ޚަދީޖާ އަރުފާ
އެސޯސިއޭޓް އެޑިޓަރ
ޚަދީޖާ އަރުފާ
08 May 2023
ޚާރިޖީ ވުޒާރާގައި މަސައްކަތް ކުރެއްވި އާބިދާ ނިޔާވެއްޖެ
ރާއްޖޭގެ ހާރިޖީ ވުޒާރާގައި 40 އަހަރަށް ވުރެ ގިނަ ދުވަހު މަސައްކަތް ކުރެއްވި އާބިދާ އަހްމަދު ނިޔާވެއްޖެއެވެ.
08 May 2023
"ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އިނާޔަތް ޖޫން މަހު ބޮޑުވާނެ"
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެވަޑައިގެންފައިވާ ގޮތަށް އަންނަ ޖޫން މަހުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އިނާޔަތް ބޮޑުވާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު ވިދާޅުވެއްޖެއެވެ.
08 May 2023
"ސަރުކާރުން މަސައްކަތް ކުރަނީ ރައްޔިތުން ކައުންސިލް ދެކެ ރުޅިއަރުވަން"
ރައްޔިތުން ކައުންސިލަށް ކުރާ އިތުބާރު ގެއްލުވާލާ ރުޅިއަރުވަން ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް މާލެ ސިޓީގެ މޭޔަރު ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
08 May 2023
ޗާގޯސް މައްސަލާގައި ސަރުކާރުން ޓްރައިބިއުނަލްގައި ނުކޮށް ދޫކޮށްލި 3 ސުވާލެއް!
ޗާގޯސްގެ ކަނޑުގެ ސަރަހައްދު ބައިކުރިއިރު، ޓްރައިބިއުނަލްގައި ދިވެހި ސަރުކާރުން މުހިންމު ތިން ސުވާލެއް ނުކޮށް ދޫކޮށްލާފައިވާ ކަން ފާހަގަކުރައްވައި އެ ސުވާލުތައް ނުކުރެއްވީ ކީއްވެތޯ ކުރީގެ ބަންޑާރަ ނާއިބު ޑރ. މުހައްމަދު މުނައްވަރު ސުވާލު ކުރައްވައިފިއެވެ.
07 May 2023
ފުއްގިރި މައްސަލަ މަޑުޖައްސާލަން ސުޕްރީމް ކޯޓުން އަންގައިފި
ރ.ފުއްގިރި ކުއްޔަށް ދިނުމާ ގުޅިގެން ކުރީގެ ރައީސް އަބްދުالله ޔާމީނާއި އިތުރު ބަޔަކަށް ދައުވާކުރާ މައްސަލާގެ ޝަރީއަތް ކްރިމިނަލް ކޯޓުން މަޑުޖައްސާލަން ސުޕްރީމް ކޯޓުން އަމުރުކޮށްފި އެވެ.
07 May 2023
"ޢިމްރާންގެ ޝަރީޢަތުގެ ވަގުތު އެބަ ކައިރިވޭ"
ހޯމް މިނިސްޓަރު ޢިމްރާން އަބްދުالله ޝަރީޢަތުގެ މަޖިލީހަށް ހާޒިރުކުރާ ދުވަސް ކައިރިވަމުންދާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު އަދި ޕީޕީއެމްގެ ހަރަކާތު ކޮމިޓީގެ ރައީސް މުހައްމަދު އިސްމާއިލް ވިދާޅުވެއްޖެއެވެ.
07 May 2023
"ނަޝީދުގެ ސެކިޔުރިޓީއަށް ދައުލަތުގެ ބަޖެޓް ހުސްކުރިޔަސް ހިތްހަމައެއްނުޖެހޭނެ"
ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ސެކިޔުރިޓީއަށް ދައުލަތުގެ ބަޖެޓް ހުސްކުރިއަސް އެމަނިކުފާނަށް ތާއީދު ކުރައްވާ ފަރާތްތަކުގެ ހިތްހަމައެއް ނުޖެހޭނެކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް (މަވޯޓާ) ވިދާޅުވެއްޖެއެވެ.
07 May 2023
ފުވައްމުލަކު ސްކޫލްގެ ބާނީ ޢަބްދުލްޙަމީދު ޢަލީދީދީ ނިޔާވެއްޖެ
ފުވައްމުލަކު ސްކޫލްގެ ބާނީ އަދި އެސްކޫލްގެ ކުރީގެ ނާޒިރު ފުވައްމުލަކު ދޫޑިގަން، ލައިޓް ޢަބްދުލްޙަމީދު ޢަލީދީދީ ނިޔާވެއްޖެއެވެ.
07 May 2023
"މި ސަރުކާރުން އިންސާފުގެ ވާހަކަ ނުދެއްކިއްޔާ ދެން ރަނގަޅުވާނީ"
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ބޮމުގެ ހަމަލާ ދެވުނުތާ ދެ އަހަރު ވެފައިވާއިރު، މި އެމްޑީޕީ ސަރުކާރަށް އެމަނިކުފާނަށް އިންސާފު ހޯދައި ދެވިފައިނުވާތީ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު ޢަލީ ހުސައިން ފާޑުވިދާޅުވެއްޖެއެވެ.
07 May 2023
"ނަޝީދަށް އިންސާފު ނުދީ ހިފެހެއްޓުމަކީ ރައީސް ޞާލިހު ބޭނުންވާ ގޮތް"
ކުރީގެ ރައީސް, އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއަށް ދެ އަހަރު ވެފައިވާއިރު، އަދިވެސް އެމަނިކުފާނަށް އިންސާފު ހޯދައިދެވިފައި ނުވާތީ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުالله ކަންބޮޑުވުންފާޅުކުރައްވައިފި އެވެ.
06 May 2023
ޗާލްސް 3 ތަޚުތުގައިވެޑުވުމުގެ އިޙްތިފާލުގައި ރައީސްގެ ދެކަނބަލުން ބައިވެރިވެވަޑައިގެންފި
އިނގިރޭސި ވިލާތުގެ ރަސްގެފާނު ޗާލްސް 3 ވަނަ، ރަސްކަމުގެ ތަޚުތުގައިވެޑުވުމުގެ އިޙްތިފާލުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާ އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ބައިވެރިވެވަޑައިގެންފިއެވެ.
06 May 2023
ފުލުހުންގެ ބަންދުގައި ހުއްޓާ ފިލި މީހާ ފަޅު ތެރެއިން ފެނިއްޖެ
ފުލުހުންގެ ބަންދުގައި ހުއްޓާ ފިލުމާ ގުޅިގެން ހޯދަމުންދިޔަ އއ. ހިމަންދޫ /ދަބުގެ، ޙުސައިން ޝަޙްބާން (25އ) އއ. ރަސްދޫއާ ކައިރީ އޮންނަ ރަށެއްގެ ފަޅުތެރެއިން ފެނިއްޖެއެވެ.
06 May 2023
ޕޭމަންޓު މަތީގައި ގޮނޑި މޭޒު ޖަހައިގެން ވިޔަފާރިކުރުން ހުއްޓާލުމަށް އަންގައިފި
ޕޭމަންޓު މަތީގައި ގޮނޑި މޭޒު ޖަހައިގެން ވިޔަފާރިކުރާ ފަރާތްތަކަށް އެކަން ހުއްޓުވަން އަރބަންކޯއިން އަންގައިފިއެވެ.
06 May 2023
"ޕީޕީއެމްގެ ޓިކެޓް ދެނީ ޗާގޯސް މައްސަލަ އެންމެ ގަދަޔަށް ދައްކާ މީހަކަށް"
ޕީޕީއެމްގެ ރިޔާސީ ޓިކެޓް ދެނީ ޗާގޯސް މައްސަލަ އެންމެ ގަދަޔަށް ދައްކާ މީހަކަށް ކަމަށް އެޕާޓީގެ މެންބަރުން ގަބޫލު ކުރައްވާ ކަމަށް ހޯމް މިނިސްޓަރު ޢިމްރާން އަބްދުالله ވިދާޅުވެއްޖެ އެވެ.
06 May 2023
ޝައިޚުންނާއެކު ޕިކްނިކް ދަތުރެއް އަޅާލަން ބޭނުންތަ؟
ޕީސް ފައުންޑޭޝަނުން މުޅިން އަލަށް ފަށާ ޕްރޮގްރާމް "ޕިކްނިކް ވިތް ޝުޔޫޚް" ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
06 May 2023
"މިނިސްޓަރު ކަމުގައި ދަތުރުތައް ކުރެއްވީ އަމިއްލަ ޖީބުން ޚަރަދު ކުރައްވައިގެންތޯ؟"
ރާއްޖޭގެ ފޮރިން މިނިސްޓަރު ކަމުގައި ދުންޔާ މައުމޫން ހުންނެވިއިރު، ރާއްޖެއިން ބޭރަށް ވިލާތު ވިލާތަށް ކުރެއްވި ދަތުރުތައް ކުރެއްވީ އަމިއްލަ ޖީބުން ޚަރަދު ކުރައްވައިގެންތޯ ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒޭނާ އާދަމް ސުވާލު ކުރައްވައިފިއެވެ.
06 May 2023
"ސަރުކާރުގެ މަގާމުތަކުގައި ތިއްބެވީ ޚިޔާނާތްތެރި މުޖުރިމުން"
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ މި ސަރުކާރުގެ މަގާމުތަކުގައި ތިއްބެވީ ޤައުމާއި ރައްޔިތުންނަށް ޚިޔާނަތްތެރިވެފައިވާ ބޮޑެތި މުޖްރިމުން ކަމަށް ދީނީ ޢިލްމުވެރިޔާ ޝެއިޚް އަބްދުالله ސިފަކުރައްވައިފިއެވެ.
06 May 2023
ސިމްޑީ ރަމަޟާން ޕްރޮމޯޝަންގެ ގްރޭންޑް ލަކީޑްރޯގެ ނަސީބުވެރި ފަރާތްތައް ހޮވައިފި
ސިމްޑީ ރަމަޟާން ޕްރޮމޯޝަންގެ ގްރޭންޑް ލަކީޑްރޯގެ ނަސީބުވެރިން ހޮވައިފި އެވެ.
06 May 2023
އުރީދޫ ފަން ރަން ކުޅުދުއްފުށީގައި ބާއްވައިފި
އުރީދޫ މޯލްޑިވްސްއިން ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އަދި އެންމެ އުފާވެރި ދުވުން، ”އުރީދޫ ފަން ރަން“ ކުޅުދުއްފުށީ ސިޓީގައި ބާއްވައިފިއެވެ.
06 May 2023
ފުލުހުންގެ ހައްޔަރުގައި ހުރި މީހަކު ފިލައިގެން، ހޯދަނީ
އއ. ރަސްދޫ ޕޮލިސް ސްޓޭޝަންގައި ހައްޔަރުކޮށްފައި ހުރި މީހަކު ފިލައިގެން އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފި އެވެ.
04 May 2023
އަރަބިއްޔާ ބާ އިމާރާތުގެ ތަނބުތައް ހަލާކުވެ ކޮންކްރީޓް ފައިބަނީ
ދަރިވަރުންނަށް އެއްވެސް ނުރައްކަލެއް ނެތް ކަމަށް އެޑިޔުކޭޝަން މިނިސްޓަރ ޑރ.ޢާއިޝަތު ޢަލީ ވިދާޅުވި އަރަބިއްޔާ ސުކޫލުގެ ބާ އިމާރާތުގެ ތަނބުތައް ހަލާކުވެ، ކޮންކްރީޓް ތައް ފައިބަން ފަށައިފި އެވެ.
04 May 2023
ސަރުކާރަށް ތާއީދުކުރާ އެމްއާރްއެމްގެ 11 މެންބަރަކު އިސްތިއުފާ ދެއްވައިފި
އެމްއާރްއެމްގެ އެކްސްކޯ މެންބަރުންނާއި، އެ ޕާޓީގެ ނާއިބު ރައީސް އަދި ތަރުޖަމާނު ހިމެނޭހެން، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހަށް ތާއީދު ކުރައްވާ އެޕާޓީގެ 11 މެންބަރަކު ޕާޓީން އިސްތިއުފާ ދެއްވައިފިއެވެ.
04 May 2023
"ނޫސްވެރިކަމުގެ މިނިވަންކަމުގައި ގައުމު ފަހަތައް ސޮއްސާލުމަކީ ހިތާމަހުރި ކަމެއް"
ނޫސްވެރިކަމުގެ މިނިވަންކަމުގެ އިންޑެކްސްގައި ވިދި ވިދިގެން ދެ އަހަރު ރާއްޖެ ފަހަތަށް ސޮއްސާލުމަކީ ހިތާމަ ހުރި ކަމެއް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
04 May 2023
"ބުޅާ ފެސިލިޓީ އަޅާނީ ބުޅާ ނިއުޓާ ކުރުމަށްފަހު ފަރުވާދެވޭ ގޮތަށް"
މާލެސިޓީ ކައުންސިލުން އަޅަން ނިންމާފައިވާ ބުޅާ ފެސިލިޓީ އަޅާނީ ބުޅާ ނިއުޓާ ކުރުމަށްފަހު ފަރުވާދެވޭ ގޮތަށް ކަމަށް މާލެސިޓީ ކައުންސިލުން ހާމަކޮށްފިއެވެ.
03 May 2023
ސަރުކާރާއި އެއްކޮޅަށް ތިބި ޕާޓީގެ މެންބަރުންނާއިއެކު މައުމޫނުގެ ބައްދަލުވުމެއް
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ މި ސަރުކާރާއި އެއްކޮޅަށް ތިބި އެމްއާރްއެމްގެ މެންބަރުންނާއި އެކު އެ ޕާޓީގެ ޒަޢީމް އަދި ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ކުއްލި ބައްދަލުވުމެއް ފަށައިފި އެވެ.
03 May 2023
ވެރިން ރުއްސުމަށް اللهގެ ޝަރީޢަތުގައި ކޮޅުފައިންޖެހި މީހުންނަށް ވާނެގޮތް!
ވެރިންނާއި ބޮޑުން ރުއްސުމަށް الله ސުބުޙާނަހޫވަތަޢާލާގެ ގަވާއިދު ތަކާއި، ގާނޫނު ތަކާއި ޝަރީޢަތުގައި ކޮޅުފައިންޖަހައި، އެ ބޮޑުންނާއި ވެރިން ރުއްސަން އުޅެފިނަމަ، އެބަޔަކީ ވަރަށް ވަރުގަދަ އިންޒާރެއް އެބަޔަކަށް ދެއްވާފައިވާ ބައެއް ކަން ދަންނަން ޖެހޭނެ ކަމަށް އައްޝެއިޚް މުހައްމަދު ޙަލީމް ވިދާޅުވެއްޖެއެވެ.
03 May 2023
އިނގުރައިދޫގައި ވައްކަމާއި ފޭރުމުގެ މައްސަލަ އިތުރުވަނީ
ރ. އިނގުރައިދޫގައި ވަށްކަމާއި ފޭރުމުގެ މައްސަލަތައް އިތުރުވަމުންދާތީ އެ ރަށު ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
03 May 2023
ހައްޖަށް ގެންދަން ބޮޑު އަގު ނަގާ ފަރާތްތަކާމެދު ފިޔަވަޅު އަޅަނީ
1444 ވަނަ އަހަރު ޙައްޖަށް މީހުންގެންދިއުމަށް ހުއްދަދީފައިވާ ބައެއް ކުންފުނިތަކުން ދިވެހިރާއްޖެއިން މީހުން ޙައްޖަށް ގެންދިއުމާގުޅޭ އުސޫލާ ޚިލާފަށް ކަނޑައަޅާފައިވާ އަގަށްވުރެ އިތުރަށް ފައިސާ ނަގަމުންދާ މައްސަލަ އިސްލާމިކް މިނިސްޓްރީން ބަލަން ފަށައިފިއެވެ.
03 May 2023
ރައީސް ޔާމީންގެ މައްސަލައާއި ގުޅިގެން ހުރި ކަންބޮޑުވުންތަކާއިއެކު އިދިކޮޅު ލަންކާއަށް
އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް ރައީސް ޔާމީން އަބްދުލްގައްޔޫމް ގެ މައްޗަށް ކްރިމިނަލް ކޯޓާއި ހައިކޯޓުގައި ކުރިއަށްދާ މައްސަލަތަކާއި ގުޅިގެން ހުރި ކަންބޮޑުވުންތަކާއިއެކު އިދިކޮޅު ލީޑާޝިޕްގެ ދެ ބޭފުޅުން މިއަދު ކޮލޮމްބޯ އަށް ވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ.
03 May 2023
ނޫސްވެރިކަމުގެ މިނިވަންކަމުން ރާއްޖެ 13 ދަރަޖަ ފަހަތަށް
ރިޕޯޓާޒް ވިތައުޓް ބޯޑާސް، (އާރުއެސްއެފް)އިން އަހަރަކު އެއް ފަހަރު ނެރޭ ވޯލްޑް ޕްރެސް ފްރީޑޮމް އިންޑެކްސް ނުވަތަ ނޫސްވެރިކަމުގެ ހާލަތު ދަރަޖަ ކުރާ އިންޑެކްސްގައި ރާއްޖެ 13 ދަރަޖަ ފަހަތަށް ވެއްޓި 100 ވަނައިގައި ހިމެނިއްޖެ އެވެ.