައިވެސް، ފާޅުކަންބޮޑުކޮށް ކެއިންބުއިމުގެ ޚިދުމަތް
މި ބަރަކާތްތެރި ރަމަޟާން މަހުގެ ދުވާލުގެ ވަގުތުގައިވެސް އއ. އުކުޅަހުގައި ރެސްޓޯރެންޓް ތަކާއި ޓޭކްއަވޭ ކެފޭތަކުން ކެއިން ބުއިމުގެ ޚިދުމަތް ފާޅުކަން ބޮޑުގޮތެއްގައި ކުރިއަށް ގެންދާތީ ރައްޔިތުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
13 Apr 2023
އުރީދޫ ފަން ރަން ކުޅުދުއްފުށި ރެޖިސްޓްރޭޝަން މިރޭ ހަމަވަނީ!
އުރީދޫ ފަން ރަން ކުޅުދުއްފުށި ރެޖިސްޓްރޭޝަން މިރޭ ހަމަވަނީ!
04 Apr 2023
(މުއާމަލާތް ނުކުރާ އެކައުންޓް) ގެ ގޮތުގައި ހުރި އެކައުންޓުތަކުގެ ވެރިފަރާތްތަކުގެ ސަމާލުކަމަށް
މޯލްޑިވްސް އިސްލާމިކް ބޭންކުގައި ޑޯމަންޓް (މުއާމަލާތް ނުކުރާ އެކައުންޓް) ގެ ގޮތުގައި ހުރި އެކައުންޓުތަކުގެ ވެރިފަރާތްތަކުގެ ސަމާލުކަމަށް
20 Mar 2023
ރައީސް މާއުމޫން، ޤާސިމް މަޝްވަރާ ބައްދަލުވުމެއް!
މޯލްޑިވްސް ރިފޯމް މޫމްމަންޓް (އެމްއާރއެމް) ގެ ޒައީމް ރައީސް މައުމޫން އަބްދުލް ޤައްޔޫމް އާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ބައްދަލުކުރައްވައިފިއެވެ. މިއަދު މެންދު 1 ގައި އެމްއާރއެމް އޮފީސް، ހ. ފުލިދޫގޭއަށް ވަޑައިގެން ރައީސް މައުމޫން ވަނީ މީޑީއާއާއި ބައްދަލުކުރައްވާފައެވެ. އެގޮތުން މިއީ ކުރިއަށް އޮތް ރިޔާސީ އިންތިހާބާ ގުޅޭގޮތުން ޤާސިމް އިބްރާހިމްއާއެކު މަޝްވަރާކުރެއްވުމަށް ބައްދަލުކުރައްވަނީ ކަމަށް ވަނީ ވިދާޅުވެފައެވެ.
19 Mar 2023
މޯލްޑިސް އިސްލާމިކް ބޭންކުން ޑޮލަރު އޭޓީއެމް ބަހައްޓައިފި
މޯލްޑިސް އިސްލާމިކް ބޭންކުން ޑޮލަރު އޭޓީއެމް ބަހައްޓައިފި