ޚަދީޖާ އަރުފާ
އެސޯސިއޭޓް އެޑިޓަރ
ޚަދީޖާ އަރުފާ
18 Dec 2023
ރުހުން ދިނުމާއި ގުޅޭ ރިޕޯޓް ފުރިހަމަ ނުވާތީ ޖަލްސާ މެދުކަނޑާލައިފި!
ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒުގެ ކެބިނެޓްގައި ހިމެނިވަޑައިގަންނަވާ މިނިސްޓަރުންނަށް ރުހުން ދިނުމާއި ގުޅޭ ގޮތުން، މަޖިލީހުގެ ކޮމިޓީން އެކުލަވާލި ރިޕޯޓްގައި ފުރިހަމަ ނުވާ ކަންކަން ހުރި ކަމަށް ބުނުމުން، އެކަމާއި ގުޅޭގޮތުން، މަޝްވަރާ ކުރުމަށް މަޖިލީސް މެދުކަނޑާލައިފިއެވެ.
17 Dec 2023
އަންނަ އަހަރުން ފެށިގެން ރޯދަމަހުގެ ފަހު 10 ބަންދު!
އަންނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެވެސް ރަމަޟާން މަހުގެ ފަހު 10 ގެ ދުވަސްތަކުގައި ސަރުކާރު ބަންދުކުރަން ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު މިއަދު ނިންމަވައިފި އެވެ.
17 Dec 2023
ނުކުޅެދުންތެރިކަން ހުންނަ މީހުނަށް ވަޒީފާގެ ފުރުސަތު ހުޅުވާލަނީ
ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާ ދިނުމަށް ރައީސުލްޖުމުހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވަޢުދާއި އެއްގޮތަށް އެފަރާތްތަކަށް ވަޒީފާގެ ފުރުސަތު ތައް ހުޅުވާލުމަށް ސަރުކާރުން ނިންމައިފިއެވެ.
17 Dec 2023
ޔުނާން ދޫކޮށްލި މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރަނީ!
18 އަހަރު ނުފުރޭ ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތުހުމަތުގައި ބަންދު ކޮށްފައި ހުރި މުހައްމަދު ޔުނާން، ބަންދުން ދޫކޮށްލި މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރަން ނިންމާފައިވާ ކަމަށް ޕްރޮސެކިއުޓަރ ޖެނެރެލްގެ އޮފީހުން ބުނެފިއެވެ.
17 Dec 2023
އަޝްރަފް ދާއިރާ ރައްޔިތުންނާ ބައްދަލު ކުރައްވައިފި!
އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދެކުނު ދާއިރާއަށް ޕީޕީއެމް/ޕީއެންސީ ޓިކެޓްގައި ވާދަކުރައްވާނެ ކެންޑިޑޭޓެއް ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީގައި ވާދަ ކުރައްވާ ރަހުމަތުالله އަޝްރަފް، ދާއިރާގެ ބައެއް ރައްޔިތުންނާ ބައްދަލު ކުރައްވާ އެ ފަރާތްތަކުގެ ކަންބޮޑުވުން އަޑު އައްސަވައިފިއެވެ.
17 Dec 2023
ރައީސް މުޢިއްޒާ ވެރިކަން ހަވާލު ކުރީ މަޖިލީހަކުން ނޫން
ރައީސުލްޖުމްހޫރިއްޔާ އާއި ނާއިބު ރައީސް، އެމްޑީޕީ މެންބަރުންގެ ވޯޓުން އެކަނިވެސް މަޖިލީހުގެ ތެރެއިން ވަކި ކުރެވޭ ގޮތަށް އެޕާޓީން ހުށަހެޅި އިސްލާހާއި ދެކޮޅަށް، މަޖިލިސް ކުރާގޭ ކުރިމަތީގައި ސުލްހަވެރި އިހުތިޖާޖެއް ކުރަންޖެހޭ ކަމަށް ޕީޕީއެމްގެ ހަރަކާތު ކޮމިޓީގެ ޗެއާރ އަދި މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާޢީލް ވިދާޅުވެއްޖެއެވެ.
17 Dec 2023
"ޝާކް ޕޮއިންޓް" އަށް އެރި އުޅުނު މީހަކަށް މިޔަރެއް ހަމަލާދީފި!
ޏ. ފުވައްމުލަކު "ޓައިގާ ޝާކު ޕޮއިންޓަށް" އެރި އުޅުނު މީހަކަށް މިޔަރެއް ހަމަލާދީ ޒަޚަމްކޮށްލައިފި އެވެ.
17 Dec 2023
އަންނަ މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް ލިބެން ޖެހޭ: ޢާޒިމާ
އެމްޑީޕީ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހުން މިހާރު ކުރަމުންދާ ކަންކަމުން އެކަނިވެސް ކުރިއަށް އޮތް މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް ލިބެންޖެހޭ ކަން އެނގޭ ކަމަށް ޕީޕީއެމް/ޕީއެންސީގެ ޓިކެޓްގައި މާލެ ސިޓީ ކައުންސިލްގެ މޭޔަރު ކަމަށް ވާދަކުރައްވާ ކުރީގެ ބަންޑާރަ ނާއިބު ޢާއިޝަތު ޢާޒިމާ ޝަކޫރު ވިދާޅުވެއްޖެއެވެ.
15 Dec 2023
ޕީޕީއެމް/ޕީއެންސީގެ މަޖިލިސް ޕްރައިމަރީ ފަސްކޮށްފި!
2024 ވަނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ގައި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ޓިކެޓްގައި ވާދަކުރާ ފަރާތްތައް ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީ 2024 ޖަނަވަރީ 20 އަށް ފަސްކޮށްފި އެވެ.
15 Dec 2023
ރައީސް އަޒުލު ކުރުމާ ގުޅޭ ނިންމުން ގާނޫނުއަސާސީއާ ހިލާފް
ރައީސުލްޖުމްހޫރިއްޔާ އާއި ނާއިބު ރައީސް އަޒުލު ކުރެވޭ ގޮތަށް އިއްޔެ މަޖިލީހުގެ ޢާއްމު ކޮމިޓީން ނިންމި ނިންމުމަކީ ކަނޑައެޅިގެން ގާނޫނު އަސާސީ އާއި ޚިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށް، މިނިސްޓަރު އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އަހްމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.
15 Dec 2023
ނަބީލް ޒަމީލް މިލަންދޫ ދާއިރާ ކެންޕެއިން ވަރުގަދަ ކޮށްފި!
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާގެ ޕީޕީއެމް، ޕީއެންސީ ކޯލިޝަންގެ ޕްރައިމަރީގައި ވާދަކުރައްވާ ޕީޕިއެމްގެ ސެނެޓަރު ނަބީލް ޒަމީލް ކެންޕެއިން ހަރަކާތްތައް ވަރުގަދަކޮށްފިއެވެ.
15 Dec 2023
އެމެރިކާގެ ސެންޓަރާއި، އެމްބަސީ ބޭރުކުރަން ގޮވާލައިފި!
ދިވެހިރާއްޖޭގައި ހުރި އެމެރިކަން ސެންޓަރާއި އެމެރިކަން އެމްބަސީ، ރާއްޖެއިން ބޭރުކުރަން ގޮވާލައި ދިވެހިން ތަކެއް އިހްތިޖާޖު ކޮށްފިއެވެ.
15 Dec 2023
ސްޓޭޖް މަތީގައި ލަވަ ކިޔަން ހުއްޓާ މަރުވެއްޖެ!
ބްރެޒިލްގެ ލަވަ ކިޔުންތެރިއެއް ސްޓޭޖް ޝޯވ އެއްގައި ލަވަ ކިޔަން ހުއްޓައި މަރުވެގެން ވެއްޓިއްޖެއެވެ.
15 Dec 2023
ކޮތަޅު ފީގެ ގޮތުގައި ދައުލަތަށް 11 މިލިއަން ރުފިޔާ
ޕްލާސްޓިކް ކޮތަޅު ފީގެ ގޮތުގައި މިދިޔަ ނޮވެމްބަރު މަހުގެ ނިޔަލަށް ދައުލަތަށް 11.8 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.
15 Dec 2023
މޭޔަރުކަމަށް ވާދަކުރާ ފަރާތްތަކުގެ ބަހުސް އަންނަ މަހު 6 ގައި
ހުސްވެފައިވާ މާލެސިޓީ ކައުންސިލްގެ މޭޔަރ ކަމުގެ މަގާމަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ މެދުގައި ބާއްވާ ބަހުސް އަންނަ މަހުގެ 6 ވަނަ ދުވަހު ބާއްވާ ގޮތަށް ހަމަޖެހިއްޖެއެވެ.
15 Dec 2023
54 މެންބަރުންގެ ވޯޓުން ރައީސް އަޒުލު ކުރެވޭ ގޮތް ހަދަނީ!
54 މެންބަރުންގެ ވޯޓުން ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަޒުލު ކުރެވޭ ގޮތް ހެދުމަށް މަޖިލީހުގެ ގަވާއިދަށް އިސްލާހު ގެންނަން ހުށަހަޅާފައިވާ ހުށަހެޅުން އާންމު ކޮމެޓީން އިއްޔެ ފާސްކޮށްފި އެވެ.
15 Dec 2023
"ހެޔޮ ކަންކަމަށް އަމުރުކޮށް ނުބައި ކަންކަން ނަހީ ކުރަންޖެހޭ"
ހެޔޮ ކަންކަމަށް ޢަމުރުކޮށް ނުބައި ކަންކަން ނަހީ ނުކުރާ ނަމަ، އެބައެއްގެ މައްޗަށް، މާތް الله ގެ ހަޟުރަތުން ޢާއްމުވެގެންދާފަދަ އުގޫބާތެއް ފޮނުއްވުން ގާތްވެގެންވާ ކަމަށް އަހަރެމެންގެ ރަސޫލާ ޞައްލައްالله ޢަލައިހި ވަސައްލަމް ގެ ހަދީޘް ބަސްފުޅުން އެނގޭ ކަމަށް މިއަދުގެ ޚުތުބާގައި ބުނެފިއެވެ.
15 Dec 2023
ރައީސް އޮފީހުގެ ޑެޕިއުޓީ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރަކަށް ހާމިދު!
ސިފައިންގެއަށް ދިގު މުއްދަތަށް ހިދުމަތް ކުރެއްވުމަށް ފަހު، ރިޓަޔާ ކުރެއްވި ހާމިދު ޝަފީގު ރައީސް އޮފީހުގެ ޑެޕިއުޓީ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރަކަށް އައްޔަން ކުރައްވައިފިއެވެ.
15 Dec 2023
އާސަންދައިން ދެވޭނީ ޑޮކްޓަރ ލިޔެދީފައިވާ ބްރޭންޑް އެކަނި
ބަލިމީހާއަށް ޑޮކްޓަރު ލިޔެދޭ ބޭސް ސިޓީގައި ވަކި ބްރޭންޑެއްގެ ބޭސް ދޫކުރުމަށް އަންގައިފައިވާނަމަ ފާމަސީތަކުން ބަލިމީހާއަށް ވިއްކަން ވާނީ ސީދާ އެ ބްރޭންޑުގެ ބޭސްކަމަށާއި، އެދިފައިވާ ބްރޭންޑު ނޫން އެހެން ބްރޭންޑެއްގެ ބޭސް ދޫކޮށްގެން ހިނގާ ޓްރާންސެކްޝަންތަކަށް ފައިސާ ދޫނުކުރާނެކަމަށް އާސަންދަ ކުންފުނިން ބުނެފިއެެވެ.
15 Dec 2023
ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި
ހުސްވެފައިވާ ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލައިފިއެވެ.
15 Dec 2023
ރެސިޕް: ޔޫސުފް އަފަންދީ ޓްރައިފްލް
ޔޫސުފް އަފަންދީ ނުވަތަ މެންޑްރިން އަކީ އޮރެންޖާއި ވައްތަރަށް ހުރި ނަމަވެސް ރަހައިގެ ގޮތުން އޮރެންޖާއި ތަފާތު އެއްޗެކެވެ. އެއިން ތައްޔާރު ކުރެވޭ ތަކެތިވެސް އޮރެންޖުން އެ ތައްޔާރު ކުރުމުންލާ ރަހައަށްވުރެ މީރެވެ. އެހެންކަމުން މިއަދު 'ވޮއިސް'ގެ ބަދިގެއިން މި ގެނެސްދެނީ ޔޫސުފް އަފަންދީ ޓްރައިފްލް ތައްޔާރު ކޮށްލާނެ ގޮތެވެ.
14 Dec 2023
ސަރުކާރުން އިސްވެ ދަތުރުގެ ހަރަދު ހާމަކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު ތުރުކީވިލާތަށާއި ކޮޕް28 ގައި ބައިވެރިވެވަޑައިގެންނެވުމަށް ދުބާއީއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ޚަރަދުތައް ރައީސް އޮފީހުން ހާމަކޮށްފިއެވެ.
14 Dec 2023
ދިހަހާސް މެންބަރުން ހަމަވާ ސިޔާސީ ޕާޓީތައް ހާމަކޮށްފި!
2024 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓް ފާސްކުރި ދުވަހާ ހަމަޔަށް ދިހަހާސް މެންބަރުން ހަމަވާ ސިޔާސީ ޕާޓީތައް އިލެކްޝަންސް ކޮމިޝަން، އީސީން ޢިއުލާންކޮށްފިއެވެ.
14 Dec 2023
މިސްކިތްތަކަށް ކުރާ ޚަރަދު ތިން ގުނަ އިތުރު ކުރައްވައިފި!
މިސްކިތްތަކުގެ އާބާތުރަ ފިލުވައި ރީތިކޮށް ބެލެހެއްޓުމަށް ޓަކައި ކޮންމެ އަހަރަކު ދައުލަތުގެ ބަޖެޓުން ކުރެވޭ ޚަރަދު މިހާރަށްވުރެ ތިންގުނައަށް އިތުރުކުރެއްވުމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ވެ ވަޑައިގެންނެވި ވައުދު ފުއްދަވައިފިއެވެ.
14 Dec 2023
ދައުލަތުގެ ޚަރަދުގައި ބޯން މެރޯ ހަދާ ފުރަތަމަ ފަރާތް ފުރައިފި!
ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒުގެ ވަޢުދުފުޅާއި އެއްގޮތަށް، ދަޢުލަތުގެ ޚަރަދުގައި ބޯން މެރޯ ހަދާ ތެލެސީމިއާ ފުރަތަމަ ބަލިމީހާ ފަރުވާއަށް ބޭރަށް ފުރައިފިއެވެ.
14 Dec 2023
ދިވެހި ކަނޑުތަކުގެ މައުލޫމާތު އިންޑިއާއަށް ލިބޭ ނިންމާލަނީ!
އިންޑިއާ ސަރުކާރުގެ އެހީގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ކުރިއަށްގެންދާ ހައިޑްރޯގްރަފީ ސަރވޭ އެއްބަސްވުން ނިންމުމަކަށް ގެނައުމަށް ދިވެހި ސަރުކާރުން ނިންމަވައިފިއެވެ.
14 Dec 2023
އަމާން ދޯދި އެކްސްޕީރިއަންސް ޔުނިޓްތައް އިފްތިތާހުކޮށްފި
ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)އިން "އަމާން ދޯދި" އެކްސްޕީރިއަންސް ޔުނިޓްތައް ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ.
14 Dec 2023
ދަރިން ހޯދުމަށް ކުރާ ފަރުވާ އާސަންދާގައި ހިމަނައިފި
ދަރިން ނުލިބޭ މީހުން ދަރިން ހޯދުމަށް ކުރާ ފަރުވާ އާސަންދަ ސްކީމުގައި ހިމެނޭ ގޮތަށް، ހުސްނުވާ އާސަންދަ ސްކީމް ހިންގުމުގެ ޤަވާއިދު އިސްލާޙުކޮށްފިއެވެ.
14 Dec 2023
އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް މޫސުން ގޯސް!
އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މޫސުމާބެހޭ ޤައުމީ އިދާރާއިން އެ އަތޮޅު ތަކަށް ހުދު ސަމާލު ނެރެފިއެވެ.
14 Dec 2023
ބައްސާމްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށައަޅަނީ
ފުޓްބޯޅަ އެސޯސީއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށައެޅުމަށް ސޮއި ހޯދުމުގެ މަސައްކަތް ފަށްޓަވާފައިވާ ކަމަށް މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތާރިގް (ޓޮމް) ވިދާޅުވެއްޖެއެވެ.