ޚަދީޖާ އަރުފާ
އެސޯސިއޭޓް އެޑިޓަރ
ޚަދީޖާ އަރުފާ
16 Nov 2022
"”ރަބަރު ތައްގަނޑަށް“ ގޮވި މީހުން މިއޮށް ނުކުންނަނީ މުލިއާގެއިން"
ކުރީގެ ރައީސް ރައީސް ޔާމީން އަބްދުލްގައްޔޫމް ގެ ވެރިކަމުގައި، މިހާރުގެ އިދިކޮޅު ޕީޕީއެމަށް މަޖިލީހުގެ މެޖޯރިޓީ ލިބިފައި ވީއިރު، މަޖިލީހަށް ފޮނުވާ ބިލުތައް ސަރުކާރުން ފޮނުވާ ގޮތަށް ”ރަބަރު ތައްގަނޑަށް“ ޖަހާފައި ފާސްކުރި ކަމަށް ބުނެ ފާޑުވިދާޅުވި ބޭފުޅުން، މިހާރު އެ ނުކުންނެވީ މުލިއާގެ އިން ކަމަށް ވިދާޅުވެ، މާލެ ސިޓީ ކައުންސިލްގެ ހުޅުމާލޭ ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ ބައެއް މެންބަރުންނަށް ފާޑުވިދާޅުވެއްޖެއެވެ.
16 Nov 2022
"ދީނީ ޕްރޮގްރާމްތައް ހުށަހެޅުމާ ދީނީ ނަސޭހަތް ދިނުމަކީ ދެކަމެއް"
ދީނީ ޕްރޮގްރާމުތައް ހުށަހެޅުމާއި ދީނީ ނަސޭހަތް ދިނުމަކީ ދެކަމެއް ކަމަށް ރާއްޖޭގެ ފުންނާބު އުސް ދީނީ އިލްމުވެރިޔާ ޑރ ޢަލީ ޒާހިރު ވިދާޅުވެއްޖެއެވެ.
15 Nov 2022
ރައީސް ނަޝީދާއި ގުޅޭ ޝަކުވާތަކާއި އެކު މެންބަރުން ރައީސް ޞާލިހުގެ އަރިހަށް!
ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ޢަމަލު ކުރައްވަމުން ގެންދަވާ ގޮތާއި މެދު ނުރުހުން ފާޅުކޮށް އެކަމުގެ ޝަކުވާ އާއި އެކު، ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ ބައެއް މެންބަރުން ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ އިސް ލީޑަރު އިބްރާހިމް މުހައްމަދު ޞާލިހްއާ މިއަދު ބައްދަލު ކުރައްވައިފި އެވެ.
15 Nov 2022
އަލިފާނުގެ ހާދިސާ ހިނގި ގޭގެ ތެރެއިން މީހެއްގެ ފައިތިލަ ފެނިއްޖެ!
ނޮވެމްބަރު 10 ވަނަ ދުވަހުގެ ރޭ ދަންވަރު އަލިފާނުގެ ހާދިސާ ހިނގި މ. ނިރުފެހިގެއިން މީހެއްގެ ފައިތިލަ ފެނިއްޖެ އެވެ.
15 Nov 2022
ޢަރަބި ބަސް ދަސްކުރަން ބޭނުން ކުދިންނަށް ޚާއްސަ ޕްރޮގްރާމެއް
ކުޑަކުދިންނަށް ޢަރަބި ބަސް އުނގަންނައިދިނުމަށް ޢިލްމު އިންސްޓިޓިއުޓުން ޚާއްސަ ޕްރޮގްރާމެއް ހިންގަން ނިންމައި އެ ޕްރޮގްރާމް ގައި ބައިވެރި ވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
15 Nov 2022
އުރީދޫން، އެމްއެންޑީއެފަށް ޓީވީތަކެއް ހަދިޔާކޮށްފި
ސިފައިންނަށް ވޯލްޑްކަޕް ބެލޭނެ ގޮތް ހަމަޖެއްސުމަށް އުރީދޫ މޯލްޑިވްސްއިން، އެމްއެންޑީއެފަށް ޓީވީތަކެއް ހަދިޔާކޮށްފި އެވެ.
15 Nov 2022
މި ސަރުކަާރުން ދެވަނަ ދައުރެއްގެ ވާހަކަދައްކަން ހެޔޮނުވާނެ: ހަސަން
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ މި ސަރުކާރުން ރައްޔިތުންނަށް އަންގަންޖެހޭ ކަންކަން ނާންގައި، ހައްލު ކުރަންޖެހޭ ކަންކަން ހައްލު ނުކޮށް، ދެވަނަ ދައުރެއްގެ ވާހަކަ ދެއްކެވުމަކީ ކުރަން ހެޔޮވާވަރުގެ ކަމެއް ނޫން ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ހަސަން ލަތީފް ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެއެވެ.
15 Nov 2022
"ބޮޑުތަކުރުފާނު މަގުގައި ސިމެންތި އެޅީ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުން"
މާލެ ސިޓީގެ ބޮޑުތަކުރުފާނު މަގުގެ ތާރުގަނޑުގެ އަޑިން ސްޓެލްކޯއަށް ލޮނުފެން ނެގުމަށް އަޅާފައިވާ ހޮޅިއެއް ލީކުވުމުގެ ސަބަބުން އެ ސަރަހައްދުން ބޮޑު ތަންގަނޑެއް ގަނބައިގަނެފައިވަނިކޮށް ސްޓެލްކޯއިން އެ ހޮޅި މަރާމާތު ކުރުމަށްފަހު މަގުގެ އެތަން އެއްހަމަ ކުރީ މާލެ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުން ކަމަށް އެ ކުންފުނިން ބުނެފިއެވެ.
15 Nov 2022
އަގުހުރި ގިނަ އިނާމުތަކާއިއެކު އެޗްޑީސީގެ ސްމާޓްކޮމް ފެއާ ބާއްވަނީ!
ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަންގެ ސްމާޓް ސިޓީ ބްރޭންޑް ކަމައްވާ ސްމާޓްކޮމްއިން ޑިޖިޓަލް ޕްލެޓްފޯމްތަކަށް ހާއްސަކޮށްގެން ސްމާޓްކޮމް ފެއާއެއް ބޭއްވުމަށް ހަމަޖެހިއްޖެއެވެ.
15 Nov 2022
މުސްކުޅި އަންހެނަކު ރޭޕް ކުރަން މަސައްކަތް ކޮށްފި!
ހދ. ވައިކަރަދޫގައި 81 އަހަރުގެ އަންހެނަކަށް ޖިންސީ ގޯނާ ކޮށް ރޭޕް ކުރަން މަސައްކަތް ކޮށްފިއެވެ.
15 Nov 2022
ޓެކްނިކަލް މައްސަލަ އެއް ދިމާވެ މުޅި ހިޔާފުލެޓް ސަރަހައްދުން ކަރަންޓް ކެނޑިއްޖެ!
ޓެކްނިކަލް މައްސަލަ އެއް ދިމާވެ މުޅި ހިޔާފުލެޓް ސަރަހައްދުން ކަރަންޓް ކެނޑިއްޖެއެވެ.  ސްޓެލްކޯއިން ބުނީ، ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ހިޔާ ޓަވަރުތަކުން ވަނީ ކަރަންޓު ކެނޑިފައިވާ ކަމަށެވެ.  އަދި ކަރަންޓު ކެނޑެން މެދުވެރިވި ސަބަބު ދެނެގަތުމުގެ މަސައްކަތް މިހާރު ކުރެވެމުންދާ ކަމަށްވެސް އެ ކުންފުނިން ބުނެފައިވެއެވެ.
15 Nov 2022
މަޖިލިސް އިއްޔެ ނިއްމާލީ ގަވާއިދާ ހިލާފަކަށް ނޫން: ރައީސް ނަޝީދު
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ އިއްޔެ ނިންމާލީ ގަވައިދާ ހިލާފަށް ނޫން ކަމަށް މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
15 Nov 2022
ރޮޒެއިނާ އަށް އަނިޔާ ކުރަން ގޮވާލާ މައްސަލަ ކުށްވެރިކޮށް އެމްޑީޕީގެ ބަޔާނެއް
އަންހެނުންގެ ރޫހުގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ އިއްޒަތްތެރި މެންބަރުއަށް އިންޒާރުދީ އޭނާއަށް އަނިޔާދިނުމަށް ބައެއްފަރާތްތަކުން ގޮވާލަމުންދާ ކަމަށް ބުނެ، އެ މައްސަލަ ކުށްވެރިކޮށް އެމްޑީޕީން ބަޔާނެއް ނެރެފިއެވެ.
15 Nov 2022
އެމް-ފައިސާ މެދުވެރިކޮށް ޕެޓްރޯލް ޝެޑުތަކުގައި ފައިސާ ދެއްކޭގޮތް ހަދައިފި!
އުރީދޫ މޯލްޑިވްސް އާއި އެފްއެސްއެމް ގުޅިގެން މާލޭގައި ހުންނަ އެފްއެސްއެމް ޕެޓްރޯލް ޝެޑުތަކުން އެމް-ފައިސާ މެދުވެރިކޮށް ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ޕެޓްރޯލަށް ފައިސާ ދެއްކޭނެ އިންތިޒާމް ހަމަޖައްސައިފި އެވެ.
15 Nov 2022
އައު ބާވަތެއްގެ މަސްތުވާއެއްޗެއް އެތެރެކުރަނިކޮށް އަތުލައިގެންފި
ކުރިއަރ މެދުވެރިކޮށް ރާއްޖެއެތެރެކުރަން އުޅުނު މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގަނެފިއެވެ.
15 Nov 2022
ޖެޓްސްކީ ގައި ރާއްޖޭގެ ހުރިހާ ރަށަކަށް ދަތުރު ކުރުމުގެ އެވޯޑު އެޗްޑީސީގެ 2 މުވައްޒަފަކަށް
މޯލްޑިވްސް ޖެޓްސްކީ ޓުއަރ 2021 ނޯތް ޓު ސައުތް" ގެނަމުގައި މޯލްޑިވްސް ވޯޓާ ސޮޕޯޓްސްއިން ކުރި ދަތުރުގައި ބައިވެރިވި އެޗްޑީސީގެ ދެ މުވައްޒަފަކަށް، ގޯލްޑް ކޮއިންގެ ނަމުގައި ޓުއަރިޒަމް މިނިސްޓްރީއިން އެވޯޑް ދެއްވައިފިއެވެ.
14 Nov 2022
"ހައްޔަރުކުރި މީހުން އުޅުނީ އައިއެސް އާއި ގުޅިގެން ގިނަބަޔަކު މަރާލަން"
އައްޑުއާއި މާލެއާއި ކ. ގުރައިދޫގައި ސިފައިންނާއި ފުލުހުން ގުޅިގެން ހިންގި ކައުންޓާ ޓެރަރިޒަމް އޮޕަރޭޝަނުގައި ހައްޔަރު ކުރި މީހުން ރާވަމުންދިޔައީ އިސްލާމިކް ސްޓޭޓް (އައިއެސް) ޖަމާއަތާއި ގުޅިގެން ޓެރަރިސްޓު ހަމަލާއެއްދީ ގިނަ ބައެއްގެ ފުރާނަ ގެއްލުވާލަން ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
14 Nov 2022
ޓެކުސް ބޮޑުކުރުމާ ދެކޮޅަށް ބޭއްވި މުޒާހަރާއިން ތިން މީހަކު ހައްޔަރުކޮށްފި
ރައްޔިތުން އަތުން ނަގާ ޓެކްސް ބޮޑު ކުރުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމާއި ދެކޮޅަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން މަޖިލީހުގެ އިދާރާ ކައިރީ މިއަދު ބޭއްވި މުޒާހަރާގެ ތެރެއިން ތިން މީހަކު ހައްޔަރުކޮށްފިއެވެ.
14 Nov 2022
ސައުދީގެ މިސްކިތް ތަކުގައި އިސްތިސްގާ ނަމާދު ކުރަން އަންގައިފި
ސައުދީ އަރަބިއްޔާގެ މިސްކިތް ތަކުގައި އިސްތިސްގާ ނަމާދު ކުރަން އަންގައިފިއެވެ.
14 Nov 2022
ރައީސް ޔާމީނަށް މަރުހަބާ ދަންނަވަން ދިޔަ މުވައްޒަފަކު ސަސްޕެންޑްކުރި މައްސަލަ!
ކުރީގެ ރައީސް އަދި އިދިކޮޅު ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން އަބްދުލްގައްޔޫމް ދާދިފަހުން އައްޑޫ ސިޓީ އަށް ކުރެއްވި ދަތުރުފުޅުގައި އެމަނިކުފާނަށް މަރުހަބާ ދަންނަވަން ދިޔަ ފެނަކައިގެ މުވައްޒަފަކު ސަސްޕެންޑްކުރި މައްސަލައެއް ފެންމަތިވެއްޖެއެވެ.
14 Nov 2022
ސައްހަނޫން ޑޮލަރު ބޭނުންކޮށްގެން ފޯނެއް ގަންނަން އުޅުނު މީހަކު ހައްޔަރުކޮށްފި
ސައްހަނޫން ޑޮލަރު ބޭނުންކޮށްގެން މަކަރާއި، ހީލަތުން މޯބައިލް ފޯނެއް ގަންނަން އުޅުނު މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
14 Nov 2022
ކޯރަމް ހަމަނުވެގެން ޓެކްސް ބިލަށް ވޯޓަށް އެހޭ ގޮތެއް ނުވި!
މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ބިލު މުޅި މަޖިލީހުގެ ކޮމިޓީން ދިރާސާ ކުރުމަށްފަހު، ބަހުސަށް ހުޅުވާލުމުން ބަހުސް ގައި ބައިވެރިވާނެ މެންބަރެއް ނެތި, މަޖިލީހުގެ ކޯރަމްވެސް ހަމަ ނުވުމުން ކުރިއަށް ނުގެންދެވޭނެ ކަމަށް ވިދާޅުވެއްޖެެއެވެ.
14 Nov 2022
މިއަދު ނުކުމެގެން ދާންޖެހުނަސް ހިތްހަމަޖެހޭ ވަރަށް ކަންތައް ކޮށްދެވިއްޖެ: މަހުލޫފް
މިއަދު ނުކުމެގެން ދާންޖެހުނަސް ވަރަށް ހިތްހަމަޖެހިލައިގެން ހުރެގެން ދެވޭ ވަރަށް ކަންކަން ކޮށްދެވިއްޖެ ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.
14 Nov 2022
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްސަ މައުރަޒު ފަޒުނާ ހުޅުވައިދެއްވައިފި
މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އިން އިންތިޒާމްކޮށްގެން ބާއްވާ "ރިވެލި މަޢުރަޒު 2022" ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ހުޅުއްވައިދެއްވައިފިއެވެ.
14 Nov 2022
ކަނޑުއޮތްގިރީގެ ބަނދަރު މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެ
ކ. ކަނޑު އޮތް ގިރި ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެ ކަމަށް އެމްޓީސީސީ އިން ހާމަކޮށްފި އެވެ.
14 Nov 2022
ރ. ފުޓްސަލްގެ ހަމަނުޖެހުން؛ ޖުމުލަ 16 މީހުންނަށް ފަރުވާ ދިފައިވޭ: ފުލުހުން
އިއްޔެ ހަވީރު ރ. އިނގުރައިދޫގައި ކުޅުނު ރ އަތޮޅު ފުޓްސެލް ފިއެސްޓާ ފައިނަލް މެޗު ހޫނުވެ އެ މެޗުގައި ވާދަކުރި ދުވާފަރާއި އިނގުރައިދޫގެ ސަޕޯޓަރުންގެ މެދުގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެން ޖުމުލަ 16 މީހަކަށް ފަރުވާދީފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
14 Nov 2022
ޓެކްސް ބިލާއި ދެކޮޅަށް އިދިކޮޅުން އިހްތިޖާޖަށް ނުކުންނަނީ!
ރައްޔިތުން އަތުން ނަގާ ޓެކްސް ބޮޑު ކުރުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމާއި ދެކޮޅަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން އިހްތިޖާޖަށް ނުކުންނަން ނިންމައިފިއެވެ.
14 Nov 2022
ރެހެންދި ސުކޫލުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި!
ހުޅުމާލޭގައި ހުންނަ ރެހެންދި ސްކޫލުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
13 Nov 2022
ޝަރީފް އެމްޑީޕީއަށް ސޮއި ކުރައްވައިފި!
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަދި އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ރައީސް އަހުމަދު ޝަރީފް، ވެރިކަން ކުރާ މައިޕާޓީ އެމްޑީޕިއަށް ސޮއި ކުރައްވައިފިއެވެ.
13 Nov 2022
ހައްޔަރު ކުރި ޑީއީޑީގެ ފުލުސް އޮފިސަރު ސަސްޕެންޑް ކޮށްފިން: ފުލުހުން
ދާދި ފަހުން ފުލުހުން ހިންގި އޮޕަރޭޝަނުގައި މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރުކުރި 12 މީހުންގެ ތެރޭގައި ހިމެނޭ ޑީއީޑީގެ ޑްރަގް ސްޓޮކް ބަލަހައްޓާ އޮފިސަރު، ސަސްޕެންޑު ކުރެވިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.