ޚަދީޖާ އަރުފާ
އެސޯސިއޭޓް އެޑިޓަރ
ޚަދީޖާ އަރުފާ
29 Dec 2023
އާ އަހަރުގެ މިޔުޒިކު ޝޯވް އާއި ހަވާ އެރުވުން ފަސްކޮށްފި!
29 Dec 2023
ފަލަސްތީނަށްޓަކައި ޕާކިސްތާނުގައި އާ އަހަރު ފާހަގަކުރުން މަނާ!
ފަލަސްތީނުގެ ޣައްޒާގައި ހައްދުފަހަނައަޅާފައިވާ ޔަހޫދީން ހިންގަމުންދާ ޤަތުލު ޢާއްމު ހުއްޓުމެއް ނެތި ކުރިއަށްދާތީ، އެގައުމުގެ މުސްލިމުންގެ ހައްގުގައި، ޕާކިސްތާނުގައި ކުލަގަދަކޮށް އާ އަހަރު ފާހަގަކުރުން މަނާކޮށްފިއެވެ.
29 Dec 2023
ރިސާލަތުގައި ޓެކްނޮލޮޖީ ބޭނުން ކުރުމަކީ ރައީސްގެ ތަޞައްވުރު
އިސްލާމީ ރިސާލަތު ފޯރުކޮށްދިނުމުގައި ޒަމާނީ ވަސީލަތްތަކާއި ޓެކްނޮލޮޖީގެ ބޭނުންކުރުމަކީ ރައީސުލްޖުމުހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒުގެ ތަޞައްވުރުގައި ހިމެނޭ ކަމެއްކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
29 Dec 2023
ބޮޑު ސަރަހައްދަކަށް ރީނދޫ ސަމާލު ނެރެފި!
ރާއްޖޭގެ ހުރިހާ ހިސާބުތަކަށްވެސް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ބޮޑު ސަރަހައްދަކަށް ރީނދޫ ސަމާލު ނެރެފިއެވެ.
29 Dec 2023
އާ އަހަރު ފާހަގަކޮށް، އުފާ ފާޅުކުރުމަކީ ލަދުވެތި ކަމެއް: ޢަލީ
ފަލަސްތީނުގައި ކޮންމެ ދުވަހަކު މުސްލިމުން ގަތުލު ކުރަމުންދާއިރު، އާ އަހަރު ފާހަގަކޮށް، އުފާ ފާޅުކުރުމަކީ ލަދުވެތި ކަމެއް ކަމަށް ދާރިސް ޓީވީގެ ސްޓޭޝަން މެނޭޖަރު ޢަލީ ރަމީޒު ވިދާޅުވެއްޖެ އެވެ.
29 Dec 2023
ވީއައިއޭގެ ޖެޓް ޕާކިން 68 އަށް އިތުރު ކޮށްފި!
ފަތުރުވެރިކަމުގެ އެންމެ ބާރުބޮޑު މޫސުމާ ދިމާކޮށް، އެމްއޭސީއެލް އިން ވެލާނާ އެއާޕޯޓުގެ ޕްރައިވެޓް ޖެޓު ޕާކިން، 68 އަށް ބޮޑުކޮށްފިއެވެ. މިއީ ވީއާއިއޭގެ ތާރީޚްގައި ވެސް ޖެޓް ޕާކިންގ މިހާ ބޮޑު ކުރެވުނު ފުރަތަމަ ފަހަރެވެ.
29 Dec 2023
ދިވެހީންގެރާއްޖެއަށް ދެވުނީ ފިނި ކޮޓަރީގައި ނުތިބީމަ: ޝިޔާމް
ދިވެހީންގެ ރާއްޖެއަށް ވާސިލް ވުމަށް ކުރެއްވީ އުނދަގޫ ދަތުރުފުޅެއް ކަމަށާޒ އެ ދަތުރު ކުރެއްވި އިރު، ތިއްބޭވީ ފިނި ކޮޓަރީގައި ނޫން ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
29 Dec 2023
ރެސިޕީ: އެވަކާޑޯ ސްމޫތީ
އޮށްކަދޫ ސްމޫތީ އަކީ ހެނދުނު ސަޔަށް ވިޔަސް، މެންދުރު ކެއުމާއެކު ވިޔަސް ނޫނީ ހަވީރާއި ރޭގަނޑު ބޯލަންވެސް ރަނގަޅު ސިއްހަތަށް ފައިދާ ހުރި މީރު ބުއިމެކެވެ. އަދި މިއީ ތައްޔާރު ކޮށްލަންވެސް ވަރަށް ފަސޭހަ ބުއިމެކެވެ. މިއަދު ވޮއިސްގެ ބަދިގެއިން މި ގެނެސްދެނީ ޑައިޓް ޖައްސާ މީހުންނަށްވެސް ބޯލަން ކަމުދާނެ ރެސިޕީއެކެވެ.
28 Dec 2023
ރައީސް، ޔާމީނާއި ބައްދަލު ނުކުރައްވަނީ ރަނގަޅުކަމެއް ނޫންވީމާ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ކުރީގެ ރައީސް ޔާމީނާއި ބައްދަލު ނުކުރައްވަނީ، އެމަނިކުފާނަކީ ޝަރުޢީ ބަންދެއްގައި ހުންނެވި ބޭފުޅަކަށް ވާތީ އެއީ، ގާނޫނީ ގޮތުން ރަނގަޅު ކަމެއް ކަމަށް ދެކެވަޑައިނުގަންނަވާތީ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ސްޕޯކްސްޕަރސަން މުޙައްމަދު ޝަހީބު ވިދާޅުވެއްޖެއެވެ.
28 Dec 2023
ނައިބް ރައީސް ކުރެއްވި ދެ ދަތުރަށް 3.1 މިލިއަން ރުފިޔާ!
ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފް، ޑިސެންބަރު 4 އިން 14 އަށް ރާއްޖެއިން ބޭރަށް ކުރެއްވި ދެ ދަތުރުފުޅުގެ ޚަރަދު ތަކުގެ ތަފްސީލް ރައީސް އޮފީހުން ހާމަކޮށްފިއެވެ.
28 Dec 2023
އެމްއޭސީއެލްގެ ކަލަންޑަރު ޚާއްސަކުރީ އޯޓިޒަމް ކުދިންނަށް!
އޯޓިޒަމް ކުދިންގެ ހުނަރު ދައްކުވައިދޭ ގޮތަށް ފަރުމާކޮށްގެން މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީން ތައްޔާރުކޮށްފައިވާ 2024 ވަނަ އަހަރުގެ ކަލަންޑަރު މިއަދު އިފްތިތާހުކޮށްފިއެވެ.
28 Dec 2023
ހަނިމާދޫ އެއަރޕޯޓްގެ އައު ރަންވޭގެ އެއްބައި ނިންމުމާ ގާތަށް!
ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓުގައި އަލަށް ތަރައްޤީކުރާ 2،460 މީޓަރުގެ ރަންވޭގެ ތެރެއިން 1،200 މީޓަރުގެ ރަންވޭގެ މަސައްކަތް ނިންމައި ހުޅުވުމާއި ގާތަށް ގޮސްފައިވާ ކަމަށް، ރީޖަނަލް އެއަރޕޯޓްސް ކޮމްޕަނީ ލިމިޓެޑް، އާރްއޭސީއެލް އިން ބުނެފިއެވެ.
28 Dec 2023
ޔާމީނާ ގުޅިގެންވީ ވަޢުދު ރައީސް މުޢިއްޒު ފުއްދަވައިފި
ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު ވެވަޑައިގެންނެވި ވަޢުދު ފުއްދަވާފައިވާ ކަމަށް ސަރުކާރުން ބުނެފިއެވެ.
28 Dec 2023
ރުހުން ދޭން ދައުރުން ބޭރު ޖަލްސާއެއް ބާއްވަން ތައްޔާރު
ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އެދިލައްވާނަމަ، ދައުރުން ބޭރުގައި ޖަލްސާއެއް ބާއްވަވައިގެން ނަމަވެސް، ރައީސުލްޖުމުހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު ގެ ކެބިނެޓް ގެ ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ކުރިއަށް ގެންދަވާނެ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
28 Dec 2023
ދޮގު ޚަބަރު ތަކަކީ ޑިމޮކްރަސީއަށް އޮތް ބޮޑު ބިރެއް: އީވާ
ދޮގު ޚަބަރު ތަކާއި ދޮގު ޚަބަރުތައް ފަތުރާ ނޫސް މަޖައްލާތަކަކީ ޑިމޮކްރަސީއަށް އޮތް ބޮޑު ބިރެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުالله ވިދާޅުވެއްޖެ އެވެ.
28 Dec 2023
ނޫސްވެރިކަމަށް ހުރަސްއެޅުމާ ދެކޮޅަށް ކުއްލި މައްސަލައެއް
ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްނޭޅުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.
27 Dec 2023
އެމްއައިބީގެ ސޭލްސް ސެންޓަރު މަހިބަދޫއާއި ކުޑަހުވަދޫގައި!
މޯލްޑިވްސް އިސްލާމިކް ބޭންކުގެ ސޭލްސް ސެންޓަރު ދ. އަތޮޅު ކުޑަހުވަދޫ އަދި އދ. އަތޮޅު މަހިބަދޫގައި ހުޅުވައިފިއެވެ.
27 Dec 2023
ގުޅިފަޅު ހިއްކުމުގެ މަސައްކަތް ދަނީ ބާރަށް ކުރިއަށް
ގުޅިފަޅު ހިއްކުމުގެ މަސައްކަތް ތާވަލާއި އެއްގޮތަށް ހުއްޓުމެއްނެތި ކުރިއަށްދާ ކަމަށް އިމާރާތް ކުރުމާއި ބިނާރާ ބެހޭ ވުޒާރާގެ ވަޒީރު އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެެއެވެ.
27 Dec 2023
އުރީދޫ ކަލަންޑަރާއި އެކު ނެރުނީ "އަތޮޅަށް ދުވުން" ގޭމް!
އުރީދޫ މޯލްޑިވްސްގެ 2024 ވަނަ އަހަރުގެ ކަލަންޑަރު އިފްތިތާޙް ކޮށްފިއެވެ.
27 Dec 2023
އެފްއޭއެމްގެ ރައީސް ކަމަށް ޠާރިގު، ނާއިބަކަށް ޢިމްރާން!
އެފްއޭއެމުން އިއުލާންކޮށްފައިވާ އެ އެސޯސިއޭޝަން އިންތިޚާބުގައި, އެ އެސޯސިއޭޝަންގެ ރައީސް ކަމަށް، ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ޠާރިގު (ޓޮމް) ވާދަ ކުރައްވަން ނިންމަވައިފި އެވެ.
27 Dec 2023
ކުއްޖާގެ ހަށިގަނޑާމެދު ކަންކުރާނެ ގޮތާމެދު މަޝްވަރާކުރަނީ
އދ ދިގުރަށު ކުނިގޮނޑުން ފެނުނު ކުއްޖާގެ ހަށިގަނޑާމެދު ކަންކުރާނެ ގޮތެއް ނިންމުމަށް ޢާއިލާއިން މަޝްވަރާ ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފިއެވެ.
27 Dec 2023
ސުކޫތު ގެނައުމަކީ ހުއްދަ ކަމެއް ނޫން: ޝެއިޚް ސަމީރު
އެކި މުނާސަބަތާއި ގުޅުވައި ހަމަހިމޭންކަމުގެ ސުކޫންތު ގެނައުމަކީ ކާފަރުންގެ ވައްޓަފާޅި އެއް ކަމަށް، އެކަން މުސްލިމުންނަށް ހުއްދަ ވެގެން ނުވާނެ ކަމަށް، ރާއްޖޭގެ ފުންނާބުއުސް ދީނީ ޢިލްމުވެރިޔާ އައްޝެއިޚު އަހުމަދު ސަމީރު ވިދާޅުވެއްޖެއެވެ.
27 Dec 2023
އިތުރު ކޯޓާގައި ދެވޭ މީހުންނަށް ހައްޖުގެ ދައުވަތު ފޮނުއްވައިފި!
ހައްޖު ކޯޕަރޭޝަނަށް އިތުރަށް ލިބުނު ކޯޓާއަށް ހައްޖަށް ދިއުމުގެ ފުރުސަތު ލިބުނު މީހުންނަށް ހައްޖުގެ ދައުވަތު ފޮނުވައިފި އެވެ..
27 Dec 2023
ފައިލޭރިއާ އާއި ގުޅޭގޮތުން އެނގެންޖެހޭ ބައެއް މަޢުލޫމާތު!
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ޑިސެންބަރު މަހުގެ 1 އަދި 2 ވަނަ ދުވަހު ހދ.ކުޅުދުއްފުށީގައި ހިންގި ބިދޭސީ މަސައްކަތްތެރިންގެ ސްކްރީނިން ކޭމްޕުގެ ތެރެއިން، ބައެއް ބިދޭސީންގެ ފަރާތުން، ފައިލޭރިއާ ބަލި ވަނީ ފެނިފައެވެ
26 Dec 2023
ވިލިމާލޭ ކަރަންޓުގެ ޑިމާންޑް ސްޓަޑީއެއް ހެދުމަށް ސްޓެލްކޯއަށް!
ވިލިމާލޭގައި ކުރިއަށް އޮތް 20 އަހަރު ދުވަހުގެ ކަރަންޓުގެ ޑިމާންޑް ސްޓަޑީއެއް ހެދުމަށް ސްޓެލްކޯ އާއި ހަވާލު ކޮށްފި އެވެ.
26 Dec 2023
އަންނަ އަހަރުގެ އުރީދޫ ފަން ރަން ލާމު އަތޮޅުގައި ބާއްވަނީ
ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އަދި އެންމެ އުފާވެރި ދުވުން - އުރީދޫ ފަން ރަން 2024 ގެ ރީޖަނަލް އެޑިޝަން ލާމު އަތޮޅުގައި އުރީދޫ މޯލްޑިވްސްއިން ބޭއްވުމަށް ހަމަޖެހިފައިވައިކަން އިއުލާނުކޮށްފިއެވެ.
26 Dec 2023
ހައްޖު ކޯޕަރޭޝަންއާއި ހައްޖު ކޯޓާ ހަވާލު ކޮށްފި!
ސަޢޫދީ ޢަރަބިއްޔާގެ ސަރުކާރުން ދިވެހިރާއްޖެއަށް ދެއްވާ ރަސްމީ ކޯޓާ މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑާ ޙަވާލުކުރުމާއި ގުޅޭގޮތުން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ އާއި ހައްޖު ކޯޕަރޭޝަން ލިމިޓެޑް އާއި ދެމެދު މެމޮރަމްޑަމް އޮފް އަންޑަސްޓޭންޑިންގ (އެމް.އޯ.ޔޫ)އެއްގައި މިއަދު ސޮއިކޮށްފިއެވެ.
26 Dec 2023
ފުލުހުންގެ އެގްޒެކްޓިވް މެނޭޖްމަންޓް ބޯޑު ރީ-ސްޓްރަކްޗަރ ކުރަނީ
ފުލުހުންގެ އެގްޒެކްޓިވް މެނޭޖްމަންޓް ރީ ސްޓްރަކްޗަރ ކުރައްވައި، އެ ބޯޑުގައި ރީޖަނަލް ކޮމާންޑަރުން ހިމަނުއްވަން، ފުލުހުންގެ ކޮމިޝަނަރގެ މަގާމާއި އިއްޔެ ހަވާލުވެވަޑައިގެންނެވި ޢަލީ ޝުޖާޢު ނިންމަވައިފިއެވެ.
26 Dec 2023
އިސްލާމިކް މިނިސްޓްރީގެ ވެބްސައިޓް ޒަމާނީ ކުރަނީ
އިސްލާމީ ލައިބްރަރީއެއްވެސް ހިމެނޭހެން އިސްލާމިކް މިނިސްޓްރީގެ އާ ވެބްސައިޓް އަންނަ މަހު ލޯންޗް ކުރަން ނިންމާފައިވާ ކަމަށް، މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު އިއުލާން ކުރައްވައިފިއެވެ.
26 Dec 2023
އެލްޖީއޭގެ ސީއީއޯއަކަށް ޑރ. ޒުލްފާ އައްޔަން ކުރައްވައިފި
ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ސީއީއޯގެ މަގާމަށް މ. ވައިނުޖެހޭގޭ ޑރ. މަރިޔަމް ޒުލްފާ މިއަދު އައްޔަން ކުރައްވައިފި އެވެ.