ހަބަރު
ރިޕޯޓް
ކުޅިވަރު
ދުނިޔެ
ވިޔަފާރި
ދީން
ލައިފްސްޓައިލް
ވާހަކަ
ފޮޓޯ
English News
ހަބަރު
ރިޕޯޓް
ކުޅިވަރު
ދުނިޔެ
ވިޔަފާރި
ދީން
ލައިފްސްޓައިލް
ވާހަކަ
ފޮޓޯ
އާދަމް ނަޒުމީ
ލިޔުންތެރިއެއް
އާދަމް ނަޒުމީ
20 Jul 2026
ދިރާގް އޯޕަން ވޯޓަރ ފެތުމުގެ މުބާރާތުގައި ބައިވެރިވުމުގެ މުހުލަތު ހަމަވަނީ
މި އަހަރު އަލަށް 500 މީޓަރުގެ ޓީމް ރިލޭ ކެޓަގަރީއެއް ވެސް ވަނީ ތައާރަފްކޮށްފައެވެ
19 Jul 2026
ދިރާގުޕޭގެ ސައިކަލު ޕްރޮމޯޝަން
ދިރާގުޕޭ ބޭނުންކުރާ ފަރާތްތަކަށް ހޮންޑާ އެއަރ ބްލޭޑް 125 ސްޕެޝަލް އެޑިޝަން ސައިކަލެއް ގުރުއަތުން ހޯދުމުގެ ފުރުސަތު ދިރާގު ފިންޓެކާއި ޝީޝާ ގުޅިގެން ހުޅުވައިލައިފި. ނަސީބުވެރިޔާއަށް ސައިކަލުގެ ޚިދުމަތްތަކުން އުމުރު ދުވަހަށް 15 އިންސައްތައިގެ ޑިސްކައުންޓެއް ވެސް ލިބޭނެއެވެ.
19 Jul 2026
ދަރިވަރުންނަށް ޚާއްޞަ ފެސްޓިވަލެއް ފަށައިފި
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން 9 އަހަރާއި 18 އަހަރާ ދެމެދުގެ ދަރިވަރުންނަށް އަމާޒުކޮށް "އެމްއެންޔޫ މަހާސަމާ"ގެ ނަމުގައި ލަރނިންގ ފެސްޓިވަލެއް ފަށައިފިއެވެ. މި ފެސްޓިވަލުގައި ރޮބޮޓިކްސް، ސައިންސް، ހިސާބު ފަދަ އަށް ދާއިރާއަކުން ސެޝަންތައް ކުރިއަށްދާނެއެވެ.
19 Jul 2026
ޓްރަމްޕްގެ ސޮޔަށް ޚާމަނައީ ފާޑުކިޔުން
އެމެރިކާ ފަހުމުނާމާއާ ޚިލާފުވަމުންދާ ކަމަށް ބުނެ ޓްރަމްޕްގެ ސޮއިގެ އެއްވެސް އިތުބާރެއް ނެތް ކަމަށް އީރާނުގެ ރޫޙީ ލީޑަރު ބުނެ، އެމެރިކާއަށް އިންޒާރު ދީފިއެވެ.
19 Jul 2026
ބެލްޖިއަމުން އިޒްރޭލު އާބާދީތަކުގެ މުދާ މަނާކުރުން
ފަލަސްޠީނުގެ ބިންތަކުގައި ޤާއިމުކޮށްފައިވާ ޔަހޫދީ އާބާދީތަކުން އުފައްދާ މުދާ އެތެރެކުރުން ބެލްޖިއަމްގެ ފެޑެރަލް ސަރުކާރުން ރަސްމީކޮށް މަނާކޮށްފައިވާއިރު، ސްޕެއިން، ނެދަލެންޑްސް އަދި އަޔަލެންޑް ފަދަ ޤައުމުތަކުން ވެސް މީގެ ކުރިން ވަނީ މިފަދަ ފިޔަވަޅު އަޅައިފައެވެ.
19 Jul 2026
ވޯލްޑް ކަޕް ހައިޑްރޭޝަން ބްރޭކާ މެދު ގޮތެއް ނުނިންމާ ކަމަށް ފީފާއިން ބުނެފި
ވޯލްޑް ކަޕުގައި ފުރަތަމަ ފަހަރަށް ތައާރަފުކުރި ހައިޑްރޭޝަން ބްރޭކާ މެދު ސަޕޯޓަރުންގެ ހިތްހަމަނުޖެހުން ހުރިކަން ފީފާއިން ޤަބޫލުކުރައޭ، މުބާރާތަށް ފަހު ބްރޭކް ދެމެހެއްޓުމާ މެދު ނިންމުމެއް ނެތްކަމަށް ފީފާގެ އާސެން ވެންގާ ވިދާޅުވެއްޖެއެވެ.
19 Jul 2026
ވަގަށްނެގި ތަކެތީގެ %98 ފުލުހުން ހޯދައިފި
ޖުލައި 5 އިން 11 އަށް މާލެއިން ހުށަހެޅުނު ވައްކަމުގެ މައްސަލަތަކުގައި ގެއްލުނު 838,434 ރުފިޔާގެ ތެރެއިން 826,730 ރުފިޔާގެ ތަކެތި ފުލުހުން ހޯދައި ވެރިފަރާތްތަކާ ހަވާލުކޮށްފި.
19 Jul 2026
ނަތަންޔާހޫ ހައްޔަރުކުރުމުގެ މައްސަލަ ދިރާސާކުރަނީ
ނިއުޔޯކް ސިޓީގެ މޭޔަރު ޒޮހްރާން މަމްދާނީ ބުނީ ސެޕްޓެމްބަރު މަހު އިޒްރޭލުގެ ބޮޑުވަޒީރު ނަތަންޔާހޫ ނިއުޔޯކަށް ވަޑައިގެންފި ނަމަ ހައްޔަރުކުރެވިދާނެތޯ ޤާނޫނީ ޓީމުން ބަލަމުންދާ ކަމަށެވެ. ނަތަންޔާހޫގެ މައްޗަށް ބައިނަލްއަޤުވާމީ ޖިނާއީ ކޯޓުން ހަނގުރާމައިގެ ޖަރީމާތަކުގެ ތުހުމަތުގައި ހައްޔަރުކުރުމުގެ އަމުރެއް ނެރެފައިވެއެވެ.
15 Jul 2026
ސެމީ ފައިނަލަށް ރެފްރީއެއް ކަނޑައެޅުން
އާޖެންޓީނާ-އިންގްލެންޑް ސެމީ ފައިނަލް ރެފްރީކުރުމަށް އެމެރިކާގެ އިސްމާއިލް އެލްފަތު ހަމަޖައްސާފައިވާއިރު، މެސީ ބައިވެރިވި މެޗުތަކުގައި އޭނާ ރެފްރީކުރި ކޮންމެ މެޗަކުންވެސް އިންޓަރ މިއާމީ ފުރިހަމަ ޕޮއިންޓް ހޯދާފައިވާކަން ސޯޝަލް މީޑިއާގައި ފާހަގަކުރެވިފައިވެއެވެ.
15 Jul 2026
ދައުލަތުގެ އިނާމަށް 66 ބޭފުޅުން
މިއަހަރުގެ މިނިވަން ދުވަހުގެ ޖަލްސާގައި ދައުލަތަށް ޚިދުމަތްކުރުމުގެ އިނާމު 66 ބޭފުޅަކަށް އެރުވުމަށް ޤައުމީ އިނާމާބެހޭ ކޮމިޓީން ނިންމައިފިއެވެ. 41 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތްކުރެއްވި ބޭފުޅުންގެ ތެރެއިން ޝަރުޠު ފުރިހަމަވި ބޭފުޅުންނަށް މި އިނާމު ދެއްވާނެއެވެ.
15 Jul 2026
ސަފީރު ލިޔުއްވި ފޮތެއް އެމްއެންޔޫއަށް ހަދިޔާކޮށްފި
ބަންގުލަދޭޝްގެ ސަފީރު ޑރ. މުޙައްމަދު ނަޒްމުލް އިސްލާމް އަމިއްލަފުޅަށް ލިޔުއްވި ފޮތެއް ޤައުމީ ޔުނިވަރސިޓީގެ ލައިބްރަރީ ކަލެކްޝަނަށް ހަދިޔާކުރައްވައިފިއެވެ. މި ފޮތުގައި ބައިނަލްއަޤުވާމީ ގުޅުންތަކާއި ސޮފްޓް ޕަވަރ ސްޓްރެޓެޖީއާ ބެހޭ މުހިންމު މަޢުލޫމާތު ހިމަނާފައިވެއެވެ.
15 Jul 2026
ދިރާގުގެ ސައިބަރ ސެކިއުރިޓީ ހިދުމަތް
ދިރާގާއި 'އީސެޓް' ގުޅިގެން 'ސައިބަރ ޕްރޮޓެކްޓް'ގެ ނަމުގައި މެނޭޖްޑް އެންޑްޕޮއިންޓް ސެކިއުރިޓީ ހިދުމަތެއް ތައާރަފުކޮށްފިއެވެ. މި ހިދުމަތް ހަތަރު ޕެކޭޖަކަށް ބަހާލައި، މަލްވެއަރ އަދި ފިޝިންގ ހަމަލާތަކުން ރައްކާތެރިކަން ފޯރުކޮށްދޭނެއެވެ.
15 Jul 2026
100 ދަރިވަރުންނަށް ފަސްޓް އެއިޑް ސެޓްފިކެޓް
އެމްއެންޔޫ އާއި އެމްއާރްސީ ގުޅިގެން ބޭއްވި ބޭސިކް ސައިކޮލޮޖިކަލް ފަސްޓް އެއިޑް ތަމްރީނު ފުރިހަމަކުރި 100 ދަރިވަރުންގެ ލީޑަރުންނަށް ސެޓްފިކެޓް ދީފިއެވެ. މި ތަމްރީނުގައި ނަފްސާނީ އެހީތެރިކަން ދިނުމުގެ ހުނަރު ދަރިވަރުންނަށް ދަސްކޮށްދީފައިވެއެވެ.
14 Jul 2026
ދިރާގު ސްޓޯލުން ހާއްސަ އިނާމުތައް
މޯލްޑިވްސް ފުޑް ކާނިވަލް 2026ގެ ދިރާގު ސްޓޯލުން ހިލޭ ގޭމިންގ ހަރަކާތާއި ޑޭޓާ އަދި ކޭޝްބެކް ފަދަ އިނާމުތައް ލިބޭ ލަކީ ޑްރޯއެއްގައި ބައިވެރިވުމުގެ ފުރުސަތު ދީފައިވެއެވެ.
14 Jul 2026
މީޑިއާ ވިލޭޖުގެ މަސައްކަތް ނިމުމަކާ ގާތަށް
މެންހެޓަން ގްރޭންޑް ހޮޓެލްގެ ގްރައުންޑް ފްލޯގައި ތަރައްޤީކުރާ މީޑިއާ ވިލޭޖުގެ ފިނިޝިންގެ މަސައްކަތް ކުރިއަށްދާއިރު، މިމަހުގެ ނިޔަލަށް މަޝްރޫޢު ނިންމާލެވޭނެ ކަމަށް ބެލެވެއެވެ.
14 Jul 2026
ހާލަންޑްގެ ރެކޫނު ސޯޝަލް މީޑިއާގައި
ވޯލްޑް ކަޕުން ގައުމަށް ދިޔަ ނޯވޭގެ ފޯވަޑް އާލިން ހާލަންޑް 750 ޑޮލަރުގެ ޓެކްސިޑަރމީ ރެކޫނެއް ހިފައިގެން އައުމުން އެކަން ސޯޝަލް މީޑިއާގައި ބޮޑު ވާހަކައަކަށްވެއްޖެއެވެ.
14 Jul 2026
12000 ގެ ބިނާކުރަން އިސްރާއީލުން 2.3 ބިލިއަން ޑޮލަރުގެ އެއްބަސްވުމެއް
އިސްރާއީލުން ހުޅަނގު އައްސޭރީގައި ޣައިރު ޤާނޫނީ ސެޓްލްމަންޓް ފުޅާކުރުމަށް 2.3 ބިލިއަން ޑޮލަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގެ ދަށުން 12000 އައު ގެ އިމާރާތްކުރުމަށް ހަމަޖެހިފައިވެއެވެ. އދ. އިން ބުނަނީ މިފަދަ ސެޓްލްމަންޓްތަކަކީ ބައިނަލްއަޤުވާމީ ޤާނޫނުގެ ދަށުން ޣައިރު ޤާނޫނީ ތަކެއް ކަމަށެވެ.
14 Jul 2026
އެމެރިކާ ވަޢުދާ ޚިލާފުވާނަމަ އީރާނުންވެސް ފުއްދާނެ ވަޢުދެއް ނެތް: އީރާން
އެމެރިކާއިން ފަހިކޮށްފައިވާ ވަޢުދުތަކާ ޚިލާފުވަމުންދާ ކަމަށް ބުނެ، ޕާކިސްތާނުގެ ސެހިކަމުގައި ހެދި އެއްބަސްވުމުގެ ދަށުން ޢަމަލުކުރަން ޖެހޭ ކަންކަން ނުކުރާނެ ކަމަށް އީރާނުން އިންޒާރު ދީފިއެވެ.
14 Jul 2026
ބަންގްލަދޭޝްގެ ފެންބޮޑުވުމުގައި 51 މަރު
ބަންގްލަދޭޝްގައި ބޯކޮށް ވާރޭވެހި ފެންބޮޑުވެ 51 މީހުން މަރުވެފައިވާއިރު 10 ލައްކައަށްވުރެ ގިނަ މީހުންނަށް އަސަރުކޮށްފައިވެއެވެ. ބޮޑުވަޒީރު ވަނީ ރައްޔިތުންގެ ފުރާނަ ރައްކާތެރިކުރުމަށް އަމުރުކުރައްވާފައެވެ.
14 Jul 2026
ކަނޑުއޮތްގިރީގައި މިފްކޯގެ ހިކިމަސް ކާރުޚާނާއެއް ހުޅުވައިފި
މިފްކޯ އިން ކަނޑުއޮތްގިރި ފިޝް ވިލެޖުގައި ހިކިމަސް ކާރުޚާނާއަކާއި އައިސް ޕްލާންޓެއް ހުޅުވައިފިއެވެ. މިއީ މާލެ ސަރަހައްދުގެ ފިހާރަތަކަށް ސީދާ ޚިދުމަތްދިނުމަށް ފެށުނު ފެށުމެކެވެ.
14 Jul 2026
ހިމަބިހީގެ ކޭސްތައް 144 އަށް
ވޭތުވެދިޔަ ހަފުތާގައި މާލެ ސަރަހައްދުން ހިމަބިހީގެ 23 ކޭސް ފެނި، މިއަހަރު ޖުމުލަ އަދަދު 144 އަށް އަރައިފިއެވެ. މިހާތަނަށް 7100 ފަރާތަކަށް ވެކްސިން ދެވިފައިވެއެވެ.
13 Jul 2026
އިސްރާއީލާ ދެކޮޅު ހެދުން ކުށަކަށް
ޖަރުމަނުގެ ބުންޑެސްރާޓުން ފާސްކުރި ބިލެއްގެ ދަށުން އިސްތިއުމާރީ އިސްރާއީލުގެ ވުޖޫދު ދެކޮޅު ހަދާ މީހުންނަށް ފަސް އަހަރު ދުވަހުގެ ޖަލު ހުކުމް އަންނަ ގޮތަށް ހަމަޖައްސަން މަސައްކަތް ކުރަނީ.
13 Jul 2026
މަތީ އަރުތަވެރިންގެ އިނާމު ފަސްވަނަ ދަންފަޅި
ސެންޓަރ ފޯ ހަޔަރ ސެކަންޑަރީ އެޑިއުކޭޝަން ހުޅުމާލޭގައި ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޢިއްޒު، ޘާނަވީ އަދި މަތީ ޘާނަވީ އިމްތިޙާނުތަކުން ރަނގަޅު ނަތީޖާ ހޯދި ދަރިވަރުންނަށް އިނާމު ހަވާލުކޮށްދެއްވައިފި.
09 Jul 2026
ބަލޮގަން ކާޑު ބާތިލުކުރި މައްސަލައިގައި ތަހުގީގަށް ގޮވާލައިފި
މި ސިޓީގައި ފާހަގަކޮށްފައިވާ މައްސަލަ ބަލަން ގޮވާލާފައިވަނީ އެމެރިކާގެ ފޯވާޑް ފޮލެރިން ބަލޮގަންގެ ރަތް ކާޑުގެ ސަސްޕެންޝަން ބާތިލުކުރި ނިންމުމަށް އެމެރިކާ ސަރުކާރުގެ ނުފޫޒު ފޯރާފައިވޭތޯއެވެ
08 Jul 2026
ފްރާންސާ މޮރޮކޯ މެޗް އިންސާފްކުރާނީ އާޖެންޓީނާގެ ރެފްރީން
ވޯލްޑް ކަޕް ކުއާޓާ ފައިނަލުގައި ފްރާންސާއި މޮރޮކޯ ބައްދަލުކުރާ މެޗުގެ ދަނޑުމަތީ ހުރިހާ އޮފިޝަލުން އާޖެންޓީނާއިން ކަނޑައެޅުމާ ގުޅިގެން ސަޕޯޓަރުން ވަނީ ފީފާއަށް ފާޑުކިޔާފައެވެ
08 Jul 2026
ރައީސް ލިޔުންތެރިންނަށް ތަހުނިޔާ ފޮނުއްވައިފި
34 ވަނަ ލިޔުންތެރިންގެ ދުވަހުގެ މުނާސަބަތުގައި ރައީސް މުޢިއްޒު ލިޔުންތެރިންނަށް ތަހުނިޔާ ފޮނުއްވައި ޙައްޤު ބަސް ފެތުރުމަށާއި ޤައުމަށް ފާގަތިވާނެ ގޮތަށް ލިޔުމަށް ގޮވާލައްވައިފިއެވެ.
08 Jul 2026
އުރީދޫ އެޕްގެ އޮޓޯޕޭ އިން ފައިސާ ދައްކާ ދުވަސް އިޚްތިޔާރުކުރެވޭ ގޮތް ހަދައިފި
އުރީދޫ އެޕްގެ އޮޓޯޕޭ ފީޗާގެ ދަށުން ކަސްޓަމަރުން ބޭނުންވާ ތާރީޚެއްގައި އޮޓޮމެޓިކުން ބިލްތަކަށް ފައިސާ ދެއްކުމާއި ރީޗާޖްކުރެވޭނެ ގޮތް ހަމަޖައްސައިދީފައިވެއެވެ.
07 Jul 2026
ކުނި އުފުލާ އުޅަނދުތައް ތައްޔާރުވަނީ
ރަށްރަށުން ކުނި ބޭރުކުރާ ތިން އުޅަނދެއް ބަނަމުންދާއިރު، އިންޑިއާގައި ބެނި އުޅަނދު ނިމި ރާއްޖެ ގެނައުމުގެ ތައްޔާރީތައް ދަނީ ކުރަމުންނެވެ.
07 Jul 2026
ފުޓްޕާތުން އުޅަނދު ޓޯވކުރަނީ
ހިނގާބިނގާވާ މީހުންގެ ދުވާރުތަކުގައި އުޅަނދު ޕާކުކުރުން މަނާކަމަށްބުނެ ފުލުހުން ހުޅުމާލޭގައި ޓޯވކުރުމުގެ މަސައްކަތް ފަށައިފިއެވެ. އެސަރަހައްދުތަކުގައި ކުޑަކުދިންގެ ޕްރޭމާއި ފުރޮޅުލީގޮނޑި ފިޔަވައި އެހެން އުޅަނދު ޕާކުކުރުމަކީ ޤާނޫނީގޮތުން މަނާކަމެކެވެ.
07 Jul 2026
ރާއްޖޭގައި އަހަރަކު ފަސް ލައްކަ ޓަނަށް ވުރެ ގިނަ ކުނި އުފައްދާ: މިނިސްޓްރީ
ރާއްޖޭގައި އަހަރަކު 517,000 ޓަނުގެ ކުނި އުފައްދާއިރު ފަތުރުވެރިޔަކު ރެޔަކު 3.5 ކިލޯގެ ކުނި އުފައްދާ ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ހާމަކޮށްފިއެވެ.
Showing
1
to
30
of
65
results
1
2
3