ޚަދީޖާ އަރުފާ
އެސޯސިއޭޓް އެޑިޓަރ
ޚަދީޖާ އަރުފާ
03 Jan 2024
ލަބީޤް މާފަންނު މެދު ދާއިރާގެ މަޖިލިސް ގޮނޑިއަށް!
ނިމިދިޔަ ސަރުކާރުގައި މިނިސްޓްރީ އޮފް އެންވަޔަރަންމެންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީގެ އެގްޒެކެޓިވް ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ލަބީގު މުހައްމަދު މާހިދު، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި މާފަންނު މެދު ދާއިރާއަށް ވާދަ ކުރައްވަން ނިންމަވައިފިއެވެ.
02 Jan 2024
ޖަޕާނުގެ މަތިންދާ ބޯޓެއްގައި ރޯވެއްޖެ!
300 އަށްވުރެ ގިނަ ފަސިންޖަރުންނާއިއެކު ދަތުރުކުރަމުންދިޔަ ޖަޕާން އެއާލައިންގެ އެއާކްރާފްޓެއްގައި އަލިފާން ރޯވެއްޖެއެވެ.
02 Jan 2024
ކަނޑުގެ ސަރަހައްދު ހޯދާ ދިރާސާއަށް ބޭރުގެ އެކްސްޕާޓުން
ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދުގެ އިން ވަކި ކުރުމުން ގެއްލިގެންދިޔަ ސަރަހައްދު ހޯދުމަށް އަދުގެ ސަރުކާރުން ވެފައިވާ ވަޢުދާ ބޭރުގެ ދެ އެކްސްޕާޓުންނާ ހަވާލު ކޮށްފި އެވެ.
02 Jan 2024
ރިޓަޔަރޑް ސިއްޙީ ޚިދުމަތްތެރިންނަށް މަސައްކަތަށް ނެރެނީ!
އުމުުރުން 55 އަހަރުވެފައިވާ ނުވަތަ މަސައްކަތުން ރިޓަޔާ ކޮށްފައިވާ މީހުންގެ ތެރެއިން ސިއްހީ ގޮތުންނާއި ތައުލީމާއި ތަޖުރިބާ ގޮތުން ގާބިލް މީހުން ވަޒީފާގެ މާހައުލަށް ނެރުމަށް ކޮންޓްރެކްޓް އުސޫލުން މަސައްކަތް ކުރެވޭނެ އުސޫލެ އެކުލަވާލަން ސަރުކާރުން ނިންމައިފިއެވެ.
02 Jan 2024
މާލޭގައި އަލުން ކުޅި އާއި ވެވު އުފައްދަން ޖެހޭ: ނަޝީދު
މާލޭގައި ބޯކޮށް ވާރޭވެހުމުގެ ސަބަބުން ދިމާވާ ފެންބޮޑުވުމުގެ މައްސަލަ ހައްލު ކުރުމަށް ދިރާސާތައް ކޮށް، ކުޅި އާއި ވެވު، މާލޭގައި އަލުން އުފައްދަން ޖެހޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
02 Jan 2024
ގޯތި ލިބުނު މީހުންނަށް ގޯތީގެ ރަޖިސްޓަރީ ދީ ނިންމާނަން
ކުރީ ސަރުކާރުގެ ބިންވެރިޔާ ސްކީމްގެ ދަށުން މާލެ ސަރަހައްދުން ގޯތި ލިބުނު މީހުންނަށް، ގޯތީގެ ރެޖިސްޓެރީ މި ހަފްތާ ތެރޭގައި ދޭން ފަށްޓަވާނެ ކަމަށް ރައީސުލްޖުމުހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު އިއުލާން ކުރައްވައިފިއެވެ.
02 Jan 2024
އިންޑަސްޓްރިއަލް ރިލޭޝަންސްއާގުޅޭ ބިލު ތަޞްދީޤު ކުރައްވައިފި
އިންޑަސްޓްރިއަލް ރިލޭޝަންސްއާގުޅޭ ބިލު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޞްދީޤު ކުރައްވައިފިއެވެ.
02 Jan 2024
ދިވެހިރާއްޖޭގެ ޒަކާތު ހައުސް އިފްތިތާޙުކޮށްފި!
ދިވެހިރާއްޖޭގެ ޒަކާތު ހައުސް މިއަދު އިފްތިތާޙުކޮށްފިއެވެ.
02 Jan 2024
1 މިލިޔަން ޑޮލަރުގެ ގެއްލުންވެ މެކްޑޮނަލްޑްސުން ކޯޓަށް
ހައްދުފަހަނައަޅާފައިވާ އިސްރާއީލްގެ ޔަހޫދީން ފަލަސްޠީނުގެ މުސްލިމުންނާއި ދެކޮޅަށް ހިންގަމުންދާ ގަތުލު ޢާއްމާއި ގުޅިގެން، ޔަހޫދީންގެ ވިޔަފާރިތަކާއި މާލީ އެހީތެރިކަން ފޯރުކޮށްދޭ ވިޔަފާރިތައް ބޮއިކޮޓް ކުރަމަށް ގޮވާލާ ހިންގަމުންދާ ހަރަކާތްތަކާއި ގުޅިގެން މެލޭޝިޔާގައި ހިންގާ މެކްޑޮނަލްޑްސަށް މާލީ ގޮތުން ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ބުނެ އޭގެ ބަދަލު ހޯދަން ކޯޓަށް ހުށަހަޅައިފިއެވެ.
02 Jan 2024
ރައީސް މުޢިއްޒު، ޖަޕާނުގެ ބޮޑުވަޒީރަށް ތައުޒިޔާ ފޮނުއްވައިފި
ޖަޕާނުގެ މެދުތެރޭގެ އިޝިކާވާއަށް އައި ބާރުގަދަ ބިންހެލުމާއި، އަދި ސުނާމީއާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ޖަޕާނުގެ ބޮޑުވަޒީރު ކިޝިދާ ފުމިއޯއަށް ތަޢުޒިޔާ ގެ މެސެޖެއް ފޮނުއްވައިފިއެވެ.
01 Jan 2024
މިއީ އިވޭ އަޑުތަކުގެ ދޮގުތެދު ވަކިކުރާ އަހަރަކަށް ހައްދަވާ
މި ފެށުނު އައު އަހަރަކީ އާ އަހަރަކީ އިވޭ އަޑުތަކާއި، ލިބޭ މަޢުލޫމާތުން ދޮގުތެދު ވަކިކުރާ އަހަރަކަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އެދިވަޑައިގެންފިއެވެ.
01 Jan 2024
ބުރުޒު ކޭޓަރިން ސާވިސަސްގެ އާ ވެބްސައިޓް ލޯންޗުކޮށްފި
ބުރުޒު ކޭޓަރިން ސާވިސަސް އިން އެ ކުންފުނީގެ އާ ވެބްސައިޓް ލޯންޗްކޮށްފި އެވެ.
01 Jan 2024
އަޅުގަނޑަކީ ރައްޔިތުންގެ މީހެއް: ނިހާދު
އިދިކޮޅު މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީން، ވެރިކަން ކުރާ ޕީއެންސީއާ، ގުޅިވަޑައިގެންނެވި، ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދު، އެ ނިންމުން ނިންމެވީ ރައްޔިތުންނަށް ޚިދުމަތް ކުރެއްވުމަށް ކަމަށް އޭނާ ވިދާޅުވެއްޖެެއެވެ.
01 Jan 2024
5ޖީ އެކްސްކްލޫސިވް އެޑްއޮން ތަކާއެކު ހާއްސަ އޮފާތަކެއް
އައު އަހަރަށް މަރުޙަބާ ކިއުމުގެ ގޮތުން އުރީދޫ މޯލްޑިވްސް ގެ ކަސްޓަމަރުންނަށް ހާއްސަ އެތަށް އޮފަރ އެއް ތައާރަފުކޮށްފިއެވެ.
01 Jan 2024
ކިއުބާގެ "ނެޝަނަލް ލިބަރޭޝަން ޑޭ"ގެ ތަހުނިޔާ ފޮނުއްވައިފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ކިއުބާގެ ނެޝަނަލް ލިބަރޭޝަން ޑޭގެ ތަހުނިޔާއާ ހެޔޮއެދުންތައް އެޤައުމުގެ ރައީސް މިގޭލް ޑިއާޒް-ކެނެލް ބާމުޑޭޒް އަށާއި ކިއުބާގެ ބޮޑު ވަޒީރު މެނުއެލް މަރޭރޯ ކްރޫޒް ފޮނުއްވައިފިއެވެ.
01 Jan 2024
އައު އަހަރުގެ ތަހުނިޔާ ބޭރުގެ އިސްވެރިންނަށް ފޮނުއްވައިފި
މީލާދީ އައު އަހަރުގެ ތަހުނިޔާއާއި ހެޔޮއެދުންތައް ދިވެހި ސަރުކާރާއި، ރައްޔިތުންގެ ނަމުގައި އަދި‌‌‏ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އަމިއްލަ ނަންފުޅުގައި ބޭރު ޤައުމުތަކުގެ އިސް ވެރިންނަށާއި، ސަރުކާރުތަކަށް ފޮނުއްވައިފިއެވެ.
01 Jan 2024
ޝަހީބު، އިސް ތަރުޖަމާންގެ މަގާމުން ވަކިކޮށް!
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސް ތަރުޖަމާނުގެ މަގާމުގައި ހުންނެވި މުހައްމަދު އެ މަގާމުން ވަކިކުރައްވައިފި އެވެ.
31 Dec 2023
ގއ ނިލަންދޫ ފަރަށް އަރައި ބޯޓެއް ފަޅައިގެން ހިނގައްޖެ!
ގއ ނިލަންދޫ ނެރުގެ ދެކުނު ފަރާތު ފަރަށް އަރައި ބޯޓެއް ފަޅައިގެން ހިނގައްޖެއެވެ.
31 Dec 2023
ދެ ބަހެއް ޖެހި އެއާޕޯޓުގެ ރަންވޭގައި އެކްސިޑެންޓެއް!
ފަސިންޖަރުން އުފުލާ ބަހަކާއި އިންފްލައިޓް ކޭޓަރިންގެ ބަހެއް ޖެހި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ރަންވޭގައި މިރޭ އެކްސިޑެންޓެއް ހިނގައިފި އެވެ.
31 Dec 2023
ހުޅުމާލޭ މުނިސިޕަލް ޚިދުމަތްތައް މާލެސިޓީ ކައުންސިލް ދަށަށް!
ގާނޫނު ގައިވާ ގޮތުގެ މަތީން ހުޅުމާލޭގެ މުނިސިޕަލް ޚިދުމަތްތައް މާލޭސިޓީ ކައުންސިލްގެ ދަށަށް ބަދަލުކޮށްފި އެވެ.
31 Dec 2023
ހުޅުމާލޭ ބައެއް ފުލެޓަށް ވަޅުފެން ފޯރުކޮށްދިނުމަށް ދަތިތަކެއް!
ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ހުޅުމާލެ ބައެެއް ފުލެޓްތަކުގެ ޕަމްޕް ރޫމްއަށް އަސަރުކޮށް، ވަޅުފެން ފޯރުކޮށްދިނުމުގައި ދަތިތަކާއި ކުރިމަތިލާން ޖެހިއްޖެއެވެ.
31 Dec 2023
ސޯޝަލް ހައުސިންގެ ޖޫރިމަނާތައް މާފްކޮށްފި
ސޯޝަލް ހައުސިން ޔުނިޓްތަކުގެ ކުލި ނުދެއްކުމުގެ ސަބަބުން މިއަދާއި ހަމައަށް އަރާފައިވާ ޖޫރިމަނާތައް ދިވެހި ސަރުކާރުން މިއަދު މާފްކޮށްދީފިއެވެ.
31 Dec 2023
ކުށްކުރާ ކުޑަކުދިން ރިހެބިލިޓޭޓް ކުރަން ފަށަނީ!
ކުށް ކުރާ ގުރޫޕްތަކުން، އެފަދަ ކަން ކަމުގައި ބޭނުން ކުރާ ކުދިކުދިން ޑިޕާޓްމަންޓް އޮފް ޖެނެރަލް ޖަސްޓިސްއަށް ނަގައި، އެފަދަ ކުދިން ރިހެބިލިޓޭޓް ކުރުމުގެ މަސައްކަތް ކުރުމަށް މަޝްވަރާ ކުރަމުންދާ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު ވިދާޅުވެއްޖެއެވެ.
31 Dec 2023
އަމާޒަކީ އަންނަ އަހަރު 2 މިލިއަން ފަތުރުވެރިން ގެނައުން
ފަތުރުވެރިކަމުގެ އަންނަ އަހަރުގެ އަމާޒަކީ ދެ މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުން ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލް ވިދާޅުވެއްޖެއެވެ.
31 Dec 2023
މަރަދޫގެ ގެއެއްގެ މައްޗަށް ބަނބުކެޔޮ ގަހެއް ވެއްޓިއްޖެ
ސ. މަރަދޫ ގެއެއްގެ މައްޗަށް ބަނބުކެޔޮ ގަހެއް ވެއްޓިއްޖެއެވެ.
31 Dec 2023
ވައިޑް-ބޮޑީ އެއާކްރާފްޓެއް ހޯދަން އިއުލާނުކޮށްފި!
ގައުމީ އެއާލައިން، މޯލްޑިވިއަންއިން ރާއްޖެއިން ބޭރަށްކުރާ ދަތުރުތައް ފުޅާކޮށް އިތުރުކުރުމަށްޓަކައި ވައިޑް-ބޮޑީ މަތިންދާބޯޓެއް ހޯދުމަށް އިއުލާނުކޮށްފިއެވެ.
31 Dec 2023
ރާއްޖޭގެ ބައެއް ސަރަހައްދަށް ރީނދޫ ސަމާލު ނެރެފި!
މުޅި ރާއްޖެއަށްވެސް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ބައެއް ސަރަހައްދު ތަކަށް ރީނދޫ ސަމާލު ނެރެފިއެވެ.
31 Dec 2023
އާ އަހަރުގެ ކުޑަކުދީންގެ ހަވީރު ވެސް ކެންސަލް!
އާ އަހަރު ފާހަގަ ކުރުމަށް މިއަދު ހަވީރު ބޭއްވުމަށް ހަމަޖެހުނު ކުޑަކުދީންގެ ހަވީރު ވެސް ކެންސަލް ކޮށްފި އެވެ.
31 Dec 2023
މާލެސިޓީގެ އަވަށްތަށް ކުރިއަރުވާ ބޯޑު އަލުން އެކުލަވާލާނަން
މާލެސިޓީގެ އަވަށްތަށް ތަމްސީލް ކުރައްވަން، އަވަށް ކުރިއަރުވާ ބޯޑު އަލުން އެކުލަވާލައްވާނެ ކަމަށް މާލޭ މޭޔަރ ކަމަށް ވެރިކަންކުރާ ޕީއެންސީގެ ފަރާތުން ވާދަކުރައްވާ ކުރީގެ ބަންޑާރަ ނާއިބު ޢާއިޝަތު ޢާޒިމާ ޝަކޫރު ވިދާޅުވެއްޖެއެވެ.
29 Dec 2023
ހުޅުމާލެ އުތުރު ދާއިރާއަށް ހަމްދާ ވާދަކުރައްވަނީ!
އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި، ދަ ޑިމޮކްރެޓްސް ގެ ޓިކެޓްގައި ހުޅުމާލޭ އުތުރު ދާއިރާއަށް ވާދަކުރައްވަން އެ ޕާޓީގެ އަންހެން ލީޑަރ ހަމްދާ މުހައްމަދު ނިންމަވައިފިއެވެ.