09 May 2024
މޫސަގެ މަރު: ޝަރީއަތް ނިމެންދެން ސައްމާހު ބަންދުކުރަން އަމުރުކޮށްފި
ތޫނު އެއްޗަކުން ހަމަލާދީ ވ. ކެޔޮދޫ ދޭލިއާގޭ، މޫސާ އަހުމަދު މަރާލުމުގައި ބައިވެރިވި މައްސަލައިގައި ދައުލަތުން ދައުވާ އުފުލި އިބްރާހިމް ސައްމާހު އަހުމަދު ގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ކުރިމިނަލް ކޯޓުން ހުކުމް ކޮށް، އޭނާ ބަންދުން ދޫވެފައިވަނިކޮށް، އޭނާގެ މައްޗަށް ހައި ކޯޓުގައި ހިންގާ އިސްތިއުނާފުގެ ޝަރީއަތް ނިމެންދެން ބަންދުކުރަން ސުޕްރީމް ކޯޓުން އަމުރުކޮށްފި އެވެ.