ޚަދީޖާ އަރުފާ
އެސޯސިއޭޓް އެޑިޓަރ
ޚަދީޖާ އަރުފާ
29 Jan 2024
އިހަވަންދިއްޕޮޅު ތަރައްގީކުރަން ފްރީޒޯން ކުންފުންޏަށް
މެރިޓައިމް ޚިދުމަތްތަކާ އިކޮނޮމިކް ސެކިއުރިޓީއަށް ފޯކަސްކޮށްގެން، ރިއަލް އެސްޓޭޓް، ޓޫރިޒަމް އަދި އެހެނިހެން ވިޔަފާރިތައް ހިމެނޭގޮތަށް އިހަވަންދިއްޕޮޅުގައި ތަރައްޤީކުރާ "މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ" އިންޓަގްރޭޓަޑް މަޝްރޫޢުގެ މާސްޓަރ ޑިވެލޮޕަރއެއްގެ ގޮތުގައި މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯން ޕަބްލިކް ލިމިޓެޑް ހަމަޖެއްސެވުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާއާއެކު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.
28 Jan 2024
ވަޒީރުންނަށް ރުހުން ނުދިނުމަކީ ދެވޭ ބޮޑު އަނިޔާއެއް
ރައްޔިތުން ހޮވާފައިވާ ވެރިޔަކު ކެބިނެޓަށް އައްޔަންކޮށްފައިވާ ވަޒީރުންނަށް މަޖިލީހުން ރުހުން ނުދިނުމަކީ ރައްޔިތުންނަށް ދެވޭ ވަރަށް ބޮޑު އަނިޔާއެއް ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެއެވެ.
28 Jan 2024
އިސްމާޢީލް ހިމެނޭހެން އަދާލަތު ޕާޓީގެ ޓިކެޓް 4 ބޭފުޅުންނަށް!
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޢަދާލަތު ޕާޓީން ވާދަކުރާ ހަތަރު ދާއިރާގެ ޓިކެޓް ލިބިލައްވާ ބޭފުޅުންގެ ނަންތައް އިއުލާންކޮށްފިއެވެ.
28 Jan 2024
މަގާމުތަކަށް އައްޔަނުކުރަނީ ޤާބިލު ބައެއްކަން ކަނޑައެޅުން ވާޖިބު
ސަރުކާރުން ދައުލަތުގެ މަގާމުތަކަށް އައްޔަނުކުރާ ބޭފުޅުންނަކީ އެ ކަމަށް ގާބިލް ބޭފުޅުންކަން ކަށަވަރު ކުރުމަކީ މިއަދު ކޮންމެހެންވެސް ކުރުން ވާޖިބު ކަމެއް ކަމުގައި ހޯރަފުށީ ދާއިރާގެ މެންބަރު އަދި މަޖިލީހުގެ ނާއިބު ރައީސް އަހުމަދު ސަލީމް ވިދާޅުވެއްޖެެއެވެ.
28 Jan 2024
ރުހުން ނުދިނުމަކީ ރައްޔިތުންގެ މަންފާއަށް ހުރަސް އެޅުން
ސަރުކާރެއްގެ ސިޔާސަތު ތަންފީޒުކުރުމަށް އެކުލަވާލާ ވަޒީރުންގެ މަޖިލީހުގެ މެންބަރުންނަށް ރުހުން ނުދިނުމަކީ ރައްޔިތުންގެ މަންފާއަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތަށް ހުރަސް އެޅުން ކަމުށް ވެރިކަންކުރާ ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ބުނެފިއެވެ.
28 Jan 2024
މަޖިލީހުގެ މައިނޯރިޓީ ޕާޓީ އަކަށް، ވެރިކަން ކުރާ ޕީއެންސީ!
ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ޕާޓީއަކީ ސަރުކާރު ހިންގާ މައި ޕާޓީ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ކަމަށް މިއަދު އިއުލާނުކޮށްފިއެވެ.
28 Jan 2024
ވަޒީރުންނަށް ރުހުން ދިނުމުގައި ތަފާތުކޮށް، ޒާތީ ވެގެން ނުވާނެ
ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު އެކުލަވާލައްވާފައިވާ އެމަނިކުފާނުގެ ކެބިނެޓްގެ ވަޒީރުންނަށް ރުހުން ދެއްވުމުގައި ތަފާތު ކުރުން ގެންގުޅުއްވައި، ވަޒީރުންނާއި ޒާތީވުމަކީ، ޑިމޮކްރެޓިކް އުސޫލެއް ނޫން ކަމަށާ، އެފަދައިން ކަން ކޮށްގެން ނުވާނެ ކަމަށް މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ޠާރިގު (ޓޮމް) ވިދާޅުވެއްޖެއެވެ.
28 Jan 2024
ކޮމިޓީން ރުހުންދޭން ނިންމުމުން މަޖިލީހުން އެކަން ކުރަންވާނެ
ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީން ދިރާސާ ކުރުމަށްފަހު، ސަރުކާރުގެ ވަޒީރުންގެ ޝަރުތު ހަމަވާ ކަމަށް ކަނޑައަޅައި، އެ ވަޒީރުންނަށް ރުހުން ދިނުމަށް ނިންމުމުން، މަޖިލީހުގެ ތަޅުމުން އެ ވަޒީރުންނަށް ރުހުން ދޭންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުالله ރިޔާޒް ވިދާޅުވެއްޖެއެވެ.
28 Jan 2024
މޫދަށް އެރިއުޅުނު ޒުވާނެއް ގެނބިގެން ނިޔާވެއްޖެ!
ފުވައްމުލަކުގައި މޫދަށް އެރިއުޅުނު ޒުވާން ފިރިހެނެއް ގެނބިގެން ނިޔާވެއްޖެއެވެ.
28 Jan 2024
ހުރިހާ ވަޒީރުންނަށް ރުހުން ނުދޭން ޑިމޮކްރެޓްސްގެ ނިންމުމެއް!
ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒުގެ މި ސަރުކާރުގެ ކެބިނެޓްގެ ބައެއް ވަޒީރުންނަށް ރުހުން ނުދިނުމަށް ދަ ޑިމޮކްރެޓްސްގެ ޕާލަމެންޓްރީ ގްރޫޕުން ނިންމައިފިއެވެ.
26 Jan 2024
އައިސީޖޭގެ ހުކުމަށް ރައީސް މުޢިއްޒު މަރުހަބާ ދަންނަވައިފި!
ފަލަސްޠީނުގެ ޣައްޒާގައި، އިސްރާއީލުން ހިންގާ ގަތުލުއާންމުގެ އަމަލުތައް ހުއްޓުވުމަށް އެމެޖެންސީ ފިޔަވަޅުތައް އަޅައި، އެ ފަދަ އަމަލުތައް ނުހިނގާކަން ކަށަވަރު ކުރުމަށް، އދ. ގެ އެންމެ މަތީ ކޯޓު، އިންޓަނޭޝަނަލް ކޯޓު އޮފް ޖަސްޓިސް (އައިސީޖޭ) އިން އިސްރާއީލުގެ މައްޗަށް އަމުރުކޮށް ނިންމި ނިންމުމަށް ރައީސުލްޖުމުހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު މަރުހަބާ ދަންނަވައިފިއެވެ.
26 Jan 2024
ޣައްޒާގެ ގަތުލްއާއްމުތައް ހުއްޓުވަން އައިސީޖޭ އިން އަމުރުކޮށްފި
ފަލަސްޠީނުގެ ގާޒާގައި، އިސްރާއީލުން ހިންގާ ގަތުލުއާންމުގެ އަމަލުތައް ހުއްޓުވުމަށް އެމެޖެންސީ ފިޔަވަޅުތައް އަޅައި، އެ ފަދަ އަމަލުތައް ނުހިނގާކަން ކަށަވަރު ކުރުމަށް، އދ. ގެ އެންމެ މަތީ ކޯޓު، އިންޓަނޭޝަނަލް ކޯޓު އޮފް ޖަސްޓިސް (އައިސީޖޭ) އިން އިސްރާއީލުގެ މައްޗަށް މިއަދު އަމުރުކޮށްފިއެވެ.
26 Jan 2024
އުޅަނދުގެ އަދަދު ކަނޑައެޅުމަށް ހުރި ގޮންޖެހުންތައް ހައްލެއް!
ސިޓީ އަދި ރަށު ކައުންސިލުތަކުން ރަށްރަށުގައި ދުއްވޭނެ އުޅަނދުތަކުގެ އަދަދު ކަނޑައެޅުމުގައި، ކުރިމަތިވެފައިވާ ގޮންޖެހުމަށް އެކަށީގެންވާ ޙައްލެއް ހޯދައިދިނުމަށް ދިވެހިރާއްޖޭގެ އެކި ސަރަހައްދުތަކަށް އުޅަނދުގެ އަދަދު ކަނޑައެޅުމާ، އުޅަނދުތަކުގެ އަދަދު ކަނޑައަޅާ ފަރާތްތަކުން އަމަލުކުރަންޖެހޭ ގަވާޢިދަށް ބަދަލު ގެންނަން ސަރުކާރުން ނިންމައިފިއެވެ.
26 Jan 2024
ފަސް ރަށެއްގައި ބެޓެރިން ކަރަންޓުދޭން ފަށަން ސްޓެލްކޯއިން ނިންމައިފި!
ސްޓެލްކޯއިން ކަރަންޓުގެ ޚިދުމަތް ދެމުން އަންނަ ރަށްރަށުގެ ތެރެއިން މަދުވެގެން ފަސް ރަށެއްގައި މި އަހަރުގެ ނިޔަލަށް ބެޓަރިން ކަރަންޓުދޭން ފެށުމަށް ނިންމަވާފައިވާ ކަމަށް މެނޭޖިން ޑިރެކްޓަރު ޙުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.
26 Jan 2024
ރަސްމާލެއަކީ އަޅުގަނޑު ހިޔާލުކޮށްފައި އޮތް މަޝްރޫއެއް: ޔާމީން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ސަރުކާރުން ކުރިއަށް ގެންދަވާ ބޯހިޔާވަހިކަމުގެ އެންމެ ބިޔަ މަޝްރޫޢު، 'ރަސްމާލެ' މަޝްރޫއަކީ، އެ މަނިކުފާނު ވެސް ހިޔާލު ކުރައްވާފައި އޮތް މަޝްރޫއެއް ކަމަށް ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމް ރޭ ވިދާޅުވެއްޖެއެވެ.
26 Jan 2024
އަޞްރުގެ 'އައްޑަނަ' ވޯކްޝޮޕްގައި ބައިވެރިވުމުގެ ފުރުސަތު!
އިސްލާމީ އަޤީދާގެ މައްޗަށް އަލިއަޅުވާލައި، އަލް ޢަސްރުން ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ އައްޑަނަ ވޯކްޝޮޕް ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
26 Jan 2024
ބޭސްފަރުވާއަށް އެހީދެނީ އާސަންދަ އާއި އެންސްޕާއިން: ހީނާ
ބޭސްފަރުވާ ކުރުމަށް އެދި ހުށައަޅާ ފަރާތްތަކަށް އެއޮންނަ އުސޫލުގެ ތެރެއިން އެކަން ހަމަޖައްސައި ދެނީ އެންސްޕާ / އާސަންދައިން ކަމަށާ، އެކޭސްތަކަށް ރައީސުލްޖުމްހޫރިއްޔާ އިރުޝާދު ދެއްވާ އުސޫލެއް ނޯންނަ ކަމަށް އެންސްޕާގެ ސީއީއޯގެ ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
26 Jan 2024
"ތިބާ ރުޅި ނާންނާށެވެ! އޭރުން ތިބާއަށް ސުވަރުގެ ހުށްޓެވެ!"
ރުޅި މަޑުކުރުމުގެ މައްޗަށް އަލިއަޅުވާލައި މިއަދު އިއްވި ޚުތުބާގައި ވަނީ ރަސޫލާ ޞައްލައްالله ޢަލައިހި ވަސައްލަމް ގެ ސުންނަތުގެ އަލީގައި ރުޅިމަޑުކުރުމަށް އިސްލާމްދީން ބާރުއަޅުއްވާފައިވާ މިންވަރަށް އަލިއަޅުވާލާފައެވެ.
26 Jan 2024
އިންޑިއާގެ ޖުމްހޫރީ ދުވަހުގެ ތަހުނިޔާ ރައީސް ފޮނުއްވައިފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އިންޑިއާގެ 75 ވަނަ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި، އިންޑިއާގެ ރައީސަށާއި ބޮޑުވަޒީރަށް ތަހުނިޔާއާ ހެޔޮއެދުންތައް ފޮނުއްވައިފިއެވެ.
26 Jan 2024
މަތީ ތައުލީމަށް ބޭނުންކުރާ ފޮތްތަކުގެ އޯޑިއޯ ރެކޯޑިން ހަދަނީ
މަތީ ތައުލީމު ހާސިލު ކުރާ ލޯފަން ކުދިންނަށް އެހީވުމަށް ޓަކައި، ލައިބްރަރީތަކުގައި ހުރި ފޮތްތަކުގެ އޯޑިއޯ ރެކޯޑިން ހެދުމުގެ މަޝްރޫއެއް ފަށަން އުޅޭ ކަމަށް އިސްލާމީ ކަންކަމާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
25 Jan 2024
ރައީސް ޚާރިޖީ ސިޔާސަތު، ކަމުނުދިޔައީ، ވަކި ގައުމަކަށް ހުސްނުވީމަ
ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒުގެ ޚާރިޖީ ސިޔާސަތު، އިދިކޮޅު އެމްޑީޕީއާ ޑިމޮކްރެޓްސް އަށް ކަމުނުދިޔައީ، މިސަރުކާރުގެ ޚާރިޖީ ސިޔާސަތު ވަކި ގައުމަކަށްގޮސް ހުސްނުވުމުން ކަމަށް ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުالله ވިދާޅުވެއްޖެއެވެ.
25 Jan 2024
ދ. މީދޫއިން ގެއްލިގެން ހޯދަމުން ދިޔަ އަންހެން މީހާ ފެނިއްޖެ
ދ. މީދޫއިން ގެއްލިގެން ހޯދަމުން ދިޔަ ދ. މީދޫ / ދުނބުރިމާގެ، (މިހާރު ދިރިއުޅޭ އެޑްރެސް: ވ. ލަކީސްޕޮޓް) މަރްޔަމް ރާމިޒާ (36އ) ފެނިއްޖެއެވެ.
25 Jan 2024
ރައްޔިތުންގެ ސުވާލުތަކަށް ވަޒީރުން ޖަވާބުދެއްވާ ފޯރަމް މިރޭ!
ރައީސުލްޖުމުހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުން ކުރިއަށްގެންދާ މަސައްކަތްތަކާއި ގުޅޭ މައުލޫމާތު ހިއްސާކޮށް، އެކަންކަމާއި ގުޅިގެން ރައްޔިތުންގެ ހުރި ސުވާލުތަކަށް ޖަވާބު ދެއްވުމަށް ބާއްވާ ވަޒީރުންގެ ފުރަތަމަ ޕަބްލިކް ފޯރަމް، އަހާ މިރޭ ބޭއްވުމަށް ހަމަޖެހިއްްޖެއެވެ.
25 Jan 2024
ދ. މީދޫއިން މީހަކު ގެއްލިގެން ހޯދަނީ
‏ދ. މީދޫ އަށް ނިސްބަތްވާ މީހަކު އެރަށުން ގެއްލިގެން ހޯދަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.
25 Jan 2024
މި ސަރުކާރު ގެނައީ ކުރީ ސަރުކާރުގެ ޚާރިޖީ ސިޔާސަތު ކަމުނުދިޔައީމަ
ދިވެހި ރައްޔިތުން ރައީސުލްޖުމުހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު ގެ މި ސަރުކާރު ގެނައި މައިގަނޑު ސަބަބަކީ ކުރީ ސަރުކާރުން ގެންގުޅު ޚާރިޖީ ސިޔާސަތު ކަމުނުދިޔުން ކަމަށް، ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު ވިދާޅުވެއްޖެއެވެ.
25 Jan 2024
ކަޅުއޮށްފުންމީގެ ނަކަލު މާލެ ގެނެސްފި
ދިވެހި ސަގާފަތާއި ތަރިކަ އާއި ބެހޭ ވުޒާރާއިން, ކަޅުއޮށްފުންމީގެ ނަކަލު ރޭ މާލެ ގެނެސްފިއެވެ.
25 Jan 2024
އެމްޑީޕީ ވޯޓާސް ލިސްޓަށް އަނެއްކާވެސް ޝަކުވާއަށް ހުޅުވާލައިފި
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީ ޓިކެޓްގައި ވާދަކުރާ މެންބަރުން ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީގައި ވޯޓުލެވޭ މީހުންގެ ލިސްޓް އާއްމު ކުރުމާއެކު ހުށަހެޅުނު ޝަކުވާތަކަށް ބަލައި، އަލުން ލިސްޓް އެކުލަވާލައި އަނެއްކާވެސް ޝަކުވާ ހުށައެޅުމުގެ ފުރުޞަތު ހުޅުވައިލައިފިއެވެ.
24 Jan 2024
ދ. ކަނޑިންމަ ރިސޯޓް ކައިރިން ކިނބުލެއް ފެނިއްޖެ!
ދ. އަތޮޅު ކަނޑިންމަ ރިސޯޓް ކައިރިން ކިނބުލެއް ފެނިގެން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ތާޑް ސްކޮޑްރަންގެ ސިފައިން ހަރަކާތްތެރިވެއްޖެއެވެ.
24 Jan 2024
ސިޔާސީ މަގާމުތަކުގެ އަދަދު ވަކި މިންވަރަކަށް ހިފަހަށްޓަނީ
ސިޔާސީ މަގާމްތައް ވަކި މިންވަރަކަށް ހިފެހެއްޓުމަށް ގާނޫނު އަސާސީ އާއި ގާނޫނުތައް އިސްލާހު ކުރުމަށް ޑިމޮކްރެޓްސް އާއި އިދިކޮޅު މައި ޕާޓީ، އެމްޑީޕީން އެއްބަސްވެއްޖެއެވެ.
24 Jan 2024
ޑިމޮކްރެޓްސް އާއި އެމްޑީޕީ މަޖިލީހުގައި އެކުގައި މަސައްކަތް ކުރަނީ!
މިހާރުގެ އިދިކޮޅު މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ، (އެމްޑީޕީ)އާ، އެޕާޓީގެ ސިޔާސަތުތައް ރަނގަޅު ނޫން ކަމަށް ބުނެ، ޕާޓީން ވަކިވެ، ވަކި ޕާޓީއެއް އުފެއްދި، ޑިމޮކްރެޓްސް، މަޖިލީހުގެ ތެރެއިން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެއެވެ.