15 May 2023
"މަތީ ތައުލީމަށް ކުރާ ޚަރަދަކީ ދުރު ރާސްތައަށް އަމާޒުކޮށް ކުރާ އިންވެސްޓެއް"
މަތީ ތަޢުލީމާއި ތަމްރީން ހޯދައިދިނުމަށް، ސަރުކާރުން މިދޭ އެހީތަކަކީ ދައުލަތުން ކުރާ ޚަރަދުތަކެއް ނޫން ކަމަށާއި، އެއީ އޭގެ އަންދާޒާ މުޤާބިލު ވަރަށް ބޮޑު، އަދި ވަރަށް ދުރު ރާސްތާއަކަށް އަމާޒުކޮށް، ދައުލަތުން ޤާއިމުކުރާ ވަރަށް އަގު ބޮޑު އިންވެސްޓްމެންޓެއް ކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.