ޚަދީޖާ އަރުފާ
އެސޯސިއޭޓް އެޑިޓަރ
ޚަދީޖާ އަރުފާ
13 Jul 2025
ހައްޖަށްދާން ދައްކާ ފައިސާއިން ޒަކާތް ދައްކަން ޖެހޭނެ: ފަތުވާ މަޖިލިސް
އާންމުން ހައްޖަށް ދިއުމަށް މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑަށް ދައްކާ ފައިސާއިން ޒަކާތް ދައްކަން ޖެހޭނެ ކަމަށް ރާއްޖޭގެ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން ބުނެފި އެވެ.
13 Jul 2025
”ސިވިލް ސޮސައިޓީ އެވޯޑަށް“ ނަން ހުށަހެޅުމުގެ މުއްދަތު އިތުރު ކޮށްފި
ސިވިލް ސޮސައިޓީ އެވޯޑު 2025އަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފިއެވެ.
13 Jul 2025
މާޅޮހުގައި، ނިދާފައި އޮތް އުމުރުން ދޮށީ މީހަކު އަނިޔާވެރިކޮށް މަރާލައިފި
ނިދާފައި އޮއްވައި، އަނިޔާވެރިކޮށް ޒަޚަމްކޮށްލައި، އއ. މާޅޮހުގައި އުމުރުން ދޮށީ މީހަކު ރޭ ދަންވަރު މަރައިލައިފިއެވެ.
11 Jul 2025
ގަދަވަޔާއެކު މާލޭ އޯކިޑް މަގުގައި ހުރި ގަހެއް ވެއްޓި މަގު ބަންދުވެއްޖެ
ގަދަވަޔާއެކު މާލޭ އޯކިޑް މަގުގައި ހުރި ގަހެއް ވެއްޓި މަގު ބަންދުވެއްޖެއެވެ.
11 Jul 2025
ތަޢުލީމާއި ޞިއްހީ ފުރުޞަތުތައް ޒުވާނުންނަށް ހޯދައިދޭނަން: ރައީސް މުޢިއްޒު
އެކަށީގެންވާ ބޯހިޔާވަހިކަން ފޯރުކޮށްދީ، ކުޑަކުދިންގެ ފަރުވާ ހަރުދަނާކޮށް، ތަޢުލީމާއި ޞިއްހީ ފުރުޞަތުތައް ފަހިވެފައިވާ މާޙައުލެއް ޒުވާނުންނަށް ޤާއިމުކުރުމަށް މަސައްކަތްކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
11 Jul 2025
ޖުވާގެ ތެރޭގައި ބެޓުކުރުންވެސް ހިމެނޭ، އެކަމުން ހޯދާ ފައިސާ ޙަރާމް
ޖުވާގެ ތެރޭގައި ކެސިނޯތަކުގައި ކުޅޭ ކުޅިވަރުތަކާއި، އިލެކްޓުރޯނިކު ވަސީލަތެއް ބޭނުންކޮށްގެން ކުޅޭ ކުޅިވަރުތަކާއި، ހަރާދުކިއުން ނުވަތަ ބެޓުކުރުން ހިމެނޭ ކަމަށާ، އެކަން ކޮށްގެން ހޯދާ ފައިސާ އަކީ ޙަރާމް އެއްޗެއް ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.
11 Jul 2025
އަލިފާން ނިއްވަން އުޅުނު ތިން ފުލުހަކަށް ދުމުގެ އަސަރުކޮށްގެން ފަރުވާދެނީ
ހުޅުމާލޭގައި ހުންނަ އެންސިސް ފިޝަރީޒްގެ ގުދަނުގައި ރޭ ރޯވި އަލިފާންގަނޑު ކޮންޓްރޯލް ކުރަމުގެ މަސައްކަތުގައި އުޅުނު ތިން ފުލުހަކަށް ދުމުގެ އަސަރުކޮށްގެން ފަރުވާ ދޭން ފަށައިފި އެވެ.
11 Jul 2025
ލ. ގަމަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި
އަތޮޅު ފެރީގައި ލ. ގަމަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފިއެވެ.
11 Jul 2025
ކަނޑުތައް ވަރަށް ގަދަ، ކޮންމެހެން ކުރަންޖެހޭ ދަތުރެއް ނޫނީ ނުކުރަން އެދިއްޖެ
މޫސުން ގޯސްވެ، ކަނޑުތައްވެސް ވަރަށް ގަދަވެފައިވާތީ، ކަނޑުދަތުރުފަތުރުކުރާ ފަރާތްތަކުން މޫސުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް އެމްއެންޑީއެފުން އިލްތިމާސް ކޮށްފިއެވެ.
11 Jul 2025
އަޑިއަށްދިޔަ ބޯޓުގައި ހުރި ސާމާނު އޮޔާ ދާނެތީ ސަމާލުވާން އެދިއްޖެ
މާލެއިން ފުރައިގެން ލ.ހިތަދޫއަށް ދަތުރުކުރަމުންދަނިކޮށް އިއްޔެ އަޑިއަށްދިޔަ "އޯޝަން އެކްސްޕްރެސް" ބޯޓުގައި ހުރި ބައެއް ސާމާނު އޮޔާ ދާނެކަމަށް ލަފާކުރެވޭތީ، ދަތުރުކުރާ ފަރާތްތަކުން ސަމާލުކަން ދިނުމަށް އެމްއެންޑީއެފުން އިލްތިމާސްކޮށްފިއެވެ.
11 Jul 2025
މާލޭ ގެއަކުން މަސްތުވާތަކެއްޗާއި، 16،000 ރުފިޔާއާއެކު މީހަކު ހައްޔަރުކޮށްފި
މާލޭ ގެއެއް ބަލައި ފާސްކޮށް މަސްތުވާތަކެއްޗާއި، 16،000 ރުފިޔާއާއެކު މީހަކު ހައްޔަރުކޮށްފިއެވެ.
10 Jul 2025
ކުންފުނިތަކަށް އައްޔަން ކުރާ މީހުންގެ ތަޢުލީމާއި ތަޖުރިބާއަށް ބަލަނީ
ސަރުކާރުގެ ކުންފުނިތަކާއި އަދި ސަރުކާރު ބައިވެރިވާ ކުންފުނިތަކާއި، ވިޔަފާރި އުޞޫލުން ހިންގާ ސަރުކާރުގެ ތަންތަނުގެ ބޯޑަށް، ސަރުކާރު ތަމްސީލުކުރާ ފަރާތްތައް ޢައްޔަންކުރުމާއި، ވަކިކުރުމުގައި ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު، ޕީސީބީއިން ޢަމަލުކުރާނެ ގޮތުގެ އުޞޫލު އިސްލާހުކޮށްފި
10 Jul 2025
އިންޑިޔާގައި ބްރިޖެއް ވެއްޓި 15 އަށްވުރެ ގިނަ މީހުން މަރުވެއްޖެ
އިންޑިއާގެ ގުޖުރާތު ސްޓޭޓުގައި ބްރިޖެއް ވެއްޓި 15 އަށްވުރެ ގިނަ މީހުން މަރުވެ، އިތުރު ހަތަރު މީހުން ގެއްލިފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.
10 Jul 2025
ރާއްޖޭގެ ބޮޑު ސަރަހައްދަކަަށް ހުދުސަމާލު ނެރެފި
މޫސުން ގޯސްވެ، ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފި އެވެ.
10 Jul 2025
ބިދޭސީންގެ ނުފޫޒު ގަދަ ވިޔަފާރިތައް ބަލައި ފާސްކޮށް، 31 މީހަކު ހައްޔަރު
ބިދޭސީންގެ ނުފޫޒު ގަދަ ވިޔަފާރިތަކެއް ބަލައި ފާސްކޮށް، ގަވާއިދާ ޚިލާފު 31 މީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.
10 Jul 2025
28 ކައުންސިލަކަށް އެސްޖީ ހޯދަނީ، މުސާރަ 16،000 އިން މަތީގައި
28 ރަށެއްގެ ރަށު ކައުންސިލުގެ އިދާރާތަކުގެ ސެކްރެޓަރީ ޖެނަރަލްގެ މަގާމަށް މީހުން ހޯދަން އިއުލާނު ކޮށްފި އެވެ.
10 Jul 2025
ބަންގްލަދޭޝްގެ ދެ މީހަކު ހޯދަން އިމިގްރޭޝަނުން ނޯޓިސް ނެރެފި
ބަންގްލަދޭޝްއަށް ނިސްބަތްވާ ދެމީހަކު ހޯދުމަށް އިމިގްރޭޝަނުން ނޯޓިސް ނެރެފިއެވެ.
10 Jul 2025
އައު ޓާމިނަލްގެ ޗެކިން ސިސްޓަމް ޓެސްޓިންގ ޓްރަޔަލްއެއް ކުރިއަށް ގެންގޮސްފި
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ފަސިންޖަރު ޓާމިނަލް ހުޅުވުމަށް ވަމުން އަންނަ ތައްޔާރީތަކުގެ ތެރެއިން ދިވެހިރާއްޖޭގެ ގައުމީ އެއާލައިން, މޯލްޑިވިއަންގެ ޗެކިން ސިސްޓަމްތައް ޓެސްޓުކޮށް, ޓްރަޔަލްއެއް ކުރިއަށް ގެންގޮސްފި އެވެ.
09 Jul 2025
ޚަރަދުތައް ކުޑަކުރުމަށް އެމްއައިޓީޑީސީ އުވާލަން މަޖިލީހުން ފާސްކޮށްފި
އާމްދަނީ އިތުރުކޮށް، ޚަރަދުކުޑަކުރުމަށް އިތުރު ގޮތްތަކެއް ހޯދަން މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، އެމްއެމްޕީއާރުސީއަށް އެންގުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
09 Jul 2025
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ދެކުނަށް ހުދު ސަމާލު ނެރެފި
ދެކުނު އަތޮޅުތަކަށް މޫސުން ގޯސްވެ، ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް ހުދު ސަމާލު ނެރެފި އެވެ.
09 Jul 2025
ކެންދޫ ގޮނޑުދޮށަށް މަރުވެފައިވާ ގިނަ އަދަދެއްގެ މުށިމަސް ލައްގަނީ
ބ. ކެންދޫ ފަޅުގައި އޮތް މުށިމަސް އައިނުން ގިނަ އަދަދެއްގެ މަސްތައް މަރުވެގެން ރަށުގެ ގޮނޑުދޮށަށް ލައްގަން ފަށައިފިއެވެ.
09 Jul 2025
ބުރަވެވެނީ އިސްތަށީގައި ކަޅުކުލަޖެއްސުން ހުއްދަ ކަމަށް: ފަތުވާ މަޖިލިސް
ދަލީލުތަކަށް ބަލާ ނަމަ، ބޮޑަށް ބުރަވެވެނީ އިސްތަށިގަނޑުގައި ކަޅުކުލަޖެއްސުމަކީ ހުއްދަ ކަމެއް ކަމުގައި ކަމަށް ދިވެހިރާއްޖޭގެ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން ބުނެފިއެވެ.
09 Jul 2025
ހިޔާލު ހޯދުމުގެ ވޯޓު ނެގުމުގެ ބިލް ބަލައިގަނެ، ދިރާސާ ކުރަން ކޮމިޓީއަށް
އިންތިޚާބުތައް ކުރިއަށްދާ ގޮތް ބަދަލު ކުރުމަށް، ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓަކަށް ދިޔުމުގެ ކުރިން އެފަދަ ވޯޓުތަކާ ގުޅޭ ހާއްސަ ގާނޫނެއް ހެދުމަށްޓަކައި ހުށަހެޅި ބިލް ރައްޔިތުންގެ މަޖިލީހަށް ބަލައިގަނެ ދިރާސާކުރަން ކޮމިޓީއަށް ފޮނުވައިފި އެވެ.
09 Jul 2025
މިމަހުގެ ތެރޭގައި އައިޖީއެމްއެޗްގައި އައިނު ފިހާރަ ހުޅުވަނީ
އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް، އައިޖީއެމްއެޗްގައި މިމަހުގެ ތެރޭގައި އައިނު ފިހާރަ ހުޅުވައި ޚިދުމަތް ދޭން ފަށާނެކަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤް ޙަލީމް ވިދާޅުވެއްޖެއެވެ.
09 Jul 2025
މަގާމާ ހަވާލުވީ، ކަންކަން އިސްލާޙް ކުރަން
ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމާ ހަވާލުވެވަޑައިގެންނެވީ، އެޗްޑީސީއަށް ގެންނަންޖެހޭ އިސްލާޙްތައް ގެންނެވުމަށް ކަމަށާ، އަދިވެސް ބޭނުންވަނީ އެ ކުންފުންޏަށް ޚިދުމަތްކުރައްވަން ކަމަށް، އެމްޑީ މުހައްމަދު މައުރޫފް ޖަމީލް ވިދާޅުވެއްޖެއެވެ.
08 Jul 2025
ބޭރުގެ އިންވެސްޓުމަންޓުތަކަކީ ހަމައެކަނި ޓެކްސް ފައިސާ ހޯދަން އޮންނަ މަގަކަށް ވެގެން ނުވާނެ
ރާއްޖޭގައި ކުރެވޭ ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓްތަކަކީ، ހަމައެކަނި ދައުލަތަށް ޓެކްސް ފައިސާ ހޯދާ އެއްޗަކަށް ވެގެން ނުވާނެ ކަމަށް އިމާރާތް ކުރުމާއި ގެދޮރުވެރިކާމާއި ބިނާރަބެހޭ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބް ވިދާޅުވެއްޖެއެވެ.
08 Jul 2025
ޖޭއެސްސީގެ އާންމު މެންބަރު ކަމުގެ މަގާމަށް 8 ބޭފުޅަކު ކުރިމަތިލައިފި
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ އާންމު މެންބަރުކަމުގެ މަގާމަށް އަށް ބޭފުޅަކު ކުރިމަތިލައްވައިފި އެވެ.
08 Jul 2025
މެއި މަހު ދައުލަތުގެ ބެލުމުގެ ދަށަށް 3 ކުދިން ގެނެވުނު، ޖުމްލަ 148 ކުދިން
މިއަހަރުގެ މެއި މަހު ދައުލަތުގެ ބެލުމުގެ ދަށަށް 3 ކުދިން ނެގިފައިވާ ކަމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ބުނެފިއެވެ. މިއީ 3 އަންހެން ކުދިންނެވެ.
08 Jul 2025
މާފަރު އެއާޕޯޓު ބޮޑު ކުރުމުގެ މަޝްރޫޢު ނިންމާލައިފި
މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްޤީކުރުމުގެ މަސައްކަތް ނިންމައި، ޚިދުމަތް ރަސްމީކޮށް އިފްތިތާޙިކޮށްފިއެވެ.
08 Jul 2025
އޮޅުކޮށްގެން ގެންގުޅުނު ސިންގާއެއް އަންހެނަކާއި ކުޑަދެކުދިންނަށް ހަމަލާދީފި
ޕާކިސްތާނުގެ ޕަންޖާބު ސަރަޙައްދުގައި ޤަވާޢިދާ ޚިލާފަށް ގޭގައި ގެންގުޅުނު ސިންގާއެއް ފިލައިގެން ގޮސް އަންހެނަކަށާއި ދެ ކުޑަކުދިންނަށް ހަމަލާދީފައިވާ މައްސަލައާ ގުޅިގެން، ޤަވާޢިދާ ޚިލާފަށް ގެންގުޅުނު 18 ސިންގާ ދައުލަތަށް ނަގާފައިވާކަމަށް އެ ޤައުމުގެ ކަމާބެހޭ ފަރާތްތަކުން ހޯމަ ދުވަހު ބުނެފިއެވެ.