ޚަދީޖާ އަރުފާ
އެސޯސިއޭޓް އެޑިޓަރ
ޚަދީޖާ އަރުފާ
01 Nov 2023
ޕީއެންސީ އަށް މެންބަރުން އިތުރު ކޮށްދޭން މުއިއްޒު އެދިވަޑައިގެންފި
ޕީއެންސީގެ މެންބަރުން އިތުރު ކުރުމަށް ފަށާފައިވާ މަސައްކަތްތަކުގެ ތެރެއިން، ޕީޕީއެމްގެ މެންބަރުން އެޕާޓީން ވަކިނުކުރަން ސަމާލުވާން ޕީއެންސީގެ އާ ރައީސް އަދި އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފި އެވެ.
01 Nov 2023
ފަލަސްޠީން ހަލާތާއި ގުޅޭ ބޮޑު ދަރުހެއް މިމަހު 9 ގައި!
ހައްދުފަހަނައަޅާފައިވާ އިސްރާއީލުން ފަލަސްޠީން ރައްޔިތުން އަތުން ބިންތައް ފޭރިގަނެ މުޅި ފަލަސްތީނުގެ ނަސްލު ނައްތާލުމަށް ހިންގަމުންދ ޖަރީމާތަކާއިގުޅޭ މަޢުލޫމާތު ދިނުމަށް އަލް-އަސްރު ޖަމިއްޔާގެ ފަރާތުން ޚާއްސަ ދަރުހެއް ބޭއްވުމަށް ހަމަޖެހިއްޖެއެވެ.
01 Nov 2023
"މުއިއްޒުއަކީ އިންޑިއާއާ ދެކޮޅު ބޭފުޅެއްކަމަށް ސިފަކުރުން ގޯސް"
އިންތިޚާބީ ރައީސް ޑރ މުހައްމަދު މުއިއްޒު އަކީ އަވަށްޓެރި އިންޑިޔާއާ ދެކޮޅު ބޭފުޅެއްގެ ގޮތުގައި ސިފަކުރާ ސިފަ ކުރުމަކީ ރަނގަޅު ސިފަކުރުމެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
01 Nov 2023
"'ޢިލްމީ ޚަޒާނާ' ހުއްޓުވަން ނަޝީދު މަސައްކަތް ކުރެއްްވި"
ސަން އެފްއެމް އިން، ޢަލީ ރަމީޒު ހުށަހަޅައިދީގެން ގެނެސްދޭން ފެށުނު "ޢިލްމީ ޚަޒާނާ" ޕްރޮގްރާމް ހުއްޓުވުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު އާއި އެމެރިކާގެ އެމްބަސީން ވެސް މަސައްކަތް ކޮށްފައިވާ ކަން ހާމަކޮށްފިއެވެ.
01 Nov 2023
ޗައިނާގެ އޮންލައިން ޗާޓު ތަކުން އިސްރާއީލުގެ ނަން ފޮހެލައިފި!
ޗައިނާގެ އޮންލައިން ޗާޓު ތަކުން، އިސްރާއީލްގެ ނަން ފޮހެލައިފި އެވެ.
01 Nov 2023
ބޮލީވިއާ އިން އިޒްރޭލާއި ސިޔާސީ ގުޅުން ކަނޑާލައިފި!
ހައްދުފަހަނައަޅާފައިވާ ޔަހޫދީން ފަލަސްޠީނުގައި ހިންގަމުންދާ ޢުދުވާނުތަކާއި ގުޅިގެން، އިޒްރޭލާއި ސިޔާސީ ގުޅުން ކަނޑާލަން ބޮލީވިއާއިން ނިންމައިފިއެވެ.
01 Nov 2023
ތިލަފުށީ ދެވަނަ ފިޔަވަހީގެ ފުރަތަމަ ބައި ހިއްކާ ނިންމާލައިފި
ތިލަފުށީ ފޭސް 2 ހިއްކުމަށް ކަނޑައޅިފައިވާ އޭރިއާތަކުގެ ތެރެއިން ފުރަމަތަމަ އޭރިއާ (އޭރިއާ ބީ) ހިއްކާ ނިމިއްޖެއެވެ.
01 Nov 2023
ޖަބަލިއްޔާ ރެފިއުޖީ ކޭމްޕަށް ދިން ހަމަލާ ކުށްވެރިކޮށްފި
ހައްދުފަހަނައަޅާފައިވާ އިޒްރާއިލްގެ ސިފައިން ޣައްޒާގެ ޖަބަލިއްޔާ ރެފިއުޖީ ކޭމްޕަށް އިއްޔެ ދިން އަނިޔާވެރި ހަމަލާ ދިވެހިރާއްޖެއިން ހަރުކަށި ޢިބާރާތުން ކުށްވެރިކޮށްފިއެވެ.
01 Nov 2023
އީވާ ސަލާމްގައި؛ މިއަދުވެސް ނަޝީދުގެ މައްސަލަ ކެންސަލް!
މަޖިލީހުގެ ނައިބު ރައީސާ އީވާ އަބްދުالله އާލާސްކަންފުޅާ އުޅުއްވާތީ ސަލާމް ފޮނުވުމުން މިއަދުގެ މަޖިލީހުގެ ޖަލްސާ ވެސް ކެންސަލްކޮށްފި އެވެ.
31 Oct 2023
އެމްޑީޕީން ބޭނުމީ މުއިއްޒު ހުވާ ކުރާ ރަސްމިއްޔާތު ބޯއިކޮޓްކުރަން!
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު އިރުޝާދު ދެއްވާފައިވަނީ އިންތިޚާބީ ރައީސް ޑރ.މުހައްމަދު މުއިއްޒު ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ހުރަސް އެޅޭ ކަމެއް ނުކުރުމަށް ކަަމަށް އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
31 Oct 2023
ބީއެމްއެލްއަށް ދިގު މުއްދަތަށް ޚިދުމަތްކޮށްދިން މުވައްޒަފުންގެ އަގުވަޒަންކޮށްފި
ބޭންކް އޮފް މޯލްޑިވްސް އަށް ދިގު މުއްދަތަކަށް ޚިދުމަތްކޮށްފައިވާ މުވައްޒަފުންގެ އަގު ވަޒަންކޮށް އެކަން ފާހަގަކުރުމުގެ ގޮތުން ރޭ ހަފްލާއެއް ބާއްވައިފިއެވެ.
31 Oct 2023
މާލޭ ހުކުރު މިސްކިތް ވަށައިގެން ކަލްޗަރަލް ޒޯނެއް
މާލޭ ހުކުރު މިސްކިތް ވަށައިގެން ބަފަރ ޒޯނެއްގޮތަށް ކަލްޗަރަލް ޒޯނެއް ކަނޑައެޅުއްވުމަށް ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ނިންމަވައިފިއެވެ.
31 Oct 2023
މަތިވެރީގައި އިޒްރޭލުގެ ޓޫރިސްޓުން ބޭން ކުރަން ގޮވާލައިފި
ފަލަސްޠީނުގެ މުސްލިމުންގެ އަތުން ގަދަކަމުން ބިންތައް ފޭރިގަނެގެން އެތަނުގައި ވަޒަންވެރިވެގެން އުޅޭ އިސްރާއީލުގެ ޔަހޫދީ ފަތުރުވެރިންނަށް އއ މަތިވެރިއަށް ނޭރޭގޮތް ހެދުމަށް އެ ރަށު ކައުންސިލުން ކަމާބެހޭ ހުރިހާ އިދާރާއަކަށް ގޮވާލައިފި އެވެ.
31 Oct 2023
ޕީޖީ އޮފީސް ޖޫރިމަނާކުރި މައްސަލަ އިސްތިއުނާފް ކޮށްފި!
ކޯޓުގެ ހުރުމަތް ކަނޑައިގެން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީސް 10،000 ރުފިޔާއިން ޖޫރިމަނާކުރުމަށް އައްޑޫ ފޭދޫ މެޖިސްޓްރޭޓު ކޯޓުން ނިންމާފައިވާ ނިންމުން އިސްތިއުނާފުކުރަން ޕީޖީ އޮފީހުން ނިންމައިފިއެވެ.
31 Oct 2023
އެމްޑީޕީން އުޅެނީ ޑރ. މުޢިއްޒުގެ ސަރުކާރަށް ޖެއްސުންކުރަން
މަޖިލީހުގެ މެޖޯރިޓީ ޕާޓީ, އެމްޑީޕީން މަސައްކަތް ކުރަނީ އިންތިޚާބީ ރައީސް ޑރ މުހައްމަދު މުއިއްޒު ހުވާކުރުމުގެ ރަސްމިއްޔާތަށް ހުރަސް އަޅައި، އެމަނިކުފާނުގެ ސަރުކާރަށް ޖެއްސުން ކުރުމަށް ކަމަށް، ދަ ޑިމޮކްރެޓްސް ގެ ޕީޖީ ލީޑަރު ޢަލީ ޢާޒިމް ވިދާޅުވެއްޖެއެވެ.
31 Oct 2023
"މަޖިލިސް ކުރިއަށްގެންދެވޭނީ ނަޝީދުގެ މައްސަލަ ނިމުނީމަ"
ރައްޔިތުންގެ މަޖިލީހުގެ އެއްވެސް މަސައްކަތެއް ކުރިއަށް ގެންދަން މަޖިލީހުގެ މެޖޯރިޓީ ޕާޓީ، އެމްޑީޕީން އެއްބާރުލުން ދެވޭނީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ އާއި މެދު ގޮތެއް ނިންމުމުން ކަމަށް މެޖޯރިޓީ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
31 Oct 2023
މުޢިއްޒު ފުރަތަމަ ކުރަންޖެހޭ ދެ މަސައްކަތް ވިދާޅުވެދެއްވައިފި!
އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވެރިކަމުގެ މަސްއޫލިއްޔަތުތަކާއި ހަވާލުވެ ވަޑައިގެންނެވުމަށްފަހު އެންމެ ފުރަތަމަވެސް ކުރައްވަންޖެހޭ މުހިންމު ދެ މަސައްކަތް، ކުރީގެ ރައީސް އަދި ޕީޕީއެމްގެ ލީޑަރ އަބްދުالله ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެދެއްވައިފިއެވެ.
31 Oct 2023
ހަމަނުޖެހުން ހިންގައި، އެމްޑީޕީން މިއަދުގެ ޖަލްސާ ހުއްޓުވައިފި!
ރައްޔިތުންގެ މަޖިލީހުގެ މިއަދަށް ތާވަލްކުރި ޖަލްސާ، އެމްޑީޕީ މެންބަރުން ހަމަނުޖެހުން ހިންގުމާއި ގުޅިގެން ކުރިއަށް ނުގެންދެވި، ނިންމާލަން ޖެހިއްޖެ އެވެ.
31 Oct 2023
"އަޅުގަނޑު ޖަލުގައި ހޭދަކުރި ހިތްދަތިކަން އިހްސާސެއް ނުކުރެވޭނެ"
ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމް ޖަލުގައި ހުންނެވިއިރު ތަހައްމަލް ކުރައްވަން ޖެހިވަޑައިގެންނެވި ކަންކަމާއި، އޭރު އެމަނިކުފާނަށް ކުރެވުނު އިހްސާސްތައް އެހެން ބޭފުޅުންނަށްވެސް ކުރެވޭ ކަމަށް އެމަނިކުފާނު އިންނެވި ތަނެއްގައި ވިދާޅުނުވުމަށް އެދިވަޑައިގެންފިއެވެ.
30 Oct 2023
ރައީސް ޔާމީން އިގުރާރާ ޚިލާފް ވާނަމަ ފިޔަވަޅު އެޅޭނެ
ކުރީގެ ރައީސް އަބްދުالله ޔާމިން އަބްދުލްގައްޔޫމްގެ ބަންދަށް އިތުރު ލުއި ދިނުމަށް އެމަނިކުފާނާ ކަރެކްޝަނާ ދެމެދު ވެފައިވާ އިގުރާރާ އެމަނިކުފާނު ހިލާފުވެވަޑައިގަންނަވާނަަމަ، ފިޔަވަޅު އަޅާނެކަމަށް ކަރެކްޝަނުން ބުނެފިއެވެ.
30 Oct 2023
މަސްޖިދުލް ޙަރަމް ތެރޭގައި އަންހެނަކު ވިހައިފި!
މާތް ވެގެންވާ މަސްޖިދުލް ޙަރަމް ތެރޭގައި މާބަނޑު އަންހެނަކު ވިހައިފި އެވެ.
30 Oct 2023
އިސްރާއީލު ޕާސްޕޯޓް ބޭންކުރާ ޕެޓިޝަނެއްގައި ސޮއިކުރަނީ
އިސްރާއީލު ރަށްވެހިން ރާއްޖެ އެތެރެވުން ހުއްޓުވުމަށް ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފިއެވެ.
30 Oct 2023
އިމިގްރޭޝަނުން އަޅާނުލި؛ ޗައިނާ މީހާ އެއާޕޯޓް ގައި ކޭންޕު ޖަހައިފި!
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގައި އެހެން މީހުންނަށް އުނދަގޫ ކޮށް ހަދާތީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔުމަށްފަހު އިމިގްރޭޝަނާ ހަވާލުކުރި ޗައިނާ އަންހެން މީހާ ޕޮލިސް ސްޓޭޝަންގައި ބަނޑަހަ ޖަހައިގެން އުޅުމަށްފަހު އަނެއްކާވެސް އެއާޕޯޓް ގައި ދިރިއުޅެން ފަށައިފިއެވެ.
30 Oct 2023
"ނޭނގި ޕާޓީ ބަދަލުކުރާކަމުގެ ޝަކުވާތައް ލިބެމުންދަނީ"
ނޭނގި ޕާޓީއަށް ވެއްދުމާއި، އެއް ޕާޓީން އަނެއް ޕާޓީއަށް ޕާޓީތަކުގެ މެންބަރުން ބަދަލުކުރާކަމުގެ ޝަކުވާ ކެނޑިނޭޅި ލިބެމުންދާ ކަމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ބުނެފިއެވެ.
30 Oct 2023
ރައީސް ނަޝީދު ވަކިކުރާ މައްސަލަ ނުބޭއްވުނު!
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުالله ސަލާމުގައި ހުންނެވުމުން، މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު މަގާމުން ވަކިކުރަން ހުށަހަޅާފައިވާ ގަރާރު ކުރިއަށް ގެންދަން މިއަދަށް ތާވަލުކުރި ޖަލްސާ ވެސް މަޖިލިހުގެ އިދާރާ އިން ކެންސަލް ކޮށްފި އެވެ.
30 Oct 2023
"އޯލަ" އަށް އެމް-ފައިސާ މެދުވެރިކޮށް ފައިސާ ދައްކާލެވޭނެ!
ކުޑަކުދިންގެ ދިވެހި ވާހަކަ އެޕް – "އޯލަ" މޮބައިލް މަނީ ގެ ހިދުމަތް ފޯރުކޮށްދޭ އެމް-ފައިސާ ގުޅިގެން އޯލަ އެޕް ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ފައިސާ ދެއްކޭނެ ގޮތް ހަމަޖައްސައިފިއެވެ.
29 Oct 2023
ފަލަސްޠީނުން ޝަހީދުވި މީހުންގެ އަދަދު 8000 އިން މައްޗަށް!
ހައްދުފަހަނައަޅާފައިވާ އިޒްރާއިލުގެ ޔަހޫދީ ސިފައިން، މެދުކެނޑުމެއް ނެތި ފަލަސްތީނަށް ދެމުންދާ ހަމަލާތަކިގައި ޝަހީދުކޮށްލި މީހުންގެ ޢަދަދު 8000 އިން މައްޗަށް އަރައިފިއެވެ.
29 Oct 2023
އެމްޑީޕީން ސްޕްރީމް ކޯޓުގައި އެދުނީ ދެކަމެއް ކޮށްދިނުމަށް!
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހުން ކުރިއަށް ނުގެންދިޔުމުން އެ މައްސަލަ ސްޕްރީމް ކޯޓަށް ހުށެހެޅި އިރު، އެކޯޓުގައި އެމްޑީޕީން އެދިފައިވާ ކަންކަން އެމްޑީޕީން ހާމަކޮށްދީފިއެވެ.
29 Oct 2023
ތުލުސްދޫ ދާއިރާގެ މެންބަރު ޕީއެންސީއަށް ސޮއިކުރައްވައިފި!
ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހީމް ނަސީމް ޕީއެންސީއަށް ސޮއިކުރައްވައިފިއެވެ.
29 Oct 2023
ރަށުބަންދަކީވެސް ޤާނޫނު ނުދަންނަ އަނިޔާއެއް: ޝިޔާމް
ކުރީގެ ރައީސް އަދި އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ލީޑަރ ޔާމީން އަބްދުލްގައްޔޫމް ރަށު ބަންދަށް ބަދަލު ކުރެއްވީ އެމަނިކުފާނުގެ ބޭސްފަރުވާއަށް ލުޔެއް ދިނުމަށް ކަަމަށާ، ރަށުބަންދަކީވެސް ޤާނޫނު ނުދަންނަ އަނިޔާއެއް ކަމަށް ޕީޕީއެމްގެ ނާއިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.