ހަބަރު
ރިޕޯޓް
ކުޅިވަރު
ދުނިޔެ
ވިޔަފާރި
ދީން
ލައިފްސްޓައިލް
ވާހަކަ
ފޮޓޯ
English News
ހަބަރު
ރިޕޯޓް
ކުޅިވަރު
ދުނިޔެ
ވިޔަފާރި
ދީން
ލައިފްސްޓައިލް
ވާހަކަ
ފޮޓޯ
ޚަދީޖާ އަރުފާ
އެސޯސިއޭޓް އެޑިޓަރ
ޚަދީޖާ އަރުފާ
18 Aug 2023
"ރަހިމުގެ ގުޅުން ދެމެހެއްޓުމުން ނުބައި މަރަކުން މަރުވެދިޔުމުން ސަލާމަތްވޭ"
ރަހިމުގެ ގުޅުން ދެމެހެއްޓުމަކީ އުމުރު ދިގުވެ، ރިޒުގު ތަނަވަސްވެ، ނުބައި މަރަކުން މަރުވެދިޔުމާއި ދުރުހެލި ކުރައްވާ ކަމެއް ކަމަށް ހުކުރު ޚުތުބާގައި ބުނެފިއެވެ.
18 Aug 2023
ހުޅުމާލޭގައި އާއްމުންގެ ގެތައް 10 ފަންގިފިލާއަށް އިމާރާތް ކުރެވޭގޮތް ހަދައިފި
ހުޅުމާލޭ ގައި އާންމުން ދިރިއުޅޭގެ ތައް 10 ފަންގިފިލާއަށް އިމާރާތް ކުރެވޭ ގޮތަށް ބަދަލު ގެނެސް އެކަން ހުޅުމާލޭގެ ބެލެނިވެރިކަން އޮތް އާބަންކޯ އިން އިއުލާނު ކޮށްފި އެވެ.
18 Aug 2023
ޓޫރިޒަމް ދާއިރާ މުވައްޒަފުންނަށް މުޢިއްޒުގެ މުހިންމު ވަޢުދުތަކެއް!
ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުޢިއްޒުގެ ވެރިކަމެއްގައި، ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ކޮށްދެއްވާނެ ބައެއް ކަންކަން ހާމަކުރައްވައިފިއެވެ.
18 Aug 2023
"އަހަރުގެ މެދުތެރެއިންވެސް އިތުރު އެއް މަހުގެ ޗުއްޓީއެއް ދޭނަން"
ސްކޫލް ޗުއްޓީއެއް އަހަރު މެދުތެރެއިން ވެސް ލިބޭނެ ގޮތް ހަމަޖައްސާނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
17 Aug 2023
އެކަތިގަނޑަކަށްވެ، ޑރ.މުއިއްޒު ހޮއްވެވުމަށް ޔާމީންގެ އިލްތިމާސް
ހުރިހާ ދިވެހި ރައްޔިތުންވެސް އެކަތިގަނޑަކަށްވެ، ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް އިންތިޚާބު ކުރެއްވުމަށް ޕީޕީއެމްގެ ލީޑަރ އަދި ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމް އިލްތިމާސް ކުރައްވައިފިއެވެ.
17 Aug 2023
"ކޯޓުތަކުގެ އިދާރީ ހިންގުން ޖޭއެސްސީ ދަށަށް ގެންދިޔައީ ގާނޫނާ ޚިލާފަށް"
ކޯޓުތަކުގެ އިދާރީ ހިންގުން ޖޭއެސްސީގެ ދަށަށް ގެންގޮސްފައިވަނީ ޤާނޫނުއަސާސީއާއި ޚިލާފަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނު އިޞްލާޙުކޮށްގެން ކަމަށް، ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަހުމަދު ހައިލަމް ވިދާޅުވެއްޖެއެވެ.
17 Aug 2023
ޖޭއެސްސީއަށް ޖުޑިޝަރީއެއް ނުހިންގޭ؛ ސްޕްރީމް ކޯޓު މިއޮތީ ހުއްޓިފައި!
ދިވެހިރާއްޖޭގެ އެންމެ އިސް ކޯޓު، ސްޕްރީމް ކޯޓުގެ ހިންގުން ހުއްޓިފައިވާ ކަމަށް ވިދާޅުވެ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު ނުރުހުން ފާޅުކުރައްވައިފި އެވެ.
17 Aug 2023
މި އިންތިހާބު، ރައީސް ޞާލިހު އެއްބުރުން ނަންގަވާނެ: މާރިޔާ
ސެޕްޓެމްބަރު 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބު، އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު އެއްބުރުން ކާމިޔާބު ކުރައްވާނެ ކަމަށް އެމަނިކުފާނުގެ ކެންޕެއިން ތަރުޖަމާނު، ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.
17 Aug 2023
ބޮޑު ޗުއްޓީއާ ގުޅޭ ރިސޯޓް މުވައްޒަފުންގެ ކަންބޮޑުވުންތައް ހައްލުކުރާނަން
ޕީޕީއެމް، ޕީއެންސީ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމެއްގައި ސުކޫލު ބޮޑު ޗުއްޓީ ކުރިން އޮތް ގޮތަށް އަހަރުގެ ފަހުކޮޅަށް ބަދަލުކޮށްދެއްވާނެކަަމަށް ވެވަޑައިގެންނެވި ވައުދާއި ގުޅިގެން ރިސޯޓް މުވައްޒަފުންގެ ހުރި ކަންބޮޑުވުންތައް ވެސް ހައްލު ކޮށްދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.
17 Aug 2023
ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އިންޓާންޝިޕް ޕްރޮގްރާމެއް
ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް، ހާއްސަކުރެވިގެން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ކުރިއަށްގެންދެވުނު އިންޓާންޝިޕް ޕްރޮގްރާމް ނިންމާލައިފިއެވެ.
17 Aug 2023
ރައީސް ޔާމީންގެ މައްސަލައިގެ ތެރެއަށް ނުވަންނާނަން: އީޔޫ
އިދިކޮޅު ލީޑަރުގެ ގޮތުގައި ހުންނެވި ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމު ގެއަށް ކުރުމަށް ޓަކައި ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ އެހީއަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު އެދިވަޑައިގެންނެވުމުން، އީޔޫ އިން ދެއްވި ޖަވާބު އެ ޖަމިއްޔާއިން ހާމަކޮށްފިއެވެ.
17 Aug 2023
އުކުޅަހު ކައިރީ ސީޕްލޭން ޕްލެޓްފޯމް އެއް އަޅައިދޭނަން: ރައީސް
ސެޕްޓެމްބަރު 9 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވައި ވެރިކަމަށް އިންތިހާބުވެ ވަޑައިގެންފި ނަމަ އއ. އުކުޅަސް ކައިރީ ސީޕްލޭން ޕްލެޓްފޯމް އެއް އަޅައި، އެރަށުގައި ފުލެޓް އަޅުއްވައި ދެއްވާނެ ކަމަށް އެމްޑީޕީީގެ ރިޔާސީ ކެންޑިޑޭޓް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
17 Aug 2023
މުއިއްޒުގެ ވެރިކަމެއްގައި ބޮޑު ޗުއްޓީ ޑިސެމްބަރަށް ބަދަލުކުރަނީ
ޕީޕީއެމް، ޕީއެންސީ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމެއްގައި ސުކޫލު ބޮޑު ޗުއްޓީ ކުރިން އޮތް ގޮތަށް އަހަރުގެ ފަހުކޮޅަށް ބަދަލުކޮށްދެއްވާނެކަަމަށް ވައުދުވެވަޑައިގެންފިއެވެ.
16 Aug 2023
ރައްޔިތުންގެ މަތިން ހަނދާން ނައްތާނަމަ ރައްޔިތުންވެސް ހަނދާންނައްްތާލަންޖެހޭ
ވެރިކަމަށް އައުމަށް ރައްޔިތުންނަށް ވައުދުތަކެއް ވުމަށްފަހު، ވެރިކަން ލިބުމުން ރައްޔިތުންގެ މަތިން ހަނދާން ނައްތާލާ ވެރިންގެ މަތިން ރައްޔިތުންވެސް ހަނދާން ނައްތާލަންޖެހޭ ކަމަށް، ޕީޕީއެމްގެ ނާއިބު ރައީސް، ޣައްސާން ވިދާޅުވެއްޖެއެވެ.
16 Aug 2023
ބޮޑުފޮޅުދޫ ކައުންސިލްގެ ރައީސް އެމްޑީޕީއަށް ސޮއި ކުރައްވައިފި!
އަމިއްލަ ގޮތުން ކައުންސިލްގެ މެންބަރު ކަމަށް އިންތިހާބުވެވަޑައިގެންނެވި އއ. ބޮޑުފުޅަދޫ ކައުންސިލްގެ ރައީސް, ޝުޖާއު އާދަމް, އެމްޑީޕީއަށް ސޮއި ކުރައްވައިފިއެވެ.
16 Aug 2023
ފުލުހުންނާއި ސިފައިން ސިޔާސީ ނުފޫޒުން އެއްކިބާ ކޮށްދޭނަން
ސެޕްޓެމްބަރު 9 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވައި ވެރިކަމަށް އިންތިޚާބުވެވަޑައިގެންފިނަމަ، ދިވެހި ފުލުހުންގެ މުއައްސަސާ އާއި ސިފައިންގެ މުއައްސަސާ ސިޔާސީ ނުފޫޒުން އެއްކިބާ ކޮށްދެއްވާނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
16 Aug 2023
އެމް-ފައިސާ މެދުވެރިކޮށް ލަންދޫ ކައުންސިލަށް ފައިސޭ ދެއްކޭ ގޮތް!
ލަންދޫ ކައުންސިލުން އެމް-ފައިސާ މެދުވެރިކޮށް އެ ކައުންސިލަށް ފައިސާ ދެއްކޭ ގޮތް ހަދައިފިއެވެ.
16 Aug 2023
އިންތިހާބުގައި ކުޅުދުއްފުށިން މެޖޯރިޓީ ލިބޭނީ ޑިމޮކްރެޓްސް އަށް
ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފާއި ކުޅުދުއްފުށީގެ މޭޔަރު މުހައްމަދު އާތިފު ޑިމޮކްރެޓްސް ދޫކުރެއްވި ނަމަވެސް، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެ ސިޓީއިން މެޖޯރިޓީ ނަގާނީ ދަ ޑިމޮކްރެޓްސް އިން ކަމަށް، އެ ޕާޓީގެ ތަރުޖަމާނު އިމްތިޔާޒު ފަހުމީ ވިދާޅުވެއްޖެއެވެ.
16 Aug 2023
"ފިލްމު ކުޅެ، ފުޓުބޯޅަ ކުޅެ ދުވަންވެސް އަޅުގަނޑު ހުންނާނަން"
ވެރިކަން ލިބިވަޑައިގެންފިނަމަ ވެވަޑައިގަންނަވާނީ އެންމެންގެ ރައީސަކަށް ކަމަށާ, ރައްޔިތުންނާއެކު ފިލްމުކުޅެ، ނަށައި، ބޯޅަކުޅެ ދުވަންވެސް ދާނެ ކަމަށް ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބު ވިދާޅުވެއްޖެ އެވެ.
16 Aug 2023
ކެންޕެއިންކުރާނީ ގާސިމްގެ ދިރިއުޅުމުގެ ކަންކަން ކުރިއަށް ގެންދިޔަގޮތަށް!
ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ރިޔާސީ ކެންޕެއިން ކުރިއަށް ގެންދަވާނީ، އެ ޕާޓީގެ ލީޑަރ، ގާސިމް އިބްރާހިމް ގެ ދިރިއުޅުމުގެ ކަންކަން ކުރިއަށް ގެންދެވި ގޮތަށް، ކަމަށް، އެމަނިކުފާނުގެ ސްޕެޝަލް އެޑްވައިޒަރު އަދި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.
16 Aug 2023
"އެމްޑީޕީއަށް ދޭ ވޯޓަކީ އަދާލަތު ވެރިކަމު ދަމަހައްޓަން ދެވޭ ވޯޓެއް"
ވެރިކަންކުރާ މައި ޕާޓީ، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުއަށް ދޭ ވޯޓަކީ ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީ ވެރިކަމުގައި ތިބެން ދޭ ވޯޓެއް ކަމުން އެކަމަށް ވިސްނުމަށް އެމްޑީޕީގެ ކުރީގެ ރައީސް އިބްރާހިމް އިސްމާއީލް (އިބްރާ) އިލްތިމާސް ކުރައްވައިފި އެވެ.
16 Aug 2023
ވިލާ ފައުންޑޭޝަންގެ ސްޓޫޑެންޓް ލޯން މާފުކުރި ލިޔުން ދެނީ!
ވިލާ ގުރޫޕްގެ ޗެއާމަން، ގާސިމް އިބްރާހިމްގެ ހަރަދުގައި މަތީ ތައުލީމަށް ކިޔަވަން ދަރިވަރުންނަށް ދޫކުރި ލޯނު މާފުކުރި ކަމުގެ ލިޔުން ހަވާލު ކުރުމުގެ މަަސައްކަތް ވިލާ ފައުންޑޭޝަނުން ފަށައިފި އެވެ.
16 Aug 2023
"ތިމަން މިއައީ ރައްޔިތުން އެދޭ ކަންކަމާއިގެންނޭ ބުނަން ލަދުނުގަނޭތޯ؟"
ގައުމު އަޅުދާސްތު ކުރި މީހަކު ތިމަންމެން ރައްޔިތުން ގާތަށް މި އަންނަނީ ރައްޔިތުން އެދޭ ކަންކަމާއިގެންނޭ ބުނަން ލަދު ނުގަނޭތޯ ވިދާޅުވެ ޢަލީ ރަމީޒުގެ ބަހުގެ ހަމަލާތަކެއް ދިފާއީ ވަޒީރު މާރިޔާ އަހުމަދު ދީދީ އަށް އަމާޒުކުރައްވައިފިއެވެ.
15 Aug 2023
މުޢިއްޒު ވަޑައިނުގަންނަވާ ރަށްރަށަށް ވަޑައިގެންނެވި ކަމަށް ބުނެފި
އިދިކޮޅު އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓު ޑރ.މުޙައްމަދު މުޢިއްޒު، ބޮޑުތިލަދުންމަތީގެ ބައެއް ރަށްތަކަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން، ވަޑައިނުގަންނަވާ ދެ ރަށެއްގައި ދެއްކެވި ވާހަކަފުޅުތަކެއްކަމަށް ބުނެ ދޮގު ވާހަކަތަކެއް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ކެންޕެއިން ތަރުޖަމާނު ޑިފެންސް މިނިސްޓަރު މާރިޔާ އަޙްމަދު ދީދީ ހައްދަވައިފިއެވެ.
15 Aug 2023
"ރައީސް ޞާލިހަކީ ވައުދު ފުއްދަވާ އޯގާތެރި ވެރިއެއް!"
ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން މާލެ ސަރަޙައްދުން ބަންޑާރަގޯތި ދޫކުރުމަށްޓަކައި ހިންގާ ބިންވެރިޔާ ސްކީމުގެ ދަށުން މާލެ ސަރަޙައްދުން ގޯތި ލިބޭ ފަރާތްތަކަށް ލިބޭ ގޯތި ކަނޑައެޅުމަށްޓަކައި ގުރުއަތު ނަގަން ފެށުމާއި އެކު ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމްގެ ތަޢުރީފް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހަށް އޮއްސާލައިފި އެވެ.
15 Aug 2023
އެމްއެންޑީއެފް އުޅަނދަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގައިފި!
އެމްއެންޑީއެފްގެ އުޅަނދަކާއި ސައިކަލެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.
15 Aug 2023
މުޢިއްޒުއަށް ދަތިކުރަން ޕޯސްޓަރު ހަރުކުރުމުން ހަމަނުޖެހުމަކަށް
ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒު ހއ. ބާރަށަށް ކެންޕެއިނަށް ވަޑައިގެންނެވުމުން އެރަށު އެމްޑީޕީ ސަޕޯޓަރުން އޭނާއަށް ދަތިކުރަން މަސައްކަތް ކުރުމުން ހަމަނުޖެހުން ހިނގައިފި އެވެ.
15 Aug 2023
ގޯތި ލިބޭ މީހުންގެ ގުރު ނަގަން ފަށައިފި!
ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން މާލެ ސަރަޙައްދުން ބަންޑާރަގޯތި ދޫކުރުމަށްޓަކައި ހިންގާ ބިންވެރިޔާ ސްކީމުގެ ދަށުން މާލެ ސަރަޙައްދުން ގޯތި ލިބޭ ފަރާތްތަކަށް ލިބޭ ގޯތި ކަނޑައެޅުމަށްޓަކައި ގުރުއަތު ނެގުން ފަށައިފިއެވެ.
15 Aug 2023
ހޯނޑެއްދޫ އެމްޑީޕީ ޖަގަހަ އަށް ކަޅުތެޔޮ ޖަހައިފި!
ގދ. ހޯނޑެއްދޫގެ އެމްޑީޕީ ހަރުގެއަށް ބަޔަކު ކަޅުޔެތޮ ޖަހައިފިއެވެ.
15 Aug 2023
"ރައީސް، ކޮންމެ ރަށަކަށް ވެސް ދެތިން ފަހަރު ވަޑައިގެންފައިވޭ"
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ދިވެހިރާއްޖޭގެ ކޮންމެ ރަށަކަށްވެސް ދެތިން ފަހަރު ވަޑައިގެންފައިވާ ކަމަށް ވިދާޅުވެ، އެމަނިކުފާނުގެ ކެންޕެއިން ތަރުޖަމާނު އަދި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އިތުރުފުޅު ހައްދަވައިފިއެވެ.
Showing
5821
to
5850
of
8746
results
1
2
...
192
193
194
195
196
197
198
...
291
292