ޚަދީޖާ އަރުފާ
އެސޯސިއޭޓް އެޑިޓަރ
ޚަދީޖާ އަރުފާ
02 Feb 2024
‏އޭސީސީއިން ނިންމާ ނިންމުމައް އިހްތިރާމް ކުރާނަން
ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރާ 4000 ފުކެޓާ ގުޅިގެން އެންޓި-ކޮރަޕްޝަން ކޮމިޝަން، އޭސީސީން ނިންމާ ނިންމުންތަކަށް އިހްތިރާމް ކުރައްވާނެ ކަމަށް ހައުސިންގ މިނިސްޓަރު ޑރ. ޢަލީ ހައިދަރު އަޙްމަދު ވިދާޅުވެއްޖެއެވެ.
02 Feb 2024
4000 ފުކެޓް ދޫކުރުމުގެ ހުއްދަ ދީފި
ކުރީ ސަރުކާރުން ކުރިއަށް ގެންދިޔަ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރުމަށް އިއުލާންކުރި 4000 ފުލެޓު، ދޫކުރުން ހުއްޓާލުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހައުސިން މިނިސްޓްރީއަށް އެންގި އެންގުން ނިމުމަކަށް ގެނެސްފި އެވެ.
01 Feb 2024
މަދަނީ ޖަމުޢިއްޔާ ތަކުގެ މަހާސިންތާ މިއަދު ފަށަނީ!
20 އަތޮޅުގެ މަންދޫބުންނާއެކު ޖަމިއްޔަތުއް ސަލަފުގެ މަދަނީ ޖަމުޢިއްޔާ ތަކުގެ މަހާސިންތާ މިއަދު ފަށަން ތައްޔާރު ވެއްޖެއެވެ.
01 Feb 2024
ބައްސާމުގެ މައްޗަށް ޚިޔާނާތާއި، މަނީ ލޯންޑްރިންގގެ ދަޢުވާ ކޮށްފި!
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއަށް އެކި ފަރާތްތަކުން ދޭ ފައިސާއަށް އެ އެސޯސިއޭޝަންގެ އިސްވެރިން ޚިޔާނާތްތެރިވެ، އިތުރު ކުށުގެ ޢަމަލުތައް ހިންގާކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ޖިނާއީ ދެ ދަޢުވާއެއް، އެޖަމްޢިއްޔާގެ ރައީސް ބައްސާމް އަދީލް ޖަލީލުގެ މައްޗަށް ހުށަހަޅައިފިއެވެ.
01 Feb 2024
ކާޑު ލިމިޓް އިތުރުކުރުމަށް، ދަރިވަރުންގެ ދަފްތަރެއް އެކުލަވާލަނީ!
ރާއްޖެއިން ބޭރުގައި ތައުލީމު ހާސިލު ކުރަމުންދާ ދަރިވަރުންނަށް ބޭންކް އޮފް މޯލްޑިވްސް (ބީ.އެމް.އެލް) ގެ ކްރެޑިޓްއާއި ޑެބިޓް ކާޑުތަކުގެ ޑޮލަރު ލިމިޓް އިތުރުކުރުމަށްޓަކައި، އެ ދަރިވަރުންގެ ދަފްތަރެއް އެކުލަވާލަން ނިންމައިފިއެވެ.
31 Jan 2024
ފޭސް 1 ގެ ފުލެޓްތަކުގެ ކުލިން ޑިސްކައުންޓެއް
ހުޅުމާލޭ ފުރަތަމަ ފިޔަވާހީގެ ސޯޝަލް ހައުސިންގ ޔުނިޓް ތަކުގެ ކުލީގެ އަދަދުން ކޮންމެ މަހަކުވެސް %20 ޑިސްކައުންޓެއް ދިނުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީން ނިންމައިފިއެވެ.
31 Jan 2024
ބޭރުގެ ސިފައިން، ދިވެހި މަސް ދޯންޏަކަށް އެރުމުން ޝިޔާމްގެ ކަންބޮޑުވުން
ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަހައްދުގައި ވަނިކޮށް ދިވެހި މަަސްދޯންޏަަކަށް އިންޑިޔާގެ ޢަސްކަރިއްޔާގެ ސިފައިން އެރުމުން މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއިބެހޭ ވުޒާރާގެ ވަޒީރު އަހުމަދު ޝިޔާމް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
31 Jan 2024
ނަޝީދު ދިރިއުޅުން ބަދަލުކުރެއްވީ މަޖިލީހަށް އެއްޗެއް ނާންގަވާ!
ރައްޔިތުންގެ މަޖިލީހުގައި މައްޗަންގޮޅި މެދު ދާއިރާ ތަމްސީލްކުރައްވާ، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ރާއްޖެއިން ބޭރަށް ދިރިއުޅުން ބަދަލުކުރެއްވީ މަޖިލީހުގައި އަދާކުރައްވާ ޒިންމާއާ ގުޅޭ ގޮތުން މަޖިލީހަށް ވަކި އެއްޗެއް ނާންގަވާ ކަމަށް އެ އިދާރާ އިން މިއަދު ބުނެފި އެވެ.
31 Jan 2024
ރާއްޖޭގެ މަސްދޯންޏަކަަށް އިންޑިޔާގެ ސިފައިން އަރައިފި!
ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަހައްދުގައި ވަނިކޮށް ދިވެހި މަަސްދޯންޏަަކަށް އިންޑިޔާގެ ޢަސްކަރިއްޔާގެ ސިފައިން އަރައިފިއެވެ.
31 Jan 2024
އައު ދިރާސީ އަހަރު ސުކޫލަށް ވެއްދޭ އުމުރުފުރާ އިއުލާންކޮށްފި!
2024 ވަނަ އަހަރުގެ އައު ދިރާސީ އަހަރުގައި ދަރިވަރުން ސުކޫލަށް ވެއްދޭނެ، އަދި އެއް ސުކޫލުން އަނެއް ސުކޫލަށް ބަދަލު ކުރެވޭނެ އުމުރުފުރާތައް އިއުލާން ކޮށްފިއެވެ.
31 Jan 2024
ގަލޮޅު ދަނޑުގެ ލައިޓިން ސިސްޓަމް މަރާމާތުކުރުން ސިވެކަށް
ގަލޮޅު ދަނޑުގެ ލައިޓިން ސިސްޓަމަށް ދިމާވެފައިވާ މައްސަލައަށް ހައްލުހޯދައި ލައިޓިން ސިސްޓަމް މަރާމަތުކުރުމަށް ސިފައިންގެ ވެލްފެއާ ޕްރައިވެޓް ލިމިޓެޑް (ސިވެކް)އާ ހަވާލުކޮށްފި އެވެ.
31 Jan 2024
ޚުތުބާ އިނގިރޭސި ބަހަށް ތަރުޖަމާކޮށް ލިބޭނެ ގޮތް ހަދައިފި!
ރާއްޖޭގެ ހުކުރު ޚުޠުބާތައް އިނގިރޭސި ބަހަށް ތަރުޖަމާކޮށް، ޗާޕުކޮށް ރާއްޖޭގައި ދިރިއުޅޭ ބޭރު ޤައުމުތަކުގެ މުސްލިމު އަޚުންނާއި އުޚުތުންނަށް ލިބޭ ގޮތް ހަދައިފިއެވެ.
31 Jan 2024
ޝަމީމަށް ދިން ހަމަލާ: ރައީސް ޞާލިހާ ސުވާލު ކުރަނީ!
ޕްރޮސެކިއުޓާ ޖެނަރަލް ހުސައިން ޝަމީމަށް އަމާޒުކޮށް ދެވުނު ހަމަލާއާއި ގުޅިގެން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހާ ސުވާލު ކުރައްވާނެ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވުޒާރާގެ ވަޒީރު ޢަލީ އިޙުސާން ވިދާޅުވެއްޖެއެވެ.
31 Jan 2024
ވަޒީރުން އަލުން އައްޔަނުކުރެއްވުމުން ރަނގަޅު: ޤާސިމް
‏މަޖިލީހުން ރުހުން ނުދިން ތިން ވަޒީރުން އަލުން އެމަޤާމް ތަކަށް ޢައްޔަން ކުރެއްވުމަށް ރައީސުލް ޖުމްހޫރިއްޔާ ނިންމަވާ، އެ ވަޒީރުންގެ ވަޒީރު ކަމުގެ ހުވާކުރެއްވުން ރާއްޖޭގެ ސްޕްރީމް ކޯޓުން ކުރިއަށް ގެންދެވި ގެންދިއުމަކީ ޤާނޫނީ ހުކޫމަތު ދަމަހައްޓަވާ، ޢަދުލުއިންޞާފު ޤާއިމުކޮށްދެއްވާ، ދުސްތޫރީ ހަމަތައް ހިފަހައްޓަވައިދެއްވުމަށް ކުރެއްވެވި، ވަރަށް އަގުހުރި މަސައްކަތްޕުޅެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
30 Jan 2024
މަޖިލިސް ގަވާއިދު ބަދަލު ކުރި މައްސަލަ ސުޕްރީމް ކޯޓަށް
މަޖިލީހުގެ މެންބަރުންގެ އަދަދު ގުނާ ގޮތް ބަދަލު ކުރުމަށް، މަޖިލީހުގެ ގަވާއިދަށް ގެނައި އިސްލާހުގެ މައްސަލަ ސަރުކާރުން ސުޕްރީމް ކޯޓަށް ހުށަހަޅައިފި އެވެ.
30 Jan 2024
ޕްރައިމަރީ އަކާ ނުލައި ޑިމޮކްރެޓްސް ގެ ޓިކެޓް 37 ފަރާތަކަށް!
މާޗުމަހު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި، ޑިމޮކްރެޓްސް ގެ ޓިކެޓްގައި ވާދަކުރުމަށް ބޭނުންވާ ކެންޑިޑޭޓުންނަށް އެ ފުރުސަތު ހުޅުވާލުމުން، އެއްވެސް ވާދަވެރިކަމެއްނެތި، ޕްރައިމަރީ އަކާއި ނުކައި 37 ބޭފުޅުންނަށް ޓިކެޓް ކަށަވަރު ވެއްޖެއެވެ.
30 Jan 2024
މަޖިލިސް ޗަރުކޭސް ދުނިޔޭގެ ލޯތަކަށް؛ މަލާމާތް ރާއްޖެއަށް!
ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒުގެ ކެބިނެޓް ގައި ހިމެނިވަޑައިގަންނަވާ ވަޒީރުންނަށް ރުހުން ދިނުމަށް ދައުރުން ބޭރުން، މިހަފްތާގެ އާދިއްތަ އަދި ހޯމަ ދުވަހު ބޭއްވުނު މަޖިލީހުގެ ޖަލްސާތަކުގައި، މަޖިލިސް މެންބަރުންގެ ފަރާތުން ފެނިވަޑައިގެންނެވި އަޚްލާޤީ މިންގަނޑުން ބޭރު ޢަމަލުތައް މުޅި ދުނިޔެއަށް އިޝްތިހާރުވެ، ގިނަބައެއްގެ މަލާމާތް ރާއްޖެއަށް އަމާޒުވެއްޖެ އެވެ.
30 Jan 2024
ރައީސްގެ ކްރިމިނަލް ޖަސްޓިސް އެޑްވައިޒަރަކަށް މުހުތާޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ކްރިމިނަލް ޖަސްޓިސް އެޑްވައިޒަރަކަށް، ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް މުހުތާޒު މުހުސިން މިއަދު އައްޔަންކޮށްފި އެވެ.
30 Jan 2024
ޓެކްގެ ހަބަކަށް ރާއްޖެ ނުހެދޭ އެއްވެސް ސަބަބެއް ނެތް
ދިވެހި ޒުވާނުންގެ ހުނަރު ހުރި މަސައްކަތް ތަކަށް އިންވެސްޓް ކުރެވިއްޖެ ނަމަ، ޓެކްނޮލޮޖީގެ ދާއިރާގެ މައި ހަބަކަށް ރާއްޖެ ނުހެދޭ އެއްވެސް ސަބަބެއް ނެތް ކަމަށް ޔޫތު މިނިސްޓަރު އިބްރާހީމް ވަހީދު (އަސްވާޑް) ވިދާޅުވެއްޖެ އެވެ.
30 Jan 2024
ރައީސްގެ ވެރިކަން ބަލިކަށި ކުރުން ހިލަފަރުބަދަ ކެޑުން ފަދަ
ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒުގެ ވެރިކަމާއި ތޮޅެ، ވެރިކަން ބަލިކަށި ކުރަން މަސައްކަތް ކުރުމަކީ ހިލަ ފަރުބަދައެއް ކެނޑުން ފަދަ ކަމެއް ކަމަށް، ޕީޕީއެމް/ޕީއެންސީގެ ހަރަކާތު ކޮމިޓީގެ ޗެއާރ މުހައްމަދު އިސްމާއިލް ވިދާޅުވެއްޖެއެވެ.
30 Jan 2024
ލަންކާގައި އުފައްދާ ޕެނަޑޯލްގެ ވައްތަރެއް ނުވިއްކަން އަންގައިފި
ޕެނަޑޯލްގެ ވަކި ވައްތަރެއްގެ ބޭސްގުޅަތަކެއްގެ ކޮލިޓީ އާއި ގުޅޭގޮތުން ތަހުލީލުތަކެއް ކުރަމުންދާތީ، އެ ބޭސް ރާއްޖޭގައި ވިއްކުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މަނާކޮށްފި އެވެ.
30 Jan 2024
ދަނޑުވެރިކަމުގެ ވިޔަފާރި ހަރުދަނާކުރަން ދަނޑުވެރިންނަށް ތަމްރީން
މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގަރާމްގެ ފަރާތުން ޕްރޮޖެކްޓް ކުރިއަށްގެންދާ ރަށްތަކުގެ ދަނޑުވެރިންނަށް އަމާޒްކޮށްގެން ބިޒްނަސް މެނޭޖްމަންޓް އެންޑް އެންޓަރޕްރިނިއަރ ސްކިލްސް ޓްރެއިންގ ޕްރޮގްރާމެއް ފަރުމާކޮށް ހިންގައިދިނުމަށް، މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ އާއި ޕްރައިވެޓް އިންސްޓިޓިއުޝަނެއް ކަމުގައިވާ މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ އާއިއެކު އެއްބަސްވުމެއްގައި ސޮއި ކޮށްފިއެވެ.
30 Jan 2024
ޑިމޮކްރެޓްސް ޕްރައިމަރީ ފޯމުލީ 46 ކެންޑިޑޭޓުން!
މާޗުމަހު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި، ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްކޮށް ހުންނަވައިގެން އުފެއްދި ދަ ޑިމޮކްރެޓްސްގެ ޓިކެޓުގައި ވާދަކުރަން ހުޅުވާލި ފުރުސަތުގައި 41 ދާއީރާއަށް 46 ކެންޑިޑޭޓެއް ވާދަކުރަން ހުށަހަޅާފައިވާކަމަށް އެ ޕާޓީން ބުނެފިއެވެ.
29 Jan 2024
ރުހުން ނުދިން ތިން ވަޒީރުން އަލުން ހުވާ ކުރައްވައިފި!
ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒުގެ ކެބިނެޓް ގައި ހިމެނިވަޑައިގަންނަވާ ވަޒީރުންގެ ތެރެއިން، މަޖިލީހުން ރުހުން ނުދިން ތިން ވަޒީރުން އަލުން މަގާމަށް އައްޔަނު ކުރައްވައި، މަގާމުގެ ހުވާ ކުރައްވައިފި އެވެ.
29 Jan 2024
ރައީސް މުއިއްޒުގެ އިތުބާރު ނެތްކަމަށް ހުށަހަޅަން ފާސްކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން އިދިކޮޅު މައި ޕާޓީ އަދި މަޖިލީހުގެ މެޖޯރިޓީ ޕާޓީ އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުން ފާސްކޮށްފިއެވެ.
29 Jan 2024
ޑރ. ޝަހީމް، އުޝާމް އަދި ޑރ. ހައިދަރަށް ރުހުން ނުދިން
ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒުގެ ކެބިނެޓްގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންގެ ތެރެއިން، އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދާއި، ގެދޮރުވެރިކަމާއި، ބިމާއި ޢުމްރާނީ ތަރައްޤީއާއި ބެހޭ ވުޒާރާގެ ވަޒީރު ޑރ ހައިދަރު ޢަލީގެ އިތުރުން ބަންޑާރަ ނާއިބު އަހުމަދު އުޝާމް އަށް ރުހުން ނުދޭން މަޖިލީހުން ފާސްކޮށްފިއެވެ.
29 Jan 2024
އިންޑިއާއަށް ނިސްބަތްކޮށް ދެއްކި ވާހަކަތަކަށް މަޢާފަށް އެދެންޖެހޭ
އަވައްޓެރި އިންޑިއާއަށް ނިސްބަތްކޮށް ރައީސް ޑރ. މުހައްމަދު މުއިއްޒު މީގެ ދެ ހަފުތާ ކުރިން ދެއްވި ބަހުގެ ހަމަލާތަކަށް، އެގައުމުގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީގެ އަރިހުން މައާފަށް އެދިވަޑައިގަންނަވަން ޖެހޭ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.
29 Jan 2024
ވަޒީރުންނަށް ރުހުން ނުދޭން ނިންމީ މާ ބޮޑަށް ގާބިލް ވީމާ
ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒުގެ ކެބިނެޓްގައި ހިމެނިވަޑައިގަންނަވާ ބައެއް ވަޒީރުންނަށް ރުހުން ނުދިނުމަށް މަޖިލީހުގެ މެޖޯރިޓީ ޕާޓީ އަދި އިދިކޮޅު މައި ޕާޓީ އެމްޑީޕީ އާއި ޑިމޮކްރެޓްސް އިން ނިންމާފައިވަނީ އެ ވަޒީރުން ގާބިލް ނުވެގެން ނޫން ކަމަށް ދާދިފަހުން އެމްޑީޕީ ދޫކުރައްވައި ވެރިކަންކުރާ ޕީއެންސީ އާއި ގުޅިވަޑައިގެންނެވި މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް (މަވޯޓާ ޝަރީފް) ވިދާޅުވެއްޖެ އެވެ.
29 Jan 2024
ވަޒީރުންނަށް ރުހުން ދިނުމުގެ ޖަލްސާ މިއަދު 1 ޖަހާއިރު
ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒުގެ ކެބިނެޓްގައި ހިމެނިވަޑައިގަންނަވާ ވަޒީރުންނަށް ރުހުން ދިނުމާ މެދު ގޮތެއް ނިންމަން ރައްޔިތުންގެ މަޖިލިހުން ބާއްވާ ޖަލްސާ މިއަދު މެންދުރު ފަހު 1:00 އަށް ފަސްކޮށްފިއެވެ.
29 Jan 2024
އެމްޑީޕީ މެންބަރުން ކުރެއްވި ކަމެއް ކުރެއްވީ އަމިއްލަ ދިފާއުގައި
އިއްޔެ މަޖިލީހުގައި ހިނގައިދިޔަ ހަމަނުޖެހުންތަކުގައި، މަޖިލީހުގެ މެޖޯރިޓީ އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުން ބައިވެރިވެވަޑައިގެން ކުރެއްވި ކަމެއް ކުރެއްވީ އަމިއްލަ ދިފާއުގައި މަޖުބޫރު ވެގެން ކަމަށް ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ވިދާޅުވެއްޖެއެވެ.