ޚަދީޖާ އަރުފާ
އެސޯސިއޭޓް އެޑިޓަރ
ޚަދީޖާ އަރުފާ
16 Sep 2022
ފުލުހުންނަށް ހަމަލާދިން މައްސަލާގައި ހައްޔަރު ކުރި މީހުންގެ އަދަދު 10 އަށް!
މިދިޔަ ހުކުރު ދުވަހު މާލޭ މަޖީދީ މަގު ޓެޕްކޮން ހާޑްވެއާ ކައިރިން ތިން ފުލުހުކަށް ހަމަލާދިން މައްސަލައިގައި މިހާތަނަށް 10 މީހުން ފުލުހުން ހައްޔަރުކޮށްފައިވާ ކަމަށް ބުނެފިއެވެ.
16 Sep 2022
އެމްޑީޕީގެ މި ވެރިކަމުން މިފެންނަނީ ސަދޫމް އިންސާފު: މެންބަރު ނަޝީދު
މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ މި ވެރިކަމުން ފެންނަމުން މިދަނީ ސަދޫމް އިންސާފު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު (މޮސްޓާ) ވިދާޅުވެއްޖެެއެވެ.
15 Sep 2022
އުރީދޫ ޕާސްޕޯޓާއި އެކު %90އާއި ހަމައަށް ރޯމިންގް އަގުތަކުން ޑިސްކައުންޓް!
ރާއްޖެއިން ބޭރަށް ދަތުރުކުރާ އުރީދު ކަސްޓަމަރުން، އަމިއްލަ ސިމްކާޑުން އާއިލާއާއި ރައްޓެހިންނާއި ގުޅާލުމަށް ފަރުމާކޮށްފައިވާ ޙާއްސަ ސިމް ކާޑް، 'އުރީދޫ ޕާސްޕޯޓް' މެދުވެރިކޮށް ރޯމިންގ ރޭޓްތަކުން %90އާއި ހަމައަށް ޑިސްކައުންޓް ލިބޭނެ ކަމަށް އުރީދޫއިން ބުނެފިއެވެ.
15 Sep 2022
ކޮވިޑުގެ ވެކްސިން ދިނުން ހަރުދަނާކުރަން 10 މިލިއަން ޑޮލަރުގެ ހިލޭ އެހީ!
ކޮވިޑް-19 އިން ރައްކާތެރިވުމަށް ވެކްސިން ދިނުން ރާއްޖޭގައި ހަރުދަނާކުރުމަށް އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އިން 10 މިލިއަން ޑޮލަރު (155.1 މިލިއަން ރުފިޔާ)ގެ ހިލޭ އެހީ ރާއްޖެއަށް ދޭން މިއަދު ފާސްކޮށްފި އެވެ.
15 Sep 2022
އަޅުގަނޑަކީ ކުށްވެރިއެއް އަދި ވިކްޓިމްއެއް؛ ބޭނުންވަނީ ތައުބާވާން: ނާޒިމް ސައްތާރު
ނާޒިމް ސައްތާރު އަކީ ކުށްވެރިއެއް އަދި ވިކްޓިމް އެއް ކަމަށާ އޭނާ މިހާރު ބޭނުންވަނީ ތައުބާވާން ކަމަށް ވިދާޅުވެއްޖެއެވެ.
15 Sep 2022
އުރީދޫން 500ރ. އަށް 210 ޖީބީ މުޅި މަހަށް ލިބޭ ޕްލޭންއެއް ތައާރަފްކޮށްފި
އުރީދޫ މޯލްޑިވްސްއިން 500 ރުފިޔާއަށް 210 ޖީބީ މުޅި މަސް ދުވަހު ބޭނުންކޮށްލަން ލިބޭނޭހެން އާޗާ ޕްރީޕެއިޑް ޕްލޭންއެއް ލޯންޗުކޮށްފިއެވެ.
15 Sep 2022
ނާޒިމްގެ ޕާސްޕޯޓް އޮތީ ދޫކޮށްލާފައި؛ ބޭނުން އިރަކުން ފުރައިގެން ދެވޭނެ!
އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި ދައުވާ އުފުލާފައިވާ ގާނޫނީ ވަކީލް ނާޒިމް އަބްދުއްސައްތާރުގެ ޕާސްޕޯޓް ކްރިމިނަލް ކޯޓުން ހިފެހެއްޓި އަމުރުގެ މުއްދަތު ހަމަވެފައިވާ ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.
15 Sep 2022
އިންކަމް ޓެކުހުގެ 50 އިންސައްތަ ލިބެނީ ބިދޭސީ އެކައުންޓެންޓުންގެ އަތުން
ރާއްޖެއަށް އިންކަމް ޓެކުހުން ލިބޭ އާމްދަނީގެ 50 ޕަސެންޓް ލިބެނީ ބިދޭސީ އެކައުންޓެންޓުންގެ އަތުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީގައި ހިމެނިވަޑައިގަންނަވާ ދާންދޫ ދާއިރާގެ މެންބަރު ޔައުޤޫބު ވިދާޅުވެއްޖެއެވެ.
15 Sep 2022
ޞުލްޙަޔާއި ހަމަޖެހުން އޮތުމަށްޓަކައި، ޑިމޮކްރެސީ ހަރުދަނާކުރުން މުހިންމު: ރައީސް ޞާލިހު
ޑިމޮކްރެސީ އާއި ޞުލްޙަޔަކީ އެއް ފައިސާ ފޮތީގެ ދެ ފުށް ކަމަށާ، ޞުލްޙަޔާއި ހަމަޖެހުން އޮތުމަށްޓަކައި، ޑިމޮކްރެސީ ހަރުދަނާކުރުން މުހިންމު ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
15 Sep 2022
ގިސާސް ހިފަން އަންގަވާފައިވާ އާޔަތް ސަރުކާރަށް ފެންނާނެ ދުވަހެއް އައްނާނެ ބާ؟: މެންބަރު ނަޝީދު
ބަޤަރާ ސޫރަތުގެ 178 ވަނަ އާޔަތުގައި ގިޞާޞް ހިފަން އަންގަވާފައިވާއިރު އެ އާޔަތް ދިވެހި ސަރުކާރަށް ފެންނާނެ ދުވަހެއް އައްނާނެތޯ ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު (މޮސްޓާ) ސުވާލު އުފައްދަވައިފިއެވެ.
15 Sep 2022
މަޖިލިސް މެމްބަރުންގެ މުސާރަ ބޮޑުވެގެން ރައްޔިތުން ނޫޅޭ: ޢަބްދުލްޣަފޫރު
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މުސާރަ ބޮޑުވެގެން ރައްޔިތުން ޝަކުވާ ނުކުރާ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެމްބަރު ޢަބްދުލްޣަފޫރު މޫސާ ވިދާޅުވެއްޖެއެވެ.
15 Sep 2022
އެޗްޑީސީން ހުޅުމާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވަނީ!
"ވޯލްޑް ކްލީން އަޕް ޑޭ" އާއި ގުޅިގެން އެޗްޑީސީން ދުނިޔެ މަގޭ ކެމްޕޭނުގެ ނަމުގައި ހުޅުމާލެ ސާފުކުރުމުގެ ހަރަކާތެއް ބޭއްވުމަށް ހަމަޖެހިއްޖެއެވެ.
15 Sep 2022
އިސްލާމީ ވެރިކަމެއްގެ ރީތި ސިފަ މި ވެރިކަމުން އެބަފެނޭ: ޝިފާއު
ބަޔަކަށް ބަލަން އުނދަގޫވިޔަސް އިސްލާމީ ހެޔޮވެރިކަމެއްގެ ސިފަތައް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ މި ވެރިކަމުން ފެންނަމުންދާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު ޝިފާއު ވިދާޅުވެއްޖެ އެވެ.
15 Sep 2022
އުދައްޔު މަރާލި ކުޑަކުއްޖާގެ މައްޗަށް ކުށް ސާބިތުވެއްޖެ!
ގއ. މާމެންދޫގައި މިދިޔަ އަހަރު ތޫނު އެއްޗަކުން ހަމަލާދީ މަރާލި އަހުމަދު އުދައްޔުގެ މަރުގެ މައްސަލާގައި ދައުލަތުން ދައުވާކުރި ކުޑަކުއްޖާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ޖުވެނައިލް ކޯޓުން ހުކުމްކޮށްފި އެވެ.
15 Sep 2022
ރާނީ ތައުޒިޔާގެ ދަފްތަރުގައި ރައީސްގެ ދެކަނބަލުން ސޮއިކުރައްވައިިފި
ސެޕްޓެންބަރު މަހުގެ 8 ވީ ބުރާސްފަތި ދުވަހު އިނގިރޭސި ވިލާތުގެ ރަނިކަމުގެ ތަޚުތުގައި 70 އަހަރަށްވުރެ ގިނަދުވަހު އިންނެވި، ރާނީ އެލިޒަބަތު 2 ވަނަ ޢުމުރުފުޅުން 96 އަހަރުފުޅުގައި އަވަހާރަވުމާއި ގުޅިގެން އެކަމަނާގެ ހަނދާނުގައި ހުޅުވާފައިވާ ތަޢުޒިޔާގެ ދަފްތަރުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު މިއަދު ސޮއިކުރައްވައިފިއެވެ.
14 Sep 2022
ޢިމްރާންގެ ތައުރީފްގެ ޓުވީޓެއް ރައީސް ޞާލިހަށް!
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ ސަރުކާރުގެ ހޯމް މިނިސްޓަރ ކަން ކުރައްވަމުން ގެންދަވާ، އަދާލަތުޕާޓީގެ ރައީސް، ޢިމްރާން، ރައީސް ޞާލިހަށް ސަނާކިޔުއްވައި ޓުވީޓެއް ކުރައްވައިފިއެވެ.
14 Sep 2022
ނާޒިމް ސައްތާރަށް ހުކުމް ކުރުން މާދަމާ!
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުގެ ކޮއްކޮ އަދި ގާނޫނީ ވަކީލު ނާޒިމް ސައްތާރުގެ މައްޗަށް ދައުލަތުން އުފުލާފައިވާ އެއްޖިންސުން ގުޅުންހިންގުމުގެ ދައުވާގެ ހުކުމް ކުރުން މާދަމާއަށް ތާވަލްކޮށްފި އެވެ.
14 Sep 2022
ޝައިހް ފަޒްލޫން ދޫކޮށްލި މައްސަލައިގެ އިސްތިއުނާފް ހައި ކޯޓުން ބަލައިގަންނަން ނިންމައިފި
ބައިނަލްއަޤްވާމީ ޔޯގާ ދުވަހު ހިންގި ހަމަނުޖެހުންތަކާއި ގުޅިގެން ހައްޔަރުކުރި ދީނީ އިލްމުވެރިޔާ އައްޝައިހް ފަޟްލޫން މުހައްމަދު ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުން ކުރި އަމުރުގެ އިސްތިއުފާނު ބަލައިގަންނަން ހައިކޯޓުން ނިންމައިފި އެވެ.
14 Sep 2022
"ފުޓްބޯޅައިގެ ފޭރާން ވީދި ހަލާކުވެ ދާއިރުވެސް ތިޔަ ތިބެނީ ބަލަހައްޓައިގެން"
ދިވެހިން އެންމެ ލޯބިވާ ކުޅިވަރު، ފުޓްބޯޅައިގެ ފޭރާން ވީދި ހަލާކުވެގެން ދާއިރުވެސް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ހުންނަވަނީ ބަލަހައްޓައިގެން ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ކަންބޮޑުވުން ފާޅުކޮށްފިއެވެ.
14 Sep 2022
ޝަކުވާ ކުރާނީވެސް ހައްލު ކުރުމުގެ ގާބިލްކަން ހުރި މީހެއް ކައިރީ: ހުސައިން
އަދުގެ ސަރުކާރާއިމެދު ރައްޔިތުންގެ ޝަކުވާއެއް ނެތް ކަމަށް ސަރުކާރުން ބުނާއިރު، ޝަކުވާ ކުރާނީ އެކަން ހައްލު ކުރުމުގެ ގާބިލްކަން ހުރި މީހެއް ކައިރީގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފު (ސެމްބެ) ވިދާޅުވެއްޖެެއެވެ.
14 Sep 2022
"މެންބަރުންގެ އަދަދު މަދުކުރަން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަންޖެހޭ"
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު މަދުކުރުމުގެ ކުރިން އެކަމާއިމެދު ދިވެހި ރައްޔިތުން ދެކޭގޮތް ބެލުމަށް، ވޯޓެއް ނަގަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މަޖިލިސް މެންބަރު އިބްރާހީމް ރަޝީދު (ބޮންޑެ) ވިދާޅުވެއްޖެއެވެ.
14 Sep 2022
"މުއްދަތު ހަމަވެފައިވާ ވެކްސިން ޖެހި މައްސަލާގައި ފިޔަވަޅު އަޅައިފިން"
ވިލިމާލޭ ހޮސްޕިޓަލުން ތުއްތުކުދިން ގަޔަށް މުއްދަތު ހަމަވެފައިހުރި ވެކްސިންތަކެއް ޖަހާފައިވާ މައްސަލާގައި އިހުމާލުވި ފަރާތްތަކާއިމެދު ފިޔަވަޅު އަޅާފައިވާ ކަމަށާ، އެފަދަ ކަމެއް ދެފަހަރު ހިނގާފައިވާ ފަދަ މޭރުމަކުން ފެތުރެމުންދާ ޚަބަރަކީ ދޮގު ޚަބަރެއް ކަމަށް އައިޖީއެޗް ހޮސްޕިޓަލުން ބުނެފިއެވެ.
14 Sep 2022
މަސްތުވާތަކެތިން ކުދިން ސަލާމަތް ކުރުމަކީ، އެންމެ ބޮޑު ޒިންމާ : ރައީސް
މަސްތުވާތަކެތީގެ ނުރައްކަލުން ކުޑަކުދިން ސަލާމަތް ކުރުމަކީ، މިއަދު އަޅުގަނޑުމެންގެ ބޮލުގައި އެޅިފައިވާ އެންމެ ބޮޑު ޒިންމާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
14 Sep 2022
ގައުމުގެ ޒައްރެއްގެ މިންވަރުވެސް ބޭރު ގައުމަކަށް ރައީސް ދޫކޮށްނުލައްވާނެ: މާރިޔާ
ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނެވި، ރައީސް އިބްރާހިމް މުހައްމަދު ޞާލިހަކީ ރާއްޖޭގެ ސަރަޙައްދުން ޒައްރެއްގެ މިންވަރުވެސް ބޭރު ޤައުމަކަށް ދޫކޮށްލައްވާނެ ވެރިއެއްނޫންކަމަށް މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ.
13 Sep 2022
ހިޔާ ފުލެޓުން މަގުމައްޗަށް އެއްޗެހި އުކި މީހާ، އަނެއްކާވެސް ލިފްޓްގެ ލޮބީއަށް އެއްޗެހި އުކައިފި!
މިދިޔަ އާދީއްތަ ދުވަހު ހިޔާ ފްލެޓުގެ ހަތަރުވަނަ ޓަވަރުގެ 17 ވަނަ ފަންގިފިލާގައި ހުރި އެޕާޓްމެންޓުން މަގުމައްޗަށް އެއްޗެހި އުކި އަންހެން މީހާ، އަނެއްކާވެސް، އެ ޓަވަރުގައި ހުރި ލިފްޓްގެ ލޮބީއަށް އެއްޗެހި ތަކެއް އުކައިފިއެވެ.
13 Sep 2022
އުރީދޫ ޕަބްޖީ ޗެމްޕިއަންޝިޕް ގެ ކޮންޓެންޑަރ ސީރީޒް 2 ގައި ރަޖިސްޓަރީވުމަށް ހުޅުވާލައިފި
އުރީދޫ ނޭޝަން އިން އުރީދޫ މޯލްޑިވްސް ޕަބްޖީ ޗެމްޕިއަންޝިޕް ކޮންޓެންޑަރ ސީރީޒް 2 ގައި ބައިވެރިވުމަށް އޮންލައިން ރަޖިސްޓްރޭޝަން ޕޯޓަލްއެއް މެދުވެރިކޮށް ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލާފައެވެ.
13 Sep 2022
މަކަރުހެދި 11 ކުންފުންޏެއް ސަސްޕެންޑު ކޮށްފި!
މަކަރު ހަދައި އޮޅުވާލާ އަދި ހަވާލުކުރި މަސައްކަތް ތާރީހުގައި ނުނިންމި 11 ކުންފުންޏެއް ފިނޭންސް މިނިސްޓްރީން ސަސްޕެންޑްކޮށްފި އެވެ.
13 Sep 2022
ޑަބްލިޔުޑީސީއަށް ކުރާ ހޭދައިން ކައުންސިލަށް ލިބޭ އާމްދަނީ މަދުވޭ: ވަހީދު
އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ (ޑަބްލިޔުޑީސީ) ބާއްވައިގެން އިތުރުހޭދަ ކުރާވަރަކަށް ކައުންސިލަށް ލިބޭ އާމްދަނީ އުނިވަމުންދާކަމަށް ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެއެވެ.
13 Sep 2022
އައިބީއެމް އިން ކުޅުދުއްފުށީ ސިޓީ ކައުންސިލަށް ޕްލާސްޓިކް ފުޅި ކަފާ މެޝިނެއް!
އައިލެންޑް ބެވަރޭޖަސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް (އައިބީއެމް) އިން ކުޅުދުއްފުށީ ސިޓީ ކައުންސިލަށް ޕްލާސްޓިކް ފުޅި ކަފާ މެޝިނެއް ހަދިޔާކޮށްފިއެވެ.
13 Sep 2022
އަޅުގަނޑުމެންގެ ވިސްނުން ބަދަލުކޮށްގެން ނޫނީ ލިބޭނެ ރަނގަޅެއް ނެތް: ހަސަން
އެހެން ގައުމު ތަކުގައި ދިރިއުޅޭ އިންސާނުންނާއި އެއްގޮތަށް ދިވެހިންގެ ވިސްނުމާއި، އަޚްލާގު ބަދަލުކޮށްގެން ނޫނީ ލިބޭނެ ރަނގަޅެއް ނުވަތަ މަންފާއެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު ހަސަން އަހުމަދު ވިދާޅުވެއްޖެއެވެ.