ޚަދީޖާ އަރުފާ
އެސޯސިއޭޓް އެޑިޓަރ
ޚަދީޖާ އަރުފާ
09 Nov 2023
އިންޑިއާ ސިފައިންގެ އަދަދު ނުދޭން ނިންމީ ގޯސްކޮށް
ރާއްޖޭގައި ގާއިމުވެ ތިބި ކަމަށް ބުނާ އިންޑިއާ ސިފައިންގެ އަދަދު ހާމަ ނުކުރުމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ނިންމާފައިވަނީ ރަނގަޅަށް ނޫން ކަމަށް ހައި ކޯޓުން ހުކުމްކޮށްފި އެވެ.
09 Nov 2023
ސްޕެއިން އިން އެމީހުންނާ ގުޅުން ކަނޑާލަން ޖެހޭ
ފަލަސްޠީނުގެ ބިންތަކަށް ގަދަކަމުން ވެރިވެގެން ދިރިއުޅެމުންދާ އިސްރާއީލުގެ ޔަހޫދީން ފަލަސްތީނުގައި ހިންގަމުންދަނީ ގަތުލު ޢާއްމު ކަމަށް ވިދާޅުވެ، ސްޕެއިން އިން އިސްރާއީލާއެކު ޑިޕްލޮމެޓިކް ގުޅުންތައް މިހާރުން މިހާރަށް ކަނޑާލަން ސްޕެއިންގެ ސޯޝަލް ރައިޓްސް މިނިސްޓަރ، އިއޮނޭ ބެލާރާ ގޮވާލައްވައިފިއެވެ.
09 Nov 2023
"ފަލަސްތީނުގެ ދިފާއުގައި މައިދާނަށްވެސް ނުކުންނަން ޖެހޭ"
ފަލަސްޠީނުގެ މިނިވަންކަމަށްޓަމައި ޖިހާދުކުރަމުންދާ ހަމާސްގެ މުޖާހިދުންނާއި އެ ގައުމުގެ އާއްމުން، ނިރުބަވެރި އިސްރާއީލުގެ ސިފައިންނާ ދެކޮޅަށް ކުރަމުންދާ ޖިހާދު ގައި ބައިވެރިވުމުގެ ފުރުސަތު އޮތް ނަމަ، އެ ހަނގުރާމާގައި ބައިވެރިވެ މުސްލިމުންނަށް ނަސްރު ހޯދައިދިނުމަށް ޖިހާދު ކުރުމަކީ ކުރަންޖެހޭ ކަމެއް ކަމަށް މަޝްހޫރު ދީނީ ޢިލްމުވެރިޔާ އައްޝެއިޚު އަހުމަދު ސަމީރު ވިދާޅުވެއްޖެއެވެ.
08 Nov 2023
މިފްކޯގެ އެމްޑީ ވިދާޅުވި ވާހަކަ މިފްކޯއިން ދޮގު ކޮށްފި!
މިފްކޯއަށް ގަންނަމުންދާ މަހުގެ އަގު ރިވިއު ކުރުމަށް ނިންމާފައިވާ ކަމަށް ބުނެ އެ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރ އިސްމާއިލް ފައުޒީ ދެއްކެވި ވާހަކަތައް ދޮގުކޮށް އެ ކުންފުނިން ބަޔާންނެެރެފިއެވެ.
08 Nov 2023
އިންޑިޔާ ސިފައިން ތިބި އަދަދު އައު ސަރުކާރުން ހާމަކުރާނެ
ދިވެހިރާއްޖޭގައި ގާއިމުވެތިބި އިންޑިޔާ ސިފައިންގެ އަދަދު އިންތިޚާބީ ސަރުކާރަށް އެނގުމާއެކު، އާއްމު ރައްޔިތުންނަށް އެކަން ހާމަކުރައްވާނެ ކަމަށް އިންތިގާލީ ތަރުޖަމާނު މުހައްމަދު ފިރުޒުލް ވިދާޅުވެއްޖެއެވެ.
08 Nov 2023
ޕީއެސްއައިޕީ މަޝްރޫޢުގެ މުއްދަތު އިކޮނޮމިކް ކައުންސިލަށް އިތުރުނުކުރެވޭނެ
ދައުލަތުން ކުރިއަށް ގެންދާ ޕީ.އެސް.އައި.ޕީ މަޝްރޫޢު ތަކުގެ މުއްދަތު އިތުރު ކުރުމަކީ އިކޮނަމިކް ކައުންސިލުގެ މެންޑޭޓްގައި ހިމެނޭ ކަމެއް ނޫން ކަމަށާ، އެ ކައުންސިލަށް އެ ބާރު ލިބިފައި ނުވާ ކަމަށް އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ގެ އޮފީހުން ބުނެފިއެވެ.
08 Nov 2023
އެއާޕޯޓު މަޝްރޫއަށް 1.2 ބިލިއަން ޔޫއޭއީން ހަމަޖައްސައިދީފި
އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒުގެ ވަޢުދާއި އެއްގޮތަށް ރާއްޖޭގެ މައި ދޮރާށި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްޤީ ކުރުމުގެ މަޝްރޫޢު ނިންމުމަށް ޔޫއޭއީން 1.2 ބިލިއަން ދިވެހި ރުފިޔާ ދޭން ނިންމައިފިއެވެ.
08 Nov 2023
ޔާމިންގެ އަތުން 5 މިލިޔަން ޑޮލަރު ހޯދަން ކުރި ދައުވާ ކުރިއަށް ނުގެންދެވޭ!
ވ. އާރަށް ކުއްޔަށްދިނުމުގެ މުޢާމަލާތާ ގުޅިގެން ރިޝްވަރު ހިފުމާއި މަނީ ލޯންޑްރިނގްގެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި ކުރީގެ ރައީސް ޢަބްދުالله ޔާމީން ޢަބްދުލްޤައްޔޫމް 5 މިލިއަން ޑޮލަރުން ޖޫރިމަނާކުރުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމާ އެއްގޮތަށް ފައިސާ ނުދައްކާ ކަމަށް ބުނެ ދައުލަތުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ނުބަލަން ނިންމައިފިއެވެ.
08 Nov 2023
"ރައީސް ކަމަށް ކުރިމަތިލީ ޕާޓީ ވެރިކަމާ ހަމައަށް ގެންނަން"
‏ދަ ޑިމޮކްރެޓްސްގެ ރައީސްކަމަށް ވާދަކުރައްވަނީ ކުރިއަށް އޮތް ފަސް އަހަރު ތެރޭ ދަ ޑޮމޮކްރެޓްސް ވެރިކަމާ ހަމަޔަށް ގެނައުމުގެ ތަސައްވަރާއެކު ކަމަށް އެ ޕާޓީގެ ރައީސް ކަމަށް ވާދަކުރައްވާ އެސްޓީއޯގެ ކުރީގެ އެމްޑީ ހުސައިން އަމްރު ވިދާޅުވެއްޖެއެވެ.
08 Nov 2023
މިސަރުކާރުން މަސްވެރިންނާއި އޮޑިވެރިން މަގުމަތިކޮށްފި: މުހުތާޒު
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙުގެ މި ސަރުކާރުން މަސްވެރިންނާއި އޮޑިވެރިން މަގުމަތިކޮށްފައިވާ ކަމަށް ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް މުހުތާޒު މުހުސިން ވިދާޅުވެއްޖެެއެވެ.
08 Nov 2023
ހަނގުރާމަ 3 ދުވަހަށް މެދުކަނޑާލަން ބައިޑެން އެދިއްޖެ
ފަލަސްތީނާ ދެކޮޅަށް ނިރުބަވެރި އިޒްރޭލުން ކުރަމުންދާ ހަނގުރާމަ ތިން ދުވަހަށް މެދުކަނޑާލަން އިޒްރޭލުގެ ނިރުބަވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ކިބައިން އެމެރިކާގެ ރައީސް ޖޯ ބައިޑެން އެދިއްޖެއެވެ.
07 Nov 2023
ޕޮއިންޓު ދިންގޮތް ގޯސްކަމަށް ބުނެ އަޑު ގަދަކުރީ ވަކި ބަޔަކު
މިސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ ދަށުން ކުރިއަށް ގެންދާ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރާ 4000 ފުލެޓް ލިބޭ މީހުން ހޮވުމުގައި ޕޮއިންޓް ދީފައިވާ ގޮތާއިމެދު ނުރުހުން ފާޅުކޮށް އަޑުގަދަ ކޮށްފައިވަނީ 'ވަކި ބަޔަކު' ކަމަށް ހައުސިންގް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވެއްޖެއެވެ.
07 Nov 2023
"އައު ސަރުކާރުން ފިޔަވަޅު އަޅަަން ޖެހޭނެ ކަމެއް ނުކުރަން"
ގެދޮރުވެރިޔާ އަދި ބިންވެރިޔާ ސްކީމުގެ ދަށުން ފުލެޓާއި ގޯތި ދޫކުރުމުގައި، ކަންކަން ކޮށްފައިވާނީ އަންނަން އޮތް ސަރުކާރުވެސް ވަރަށް ހިތްހަމަޖެހޭނެ ގޮތަށް ކަމަށް ހައުސިންގް މިނިސްޓްރީން ބުނެފިއެވެ.
07 Nov 2023
ޕީއެސްއައިޕީ މަޝްރޫޢުތަކުގެ މުއްދަތު އިތުރުކުރަން ނިންމައިފި
ދައުލަތުން ކުރިއަށް ގެންދާ ޕީ.އެސް.އައި.ޕީ މަޝްރޫ ތައް ހިންގުމުގައި ކޮންޓްރެކްޓަރުންނަށް ދިމާވެފައިވާ އެކިއެކި ދަތިތަކަށް ލުޔެއް ހޯދައިދިނުމުގެ ގޮތުން މަޝްރޫޢުތަކުގެ މުއްދަތު 6 މަސްދުވަހާއި ހަމައަށް އިތުރުކުރުމަށް ސަރުކާރުން ނިންމައިފިއެވެ.
07 Nov 2023
މީޑިއާނެޓް މެދުވެރިކޮށް މުޅި ރާއްޖެއަށް ދާރިސް ޓީވީ ލިބޭނެ!
ރާއްޖޭގެ ބައެއް ދީނީ އިލްމުވެރިން އިސްނަންގަވައިގެން ހިންގަވަމުންދާ "ދާރިސް ޓީވީ" މީޑިއާނެޓް މެދުވެރިކޮށް މުޅި ރާއްޖެއަށް ލިބޭ ގޮތް ހަދައިފިއެވެ.
07 Nov 2023
ދިވެހިރާއްޖޭގެ ޤައުމީ ތަރިކައިގެ ދުވަހެއް ފާހަގަކުރަން ނިންމައިފި!
މި އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ ސެޕްޓެންބަރު 12 ވަނަ ދުވަހަކީ ދިވެހިރާއްޖޭގެ ޤައުމީ ތަރިކަ ދުވަހުގެ ގޮތުގައި ފާހަގަކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ކަނޑައަޅުއްވައިފިއެވެ.
07 Nov 2023
ބިންތަކެއް ކުއްޔަށްދޭން އުޅޭ މައްސަލައެއްގައި އޭސީސީން އާބަންކޯއަށް!
ހުޅުމާލޭގެ ބިންތަކެއް ކުއްޔަށް ދޭން އުޅޭ މައްސަލައެއްގައި އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އާބަންކޯ އަށް ވަދެއްޖެ އެވެ.
07 Nov 2023
މިނިވަން މުވައްސަސާތަކުގެ ބޮޑު ގޮންޖެހުމަކީ ބަޖެޓްގެ ތާށިކަން
މިނިވަން އެކިއެކި މުއައްސަސާތަކަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ބަޖެޓުގެ ދަތިކަން ކަމަށް އިންތިހާބީ ރައީސްގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް ވިދާޅުވެއްޖެއެވެ.
07 Nov 2023
ނޮޅިވަރަންފަރު އިސްމެޖިސްޓްރޭޓަށް ސުލޫކީ ފިޔަވަޅު އަޅަނީ
ހދ.ނޮޅިވަރަންފަރު މެޖިސްޓްރޭޓް ޢަލީ އަޙްމަދުގެ ސުލޫކީ މައްސަލައެއް ބަލަން ޖުޑީޝަލް ސަރވިސް ކޮމިޝަން، ޖޭއެސްސީން ނިންމައިފިއެވެ.
07 Nov 2023
ޑރ.ޝަހީމުގެ "އިސްލާމީ ނަޒަރިއްޔާތު" ފޮތް ނެރެފި
ކުރީގެ އިސްލާމިކް އެފެއާޒް މިނިސްޓަރު އަދި އިސްލާމިކް އޮގަނައިޒޭޝަން ފޯ ކަލްޗަރަލް އެންޑް ސިވިލައިޒޭޝަން (އައިއޯސީސީ)ގެ ރައީސް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުގެ 'އިސްލާމީ ނަޒަރިއްޔާތު' ފޮތް ރޭ ނެރެފިއެވެ.
07 Nov 2023
އެންސީޓީސީ އަކީ ލާދީނީ ފިކުރު ފަތުރާ ބައެއް
ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރ، އެންސީޓީސީ އަކީ ލާދީނީ ފިކުރު ފަތުރަން މަސައްކަތް ކުރާ ތަނެއް ކަމަށް ދީނީ ޢިލްމުވެރިޔާ އައްޝެއިޚު އާދަމް ނިޝާން ވިދާޅުވެއްޖެއެވެ.
06 Nov 2023
ވެލާ ކަހަނބަށް މޫދުގައި ކާންދިނުން މަނާކޮށްފި!
ވެލަޔާއި ކަހަނބާ އެކު ފަތައި ފީނާ އުޅޭ އިރު، ފީނާ ނުވަތަ ފަތާ މީހާ އާ އެ އެެެއްޗިއްސާ ދެމެދު ހަފޫޓުގެ ދުރުމިނެއް ބަހައްޓަން ޖެހޭ ގޮތަށް ގަވައިދު ބަދަލުކޮށްފި އެވެ.
06 Nov 2023
އިންތިޚާބީ ރައީސް ޑރ.މުއިއްޒު ޔޫއޭއީ އަށް ވަޑައިގެންފި
އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުޢިއްޒު، އެކުވެރި ޢަރަބި އިމާރާތް (ޔޫއޭއީ) އަށް ވަޑައިގެންފިއެވެ.
06 Nov 2023
ޣައްޒާއަށް ނިއުކުލިއާ ބޮން އަޅަން ބުނި މައްސަލަ ކުށްވެރިކޮށްފި
ފަލަސްތީގެ ގައްޒާއަށް ނިއުކުލިއާ ބޮމެއް އަޅަންޖެހޭކަމަށް އިޒްރޭލުގެ ނިރުބަވެރި ހެރިޓޭޖް މިނިސްޓަރު ބުނި ބުނުން ދިވެހި ސަރުކާރުން ކުށްވެރިކޮށްފިއެވެ.
06 Nov 2023
ނަޝީދުގެ އިތުބާރު ނެތް މައްސަލައިގެ އަޑުއެހުންތައް ފަށައިފި
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރުމުގެ މައްސަލަ މަޖިލީހުގެ ކުރިއަށް ނުދާތީ މަޖިލީހުގެ މެޖޯރިޓީ ޕާޓީ، އެމްޑީޕީން ސްޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ އަޑުއެހުން ފަށައިފިއެވެ.
06 Nov 2023
ކުޑަކުދިންނަށް ޖިންސީގޯނާކުރާ މީހުންގެ ދަފުތަރު ޑިޖިޓައިޒްކޮށްފި
ކުޑަކުދިންނަށް ޖިންސީީގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ ދަށުން، މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސްއިން ޝާއިޢުކުރަންޖެހޭ ކުށްވެރިންގެ ލިސްޓު، ޑިޖިޓައިޒްކޮށް ޝާއިޢުކޮށްފިއެވެ.
06 Nov 2023
ވޯޓަށް ނުފިލާ، ގޮތް ނިންމަން ފުރުސަތުދީ، ނަތީޖާ އެނގޭނީ އޭރުން
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމަށް މަޖިލީހަށް ހުށަހެޅިފައިވާ މައްސަލާގައި މެންބަރުން ދެކޭ ގޮތް ބެއްލެވުމަށް، މެންބަރުންގެ ވޯޓު ނެންގެވުމަށް ހުޅުމާލޭ ދާއިރާގެ މެންބަރު ޢަލީ ނިޔާޒު، ދަ ޑިމޮކްރެޓްސް ގެ ފަރާތުން އެދިވަޑައިގެންފިއެވެ.
06 Nov 2023
ވިނަރެސް އެޕާޓްމެންޓުތައް ވިއްކުން މަޑުޖައްސާލައިފި
އޮންލައިންކޮށް ވިނަރެސްގެ އެޕާޓެމެންޓުތައް ވިއްކަން އިއްޔެ ހުޅުވާލުމާއެކު ޕޯޓަލް އަށް ދިމާވި ޓެކްނިކަލް މައްސަލަތަކާ ގުޅިގެން އެ އެޕާޓްމެންޓުތައް ވިއްކުން މަޑުޖައްސާލައިފި އެވެ.
05 Nov 2023
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ގާނޫނަށް އިސްލާހް ގެނެސްފި
ޤާނޫނު ނަންބަރު 2010/10 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު) އަށް 6 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ތަޞްދީޤު ކުރައްވައިފިއެވެ.
05 Nov 2023
މާލީ ބަޔާން އެއްމަސްތެރޭ ހުށަހަޅަންޖެހޭ އިސްލާހު ތަސްދީގުކޮށްފި
ޤާނޫނު ނަންބަރު 2008/11 (އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު) އަށް 4 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ތަޞްދީޤު ކުރައްވައިފިއެވެ.