ޚަދީޖާ އަރުފާ
އެސޯސިއޭޓް އެޑިޓަރ
ޚަދީޖާ އަރުފާ
29 Oct 2023
"އެމްޑީޕީ މެންބަރުންގެ ފަރާތުން ފެނުނީ ނާޒަތަހުޒީބު ޢަމަލުތަކެއް"
މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ކުރިއަށް ނުގެންދެވޭނެކަން އެންގެވުމާއެކު، މަޖިލީހުގެ މެޖޯރިޓީ ޕާޓީ, މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީގެ މެންބަރުންގެ ފަރާތުން ފެނިގެން ދިޔައީ ވަރަށް ނާތަހުޒީބު ޢަމަލުތަކެއް ކަމަށްބުނެ، އެ ޢަމަލުތައް މަޖިލީހުގެ މައިނޯރިޓީ ޕާޓީ، ޑިމޮކްރެޓްސް އިން ކުށްވެރިކޮށްފި އެވެ.
29 Oct 2023
"ޢާއިލީ ވެރިކަމަށް ފާޑުކީ މީހުން އާއިލީ ވެރިކަން ދިފާއުކުރަނީ"
ޢާއިލީ ވެރިކަމަށް އެންމެ ފާޑުކީ ބޭފުޅުން، ޑިމޮކްރަސީ ފަހަތަށް ޖައްސަވައި، އާއިލީ ވެރިކަން ދިފާއުކުރުމަށް މަޖިލިސް ހުއްޓުވުމަކީ ހުތުރު ނަމޫނާއެއް ކަމަށް ވިދާޅުވެ ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސައިން މަޖިލީހުގެ ނާއިބު ރައީސާ އީވާ އަބްދުالله އާއި އެބޭފުޅާގެ ދެބެންގެ ދެދަރި ބޭބޭފުޅު އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ފާޑުވިދާޅުވެއްޖެއެވެ.
29 Oct 2023
"އީވާ އަކީ މަޖިލީހަށް އެންމެ މަދުން ސަލާމް ބުނި އެކެއް"
ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އީވާ އަބްދުالله، މިއަދުގެ މަޖިލީހުގެ ޖަލްސާއަށް ވަޑައިނުގެން ސަލާމް ފޮނުއްވުމުން ކުރެވެމުންދާ ތުހުމަތު ތަކާއި ފާޑުކިޔުންތަކަށް ދަ ޑިމޮކްރެޓްސް ގެ ޕީޖީ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެންބަރު ޢަލީ ޢާޒިމް ރައްދު ދެއްވައިފި އެވެ.
29 Oct 2023
ކަނޑު ގަދަވާނެ ކަމަށް ލަފާކޮށް ދެކުނަށް ހުދު ސަމާލު ނެރެފި!
ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ ދެކުނުގެ އަތޮޅުގެ ރަށްތަކަށް ހުދު ސަމާލު ނެރެފި އެވެ.
29 Oct 2023
"ޕީޕީއެމް/ޕީއެންސީ އަންހެން މެންބަރުންނަށް ޕާޓީން އެލަވަންސްއެއް"
ޕީ.ޕީ.އެމް/ޕީ.އެން.ސީ އިން މަޖިލީހަށް ހޮވޭ ކޮންމެ އަންހެން މެންބަރަކަށް މަޖިލީހުން ލިބޭ މުސާރަޔާއި އެލަވަންސްގެ އިތުރުން ޕާޓީއިން ޚާއްސަ އެލަވަންސެއް ދޭގޮތަށް ހަމަޖައްސަން މަސައްކަތް ކުރައްވާނެ ކަމަށް އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
29 Oct 2023
ފަލަސްތީން ފަންޑަށް މިހާތަނަށް 23 މިލިއަނަށްވުރެ ގިނަ ރުފިޔާ!
ހައްދުފަހަނައަޅާފައިވާ އިސްރާއީލުގެ ސިފައިން ފަލަސްތީނަށް ދެމުން ގެންދާ ހަމަލާތަކާއި ގުޅިގެން ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް އެހީވުމަށް އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) ހުޅުވި ފަންޑަށް މިހާތަނަށް 23 މިލިއަނަށްވުރެ ގިނަ އަދަދަކަށް ފައިސާ ލިބިފައިވާ ކަމަށް އައިއޭސީން ބުނެފިއެވެ.
27 Oct 2023
މިނިވަން ފަލަސްޠީނުގެ ދައުލަތެއް ޤާއިމުކުރަން އެއްބާރުލުންދޭނެ"
ފަލަސްޠީނުގެ މިނިވަން ދައުލަތެއް ޤާއިމުވެ އެ ގައުމުގެ ވެރިރަށަކީ ޤުދުސް ކަމުގައި ހެދުމަށް ދިވެހިރާއްޖެއިން ދޭންޖެހޭ ހުރިހާ އެއްބާރުލުމެއް ކުރިއަށް އޮތް ތަނުގައި ދެމުންދާނެކަމަށް އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
27 Oct 2023
ޣައްޒާ އިން އިންޓަނެޓު ކަނޑާލައި ވަރުގަދަ އަށް ބޮން އަޅަނީ!
ފަލަސްޠީނުގެ ޣައްޒާގައި ޔަހޫދީން ހިންގަމުންދާ ގަތުލު ޢާއްމު އަނެއްކާވެސް އެހެން ހަރުފަތަކަށް ގެންދިޔުމަށް، ޣައްޒާއަށް ދެމުންދާ އިންޓާނެޓްގެ ޚިދުމަތް މެދުކަނޑާލައި ވަރުގަދައަށް ބޮން އަޅަން ފަށައިފިއެވެ.
27 Oct 2023
ނަޝީދު މަގާމުން ދުރުކުރުން ހުއްޓުވަން ކުރެވޭނީ ދެކަމެއް
ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުން، ރައީސް މުހައްމަދު ނަޝީދު ދުރު ކުރުން ހުއްޓުވަން ޑިމޮކްރެޓްސް އަށް ކުރެވޭނީ ދެ ކަންތައް ކަމަަށާ އެ ދެ ކަންވެސް ހައްލު ކުރާނެ ގޮތް އެނގޭ ކަމަށް ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒް ވިދާޅުވެއްޖެ އެވެ.
27 Oct 2023
އަޤްޞާ މިސްކިތަށް ހުކުރު ކުރަން ވަދެވުނީ މަދު ބަޔަކަށް!
ހައްދުފަހަނައަޅާފައިވާ އިސްރާއީލުގެ ޔަހޫދީ ސިފައިން، ފަލަސްޠީނުގައިވާ މުގައްދަސް ބިނާ ކަމުގައިވާ އަލް މަސްޖިދުލް އަޤުޞާ އަށް ހުކުރު ކުރަން މުސްލިމުން ވަނަ ނުދީ ހުރަސް އަޅައިފިއެވެ.
27 Oct 2023
ހުރިހާ ގައުމަކާ އެކުވެސް ގުޅުން ބަދަހި ކުރާނަން: މުޢިއްޒު
އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒަކީ "ޕްރޯ ޗައިނާ" ސިޔާސަތު ގެންގުޅުއްވާ ބޭފުޅެއް ނޫން ކަމަށާ، އެމަނިކުފާނު މަސައްކަތް ކުރައްވާނީ ހުރިހާ ގައުމަކާއި ގުޅިގެން ކަމަށް ވިދާޅުވެއްޖެއެވެ.
27 Oct 2023
އިޒްރޭލަށް ޖާސޫސްކޮށްދިން އިންޑިއާ ބަޔަކު މަރަން ހުކުމެއް
އިޒްރޭލަށް ޖާސޫސްކޮށްދިން ކަމުގެ ކުށް ސާބިތުވި އިންޑިއާގެ އަށް މީހަކަށް ގަތަރުން މަރުގެ ހުކުމް އިއްވައިފި އެވެ.
27 Oct 2023
މުއުމިނުންނަކީ ބަސްމަގު ރިވެތި، ހިތްސާފު މީހުން: ޚުތުބާ
މުއުމިނުންނަކީ ބަސްމަގު ރިވެތި، ހިތްސާފު މީހުން ކަމުގައި މިއަދުގެ ހުތުބާގައި ބުނެފި އެވެ.
27 Oct 2023
މފަލަސްޠީނަށް އެހީވުމަށް ފަންޑް ރެއިޒިން އިވެންޓެއް މިއަދު!
އިސްރާއީލުން ފަލަސްޠީނަށް ދެމުން ގެންދާ ޢުދުވާނީ ހަމަލާތަކާއި ގުޅިގެން ހާލުގައި ޖެހިފައިވާ މުސްލިމުންނަށް އެހީވުމަށް ފަންޑް ރެއިޒިން އިވެންޓެއް މިއަދު ހަވީރު ބޭއްވުމަށް ހަމަޖެހިއްްޖެއެވެ.
27 Oct 2023
ދަޢުލަތުން އުޅެނީ ޝަރުޢީ އަދި ގާނޫނީ ބައްޕަ ތަޢާރަފް ކުރަން
ޕްރޮސެކިއުޓާ ޖެނަރަލް ނުވަތަ ދައުލަތުން "ޝަރުޢީ ބައްޕަ" އާއި "ގާނޫނީ ބައްޕަ" އެއް ތަޢާރަފް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ބުނެ، ހައިކޯޓުގެ ފަނޑިޔާރުން ނުރުހުން ފާޅުކުރައްވައިފިއެވެ.
27 Oct 2023
ރެސިޕީ: އެޕަލް އެންޑް ޑްރައިޑް ފުރުޓް ސްމޫތީ
މިއަދު ވޮއިސްގެ ބަދިގެއިން މި ގެނެސްދެނީ އެޕަލް އެންޑް ޑްރައިޑް ފުރުޓް ސްމޫތީ ތައްޔާރުކުރާނެ ގޮތެވެ. މިއީ ހަކުރު ނާޅާ ތައްޔާރު ކޮށްލުމުން މީރު ވާނެ، އަދި ބަނޑުހައި ނުވެ ގިނަ ވަގުތު ހުރުމަށް އެހީވެދޭނެ ބުއިމެކެވެ.
26 Oct 2023
ޕީޕީއެމް/ޕީއެންސީގެ ފަރާތުން ހިންނަވަރު ގޮނޑިއަށް ސަލާމް!
އަބްދުއް ސަލާމް މޫސާ
26 Oct 2023
ޓީޝާޓެއް ގަނެލައިގެން ފަލަސްޠީނަށް އެހީވުމުގެ ފުރުސަތު
"ކިންގް ސްޕޯޓްސް" ގެ ފަލަސްތީނާއިއެކު ދިވެހީން ވާކަން އަންގައިދޭ ޓީޝާޓެއް ގަނެލައިގެން ފަލަސްޠީނަށް އެހީވުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށް އެ ފިހާރައިން ބުނެފިއެވެ.
26 Oct 2023
އިންތިޤާލީ އިންސާފުގެ އޮފީހުގެ ނިންމުންތަކެއް ބަދަލުކުރަނީ!
އިންތިޤާލީ އިންސާފުގެ އޮފީހުން ތަހުގީގުކޮށް ނިންމާފައިވާ މައްސަލަތަކުގެ ތެރެއިން ގިނަ އަދަދެއްގެ މައްސަލަތަކުގައި ނިންމާފައިވާ ނިންމުންތައް ބަދަލުކުރުމުގެ މަސައްކަތް ފަށައިފިއެވެ.
26 Oct 2023
މެންބަރުންގެ ކާރުކޮޅު އެއާޕޯޓަށް ވައްދަން ދަތިވާ ކަމުގެ ޝަކުވާ!
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ކާރުކޮޅު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ވީއައިޕީ ލައުންޖުގެ ދޮރުމައްޗާ ހަމައަށް ވެއްދުމުގައި ދަތިތަކާ ކުރިމަތިލާންޖެހޭތީ މެންބަރުން ޝަކުވާ ކުރައްވައިފި އެވެ.
26 Oct 2023
"ޗައިނާ މީހާ ގާތު ޕޮލިސް ސްޓޭޝަންގައި ނޫޅެން ބުނިން"
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގައި އެހެން މީހުންނަށް އުނދަގޫ ކޮށް ހަދާތީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔުމަށްފަހު އިމިގްރޭޝަނާ ހަވާލުކުރި ޗައިނާ އަންހެން މީހާ ޕޮލިސް ސްޓޭޝަންގައި ބަނޑަހަ ޖަހައިގެން އުޅޭތީ، އެގޮތަށް އެކަން ނުކުރުމަށް ތަކުރާރުކޮށް ބުނެފައިވާނެ ކަމަށް ފުލުހުން ބުނެފިއެވެ.
26 Oct 2023
ކެބިނެޓަށް ރުހުން ނުދޭނެ ކަމަށް ބުނުމަކީ ނާތަހުޒީބުކަމެއް
އިންތިހާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހުވާ ކުރުން ހުއްޓުވާނެ ކަމަށާ، އެމަނިކުފާނުގެ ކެބިނެޓަށް ރުހުން ނުދޭނެ ކަމަށް ބުނުމަކީ ވަރަށް ނާތަހުޒީބު ކަމެއް ކަމަށް އެސްޓީއޯގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ, ހުސެއިން އަމްރު ވިދާޅުވެއްޖެއެވެ.
26 Oct 2023
"މުޢިއްޒަށް ޖެއްސުން ކުރާނެކަން އެމްޑީޕީން އިއުލާން ކޮށްފި"
ހުވާ ކުރުމުގެ ރަސްމިއްޔާތުން ފެށިގެން އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ ސަރުކާރަށް ޖެއްސުން ކުރާނެ ކަމަށް މަޖިލީހުގެ މެޖޯރިޓީ އޮތް މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ, އެމްޑީޕީން އިއުލާން ކޮށްފައިވާ ކަމަށް ޕީޕީއެމްގެ ހަރަކާތު ކޮމިޓީގެ ޗެއާ އަދި ހޯރަފުށި ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއިލް ވިދާޅުވެއްޖެއެވެ.
25 Oct 2023
އިޒްރޭލު ޕާސްޕޯޓް ބޭންކުރަން ގާނޫނެއް ހަދަން ހުށަހަޅުއްވައިފި!
ހައްދުފަހަނައަޅާފައިވާ އިސްރާއީލްގެ ސިފައިން ފަލަސްޠީނުގައި ހިންގަމުންދާ ޖަރީމާތައް ކުށްވެރިކޮށް ބަޔާން ނެރުމުގެ އިތުރުން، އިސްރާއީލް ގެ ޕާސްޕޯޓް ބޭން ކޮށް، އެމީހުންގެ މުދާ ރާއްޖެ އެތެރެކުރުން މަނާކުރަން ގާނޫނެއް ހެދުމަށް ކުޅުދުއްފުށި އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުލް ލަތީފު ހުށަހަޅުއްވައިފި އެވެ.
25 Oct 2023
ތިނަދޫ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި!
ގދ. ތިނަދޫ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ.
25 Oct 2023
ނަޝީދުގެ އިތުބާރު ނެތްކަމަށް ފާސްކުރުމަށް ތްރީލައިން ވިޕެއް!
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރުނެތްކަމަށް ފާސްކުރުމަށް މަޖިލީހުގެ މެޖޯރިޓީ ޕާޓީ، އެމްޑީޕީން ތްރީލައިން ވިޕެއް ނެރެފިއެވެ.
25 Oct 2023
ބައެއް އިދާރާތަކާއި ކުންފުނިތަކުގެ ހާއްސަ އޮޑިޓެއް ހަދަނީ
ސަރުކާރުގެ ބައެއް އިދާރާތަކާއި ކުންފުނިތަކުގެ ހާއްސަ އޮޑިޓެއް ހަދަން ނިންމާފައިވާ ކަމަށް އިންތިގާލީ އޮފީހުގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް ވިދާޅުވެއްޖެއެވެ.
25 Oct 2023
އައު ލިސްޓާއިމެދު އަމަލު ކުރާނެ ގޮތުގެ މަޝްވަރާތައް ކުރިއަށް
މި ސަރުކާރުން ހުޅުވާލި ގެދޮރުވެރިޔާ އާއި ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި އަދި ފުލެޓަށް އެދި ދެވަނަ ފަހަރަށް ހުޅުވާލި ފުރުސަތުގައި 40 ހާހަށްވުރެ ގިނަމީހުން ފޯމު ހުށަހަޅާފައިވާއިރު، އެ ކަމުގައި ޢަމަލު ކުރާނެ ގޮތަކާއި މެދު މަޝްވަރާ ކުރައްވަމުންދާ ކަމަށް އިންތިގާލީ ރައީސުލްޖުމްހޫރިއްޔާ ގެ އޮފީހުން ބުނެފިއެވެ.
25 Oct 2023
ސިލަންޑަރު ގޮވައިގެން ނިޔާވި މީހުންގެ ހަށިގަނޑު އިންޑިއާއަށް!
ހދ. މަކުނުދޫގައި ބިންހިއްކުމުގެ މަސައްކަތް ކުރަމުންދިޔަ ސައިޓްގައި ގޭސް ސިލިންޑަރު ގޮވިި ހާދިސާގައި ނިޔާވި ދެމީހުންގެ ހަށިގަނޑު އާއިލާއާއި ހަވާލު ކުރުމަށް އިންޑިއާއަށް ފޮނުވައިފި އެވެ.
25 Oct 2023
ފަތުރުވެރިކަން ދަށް ހިސާބުތަކުން ޓެކްސް ކަނޑަން ހުށަހެޅުމެއް
ފަތުރުވެރިކަން ދަށް ހިސާބުތަކުން ނަގަމުން އަންނަ ޓެކްސްތައްް 10 އަހަރުގެ މުއްދަތަކަށް މެދުކަނޑާލުމަށް، ފަތުރުވެރިކަމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް އިސްލާހެއް ހުށަހަޅުއްވައިފިއެވެ.