ޚަދީޖާ އަރުފާ
އެސޯސިއޭޓް އެޑިޓަރ
ޚަދީޖާ އަރުފާ
23 Aug 2026
އަގުބޮޑުކޮށް އުޅަނދެއް ގަތް ކަމަށް ބުނާ ވާހަކަ އެމްޑަބްލިޔުއެސްސީން ދޮގުކޮށްފި
ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހީމް ފަލާޙްގެ އަތުން އަގުބޮޑުކޮށް އުޅަނދެއް ގަނެފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފަތުރަމުންދާ ވާހަކަތަކަކީ އެއްވެސް ޙަޤީޤަތެއް ނެތް ދޮގު ވާހަކަތަކެއް ކަމަށް މާލޭ ވޯޓަރ އެންޑް ސެވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) ގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.
23 Aug 2026
50 ކޮތަޅަށްވުރެ ގިނަ ކޮތަޅު ހިމެނޭ ބޮނޑިން ފީ ނުނަގާގޮތް ހަދައިފި
މި ބަދަލާ އެކު ވިޔަފާރި ހަރަކާތްތަކުގައި ޕޮއިންޓް އޮފް ސޭލްގައި ކަސްޓަމަރަށް ވިއްކާ ނުވަތަ ފޯރުކޮށްދޭ ޕްލާސްޓިކް ކޮތަޅަކުން ނަގާ ދެ ރުފިޔާ 50 ކޮތަޅަށްވުރެ ގިނަ ކޮތަޅު ހިމެނޭ ބޮނޑިތަކަށް ދެން ނުނެގޭނެއެވެ. އެ އިޞްލާޙާ ގުޅިގެން ކުރިން ނެގެމުން އައި ޑަބަލް ޓެކްސް ހުއްޓިގެންދާނެއެވެ.
23 Aug 2026
ކުޑަކުދިންގެ އޮރިޔާންކާޑު ގެންގުޅުނު މީހާގެ ދައުވާތައް ނެގި ސަބަބު ސާފުކޮށްދީފި
ތ. ވިލުފުށީ މީހެއްގެ މައްޗަށް ކުޑަކުދިންގެ އޮރިޔާންކާޑާ ގުޅޭ ދެ ދައުވާއެއް ކްރިމިނަލް ކޯޓަށް ހުށަހެޅުމަށްފަހު ހެކި ނެތުމާއި އަދަބު ތަންފީޒުކުރާނެ މުއްދަތެއް ނެތުމުގެ ސަބަބުން އެ ދައުވާތައް އަނބުރާ ގެނައި ސަބަބުތައް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ގެ އޮފީހުން ހާމަކޮށްފިއެވެ.
23 Aug 2026
ނީލަމުގައި ވިއްކާލީ ރައީސުން ބޭނުންކުރެއްވި މޭޒުކޮޅެއް ނޫން
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނީލަމުގައި ވިއްކާލި ކަމަށް ބުނެ ސޯޝަލް މީޑިއާގައްޔާއި ބައެއް މީޑިއާތަކުގައި ދައުރުވަމުންދާ ފޮޓޯގައިވާ މޭޒަކީ، ދިވެހިރާއްޖޭގެ އެއްވެސް ރައީސަކު އެއްވެސް ދުވަސްވަރެއްގައި ބޭނުންފުޅުކުރައްވާފައިވާ ރަސްމީ މޭޒުކޮޅެއް ނޫން ކަމަށް ރައީސް އޮފީހުން ހާމަކޮށްފިއެވެ.
23 Aug 2026
ރައީސް އޮފީހުގެ ޕްރިންސިޕަލް ސެކްރެޓަރީ ކަމަށް ޢާޒިމާ
ޢާޒިމާ ޢައްޔަންކުރެއްވީ ޤައުމީ ސަރަޙައްދާއި ސިޔާދަތާ ބެހޭ ޕްރިންސިޕަލް ސެކްރެޓަރީގެ މަގާމަށެވެ.
23 Aug 2026
ބޭރުގެ ކޮންޓްރެކްޓަރުންގެ ޓެކްސް ބޮޑުކުރުމުގެ ބިލު މަޖިލީހުން ފާސްކޮށްފި
ބޭރުގެ ކޮންޓްރެކްޓަރުންގެ ވިތުހޯލްޑިން ޓެކްސް 5 އިންސައްތައިން 10 އިންސައްތައަށް ބޮޑުކުރުމުގެ ބިލު 54 މެންބަރުންގެ ވޯޓާއެކު ފާސްކޮށްފިއެވެ. މި ބަދަލުން އަހަރަކު 251 މިލިއަން ރުފިޔާ އާމްދަނީއަށް އިތުރުވާނެ ކަމަށް ލަފާކުރެއެވެ.
23 Aug 2026
ސަރުކާރުގެ ފުރަތަމަ ބޯހިޔާވަހިކަމުގެ ފްލެޓުތައް 2028ގެ އޮގަސްޓުގައި ހަވާލުކުރަން ފެށޭނެ:
ދައުލަތުގެ މީޑިއާގެ "ރާއްޖެމިއަދު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ނާޒިމް ވިދާޅުވީ ބޯހިޔާވަހިކަން އެންމެނަށް މަޝްރޫޢުގެ ދަށުން މިހާރު ކުރިއަށްދަނީ ޝަރުތު ހަމަވާ ފަރާތްތަކުގެ ލިސްޓު އެކުލަވައިލުމުގެ މަސައްކަތް ކަމަށެވެ. އެގޮތުން ޝަރުތު ހަމަވާ ފަރާތްތައް ދެނެގަނެ، އަންނަ ޑިސެމްބަރު މަހުގެ މެދު ތެރޭގައި ދާއިމީ ލިސްޓް އިއުލާން ކުރެވޭނެކަމަށް އޭނާ ވިދާޅުވިއެވެ.
23 Aug 2026
އިންފޮމޭޝަން ކޮމިޝަނަރަކަށް ޢަބްދުލްޢަޒީޒު އައްޔަންކުރުމަށް މަޖިލީހަށް
މިހާރުގެ އިންފޮމޭޝަން ކޮމިޝަނަރު އަޙްމަދު އާހިދު ރަޝީދުގެ ދައުރު އަންނަ ސެޕްޓެންބަރު މަހުގެ ހަ ވަނަ ދުވަހަށް ހަމަވާތީ އެ މަގާމަށް ކުރިމަތިލާން ހުޅުވައިލީ މި ހިނގާ އޮގަސްޓު މަހުގެ ތިންވަނަ ދުވަހުއެވެ. މަގާމަށް ކުރިމަތި ލެއްވި ބޭފުޅުންގެ ތެރެއިން ރައީސް ޚިޔާރު ކުރެއްވީ ހެރިޓޭޖް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައި މިހާރު ހުންނެވި އަބްދުލްޢަޒީޒެވެ.
23 Aug 2026
ބަނގުރާ ވިއްކައި ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ދެ މީހުން ހައްޔަރުކޮށްފި
ފުލުހުން މައުލޫމާތު ދިން ގޮތުގައި މި ދެ މީހުން ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި ވިއްކައި ވިޔަފާރިކުރާ ފަރާތްތަކަށް އަމާޒުކޮށްގެން ހުޅުމާލެ ފޭސް 1ގެ ފުލުހުން ރަށުތެރެ ޕެޓްރޯލުކުރަމުން ދިޔައިރު ތުހުމަތުކުރެވިގެން ހުއްޓުވައި ބަލައިފާސްކޮށްފައެވެ.
23 Aug 2026
ލާމަރުކަޒީ ނިޒާމާ ކުޅެ ތިޔަ ފައްކާކުރައްވަނީ ބަޣާވާތެއް
ކައުންސިލްތަކުގެ އިޚްތިޞާޞުގައި ހިމެނޭ ބިންތައް ސަރުކާރުގެ ބާރުގެ ދަށަށް ގެނައުމަށް ކުރާ މަސައްކަތުން ފައްކާކުރައްވަނީ "ރަނގަޅު ބަޣާވާތެއް" ކަމަށް ވިދާޅުވެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު، ވަރުގަދަ އިންޒާރެއް ދެއްވައިފިއެވެ.
23 Aug 2026
ކައުންސިލްތަކުގެ ބިން ސަރުކާރަށް ނުދޭތި: ޔާމީން
ތިނަދޫ ދެވަނަ ފަހަރަށް އާބާދުވީތާ 60 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ރޭ ބޭއްވި އެ ޖަލްސާގައި އެކަމަށް އަލިއަޅުވާލައްވައި ވާހަކަދައްކަވަމުން ޔާމީން ވިދާޅުވީ ލާމަރުކަޒީ ޤާނޫނަށް ހުށަހެޅި އިސްލާހު މެދުވެރިކޮށް ސަރުކާރުން ކުރަމުންދާ ކަމަކީ ރައްޔިތުންގެ ބިން ފޭރުމެއް ކަމަށެވެ. އެ ކަމާ ދެކޮޅަށް ކައުންސިލްތަކުން ބަޔާންތައް ނެރެ އިހުތިޖާޖު ކުރުމަށް ހިތްވަރު ދެއްވައި އެއީ ޤައުމީ ފެންވަރުގެ ޖިހާދެއްގެ ގޮތުގައި ސިފަކުރެއްވިއެވެ.
23 Aug 2026
އެމެރިކާގެ ފްލައިޓެއްގައި ފަސިންޖަރެއްގެ ލެޕްޓޮޕެއްގައި ރޯވެ ބަޔަކަށް އަނިޔާވެއްޖެ
ޖޯޖިއާގެ އެޓްލާންޓާއިން ފުރައިގެން ޓެކްސަސްގެ ޑެލަސް ފޯޓް ވޯތް އިންޓަނޭޝަނަލް އެއާޕޯޓަށް ދަތުރުކުރި އެމެރިކަން އެއާލައިންސް ފްލައިޓް 2398 ގެ ޕައިލެޓް ވައިގެ ދަތުރުފަތުރު ކޮންޓްރޯލާ މުޢާމަލާތު ކުރަމުން ބުނެފައިވާ ގޮތުގައި އަލިފާން ރޯވީ ބޯޓުގެ ފަހަތު ބައިގައި ހުރި ލެޕްޓޮޕެއްގައެވެ. ރޯވެފައިވާ ކަމަށާއި ފްލައިޓް އެޓެންޑެންޓުން ކުރި މަސައްކަތުން އެ ނިއްވާލެވުނު ކަމަށާ ހާދިސާގައި ފަސްމީހަކަށް އަނިޔާވިކަމަށް އޭނާ ބުނި ކަމަށް ބީބީސީގައި ބުނެފައިވެއެވެ.
21 Aug 2026
ޯދެކުނަށް މޫސުން ގޯސްވެއްޖެ؛ ލ އަތޮޅުން ގދ އަށް ރީނދޫ ސަމާލު ނެރެފި
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް، ލ. އަތޮޅުން ފެށިގެން ގދ. އަތޮޅާ ހަމައަށް ރީނދޫ ސަމާލު ނެރެފިއެވެ.
21 Aug 2026
ހުޅުދުއްފާރު ދެކުނު އަވަށުގައި މިސްކިތެއް ބިނާކުރުމަށް އެހީވުމުގެ ފުރުސަތު
ރ. ހުޅުދުއްފާރު ދެކުނު އަވަށުގައި 250 މީހުންގެ ޖާގައިގެ މިސްކިތެއް ބިނާކުރުމަށް އާއިލާއެއްގެ އިސްނެގުމާ އެކު ފައިސާ ހޯދުމުގެ ކެމްޕޭނެއް ފަށައި، އޮގަސްޓް 25 ގައި ޢަމަލީ މަސައްކަތް ފެށުމަށް ވަނީ ރާވައިފައެވެ.
21 Aug 2026
ރަސޫލާﷺ ދެކެ ލޯބިވުމަކީ އެކަލޭގެފާނުގެ އަޚުލާޤީ މިންގަނޑުތަކަށް ތަބާވުން
ހުކުރު ޚުތުބާގައި ބާރުއަޅާފައިވަނީ ރަސޫލާ ﷺ ދެކެ ލޯބިވުމަކީ އެކަލޭގެފާނުގެ ސީރަތުން ނަމޫނާ ލިބިގަނެ އަޚުލާޤީ ރިވެތި މިންގަނޑުތަކަށް ފުރިހަމައަށް ތަބާވުން ކަމަށެވެ.
21 Aug 2026
ބަންގްލަދޭޝްގެ ރައީސް ކަމަށް އަލަމްގީރު އިންތިޚާބުކޮށްފި
ބީއެންޕީގެ ސީނިއާ ލީޑަރު މިރުޒާ ފަޚްރުލް އިސްލާމް އަލަމްގީރު ޕާލަމެންޓުގެ 255 ވޯޓާ އެކު ބަންގްލަދޭޝްގެ އައު ރައީސްގެ ގޮތުގައި ބުރާސްފަތި ދުވަހު އިންތިޚާބުކޮށްފިއެވެ.
21 Aug 2026
މުދަލު ޒަކާތުގެ ނިޞާބަށް ރުފިޔާއިން ޖެހޭ މިންވަރަށް ބަދަލެއް
މުދަލު ޒަކާތަށް ދިވެހި ރުފިޔާއިން ނެރުން ވާޖިބުވާ ނިޞާބުގެ މިންވަރު ދަށްކޮށްފިއެވެ.
21 Aug 2026
ފަރުވާއަށްފަހު ޢިމްރާން ޚާން ޖަލަށް ބަދަލުކޮށްފި
ސުޕްރީމް ކޯޓުގެ އަމުރަކާ ގުޅިގެން އިމްރާން ޚާން ހޮސްޕިޓަލުގައި ޗެކަޕް ހެދުމަށްފަހު ޞިއްޙީ ގޮތުން ރަނގަޅު ކަމަށް ނިންމައި އަޑިއާލާ ޖަލަށް އަނބުރާ ބަދަލުކޮށްފިއެވެ.
21 Aug 2026
ކާރެއް ބްރިޖު ސޯލާ ޕެނަލްތަކުގައި ޖެހިގެން ނުރައްކާތެރި އެކްސިޑެންޓެއް
ބާރު ސްޕީޑުގައި ދުއްވާފައިދިޔަ ކާރެއް ބްރިޖު ސޯލާ ޕެނަލް ތަކުގައި ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.
21 Aug 2026
ސަޢޫދީގެ ފޮތްތަކުގައި އިސްރާއީލް ސިފަކޮށްފައިވާ ގޮތަށް ބަދަލުތަކެއް
ސަޢޫދީ ޢަރަބިއްޔާގެ މަންހަޖުން ޤުދުސްއާ ގުޅޭ ބައެއް ޢިބާރާތްތައް އުނިކޮށް އިސްރާއީލް ސިފަކުރަމުންދާ ގޮތަށް ބަދަލުތަކެއް ގެނެސްފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.
20 Aug 2026
ބިލަށް ތާއީދުކުރާ ޕެޓިޝަނަށް ސޮއި ހޯދަނީ މުވައްޒަފުންނަށް ބިރު ދައްކައިގެން
ކައުންސިލްތަކުގެ އިހުތިސާސުގައި ހިމެނޭ ބިމާއި ފަޅާއި ފަރު ވަޒީރުންގެ މަޖިލީހުގެ ނިންމުމަކުން ސަރުކާރުގެ ދަށަށް ގެނެވޭ ގޮތަށް ލާމަރުކަޒީ ޤާނޫނު ބަދަލުކުރުމުގެ ބިލަށް ތާއީދުކުރާ ޕެޓިޝަނަށް ސޮއި ހޯދުމަށް ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންނަށް ބިރު ދައްކަމުންދާ ކަމަށް ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
20 Aug 2026
ރޮބާޓޯ ކާލޯސް އިސްލާމްވި ކަމަށް ދެކެވޭ ވާހަކަތަކަށް އޭނާ ޖަވާބު ދީފި
ބްރެޒިލްގެ ފުޓުބޯޅައިގެ ލެޖެންޑް ރޮބާޓޯ ކާލޮސް މޮރޮކޯގެ ފުޓުބޯޅަ އެޖެންޓް ސޫހައިލާ އެލް ޠާހިރީ އާ ކައިވެނިކުރުމަށް ފަހު އިސްލާމް ދީނަށް ވަން ކަމަށް ފެތުރެމުންދާ ވާހަކަތަކަށް އޭނާ ޖަވާބު ދީފިއެވެ.
20 Aug 2026
ޕެންޝަން އޮފީހުގެ ސީއީއޯގެ މަގާމަށް ޔަޒްމީދު މުހައްމަދު ހަމަޖައްސައިފި
މޯލްޑިވްސް ރިޓަޔާމަންޓް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) ގެ މަގާމަށް ޔަޒްމީދު މުހައްމަދު އައްޔަންކޮށްފިއެވެ.
20 Aug 2026
ހިންދު ރަޖަބު ޝަހީދު ކޮށްލި ކަމަށް އިސްރާއިލުން އެއްބަސްވެއްޖެ
ޣައްޒާ ޤަތުލްޢައްމުގައި ކުޑަކުދިންނަށް ލިބެމުންދާ އަނިޔާގެ ރަމްޒެއްގެ ގޮތުގައި ދުނިޔެ ދެކެމުން އައި ފަސް އަހަރުގެ ހިންދު ރަޖަބު ޝަހީދުކޮށްލި ހާދިސާއަށް ދެ އަހަރަށް ވުރެ ގިނަ ދުވަސް ވީފަހުން އިސްތިއުމާރީ އިސްރާއީލުގެ އަސްކަރިއްޔާއިން އެ ކުއްޖާ ޝަހީދު ކޮށްލި ކަމަށް އެއްބަސްވެއްޖެއެވެ. އަދި އެކަމާ ގުޅޭ ތަހުގީގެއް ކުރާ ކަމަށް ނިރުބަވެރިން ބުނެފައިވެއެވެ.
20 Aug 2026
ހަތަރު ގައުމެއްގެ ކަސްޓަމްސް ގުޅާލާ އެއްބަސްވުމެއްގައި ސޮއިކޮށްފި
ބަންގުލަދޭޝް، ބޫޓާން، ރާއްޖެ އަދި ނޭޕާލުގެ ކަސްޓަމްސް އިދާރާތަކުން މުދާ ބޯޑަރަށް ފޯރުމުގެ ކުރިން މަޢުލޫމާތު ބަދަލުކުރުމާ ގުޅޭ އެމްއޯއައިއެއްގައި މާލޭގައި ސޮއިކޮށްފިއެވެ.
20 Aug 2026
މާލޭ މަސް މާރުކޭޓްގައި މާރާމާރީއެއް؛ އެކަކަށް ހޮސްޕިޓަލުގައި ފަރުވާ ދެނީ
މާލޭ މަސް މާރުކޭޓު ސަރަހައްދުގައި ރޭ ހިންގި މާރާމާރީއެއްގައި މީހަކު ޒަޚަމްވެ އައިޖީއެމްއެޗުގައި ފަރުވާ ދެމުންދާ ކަމަށާއި، މައްސަލައިގައި މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
20 Aug 2026
ތަމިލް ނާޑޫ ސަރުކާރުން ތިންވަނަ ދަރިފުޅަށް އެއް އަހަރުގެ ޗުއްޓީ ދެނީ
ތަމިލް ނާޑޫ ސަރުކާރުގެ އަންހެން މުވައްޒަފުންނަށް ތިންވަނަ ދަރިފުޅު ލިބުމުން ވެސް 365 ދުވަހުގެ ވިހެއުމުގެ ޗުއްޓީ ލިބޭ ގޮތަށް އުސޫލު ބަދަލުކުރަން ނިންމައިފިއެވެ.
20 Aug 2026
އީރާނާ ގުޅުން ބާއްވާ ޤައުމުތަކަށް ފިޔަވަޅު އަޅާނެ ކަމަށް ޓްރަމްޕް އިންޒާރު ދީފި
އީރާނާ އެކު ވިޔަފާރީގެ ގުޅުން ބާއްވާ ކޮންމެ ޤައުމަކާ ދެކޮޅަށް ބޮޑެތި އިޤުތިޞާދީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ޓްރަމްޕް ދީފިއެވެ. ޔޫއޭއީން ވަނީ އީރާނާ އޮތް މާލީ ގުޅުން ކަނޑައިލާނެ ކަމަށް އިއުލާނުކޮށްފައެވެ.
20 Aug 2026
މީހެއްގެ މަސާނާ އިން 3.1 ކިލޯގެ ހިލައެއް ނަގައިފި
ސްރީލަންކާގެ ހޮސްޕިޓަލެއްގައި 55 އަހަރުގެ ފިރިހެނެއްގެ މަސާނާ އިން 3.1 ކިލޯގެ ހިލައެއް ނެގި އިރު، މިއީ މިހާތަނަށް އޮޕަރޭޝަނަކުން ނެގި އެންމެ ބޮޑު މަސާނާގެ ހިލައެވެ.
19 Aug 2026
އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓެއް އަޅަން ނުނިންމާ
އިންޑިއާގެ ބެންގަލޫރުގައި ރާއްޖޭގެ ކޮންސިއުލޭޓެއް އަދި ރާއްޖޭގެ އައްޑޫ ސިޓީގައި އިންޑިއާގެ ކޮންސިއުލޭޓެއް ޤާއިމުކުރުމާ ގުޅޭގޮތުން ބައެއް ނޫސްތަކުގައާއި މީސްމީޑިއާގައި ދެކެވެމުންދާ ވާހަކަތަކަކީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށް މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން ބުނެފިއެވެ.