ޚަދީޖާ އަރުފާ
އެސޯސިއޭޓް އެޑިޓަރ
ޚަދީޖާ އަރުފާ
09 Sep 2023
ވޯޓުލާ މަރުކަޒުތަކުގެ ކުރިމަތީ ޕާޓީ ތަމްސީލްކުރާ މީހުންނަށް ނުތިބެވޭނެ
ވޯޓުލާ މަރުކަޒުތަކުގެ ކުރިމަތީ ގޮނޑި ބަހައްޓައިގެން ޕާޓީތައް ތަމްސީލްކުރާ މީހުން ތިބެން ފުރުސަތު ދެވެން ނެތް ވާހަކަ ފުލުހުން ބުނެފިއެވެ.
09 Sep 2023
ރިޔާސީ އިންތިހާބުގެ ވޯޓުލުން ފަށައިފި
މި އަހަރުގެ ރިޔާސީ އިންތިހާބުގެ ވޯޓުލުން ރާއްޖޭގެ ހުރިހާ ހިސާބެއްގައި ފަށައިފި އެވެ.
08 Sep 2023
ދެ ލޯންޗުޖެހި އެކްސިޑެންޓެއް؛ 5 މީހުންގެ ހާލު ސީރިއަސް!
ހުޅުމާލޭ ބަނދަރަށް ވަންނަ ދިމާއިން، ދެ ލޯންޗު ޖެހި، ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.
08 Sep 2023
"ޤައުމަށް ޚިދުމަތްކޮށް ޤައުމުގެ ކަރާމާތް ނެގެހެއްޓުމަށް ވައުދުވަން"
ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވައި ވެރިކަމަށް އިންޚާބު ވެވަޑައިގެންފި ނަމަ، ރެޔާދުވާލު ތެދުވެރިކަމާއެކު ޤައުމަށް ޚިދުމަތްކޮށް ޤައުމުގެ ކަރާމާތް ނެގެހެއްޓުމަށް މަސައްކަތް ކުރެއްވުމަށް ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުޢިއްޒު ވައުދުވެވަޑައިގެންފިއެވެ.
08 Sep 2023
ތިޔަ ހިފަނީ ހަރާމް ލާރީގައި ކަން ހަމަ ނޭނގެނީ ހެއްޔެވެ؟
ކޮންމެ އިންތިޚާބަކާއި ގުޅިގެންވެސް އެންމެ ގަދައަށް ދެކެވޭ އެއް ވާހަކަ އަކީ ރިޝްވަތުގެ ވާހަކައެވެ. ވަކި ކެންޑިޑޭޓަކަށް ވޯޓުލާން އެއްބަސްވެއްޖެ ނަމަ، އެވެނި ވަރަކަށް ފައިސާ ދޭނަމޭ ބުނާ ވާހަކައެވެ. ނުވަތަ ތިމަންނަ ވޯޓުލާނީ މިވެނި ވަރަކަށް ފައިސާ ދޭ މީހާ އަށޭ، ނޫނީ މިވެނި އެވެނި އެއްޗެއް ދޭ މީހާ އަށޭ ކިޔައި، މީސްމީޑިއާގެ އެކިއެކި މަންސަތަކާއި، އެނޫންވެސް ތަންތަނުގައި ވާހަކަދައްކާ މީހުން ނިސްބަތުން ވަރަށްވެސް ގިނައެވެ.
08 Sep 2023
ޤައުމު މިއަދު މިއޮތީ ނުރައްކާ ފައްތަރެއްގައި: ގާސިމް
މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގެ ވޯޓުލުމުގެ ވަގުތު ކުޑަތަންވެފައިވާއިރު، އިންތިޚާބުގައި ޖުމްހޫރީޕާޓީގެ ފަރާތުން ވާދަ ކުރައްވާ އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމްގެ ފަރާތުން ވަރަށް ޚާއްސަ މެސެޖެއް ދިވެހި ރައްޔިތުންނަށް ދެއްވައިފިއެވެ.
08 Sep 2023
"ސިފައިންނާއި ފުލުހުންނަކީ ރާއްޖޭގެ ފަޚުރުކަން އިހްސާސް ވާނެ"
ޕީޕީއެމް/ޕީއެންސީގެ ވެރިކަމެއްގައި، ފުލުހުންނާއި ސިފައިންނަކީ ދިވެހިރާއްޖޭގެ ފަޚުރު ކަމުގައި އެބޭފުޅުންނަށް އިހްސާސް ވާނެ ކަމަށް އެ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
08 Sep 2023
މުޢިއްޒުގެ ކެންޕެއިން ނިންމާލުމަށް ބާއްވާ ހިނގާލުން މިއަދު!
ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒުގެ ކެންޕެއިން ހަރަކާތްތައް ނިންމާލުމުގެ ގޮތުން މިއަދު ހަވީރު ހިނގާލުމެއް ބޭއްވުމަށް ހަމަޖެހިއްޖެއެވެ.
08 Sep 2023
ސަލްމާން މިސްކިތް ހަލާކު ވަނީ؛ މިނިސްޓްރީ ހަނު!
ކުރީގެ ރައީސް އަބްދުالله ޔާމީންގެ ސަރުކާރުގައި ސައުދީގެ އެހީގައި އިމާރާތް ކުރި ސަލްމާން މިސްކިތް ހަލާކުވަމުންދާއިރު، އެ މައްސަލާގައި އިސްލާމިކް މިނިސްޓްރީން ހަނު ހުންނަން ނިންމައިފި އެވެ.
08 Sep 2023
ގާސިމްގެ ރިޔާސީ ވައުދެއް ފުއްދަވައިފި!
ކީރިތި ގުރުއާނުގެ ތަފްސީރުގެ ދިވެހި ތަރުޖަމާއެއް، ނެރުއްވުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ވެވަޑައިގެންނެވި ވަޢުދު، ވެރިކަމަށް އިންތިޚާބުވެ ވަޑައިގެންނެވުމުގެ ކުރިން ފުއްްދަވައި ދެއްވައިފިއެވެ.
08 Sep 2023
ޤާސިމްގެ ކެމްޕޭން ނިންމާލުމުގެ ބޮޑު ހިނގާލުން މިއަދު ހަވީރު
ޖުމްހޫރީ ޕާޓީގެ ލީޑަރ އަދި ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހީމްގެ ރިޔާސީ ކެމްޕޭން ނިންމާލުމުގެ ބޮޑު ހިނގާލުން މިއަދު ހަވީރު ބާއްވަން ނިންމައިފިއެވެ.
08 Sep 2023
"އެހެން ގައުމެއްގެ ބާރު ހިނގާ ހިސާބަށް ދިޔުމުން ވިސްނަންޖެހޭ"
ދިވެހިރާއްޖޭގައި އެހެން ގައުމެއްގެ ބާރު ހިނގަމުންދާ ކަމަށާ، އެކަމަކީ، މާދަމާ ރިޔާސީ އިންތިހާބުގެ ވޯޓުލާން ދާއިރު ވިސްނަންޖެހޭ ކަންކަން ކަމަށް ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓް ޑރ މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
07 Sep 2023
ދީނަށް ފުރައްސާރަކުރި ޝައިހާން، ގުރުއާނަށް އިހާނަތިކޮށް ހިތައިފި!
އިސްލާމްދީނަށާއި މާތް ނަބިއްޔާ ޞައްލަالله ޢަލައިހި ވަސައްލަމައަށް ފުރައްސާރަކުރި މައްސަލައެއް ފެންމަތިވެ، ފުލުހުންގެ ސަމާލުކަމަށް އެކަން ގެނެސްފައިވަނިކޮށް ރާއްޖެއިން ބޭރަށް 'ފުރުވާލި' ހުސައިން ޝައިހާނު (ކުރެދި ކުރި) ކީރިތި ޤުރުއާނަށް އިހާނަތިކޮށް ހިތައިފި އެވެ.
07 Sep 2023
100 ދީނީ ޢިލްމުވެރީންގެ މުޢިއްޒަށް ވޯޓު ދެއްވަން އެދިއްޖެ!
ދިވެހި ރާއްޖޭގައި ދީނީ ތަޤުރީރު ކުރުމާއި ވަޢުޟުބުނުމުގެ ހުއްދަ ދޫކުރެވިފައިވާ 100 ޢިލްމުވެރިޔަކު ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒުއަށް ތާއީދު ކުރައްވައި އެމަނިކުފާނަށް ވޯޓު ދެއްވުމަށް ދިވެހި ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފިއެވެ.
07 Sep 2023
"އަރަބިއްޔާ މައްސަލާގައި ސަރުކާރުގެ އެހެން އެޖެންޑާއެއް އެބައޮތް"
މި ސަރުކާރުން އަރަބިއްޔާ ސުކޫލުގެ މައްސަލާގައި ކަންކަން ކުރަމުން އަންނަ ގޮތުން، އެކަމުގައި ސަރުކާރުގެ އެހެން އެޖެންޑާއެއް އޮތް ކަން ޔަގީންވާ ކަމަށް އެ ސުކޫލުގެ ބެލެނިވެރިން ބުނެފިއެވެ.
07 Sep 2023
"ރައީސް ޞާލިހް އަށް ދޭ ވޯޓަކީ އަޅުވެތި ކަމަށް ދޭ ވޯޓެއް"
ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު އަށް ދޭ ވޯޓަކީ އަޅުވެތި ކަމަށް ދެވޭ ވޯޓެއް ކަމަށް ޕީއެންސީގެ ނާއިބު ރައީސް އަދި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
07 Sep 2023
"މީސްމީޑިއާގައި ބޭސްފަރުވާއަށް ސަލާންޖެހިޔަ ނުދޭނަން"
ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވައި ވެރިކަމަށް ވަޑައިގެންނެވިއްޖެ ނަމަ، ބަލިތަކަށް ފަރުވާ ހޯދުމަށް ސޯޝަލް މީޑިއާގައި އެހީއަށް އެދުން ނިމުމަކަށް ގެނެސްދެއްވާނެ ކަމަށް ޖުމްހޫރީޕާޓީގެ ލީޑަރ އަދި ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ
07 Sep 2023
ގާސިމްގެ ވިޔަފާރި ތަކުގެ ސަބަބުން ފައިދާ ވަނީ ރައްޔިތުންނަށް"
ދިވެހިރާއްޖޭގައި ވާދަވެރި ވިޔަފާރިއެއް ފެންނަން މިއޮތީ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ގެ ވިޔަފާރި ފުޅާކޮށްފައިވަތީ ކަމަށާ، އެކޭގެ ސަބަބުން ދިވެހި ރައްޔިތުންނަށް ވެފައިވާނީ ފައިދާ ކަމަށް މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އަދި ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.
07 Sep 2023
ގާސިމް ވެރިކަމަށް އައިސް ކޮން ޖީބެއްތޯ ފުރާނީ؟: ނަހުލާ
ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް އަކީ، މިވީ 40 އަހަރު ތެރޭގައި އެމަނިކުފާނުގެ ވިޔަފާރި ތަކުން ލިބުނު ފައިދާގެ 60 އިންސައްތަ ނިކަމެތިންނަށްޓަކައި ހޭދަ ކުރެއްވި ބޭފުޅެއް ކަމަށާ، އެހެން ކަމަށް އެފަދަ ބޭފުޅެއް، ވެރިކަމަށް ވަޑައިގެން އެމަނިކުފާނު ފުރުއްވަން އޮންނާނީ ކޮން ޖީބެއްތޯ، ގާސިމްގެ އަނބިކަނބަލުން އަދި ޓްރާންސްޕޯޓް މިނިސްޓަރު ޢާއިޝަތު ނަހުލާ ސުވާލުކުރައްވައިފިއެވެ.
07 Sep 2023
"ކުނި އުކާލުމަށް ވެމްކޯއިން ނަގާ ފީތައް ކުޑަކޮށްދޭނަން"
ކުނި އުކާލުމަށް ވެމްކޯ އިން މާލޭގައި ނަގަމުން އަންނަ އަގުތައް ކުޑަކޮށްދެއްވާނެ ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
06 Sep 2023
މާލެސިޓީ ކައުންސިލް އެމްޑީޕީ މެންބަރު ޒަމީރް ޕީޕީއެމާ ގުޅިއްޖެ
މާލެ ސިޓީ ކައުންސިލްގެ މައްޗަންގޯޅި މެދު ދާއިރާގެ ކައުންސިލަރ އަހުމަދު ޒަމީރު ޕީޕީއެމަށް ސޮއި ކުރައްވައިފި އެވެ.
06 Sep 2023
ބީއެމްއެލް ސްޕޯޓްސް ސްކޮލާޝިޕްގެ އެތްލީޓުންގެ ކާމިޔާބީ ފާހަގަކޮށްފި
ބީއެމްއެލް ސްޕޯޓްސް ސްކޮލާޝިޕް ހާސިލްކޮށްފައިވާ އެތުލީޓުން އައިއޯއައިޖީ 2023 ގައި ހޯދި ކާމިޔާބީ ފާހަގަ ކުރުމަށާއި މަރުހަބާ ކިޔުމަށް ބީއެމްއެލް އިން މިއަދު ހާއްސަ ހަރަކާތެއް ބާއްވައިފިއެވެ.
06 Sep 2023
ސަސްޕެންޑް ކުރި "ހަސަން ކުރުސީ" އެނބުރި ޓުވިޓާއަށް!
ސަސްޕެންޑްކުރިތާ މަދު ވަގުތުކޮޅެއްގެ ތެރޭގައި 'ހަސަން ކުރުސީ' އެނބުރި ޓްވިޓާއަށް އަތުވެއްޖެ އެވެ.
06 Sep 2023
ގާސިމްގެ ހަގު އަނބި، ކެންޕެއިނަށް ދިގުރަށު ދޮރުން ދޮރަށް!
ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމްގެ ހަގު އަނބިކަނބަލުން، ރާނިޔާ ހަމީދު މ، މިއަދު އދ. ދިގުރަށު ގޭގެއަށް ދޮރުން ދޮރަށް ކެންޕެއިން ކުރައްވަން ފަށްޓަވައިފިއެވެ.
06 Sep 2023
މަރުތަކަށް އިންސާފު ހޯދަން ވެރިކަމަށް ގެންނަންވީ ގާސިމް
ރާއްޖޭގައި އެއްވެސް ހައްގަކާއި ނުލައި މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންނަށް އިންސާފު ހޯދައިދެވޭނެ ހަމައެކަނި ކެންޑިޑޭޓަކީ ޖުމްހޫރީޕާޓީގެ ލީޑަރ އަދި ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ޕާލިމެންޓަރީ ގުރޫޕުގެ ޑެޕިއުޓީ ލީޑަރު އަލީ ހުސެއިން ވިދާޅުވެއްޖެއެވެ.
06 Sep 2023
އަލިފާނުގެ ހާދިސާ އާއި ގުޅިގެން ދެމީހުން ހައްޔަރު ކޮށްފި!
މިއަދު ހެނދުނު މާލޭގައި ހިނގި އަލިފާނުގެ ހާދިސާ އާއި ގުޅިގެން ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
06 Sep 2023
"ގާސިމަކީ މިހާރުވެސް ކުޑަކުޑަ ސަރުކާރެއް ހިންގަވާ ބޭފުޅެއް"
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އަކީ މީހާރުވެސް ކުޑަ ކުޑަ ސަރުކާރެއް ހިންގަވަމުން އަންނަ ބޭފުޅެއް ކަމަށް އެމަނިކުފާނުގެ ސްޕެޝަލް އެޑްވައިޒަރ ޑރ އަބްދުالله ޖިހާދު ވިދާޅުވެއްޖެއެވެ.
06 Sep 2023
"ޕީޕީއެމާއި، އެމްޑީޕީގެ ރައީސް ކަމަށް އަންނަން ނަގާނީ 1 އަހަރު"
އިދިކޮޅު އެންމެ ބޮޑު ޕާޓީ، ޕީޕީއެމާއި ވެރިކަންކުރާ މައި ޕާޓީ، އެމްޑީޕީއަށް މިއަދު ސޮއި ކުރެއްވި ނަމަވެސް އެ ދެޕާޓީގެ އެންމެ އުހާއި ހަމައަށް ދާން ނަގާނީ 1 އަހަރު ކަމަށް ޖުމްހޫރީޕާޓީގެ ލީޑަރ އަދި ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
06 Sep 2023
އިންނަމާދޫ އަދާލަތާއި އެމްޑީޕީ މެންބަރުން ތަކެއް ޕީޕީއެމަށް!
ރ. އިންނަމާދޫގައި އެމްޑީޕީ އުފެއްދުމަށް އެންމެ އިސްކޮށް އުޅުއްވި ތިން ބޭފުޅަކާއި، ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ ގިނަ އަދަދެއްގެ މެންބަރުން ތަކެއް އިދިކޮޅު ޕީޕީއެމްއާ ގުޅިއްޖެއެވެ.
06 Sep 2023
މާލެއާއި އަތޮޅުތެރެ ތަފާތެއް ނުކުރާނަށް: ގާސިމް
އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިޚާބު ކާމިޔާބު ވެ، ވެރިކަމަށް އިންތިޚާބު ވެ ވަޑައިގެންފި ނަމަ، މާލެއާއި އަތޮޅުތެރެ ތަފާތެއް ނުކުރައްވާނެ ކަމަށާއި ހުރިހާ ތަނަކަށްވެސް ގެންގުޅޭނީ ގެންގުޅޭނީ އެއްއަގެއް، އެއްއުސޫލެއް އަދި އެއްހަމައެއް ކަމަށް ޖުމްހޫރީޕާޓީގެ ލީޑަރ އަދި ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.