ޝަބާ މުހައްމަދު ސައީދު
ނޫސްވެރިކަމަށް އަލަށް ނިކުންނަ ނޫސްވެރިއެއް
ޝަބާ މުހައްމަދު ސައީދު
17 Jan 2024
ޔޫއޭއީ އާއި ތައިލެންޑުން އާސަންދަ ލިބޭނެ އިންތިޒާމް ހަމަޖައްސަނީ
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވައުދުވެެވަޑައިގެންނެވި ފަދައިން ޔޫއޭއީ އަދި ތައިލެންޑުން އާސަންދަ ލިބޭނެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާ ކަަމަށް އާސަންދަ ކުންފުނިން ބުނެފިއެވެ.
17 Jan 2024
ފޮރިން މިނިސްޓަރު މޫސާ ޒަމީރު ޔުގަންޑާއަށް ވަޑައިގެންފި
ނާމް ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް ފޮރިން މިނިސްޓަރު މޫސާ ޒަމީރު ޔުގަންޑާއަށް ވަޑައިގެންފިއެވެ.
17 Jan 2024
ދިއްދޫ ފެނަކައިގެ މުވައްޒަފުންތަކެއްގެ ކޮންޓްރެކްޓް އައު ނުކުރި މައްސަލަ މަޖިލީހަށް
ހއ.ދިއްދޫ ފެނަކައިގައި ތިބި ކޮންޓްރެކްޓް މުވައްޒަފުންތަކެއްގެ ކޮންޓްރެކްޓް ފެނަކައިން އައު ނުކުރި މައްސަލަ މަޖިލީހަށް ހުށައަޅައިފިއެވެ.
17 Jan 2024
ރާއްޖެ ގައި ހެޕަޓައިޓަސް ބީ ކޮންޓްރޯލް ކުރެވިފައިވާ ކަމަށް ކަނޑައަޅައިފި
ރާއްޖެ އަކީ ހެޕަޓައިޓަސް ބީ ކޮންޓްރޯލް ކުރެވިފައިވާ ގައުމެއް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ކަނޑައަޅައިފިއެވެ.
17 Jan 2024
ދެކުންފުންޏަކުން އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ ނެތި ފައިސާ ނަގަނީ
ދިވެހިރާއްޖެއިން ޢުމްރާއަށް މީހުން ގެންދިއުމާބެހޭ އުސޫލުގެ ދަށުން އިސްލާމިކް މިނިސްޓްރީން ނަގަންޖެހޭ ހުއްދަ ނެތި ޢުމްރާއަށް މީހުން ގެންދިޔުމަށް ފައިސާ ނަގަމުން އަންނަ ދެ ކުންފުންޏަކާއި މެދު ސަމާލުވުމަށް އެ މިނިސްޓްރީން އިލްތިމާސް ކޮށްފިއެވެ.
17 Jan 2024
ޖަލްސާ ތަކުގައި ޤުރުއާން ކިޔަވާނެ މީހުންގެ ދަފްތަރެއް އެކުލަވާލަނީ
ރަސްމީ ޖަލްސާ ތަކުގައި ޤުރުއާން ކިޔަވާނެ މީހުންގެ ދަފްތަރެއް އެކުލަވާލުމަށް ކީރިތި ޤުރުއާން އާއި ގައުމީ ބެހޭ މަރުކަޒުން ނިންމައިފިއެވެ.
16 Jan 2024
ކާގޯ ޓާމިނަލް ބޭނުން ކުރުން ލަސްކުރީ ކުރީ ސަރުކާރުން: ޝަރީފް
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ)ގެ އައު ކާގޯ ޓަރމިނަލްގެ އޮތީ މީގެ އެތައް ދުވަހެއް ކުރިން ނިމިފައިކަމަށާއި އެތަން ބޭނުންކުރުން ލަސްކުރީ ކުރީގެ ރައީސް މުޙައްމަދު ޞާލިހުގެ ސަރުކާރުން ކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.
16 Jan 2024
ރާއްޖޭގެ ޓްރޭޑް ވަފްދެއް އެމެރިކާއަށް ވަޑައިގަތުމަށް ދައުވަތު ލިބިއްޖެ
ފުރަތަމަ ފަހަރަށް ރާއްޖޭގެ ޓްރޭޑް ވަފްދެއް އެމެރިކާއަށް ވަޑައިގަތުމަށް ސަރުކާރަށް ދައުވަތު ލިބިފައިވާކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއިބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
16 Jan 2024
އިންޑިއާ އިން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު މަދެއް ނުވޭ: މަޓާޓޯ
އިންޑިއާ އިން ސޯޝަލް މީޑިއާގައި ކުރިއަށް ދިޔަ ބޮއިކޮޓް މޯލްޑިވްސް ގެ ހަރަކާތުގެ ސަބަބުން އެ ގައުމުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު މަދު ނުވާ ކަމަށް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އިން ބުނެފި އެވެ.
16 Jan 2024
އާޒިމް މޭޔަރު ކަމަށް ހުވާކުރުން ކުރިއަށްއޮތް 3 ދުވަސްތެރޭ
އެމްޑީޕީގެ ފަރާތުން މާލެ ސިޓީގެ މޭޔަރު ކަމަށް އިންތިހާބު ވެވަޑައިގެން އާދަމް އާޒިމް މޭޔަރު ކަމަށް ހުވާކުރުން ކުރިއަށްއޮތް 3 ދުވަސްތެރޭ ބާއްވަން މަސައްކަތް ކުރަމުން އަންނަ ކަމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ބުނެފިއެވެ.
16 Jan 2024
ސަރުކާރު ހިއްސާވާ ކުންފުނި ތަކެއްގެ ޑިރެކްޓަރުންގެ ބޯޑަށް ބަދަލުތަކެއް ގެނެސްފި
ސަރުކާރު ހިއްސާވާ ކުންފުނި ތަކެއްގެ ޑިރެކްޓަރުންގެ ބޯޑަށް ބަދަލުތަކެއް ގެނެސްފިއެވެ.
16 Jan 2024
މިނިމަމް މެޑިކަލް ރިކުއަޔަރމަންޓްސް ފެސިލިޓީ އެއް ހުޅުވައިފި
ކުޅުންތެރިންނަށް ފަރުވާދޭ މިނިމަމް މެޑިކަލް ރިކުއަޔަރމަންޓްސް ފެސިލިޓީ އެއް މިރޭ ސޯޝަލް ސެންޓަރުގައި ރައީސް ޑރ.މުހައްމަދު މުއިއްޒު އިފްތިތާޙް ކޮށްދެއްވައިފިއެވެ.
16 Jan 2024
ނިރުބަވެރި ޔަހޫދީން ބުނީ ހަމަލާ ދިނުން ނުހުއްޓޭނެ ކަމަށް
ނިރުބަވެރި ޔަހޫދީން ފަލަސްތީނުގެ ޣައްޒާއަށް ދެމުންގެންދާ ހަމަލާތައް ނުހުއްޓާނެ ކަމަށް ބުނެފިއެވެ.
16 Jan 2024
ސަރުކާރު ބަދަލު ކުރަން ގޮވާލުމުން އެމްޑީޕީން އެކަން ކުށްވެރިކޮށްފި
ރާއްޖެއަށް ސިފައިން ފޮނުވާ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ވެރިކަން ބަދަލުކުރުމަށް އިންޑިއާގެ ކުރީގެ މަޖިލިސް މެންބަރެއް ކަމަށްވާ ސުބްރަމާނިއަން ސްވާމީ ގޮވާލުމުން އިދިކޮޅު އެމްޑީޕީން އެކަން ކުށްވެރިކޮށްފި އެވެ.
15 Jan 2024
އެސްޓިއޯގެ "ރަމަޒާން ބާޒާރު" ޕްރޮމޯޝަން ފަށައިފި
ކޮންމެ އަހަރަކުވެސް އެސްޓީއޯއިން ކުރިއަށް ގެންދާ އެސްޓިއޯގެ "ރަމަޒާން ބާޒާރު" ޕްރޮމޯޝަން މިއަހަރުވެސް 300،000 ރުފިޔާގެ އަގުހުރި އިނާމު ތަކަކާއި އެކު ފަށައިފިއެވެ.
15 Jan 2024
ރާއްޖެ އާއި ޗައިނާގެ ގުޅުމަށް އިންޑިއާއިން ސަމާލުވާން ޖެހޭ: ޝަޝީ ތަރޫރު
ރާއްޖެ އާއި ޗައިނާ އާއި ދެމެދު އުފެދެމުން އަންނަ ގާތް ގުޅުމަށް އިންޑިއާއިން ސަމާލު ވާން ޖެހޭ ކަމަށް އިންޑިއާގެ އެމްޕީ ޝަޝީ ތަރޫރު ވިދާޅުވެއްޖެއެވެ.
15 Jan 2024
ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީ ވުމަށް ހުޅުވާލައިފި
ދިވެހި ރާއްޖޭގެ ޒަކާތު ހައުސް އިން އެކުލަވާލައިފައިވާ ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި މާލެ ސިޓީން އަލަށް ރަޖިސްޓްރީ ވާން ބޭނުންވާ ފަރާތްތަކަށް އެ އިދާރާއިން ފުރުސަތު ހުޅުވާލައިފިއެވެ.
14 Jan 2024
އެމްޑީޕީގެ ހަރަކާތްތައް އިތުރު ގިޔަރަކަށް ޖައްސާނަން
މާލޭ މޭޔަރު ހޮވުމުގެ އިންތިހާބުގައި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަށް ލިބުނު ކާމިޔާބީއާއެކު ޕާޓީގެ ހަރަކާތްތައް އިތުރު ގިޔަރެއް ކުރިއަށް ޖައްސަވާނެ ކަމަށް އެޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ރޭ ވިދާޅުވެއްޖެ އެވެ.
14 Jan 2024
ޞާލިހު އާޒިމަށް؛ އެޅުނީ ސިޔާސީ ބިންގާ، އަދި އޮތީ ކުރިއަށް
މާލޭ ސިޓީގެ މޭޔަރު ކަމަށް އިންތިހާބު ވުމާއި އެކު އެ އެޅުނީ ސިޔާސީ ބިންގާ ކަމަށާއި އަދިވެސް އޮތީ ކުރިއަށް ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު އާދަމް އާޒިމަށް ނިސްބަތްކޮށް ވިދާޅުވެއްޖެއެވެ.
13 Jan 2024
ފްލެޓާއި ގޯތި މިއަދުން މިއަދަށް ހަވާލު ކުރައްވާ: ޞާލިހު
ފްލެޓާއި ގޯތި މިއަދުން މިއަދަށް ހަވާލު ކުރުމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު، ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒަށް ގޮވާލައިފިއެވެ.
13 Jan 2024
އާދަމް އާޒިމް މާލޭގެ ރައްޔިތުން މާޔޫސް އެއް ނުކުރާނެ: ޞާލިހު
މާލޭގެ މޭޔަރު ކަމަށް އިންތިހާބުވި އާދަމް އާޒިމް މާލޭގެ ރައްޔިތުން މާޔޫސް ނުކުރައްވާނެ ކަމަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
13 Jan 2024
އާޒިމްއަށް ރައީސް ޑރ.މުއިއްޒު ފޯނުން ގުޅުއްވައި މަރުހަބާ ކިޔުއްވައިފި
މާލެ ސިޓީގެ މޭޔަރުކަމަށް އިންތިޚާބުވި އިދިކޮޅު އެމްޑީޕީގެ ކެނޑިޑޭޓް އާދަމް އާޒިމް އަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފޯނުން ގުޅުއްވައި މަރުހަބާ ކިޔުއްވައިފިއެވެ.
13 Jan 2024
މާލެ ރައްޔިތުންނަށް ފައިދާވާނެ ހުރިހާ ކަމަކަށް ތާއީދުކުރާނަން: އާޒިމާ
ވަކި ޕާޓީއަކަށް ބެލުމެއް ނެތި މާލެ ރައްޔިތުންނަށް ފައިދާވާނެ ހުރިހާ ކަމަކަށް ތާއީދުކުރައްވާނެ ކަމަށް މާލެ ސިޓީގެ މޭޔަރު ކަމަށް ޕީއެންސީގެ ފަރާތުން ކުރިމަތިލެއްވި ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރު ވިދާޅުވެއްޖެއެވެ.
13 Jan 2024
ގާސިމްގެ ތައުރީފް ރައީސް ޑރ.މުއިއްޒަށް!
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ޗައިނާ އަށް ކުރެއްވީ ކާމިޔާބު ދަތުރުފުޅެއް ކަމަށް ވިދާޅުވެ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ތައުރީފް ކުރައްވައިފިއެވެ.
13 Jan 2024
މާލެ ސިޓީގެ މޭޔަރު ކަމަށް އާޒިމް އިންތިޚާބު ވެވަޑައިގެންފި
މާލޭ ސިޓީގެ މޭޔަރު ކަމުގެ ގޮނޑި ބޮޑު ތަފާތަކުން އިދިކޮޅު އެމްޑީޕީގެ ކެނޑިޑޭޓް އާދަމް އާޒިމް ކާމިޔާބު ކުރައްވައިފިއެވެ.
13 Jan 2024
މާލެ ސިޓީ ކައުންސިލްގެ ބައި އިލެކްޝަންގައި މުހައްމަދު ނަޝީދު ވޯޓު ލައްވައިފި
މިއަދު ކުރިއަށްދާ މާލެ ސިޓީ ކައުންސިލްގެ ބައި އިލެކްޝަންގައި ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ވެސް ކުރެއްވެވި މުހައްމަދު ނަޝީދު ވޯޓު ލައްވައިފިއެވެ.
12 Jan 2024
ޗައިނާގެ ސިޓީތަކުގެ މެދުގައި މީހުން އުފުލުމުގެ ހުއްދަ ދީފައިވަނީ ރާއްޖެއަށް އެކަނި: ސައީދު
ޗައިނާގެ އެއް ސިޓީން އަނެއް ސިޓީއަށް މީހުން އުފުލުމުގެ ހުއްދަ ދީފައިވަނީ ރާއްޖެއަށް އެކަނި ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
11 Jan 2024
ދަތުރުވެރިންނަށް ބޭނުންވާ ހިދުމަތްތައް ގާއިމުކުރާނެ ކަމުގެ ޔަގީންކަން ދީފި
ދަތުރުކުރާ ފަރާތްތަކަށް ބޭނުންވާ އެންމެހައި ޙިދުމަތްތަކެއް ޤާއިމްކޮށްދޭނެ ކަމުގެ ޔަގީންކަން ރީޖަނަލް އެއަރޕޯޓްސް ކޮމްޕްނީ ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު މުބީން ދެއްވައިފިއެވެ.
11 Jan 2024
ޗައިނާގެ ބެއިޖިންގގައި ދިރިއުޅޭ ދިވެހިންނާއި ބައްދަލުކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒާއި އެމަނިކުފާނުގެ އަނބިކަބަލުން މެޑަމް ސާޖިދާ މުހަައްމަދު ޗައިނާގެ ބެއިޖިންގގައި ދިރިއުޅޭ ދިވެހިންނާއި ބައްދަލުކުރައްވައިފިއެވެ.
11 Jan 2024
ތިލަފުށި ބިން ހިއްކުމުގެ ދަށުން އޭރިއާ އީ ހިއްކަން ފަށައިފި
ތިލަފުށީގެ ދެވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ ދަށުން އޭރިއާ އީ އާބަންކޯއިން މިއަދު ހިއްކަން ފަށައިފިއެވެ.