ޚަދީޖާ އަރުފާ
އެސޯސިއޭޓް އެޑިޓަރ
ޚަދީޖާ އަރުފާ
09 Dec 2022
"މިވެރިކަމަކީ ދެވަނަ ފަހަރަށް ތަޙައްމަލް ކުރެވޭނެ ވެރިކަމެއްނޫން"
މިހާރު މިއޮތް ވެރިކަމަކީ ދެވަނަ ފަހަރަށް ތަޙައްމަލް ކުރެވޭނެ ވެރިކަމެއްނޫން ކަމަށް ޕީީޕީއެމްގެ ނައިބު ރައީސް އަދި މާލެސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
09 Dec 2022
ވާހަކަ: ޒުބައިރު ބިން އައްވާމް- ރަސޫލާގެ ހަވާރީ (2)
ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އާއި މުސްލިމުން މަދީނާއަށް ހިޖުރަ ކުރައްވެވިތާ މާ ގިނަ އަހަރުތަކެއް ނުވެއެވެ. މާދީނާގައި އުފެދިފައިވާ އިސްލާމީ ދައުލަތުގެ ބިންގާ ފުޑުފުޑު ކޮށްލައި އިސްލާމްދީން މި ބިން މަތިން ފޮހެލުމަށް، މުސްލިމުންނާ ދެކޮޅަށް ހަނގުރާމަ ކުރުމަށް ގުރައިޝުން ރާވަން ފަށައިފިއެވެ
09 Dec 2022
މިހުކުރު ސައިޑް ޑިޝްއަކަށް ސީޒަ ސެލެޑް ކިހިނެއް ވާނެ؟
ސީޒަ ސެލެޑަކީ ގިނަ ބައެއްގެ މެދުގައި މަގުބޫލު މީރު ސެލެޑެކެވެ. މިއީ ސައިޑް ޑިޝް އެއްގެ ގޮތަށް ކުކުޅާއި އެކުގަޔާއި، އިތުރު އެއްޗަކާއި ނުލައި ކާލަންވެސް ވަރަށް މީރު ސެލެޑެކެވެ.
08 Dec 2022
ވޯލްޑްކަޕު ދޫކޮށް ރޮނާލްޑޯ ދާން އުޅޭ ކަމަށް ފެތުރުނު ވާހަކައަށް ރައްދުދީފި
ޕޯޗުގަލްގެ ހުނަރުވެރި ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯ، ވޯލްޑްކަޕުގެ ކުރިއަށް ހުރި މެޗުތައް ނުކުޅެ ދާން އުޅޭ ކަމަށް ފަތުރާ ވާހަކަތަކަަށް އޭނާ ރައްދު ދީފިއެވެ.
08 Dec 2022
ހުޅުމާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
ހުޅުމާލޭގައި، ވޭން އަކުން ހިނގާފައި ދިޔަ ބައެއް ގައިގައި ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.
08 Dec 2022
އަންނަ ހަފްތާގައި ރައީސް ޞާލިހު ފަރެސްމާތޮޑާ އަށާއި ޤަތަރަށް!
އަންނަ ހަފްތާގައި ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ގދ.ފަރެސްމާތޮޑާ އަށް ވަޑައިގަންނަވާނެ ކަމަށާއި، އެ ދަތުރުފުޅަށްފަހު ޤަތަރަށް ވެސް ވަޑައިގެންނެވުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.
08 Dec 2022
އަންނަ އަހަރުގެ ބަންދު ދުވަސްތަކުގެ ގޮތުގައި އިތުރު ތިން ދުވަސް
އަންނަ އަހަރުގެ ބަންދު ދުވަސްތަކުގެ ގޮތުގައި އިތުރު ތިން ދުވަސް ލިސްޓަށް ލައިފި އެވެ.
08 Dec 2022
"ޖަލަށް ދާން ބޭނުން ނުވާނަމަ އޮތް ގޮތަކީ ޖޫރިމަނާ ދެއްކުން"
ޖަލު އަދަބު ޖޫރިމަނާގެ އަދަބަށް ބަދަލުކޮށްގެން ލުއި ލިބިފައިވާ މީހުންނަށް އޮތް ގޮތަކީ، ޖޫރިމަނާގެ އަދަބަށް އެއްބާރުލުން ދިނުން ކަމަށާ، އެހެން ނޫންނަމަ ކޯޓުން މުރާޖަޢާގެ މައްސަލަ ހިންގުމަށްފަހު އަލުން ޖޫރިމަނާ އަދަބު ޖަލު އަދަބަށް ނުވަތަ އެ ނޫން އަދަބަކަށް ބަދަލުކުރެވޭނެ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވެއްޖެއެވެ.
08 Dec 2022
މާލޭގައި ކުޑަކުދިންގެ އިންޑޯ ޕްލޭގްރައުންޑެއް ހުޅުވައިފި
މިދިޔަ ނޮވެމްބަރު މަހުގެ 5 ވަނަ ދުވަހު ގަލޮޅު، ބުރުމަގު ކަށިމާ ހިނގުން ކަންމަތީގައި އައި-ޕްލޭހައުސްއެމްވީގެ ނަމުގައި ކުޑަކުދިންގެ އިންޑޯ ޕްލޭ ގްރައުންޑެއް ހުޅުވައިފިއެވެ.
08 Dec 2022
"ކުރިއަށް އޮތް ބައިގަޑި އިރު ތެރޭ މާލެ އަދި ހުޅުމާލެއިން ކަރަންޓް ކެނޑިދާނެ"
ކުރިއަށް އޮތް ބައިގަޑި އިރު ތެރޭ ހުޅުމާލެއިންނާއި އަދި މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓް ކެނޑިދާނެ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
08 Dec 2022
އިނގިރޭސި ވިލާތުގެ ޒުވާނެއް ރާއްޖޭގައި އިސްލާމް ވިކަން އިއުލާން ކޮށްފި
އިނގިރޭސިވިލާތުގެ ޒުވާނަކު ރާއްޖޭގައި އިސްލާމް ދީން ގަބޫލުކޮށް އެކަން އިއުލާން ކޮށްފިއެވެ.
08 Dec 2022
ސާކް ޗާޓަރގެ އަސާސްތައް ރާއްޖެއިން އަބަދުވެސް ދަމަހައްޓާނެ: ރައީސް
ސާކް ޗާޓަރގެ އަސާސްތައް ރާއްޖެއިން އަބަދުވެސް ދަމަހައްޓާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، "ސާކް ޗާޓަރ ޑޭ"ގެ މުނާސަބަތުގައި ފޮނުއްވެވި ތަޙްނިޔާގެ މެސެޖުގައެވެ.
08 Dec 2022
"ދެދުވަހުން އެއްދުވަހު ބްރިޖު ޕްލެޓްފޯމު އެ އޮންނަނީ ގޮނޑުދޮށަށް ލައްގާފައި"
ސަރުކަާރުން އަޅަން ފަށާފައިވާ ތިލަމާލެ ބްރިޖު ހަދަން ބޭނުން ކުރާ ޕްލެޓްފޯމް އޮންނަނީ ދެދުވަހުން އެއްދުވަހު ގޮނޑުދޮށަށް ލައްގާފައި ކަމަށް ބުނެ އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ފާޑު ވިދާޅުވެއްޖެއެވެ.
08 Dec 2022
މާފަރު އެއާޕޯޓް ތަރައްގީ ކުރުމުގެ މަސައްކަތް އެމްޓީސީސީ އާއި ހަވާލުކޮށްފި
މާފަރު އެއާޕޯޓް ތަރައްގީކޮށް ބޮޑުކުރުމުގެ މަސައްކަތް އެމްޓީސީސީއާއި ހަވާލުކޮށްފިއެވެ.
08 Dec 2022
ރާއްޖޭގެ ދެކުނުގެ މޫސުން ގޯސްވެ ހުދު ސަމާލު
ރައްޖޭގެ ދެކުނުގެ ހިސާބުތަކަށް މޫސުން ވަރަށް ގޯސްވެ، ހުދު ސަމާލު ނެރެފިއެވެ.
08 Dec 2022
ދަނގެތީގައި ބޭސިކް ފަޔަރ އެވެއަރނަސް ޕްރޮގްރާމެއް ހިންގައިފި
އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑާއި ފަޔަރ އެންޑް ރެސްކިޔު ސަރވިސް ގުޅިގެން އދ.ދަނގެތި ދިރާގުގެ މުވައްޒަފުންނާއި އެ ރަށުގެ މުއައްސަސާތަކުގެ ބައެއް މުވައްޒަފުންނަށް ބޭސިކް ފަޔަރ އެވެއަރނަސް ޕްރޮގްރާމެއް ހިންގައިފިއެވެ.
08 Dec 2022
ރައީސްގެ ޚާއްސަ މަންދޫބެއްގެ ގޮތުގައި ޝާހިދު އެންގޯލާއަށް
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ޚާއްޞަ މަންދޫބެއްގެ ހައިޞިއްޔަތުން، އޯގަނައިޒޭޝަން އޮފް އެފްރިކަން، ކެރީބިއަން އެންޑް ޕެސިފިކް ސްޓޭޓްސް (އޯ.އޭ.ސީ.ޕީ.އެސް.) ގެ އެންމެ އިސްވެރިންގެ 10 ވަނަ ސަމިޓުގައި ބައިވެރިވެވަޑައިގެންނެވުމަށް މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޝާހިދު އެންގޯލާއަށް ރޭ ފުރާވަޑައިގެންފިއެވެ.
08 Dec 2022
"މާލެ ސިޓީ ކައުންސިލުން ކުނި ނަގާނީ އާއްމު ތަންތަނުން"
ގޭބީސީތަކާއި އިމާރާތްތަކުން ކުނި ނެގުމުގެ އެއްވެސް ކަމެއްގެ ތެރެއަށް މާލެ ސިޓީ ކައުންސިލުން ނުވަންނާނެ ކަމަށާ، އެކައުންސިލުން ކުނި ނަގާނީ ހަމައެކަނި މާލޭގެ މަގު ތަކާއި އާއްމު ތަންތަނުން ކަމަށ މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅު ވެއްޖެ އެވެ.
07 Dec 2022
މޮރޮކޯ ޓީމުން ޕެނަލްޓީ ޖަހަން ފެށުމުގެ ކުރިން ކިޔެވީ ސޫރަތުލް ފާތިޙާ
ފީފާ ވޯލްޑް ކަޕްގައި ރޭ ޕެނަލްޓީ ޖަހައިގެން ގަދަފަދަ ސްޕެއިން ބަލިކޮށް މޮރޮކޯ އިން ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލުން ފުރުސަތު ހޯދާފައިވާއިރު, ޕެނަލްޓީ ޖަހަން ފެށުމުގެ ކުރިން މޮރޮކޯ ޓީނުން ސޫރަތުލް ފާތިޙާ ކިޔެވި މަންޒަރު ފެންނަ ވީޑިއޯއަށް ގިނަ ބައެއްގެ ސަމާލުކަން ލިބިއްޖެއެވެ.
07 Dec 2022
މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ގއ. އަތޮޅުން ދެ މީހުން ހައްޔަރުކޮށްފި
މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ގއ. އަތޮޅުގެ ދެ ރަށެއްގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަންތަކެއްގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.
07 Dec 2022
މުޖާހިދު އަނެއްކާވެސް ޝަރީއަތް ނިމެންދެން ބަންދަށް
މިދިޔަ އަހަރު މާލެއިން އަތުލައިގަތް 119 ކިލޯގެ ޑްރަގުގެ މައްސަލައިގައި ހައްޔަރުކޮށް، ޝަރީއަތް ނިމެންދެން ބަންދުކޮށްފައިހުއްޓާ ދޫކޮށްލި ގދ. ހޯނޑެއްދޫ އަލޯރާ، އަހުމަދު މުޖާހިދު އަނެއްކާވެސް ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ހައިކޯޓުން ހުކުމްކޮށްފި އެވެ.
07 Dec 2022
އުރީދޫ އިން މިހާތަނަށް 28 ސިއްހީ މަރުކަޒަކަށް ހެލްތު ކިޓް ހަދިޔާކޮށްފި
ރާއްޖޭގެ ހުރިހާ ޞިއްޙީ މަރުކަޒަކަށް ހެލްތް ކިޓް ފޯރުކޮށްދިނުމަށް އުރީދޫ މޯލްޑިވްސްއިން ކުރަމުންދާ މަސައްކަތުގެ ތެރެއިން މިހާތަނަށް 28 ޞިއްޙީ މަރުކަޒަކަށް ހެލްތް ކިޓް ހަދިޔާކޮށްފިއެވެ.
07 Dec 2022
ރާއްޖެއައި މީހެއްގެ އަތުން 21 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި
ވައިގެ މަގުން ޕާކިސްތާނުން ރާއްޖެއައި އެޤައުމުގެ ރައްޔިތެއްގެ އަތުން 21 މިލިއަން ރުފިޔާގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގަނެފިއެވެ.
07 Dec 2022
ރާއްޖޭގައި ޑްރޯން އޮޕަރޭޓް ކުރުމުގައި ހުއްދަ ނަގަން ޖެހޭ ގޮތް ހަދަނީ
ރާއްޖޭގައި ޑްރޯން އޮޕަރޭޓް ކުރުމުގައި ހުއްދަ ނަގަން ޖެހޭ ގޮތަށް ހަދަން ޓްރާންސްޕޯޓް މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ ސިވިލް އޭވިއޭޝަން އޮތޯރިޓީން ނިންމައިފިއެވެ.
07 Dec 2022
ރައީސް ނަޝީދު، ޝަރީފްއާއި ދެކޮޅަށް ހުށަހެޅުއްވި މައްސަލަ ބަލައިގެންފި
ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް (މަވޯޓާ) މައްޗަށް އަބުރުގެ ދައުވާކޮށް އޭނާގެ އަތުން 10 މިލިއަން ހޯދަން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު، ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން ބަލައިގެންފިއެވެ.
07 Dec 2022
ގޮވާ ތެކެތި ދެނެ ގަތުމަށް ޓްރެއިންކޮށްގެން ގެނައި ކުއްތާތައް ބޭނުންކުރަންފަށައިފި
ދިވެހި ފުލުހުންގެ ޚިދުމަތުގެ ޑޯގް ސްކޮޑަށް އެންމެ ފަހުން ގެނައި 10 ކުއްތާ ފުލުހުންގެ އޮޕަރޭޝަންތަކުގައި ބޭނުންކުރަން ފަށައިފިއެވެ.
07 Dec 2022
"ޕާޓީއެއް ތެރެއިން ނޫނީ ގައުމަށް ޚިދުމަތް ކުރުމުގެ ފުރުސަތު މިހާރަކު ނެތް"
ޕާޓީއެއް ތެރެއިން ނޫނީ ގައުމަށް ޚިދުމަތް ކުރުމުގެ ފުރުސަތު މިހާރު ނެތް ކަމަށް މޯލްޑިވްސް ރީފޯމް މޫވްމަންޓް (އެމްއާރުއެމް) ގެ ރައީސް ފާރިސް މައުމޫން ވިދާޅުވެއްޖެ އެވެ.
07 Dec 2022
މޮރޮކޯގެ ކާމިޔާބީ ފަލަސްތީނުގެ ދިދައާއި އެކު
ފީފާ ވޯލްޑް ކަޕްގައި ރޭ ޕެނަލްޓީ ޖަހައިގެން ގަދަފަދަ ސްޕެއިން ބަލިކޮށް މޮރޮކޯ އިން ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލުން ވަނީ ފުރުސަތު ހޯދައިފައެވެ.
07 Dec 2022
މަރާއި ހަނގުރާމަ ކުރަމުންދާ މަރީއަށް އެހީވުމަށް ފަންޑް ރެއިޒިން އިވެންޓެއް!
މިދިޔަ އަހަރުގެ މެއި މަހުގެ ފަހުކޮޅު، ވަރަށް ގިނަ މީހުން ސިއްސުވައިލި ޚަބަރަކަށް ވެގެން ދިޔައީ ކްރީމްޖެހި ބަނަހެއް ކައިގެން މީހަކު އެލާޖިކްވެ މަރާއި ހަނގުރާމަ ކުރަމުންދާ ޚަބަރާއި ގުޅިގެންނެވެ. އެ ހިތާމަވެރި ހާދިސާއާއި ކުރިމަތިވީ، 9 އަހަރުގެ ދަރިއެއްވެސް ބަލަމުންއައި އެކަނިވެރި މަންމައެއް ކަމަށްވާ މަރިޔަމް ޒަޢީމާ މޫސާ (މަރީ) އާއެވެ.
07 Dec 2022
މާފުށީ ޖަލު ބަލައި ފާސްކުރުމުގެ އޮޕަރޭޝަނެއް ފަށައިފި
ކ. ‏މާފުށީ ޖަލު ބަލައި ފާސްކުރުމުގެ އޮޕަރޭޝަނެއް ފުލުހުންނާއި އެމްއެންޑީއެފުން ފަށައިފިއެވެ.