ޚަދީޖާ އަރުފާ
އެސޯސިއޭޓް އެޑިޓަރ
ޚަދީޖާ އަރުފާ
01 Dec 2023
ޕާކިސްތާނު ބޭސް އުފައްދާ ކުންފުންޏެއް ބޭން ކޮށްފި!
ޕާކިސްތާނުގެ ބޭސް އުފައްދާ ކުންފުންޏެއްކަމަށްވާ ފާމިކްސް ލެބޯޓަރީސް ޕްރައިވެޓް ލިމިޓެޑް އިން އުފައްދާ ބޭސްތަކަކުން ނުރައްކާތެރި ކެމިކަލެއް ފެނިފައިވާތީ އެ ކުންފުނިން ދިވެހިރާއްޖެއަށް ބޭސް އެތެރެ ކުރުން ވަގުތީ ގޮތުން މަނާ ކޮށްފިއެވެ.
01 Dec 2023
ކުރިއަށްވުރެ ރަނގަޅަށް ކަންކަންކުރާ ސަފީރުން ހަމަޖައްސާނަން
މި ސަރުކާރުން ޤައުމަކަށް އާ ސަފީރެއް ހަމަޖައްސާއިރު ކުރިއަށްވުރެ ރަނގަޅަށް ކަންކަން ކޮށްދޭނެ މީހެއް ހަމަޖައްސާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
01 Dec 2023
ތިމާވެށްޓަށް ގެއްލުންދޭ ޕްލާސްޓިކުގެ ބާވަތްތަކުގެ ލިސްޓު
ތިމާވެށްޓަށް ގެއްލުންދޭ ސިންގަލް-ޔޫސް ޕްލާސްޓިކުގެ ބާވަތްތަކުގެ ލިސްޓު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އަލުން ކަނޑައަޅުއްވައިފިއެވެ.
01 Dec 2023
މަސްވެރިންގެ ގޮންޖެހުންތަކަށް ދާއިމީ ހައްލެއް ހޯދާނަން!
ލަސްތަކެއް ނުވެ މަސްވެރިންގެ ގޮންޖެހުންތަކަށް ދާއިމީ ހައްލެއް ހޯއްދަވައި ދެއްވާނެ ކަމަށް މަސްވެރިކަމާއި, ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާގެ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
30 Nov 2023
އަންހެނުންނަށް ކުރާ އަނިޔާއާ ދެކޮޅަށް ޢާޒިމާގެ ޚާއްސަ ފޯރަމެއް!
"ބައިނަލްއަގުވާމީ އަންހެނުންނަށް ކުރާ އަނިޔާ އާއި ދެކޮޅަށް މަސައްކަތް ކުރާ ދުވަސް" ފާހަގަކުރެއްވުމުގެ ގޮތުން، މާލެ ސިޓީ މޭޔަރ ކަމަށް ޕީޕީއެމް/ޕީއެންސީގެ ފަރާތުން ވާދަކުރައްވާ، ކުރީގެ ބަންޑާރަނައިބް އައިޝަތު ޢާޒިމާ ޝަކޫރުގެ ޚާއްސަ ފޯރަމެއް ބާއްވަވައިފިއެވެ.
30 Nov 2023
'ފަން' ހަރަކާތް ތަކާއި އެކު އުރީދޫ ފަން ޑޭ ހުޅުމާލޭގައި ފެށިގެން ކުރިއަށް!
އުރީދޫ ފަން ރަން 2023 އަށް ތައްޔާރު ވުމުގެ ގޮތުން ބާއްވާ 'އުރީދޫ ފަން ޑޭ' މިއަދު ހަވީރު 4:00 ގައި އޮންނާނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.
30 Nov 2023
"މަންޑޭގެ ގޭގައި ހުރި ސެންޓާއި ގަހަނާގެ އަގު 7 މިލިއަނަށް"
ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ހުޅުމާލޭގައި ތަރައްޤީ ކުރަމުންދާ ކޭ-ޕާރކް ރެޒިޑެންސްގެ އެޕާޓްމަންޓްތައް ވިއްކުމުގައި އޮޅުވާލުމާއި، މަކަރާއި ޙީލަތް ހަދާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލާގައި ހިމެނޭ، ކ.މާލެ، މއ.އެރަލްސީ، ޙަސަން މަމްދޫޙު (މަންޑޭ)ގެ ޕެންޓްހައުސްގެ ތެރެއިން ފެނުނު ގަހަނާއާއި، އަތް ދަބަހާއި ސެންޓުގެ އަގު 7 މިލިއަނަށްވުރެ ގިނަ ކަމަށް ޕްރޮސެކިއުޓަރ ޖެނެރެލް (ޕީޖީ) އޮފީހުން ބުނެފިއެވެ.
30 Nov 2023
ޕީއެންސީގެ އެސްޖީ ޝިފާގު އެ ޕާޓީން އިސްތިޢުފާ ދެއްވައިފި
ރާއްޖޭގެ ވެރިކަންކުރާ މައި ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ސެކެރެޓަރީ ޖެނެރަލްގެ މަގާމުގައި ހުންނެވި ކުރީގެ ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޝިފާގު (ހިސްޓޯ) މުފީދު އެ ޕާޓީން އިސްތިއުފާ ދެއްވައިފިއެވެ.
30 Nov 2023
ނަޢީމާ މަރާލި މީހުންގެ މައްޗަށް ކުށް ސާބިތުވާ ވަރަށް ހެކިހުރި
މިއަހަރުގެ އޭޕްރީލް މަހުގެ 7 ވަނަ ދުވަހު ނ. މަނަދޫގައި މަރުވެފައި އޮއްވައި ފެނުނު އެރަށު އަންނާރުމާގެ ނަޢީމާ މޫސާ، މަރާލިކަމަށް ތުހުމަތުކުރެވޭ މީހުންގެ މައްޗަށް ކުށް ސާބިތު ކުރެވޭ ވަރަށް ހެކި ހުރި ކަމަށް ޕްރޮސެކިއުޓަރ ޖެނެރެލް (ޕީޖީ) ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.
30 Nov 2023
ރައީސްގެ "ހަފުތާ 14" އަށް އޮސްޓްރޭލިޔާ ސަފީރުގެ ތައުރީފު
ރާއްޖެއަށް މިހާރުން މިހާރަށްބޭނުންވާ ތަރައްޤީގެ މުހިންމު ޕްރޮގްރާމުތައް ކުރިޔަށްގެންދިއުމަށް މި ސަރުކާރުން އެކުލަވާލާފައިވާ "ހަފުތާ 14" އަށް އޮސްޓްރޭލިޔާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑޭވިޑް ޖަސެޕް، ތަޢުރީފް ކުރައްވައިފިއެވެ.
30 Nov 2023
ޝަރީފް އެއަރޕޯޓުގެ ހާލަތު ދެނަގަތުމުގެ ސައިޓު ވިސިޓެއް!
އެމްއޭސީއެލްގެ އައު މެނޭޖިން ޑިރެކްޓަރު އިބްރާޙިމް ޝަރީފް މުހައްމަދު އެއަރޕޯޓުގެ ހާލަތު ދެނެގަތުމަށް ސައިޓު ވިސިޓެއްކުރައްވައިފިއެވެ.
30 Nov 2023
ރޭވެސް އެކްސިޑެންޓެއް؛ ފަރުވާދެމުންދާ މީހުންގެ ހާލު ސީރިއަސް!
މާލޭގައި ދެ ސައިކަލު ޖެހިގެން ރޭވެސް ނުރައްކާތެރި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށާ އަނިޔާވި ތިން މީހުންގެ ހާލު ސީރިއަސް ކަމަށް ފުލުހުން ބުނެފިއެވެ.
30 Nov 2023
ރައީސް ޑރ. މުޢިއްޒު ދުބާއީއަށް ވަޑައިގެންފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، 28 ވަނަ ކޮންފަރެންސް އޮފް ދަ ޕާޓީސް ޓު ދަ ޔުނައިޓެޑް ނޭޝަންސް ފްރޭމްވަރކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ކޮޕް28) ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ޔުނައިޓެޑް ޢެރެބް އެމިރޭޓްސްގެ ދުބާއީއަށް ވަޑައިގެންފިއެވެ.
29 Nov 2023
އެންސްޕާގެ ސީއީއޯއަކަށް ހީނާ އައްޔަންކުރައްވައިފި
ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)ގެ ޗީފް އެގްޒެކެޓިވް އޮފިސަރ، ސީއީއޯއަކަށް ޕީޕީއެމްގެ ތަރުޖަމާނުގެ މަގާމުގައި ހުންނެވި ހީނާ ވަލީދު އައްޔަންކުރައްވައިފިއެވެ.
29 Nov 2023
ޕީއެންއެފް ވާނީ މި ސަރުކާރުވެސް ދިފާޢު ކުރާ ޕާޓީ އަކަށް
ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމްގެ އައު ޕާޓީ، ޕީޕަލްސް ނެޝަނަލް ފްރޮންޓް، ޕީއެންއެފް ވާނީ އަދުގެ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒުގެ ސަރުކާރުވެސް ދިފާޢުކުރާނެ ޕާޓީ އަކަށް ކަމަށް އެ ޕާޓީ އުފެއްދުމުގައި އިސްވެ ހަރަކާތްތެރިވެވަޑައިގަންނަވާ ރައީސް ޔާމީންގެ އިސް ގާނޫނީ ވަކީލު ޑރ މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.
29 Nov 2023
ޕީއެންއެފް އުފައްދަން ހުއްދަ ދީފި!
ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމް އިސްވެ ހުންނަވައިގެން އުފައްދަވާ އައު ޕާޓީ، ޕީޕަލްސް ނެޝަނަލް ފްރޮންޓް, ޕީއެންއެފް އުފައްދަން އިލެކްޝަންސް ކޮމިޝަނުން ހުއްދަދީފިއެވެ.
29 Nov 2023
އުރީދޫ ފަން ރަން 2023 ގައި ބައިވެރިވުމުގެ ފަހުގެ ފުރުސަތު!
އުރީދޫ ފަން ރަން 2023 އަށް ރެޖިސްޓަރ ވުމުގެ ފުރުސަތު މާދަމާ ރޭ 12 ޖަހާއިރު ބަންދުވާނެކަން އެ ކުންފުނިން ހަނދާން ކޮށްދީފި އެވެ.
29 Nov 2023
ޕޯޓަލް އިން ޖެނެރޭޓްކުރާ މާކުސް، ފަހުން ބަދަލުކޮށްފައި އެބަހުރި
ގެދޮރުވެރިޔާ ޕޯޓަލް މެދުވެރިކޮށް ފުލެޓަށް އެދުނު ފަރާތްތަކަށް ލިބޭ މާކްސް، އެ ޕޯޓަލް އިން "އޮޓޯ އިން ޖެނެރޭޓްކުރާ" ނަމަވެސް، އެއަށްފަހު، އެ މާކްސް ބަދަލުކޮށް ޝަރުތު ހަމަ ނުވާ މީހުން ޝަރުތު ހަމަވެފައިވާ ކަމަށް ކަނޑައަޅާފައިވާ މައްސަލަތަކެއް ފާހަގަވެފައިވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފި އެވެ.
29 Nov 2023
"ތިމާވެށީގެ ނަމުގައި ރައްޔިތުން "ފެލުން" ހުއްޓާލަން އެބަޖެހޭ"
ތިމާވެށީގެ ކަންކަން ރަނގަޅު ކުރުމުގެ ނަމުގައި، ރައްޔިތުންގެ "ޖީބު ފެލުން" ހުއްޓާލަންޖެހޭ ކަމަށް މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑެ) ވިދާޅުވެއްޖެ އެވެ.
29 Nov 2023
މަދަނީ ދިފާޢުގެ ކަންކަމަށް ބޭނުންވާ ތަމްރީނަށް ތުރުކީގެ އެހީ!
ސައިބަރ ސެކިއުރިޓީގެ ދާއިރާއާއި، އަދި ދިވެހިރާއްޖޭގެ މަދަނީ ދިފާޢުގެ ކަންކަމަށް ބޭނުންވާ ތަމްރީނު ދިނުންފަދަ ކަންކަމުގައި އެއްބާރުލުން އިތުރުކުރުމާ ގުޅޭގޮތުން ތުރުކީވިލާތާއެކު މަޝްވަރާކުރައްވައިފިއެވެ.
29 Nov 2023
ތުރުކީގެ މަސްވެރިންނާއި ގުޅުން ބަދަހިކުރުމަށް މަޝްވަރާކޮށްފި!
ރާއްޖެއާއި ތުރުކީވިލާތުގެ މަސްވެރިންނާއި، މަހުގެ ބާވަތްތައް އުފައްދާ ކާރުހާނާތަކުގެ މެދުގައި ގުޅުން ބަދަހިކުރުމާ ބެހޭގޮތުން މަޝްވަރާކުރައްވައިފިއެވެ.
29 Nov 2023
ދިވެހިން ފަލަސްޠީނަށް ކުރާ ތާއީދަށް ބަދަލެއް ނާންނާނެ
ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުތައް ހޯދުމަށް ކުރަމުންދާ މަސައްކަތަށް ތާއިދުކޮށް އެއްބާރުލުންދިނުމުގައި ދިވެހި ރައްޔިތުން އަބަދުވެސް ދެމިތިބޭނެ ކަމަށާއި އަދި ވެދެވެންއޮތް ހުރިހާ އެހީތެރިކަމެއް ދެމުންގެންދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަކުރާރު ކުރައްވައިފިއެވެ.
28 Nov 2023
މަސްވެރިންނަށް ލުއި ފަސޭހަތައް ހޯދުމަށް މަޝްވަރާކޮށްފި!
މަސްވެރިންނަކީ ރަސްމީކޮށް ދައުލަތް ދަންނަ ބަޔަކަށް ހަދައި، ފައިނޭންސިންގް ނިޒާމުގެ ތެރެއިން މަސްވެރިންނަށް ލުއި ފަސޭހަތައް ހޯދައިދިނުމަށް ކުރެވިދާނެ ކަންކަމާ މެދު, ބޭންކް އޮފް މޯލްޑިވްސް, ބީއެމްއެލް އާއެކު މަޝްވަރާކޮށްފިއެވެ.
28 Nov 2023
އާސަންދައިގެ މެނޭޖިން ޑިރެކްޓަރުކަމަށް ޒީނިޔާ!
އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ކުންފުނީގެ އެންމެ ފުރަތަަމަ މުވައްޒަފުގެ ގޮތުގައި ރެޖިސްޓާރ ކުރި ސްޓާފް ކަމަށްވާ އާމިނަތު ޒީނިޔާ މިއަދު ޢައްޔަނުކޮށްފިއެވެ.
28 Nov 2023
ރައީސް މުޢިއްޒަކީ އިލްމުވެރިންނަށް ފުރުސަތު ދެއްވާ ބޭކަލެއްގެ
ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒަކީ އިލްމުވެރިންނަށް ފުރުސަތު ދެއްވާ ބޭކަލެއް ކަމަށް މި ސަރުކާރުގެ އިސްލާމީ ކަންކަމާއި ބެހޭ ވުޒާރާގެ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
28 Nov 2023
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރަކަށް ފަހުމީ
ސްޓެލްކޯގެ އާ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް، އެ ކުންފުނީގެ ޖެނެރަލް މެނޭޖަރުގެ މަގާމުގައި ހުންނެވި ސ. ހިތަދޫ، އަސަރީގެ، ހުސައިން ފަހުމީ އައްޔަންކުރައްވައިފިއެވެ.
28 Nov 2023
ކުރީ ސަރުކާރަށް ކުރި ތުހުމަތުތަކުގެ އިންކުއަރީއެއް ހަދަން އެދިއްޖެ
ނިމިދިޔަ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރަށް އަމާޒުކޮށް ކުރި ތުހުމަތުތަކުގެ ޙަޤީގަތް ދެނެގަނެ، އެކަން ރައްޔިތުންނަށް ހާމަކުރުމުގެ ގޮތުން ޕަބްލިކް އިންކުއަރީއެއް ހިންގުމަށް ގޮވާލާ ޤަރާރެއް ރައްޔިތުންގެ މަޖިލީހަށް ހުށައަޅައިފިއެވެ
28 Nov 2023
ވަޒީރަކަށް މިދިޔަ އަހަރު ފޮނުވި ސުވާލުގެ ޖަވާބު އިއްވުނީ މިއަދުގެ!
ލިޔުމުން ޖަވާބު ހޯދުމަށް އެދި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ އަހުމަދު ޒާހިރަށް މިދިޔަ އަހަރު ފޮނުއްވި ސުވާލުތަކުގެ ޖަވާބުތައް މިއަދުގެ މަޖިލީހުގެ ޖަލްސާގައި އިއްވުމުން ސުވާލު ހުށަހެޅުއްވި މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ނުރުހުން ފާޅުކުރައްވައިފިއެވެ.
27 Nov 2023
ދިވެހިންގެ އެހީގެ ޓްރަކުތައް ޣައްޒާއަށް ވަދެއްޖެ!
ހައްދުފަހަނައަޅާފައިވާ އިސްރާއީލުން ފަލަސްޠީނުގެ ރައްޔިތުންނާއި ދެކޮޅަށް ހިންގަމުންދާ ގަތުލު ޢާއްމު ތަކުގެ ސަބަބުން ހާލުގައި ޖެހިފައިވާ މުސްލިމުންނަށް ދިވެހިންގެ ފަރާތުން ހަދިޔާކުރާ އެހީގެ ތަކެތި ފޯރުކޮށްދިނުމަށް ބަރާ ކޮށްފައިވާ ޓްރަކްތައް ޣައްޒާއަށް ވަދެއްޖެއެވެ.
27 Nov 2023
އުރީދޫ ފަން ރަން ގެ ޕްރިންޓިންގ ޕާޓްނަރަކަށް 'ޕްރިންޓް ލެބް'!
އުރީދޫ ފަން ރަން 2023ގެ ޕްރިންޓިންގ ޕާޓްނަރަކަށް 'ޕްރިންޓް ލެބް' ހަމަޖައްސައިފިއެވެ.