ޝަބާ މުހައްމަދު ސައީދު
ނޫސްވެރިކަމަށް އަލަށް ނިކުންނަ ނޫސްވެރިއެއް
ޝަބާ މުހައްމަދު ސައީދު
29 May 2024
12 އަހަރަށްފަހު ހައްޖުވެރިން ސީދާ ސީރިއާއިން ސައުދީއަށް ފުރައިފި
12 އަހަރުގެ މެދުކެނޑުމަކަށް ފަހު، ސީދާ ސީރިއާއިން ސައުދީ އަރަބިއާއަށް ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް އެގައުމުގެ މީހުން ދިޔުމަށްޓަކައި ދަތުރުތައް ފަށައިފިއެވެ.
29 May 2024
ވެއިޒިންޕޭ ތައާރަފުކުރަން އެއްބަސްވުމެއްގައި ސޮއިކޮށްފި
ރާއްޖޭގެ ފަތުރުވެރިކަމުގެ ވިޔަފާރިތަކަށް ވެއިޒިންޕޭ ތައާރަފުކުރަން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
29 May 2024
ގެދޮރުވެރިކަމަށް ޚާއްޞަ ދާއިމީ ކޮމިޓީއެއް މަޖިލީހުގައި އުފައްދަނީ
ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގެ ތެރޭގައި، ގެދޮރުވެރިކަމާ ގުޅުންހުރި ކަންކަމާއި ގުޅޭ ކޮމިޓީއެއް އުފައްދާނެ ކަމަށް ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
29 May 2024
ތިން ގައުމަކުން ފަލަސްތީނުގެ ދައުލަތް ރަސްމީކޮށް ބަލައިގެންފި
އަޔަލެންޑް، ނޯވޭ އަދި ސްޕެއިން އިން ފަލަސްތީނުގެ ދައުލަތް ރަސްމީކޮށް ބަލައިގެންފިއެވެ.
29 May 2024
މުޅި ރާއްޖެއަށް ރީނދޫ ސަމާލު!
މޫސުން ގޯސްވެ، މޫސުމާއި ބެހޭ އިދާރާ (މެޓް އޮފީސް) އިން މުޅި ރާއްޖެ އަށް ރީނދޫ ސަމާލު ނެރެފިއެވެ.
28 May 2024
"ޖަމްއިއްޔާތަކުގެ މަހާސިންތާ 2024" ކާމިޔާބުކަމާއެކު ނިންމާލައިފި
ޒުވާނުން ބާރުވެރިކުރުވުމާއި މައުލޫމާތާއި ފަންނާ ބެހޭ ވުޒާރާ އިން ކުރިޔަށްގެންދިޔަ ގއ. ވިލިނގިލީގައި ބޭއްވި "ޖަމްއިއްޔާތަކުގެ މަހާސިންތާ 2024" ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
28 May 2024
މިވަގުތަށް 19 ވަނަ މަޖިލީހުގެ ގަވާއިދަށް އަމަލުކުރަން ފާސްކޮށްފި
މިއަދު ހުވާ ކުރި އާ މަޖިލީހުގެގަވާއިދު އެކުލަވައިލައި ފާސްކުރެވެންދެން، ނިމިދިޔަ 19 ވަނަ މަޖިލީހުގައި އަމަލުކުރަމުން އައި ގަވާއިދަށް އަމަލުކުރުމަށް ފާސްކޮށްފިއެވެ.
28 May 2024
މަޖިލީހުގެ 3 އަންހެން މެންބަރުންގެ އަޑު ވަކި މަޑެއް ނުވާނެ:ސައުދާ
އަލަށް ހުވާ ކުރެއްވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގައި އެންމެ 3 އަންހެން ބޭފުޅުން ތިއްބެވި ނަމަވެސް، އެ 3 ކަނބަލުންގެ އަޑު މަޑުނުވާނެ ކަމަށް ނިލަންދޫ ދާއިރާގެ މެންބަރު ފާތިމަތު ސައުދާ ވިދާޅުވެއްޖެއެވެ.
28 May 2024
ނަތީޖާ ނެރޭ މަޖިލީހަކަށް ހެދުމަށް ފައްޔާޒް އިލްތިމާސްކުރައްވައިފި
20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން މިއަދު ކުރެއްވި ހުވައާއި އެއްގޮތަށް އާ ރައްޔިތުންގެ މަޖިލީހުން ނަތީޖާ ނެރެދިނުމަށް އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް އިލްތިމާސް ކުރައްވައިފިއެވެ.
28 May 2024
އުންމީދަކީ މަޖިލިހުން ރައްޔިތުންނަށް ގިނަ މަސައްކަތްތަކެއް ކޮށްދިނުން: ޞާލިހު
މިއަދު ހުވާ ކުރި 20 ވަނަ ރައްޔިތުންގެ މަޖިލީހުން ޤައުމަށާއި ރައްޔިތުންގެ ކުރިއެރުމަށް ގިނަ މަސައްކަތްތަކެއް ކޮށްދެއްވާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
28 May 2024
މަޖިލީހުގެ ނައިބު ރައީސް ކަމަށް ނާޒިމް އިންތިހާބުވެވަޑައިގެންފި
މިއަދު ހުވާކުރެވުނު 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ކަމަށް 80 މެމްބަރުންގެ ވޯޓާއިއެކު ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް އިންތިހާބުވެވަޑައިގެންފިއެވެ.
28 May 2024
އުންމީދަކީ މިއީ އެންމެ ޒިންމާދާރު މަޖިލިހަށް ވުން: ރައީސް
މިއަދު އަލަށް ހުވާ ކުރެއްވި ވިހި ވަނަ ރައްޔިތުންގެ މަޖިލީހަކީ މިހާތަނަށް ރާއްޖޭގެ ބަރުލަމާނީ ޙަޔާތުގައި ދެކޭ އެންމެ ޒިންމާދާރު މަޖިލިހަށް ވުމަށް އުންމީދުކުރައްވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
28 May 2024
ވިހިވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސަކަށް އަބްދުއްރަހީމް
ވިހިވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސަކަށް ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަޙީމް އަބްދުﷲ އިންތިޚާބުކޮށްފިއެވެ.
27 May 2024
ޕަޕުއާ ނިއު ގިނީގެ ބިންގަޑު ކަނޑައިގެން ދިޔުމާއި ގުޅިގެން ރައީސްގެ ތައުޒިޔާ
ޕަޕުއާ ނިއު ގިނީގެ އުތުރުގައި އޮންނަ އެންގާ ޕްރޮވިންސްގެ ކައޯކަލަމް އަވަށުގެ ބިންގަޑު ކަނޑައިގެންގޮސް އެތައް ބަޔަކު މަރުވެ ދިޔަ ހާދިސާއާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އެ ގައުމުގެ ބޮޑުވަޒީރު ޖޭމްސް މަރަޕޭ އަށް ތައުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.
27 May 2024
އެމްޑީޕީގެ ޕީޖީ ލީޑަރަކަށް ނާޒިލް އަދި ޑެޕިއުޓީ އަކަށް ޒިޔާދު
މާދަމާ ހުވާ ކުރުމަށް ހަމަޖެހިފައިވާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގައި އިދިކޮޅު އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕް (ޕީޖީ) ލީޑަރަކަށް ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް އަދި ޑެޕިއުޓީ ޕީޖީ ލީޑަރަކަށް ވައިކަރަދޫ ދާއިރާގެ މެންބަރު ޙުސައިން ޒިޔާދު ހަމަޖައްސައިފިއެވެ.
27 May 2024
ދަނޑުވެރިންނަށް މިހާތަނަށް 13 މިލިޔަން ރުފިޔާގެ ލޯނު ދޫކޮށްފި
ފާއިތުވެ ދިޔަ 6 މަސް ދުވަހުގެ ތެރޭގައި ސަރުކާރުން މިހާތަނަށް ދަނޑުވެރިންނަށް 13 މިލިޔަން ރުފިޔާގެ ލޯނު ދޫކޮށްފައިވާކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
27 May 2024
ސްކޫލްތައް އޭސީ ކުރުމުގެ މަސައްކަތް މިހަފްތާގައި ފަށަނީ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އެދިވަޑައިގަތުމުގެ މަތިން މަސަރުކާރު ސްކޫލްތައް އޭސީ ކުރުމުގެ މަސައްކަތް މިހަފްތާގައި ފެށުމަށް ހަމަޖެހިފައިވާ ކަމަށް ތައުލީމާއި ބެހޭ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ.
27 May 2024
ރަފާހްގެ "ސޭފް ޒޯން" އަކަށް ޔަހޫދީންގެ ލާއިންސާނީ ހަމަލާއެއް!
ޣައްޒާގެ ދެކުނުގައި އޮންނަ ރަފާހުގައި "ސޭފް ޒޯނެއް" ކަމަށް ކަނޑައަޅާފައިވާ، އާއްމުން ބޯހިޔާވަހިކަން ހޯދަމުންދިޔަ ސަރަހައްދަކަށް ރަހުމެއް ނެތް ޔަހޫދީ ފައުޖުން ހަމަލާދީ، 35 މީހަކު ދިރިތިއްބާ އަންދާލައިފިއެވެ.
27 May 2024
ވިހި ވަނަ މަޖިލިސް ހުވާކުރުން މާދަމާ
ރައްޔިތުންގެ މަޖިލީހުގެ ވިހި ވަނަ ދައުރަށް އިންތިޚާބުވެވަޑައިގެންނެވި މެމްބަރުން މާދަމާ ހުވާކުރާގޮތަށް ހަމަޖެހިއްޖެއެވެ.
26 May 2024
އިސްރާއީލަށް އަމާޒުކޮށް، ފަލަސްތީނުން މިސައިލް ހަމަލާތަކެއް ދީފި
އިސްރާއީލުގެ ވެރި ރަށް، ޓެލް އަވީވް އަށް އަމާޒުކޮށް، ހަމާސް ޖަމާއަތުން މިސައިލް ހަމަލާތަކެއް ދީފިއެވެ.
26 May 2024
ގައުމީ ފެންވަރުގައި ބޮޑު އީދު ފާހަގަ ކުރާ ރަށްތައް ކަނޑައަޅައިފި
ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާ އާއި ގުޅިގެން ގައުމީ ފެންވަރުގައި މިފަހަރު އަޟްޙާ އީދު ނުވަތަ ބޮޑު އީދު ފާހަގަކުރަނީ ރ.އުނގޫފާރު، ދ.ކުޑަހުވަދޫ އަދި ގއ. ވިލިނގިލީގައި ކަމަށް އެ ވުޒާރާއިން ބުނެފިއެވެ.
26 May 2024
އޭއައި ބޭނުންކޮށްގެން ކިޔަވައިދޭން މުދައްރިސުން އަހުލުވެރިކުރަނީ
އާޓިފިޝިއަލް އިންޓަލިޖެންސް (އޭއި) ފަދަ، ޒަމާނީ ޓެކްނޮލޮޖީ ބޭނުން ކޮށްގެން އުނގެނުމާއި އުނގަންނައިދިނުން ހަރުދަނާ ކުރުމަށް މުދައްރިސުން އަހުލުވެރި ކުރުމަށް މި އަހަރު އިސްކަން ދެއްވާނެ ކަމަށް ތައުލީމާއި ބެހޭ ވަޒީރު ރ. އިސްމާޢިލް ޝަފީޢު ވިދާޅުވެއްޖެއެވެ.
26 May 2024
ޣައްޒާއަށް އެހީ ވައްދަން ފަށައިފި
މިސްރާއި ޣައްޒާ އާއި ދެމެދު އޮންނަ ކެރެމް ޝަލޮމް ބޯޑަރު ހުރަސްކޮށް، ޣައްޒާއަށް އެހީ ވައްދަން ފަށައިފިއެވެ.
25 May 2024
ސީ ޕްލޭން ޓާމިނަލް ފުލް މޫން ރިސޯޓަށް ބަދަލުކުރަނީ
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ސީ ޕްލޭން ޓާމިނަލް ފުލް މޫން ރިސޯޓަށް ބަދަލުކުރަން ނިންމާފައިވާކަމަށް އިގްތިޞާދާއި ބެހޭ ވަޒީރު މުހައްމަދު ސައީދު ހާމަކުރައްވައިފިއެވެ.
25 May 2024
އޮޔާދިޔަ މީހާ ހޮސްޕިޓަލަށް ގެންދެވުނު އިރުވެސް އޮތީ ނިޔާވެފަ: ޕޮލިސް
ސިނަމާލެ ބްރިޖާއި ދިމާލުން އޮޔާ ދިޔަ މީހާ އައިޖީއެމްއެހް ހޮސްޕިޓަލަށް ގެންދެވުނު އިރުވެސް އޮތީ މަރުވެފައިކަމަށް ފުލުހުން ބުނެފިއެވެ.
25 May 2024
މާލެ އާއި ހުޅުލެ މޮނޯރެއިލްއިން ފުނަދޫ އާއި ގުޅާލުމަށް ހަވާލުކޮށްފި
މާލެ އާއި ހުޅުލެ މޮނޯރެއިލްއިން ކ.ފުނަދޫ އާއި ގުޅާލުމަށް ދުބާއީގެ އިންޓަނޭޝަނަލް ފްރީޒޯން އޮތޯރިޓީ (އިފްޒާ) އާއި ހަވާލުކޮށްފިއެވެ.
25 May 2024
ވިލާ ހަކަތައިގެ މުއައްޒަފުންނަށް ތަމްރީން ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި
ވިލާ ހަކަތައިގެ މުވައްޒަފުންނަށް ސްވިޒަލޭންޑުގެ ކައިޒެން އިންސްޓިޓިއުޓުން ތަމްރީން ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި އެވެ.
25 May 2024
ޅެން ފަރުވާގެ ކްލިނިކާއި "ށ"އިން ފެށޭ ބަސް ހަދާ ވާހަކަ ދޮގުކޮށްފި
އައިޖީއެމްއެޗްގައި ޅެން ފަރުވާއަށް ކްލިނިކެއް ގާއިމްކުރާ ވާހަކައާއި "ށ"އިން ފެށޭ ބަސްތަކެއް އުފައްދަން މަސައްކަތްކުރަމުންދާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފަތުރަމުން އަންނަ ވާހަކަތައް ދިވެހި ބަހާއި ސަގާފަތާއި ތަރިކައިގެ ވަޒީރު އާދަމް ނަސީރު އިބްރާހީމް ދޮގުކުރައްވައިފިއެވެ.
25 May 2024
ސިނަމާލެ ބްރިޖާއި ދިމާލުން އޮޔާ ދިޔަ މީހެއް ސަލާމަތްކޮށްފި
ސިނަމާލެ ބްރިޖާއި ދިމާލުން އޮޔާ ދިޔަ މީހެއް ފުލުހުން ސަލާމަތްކޮށްފިއެވެ.
25 May 2024
ކުރީގެ އުސްގެކޮޅު އިންޓްރެކްޓިވް މިއުޒިއަމަކަށް ބަދަލުކުރަނީ
ކުރީގެ އުސްގެކޮޅު އިންޓްރެކްޓިވް މިއުޒިއަމަކަށް ބަދަލުކުރުމަށް ނިންމާފައިވާކަމަށް ދިވެހި ބަހާއި ސަގާފަތާއި ތަރިކައިގެ ވަޒީރު އާދަމް ނަސީރު އިބްރާހީމް ވިދާޅުވެއްޖެއެވެ.